ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މުނިކާފަ މިއަދު ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ
17 ޖެނުއަރީ 2020 - 15:33
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ދެ އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އެބަތިބި ކަމަށެވެ. އެކަމަކު އެ ދެ މީހުންނަކީ ކޮބައިކަން ފުލުހުން އަދި ނުބުނެ އެވެ. ހައްޔަރުކޮށްފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ މީހެކެވެ. ކަށަވަރު ވެފައިވާ ގޮތުގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ.
މި މައްސަލައިގައި އާންމުން ދެން ތުހުމަތު ކުރަނީ އެ ކުއްޖާގެ ބައްޕަ އަށެވެ. އޭނާ މި ވަގުތު ހުރީ މާލޭގަ އެވެ.
ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ
މިކަން ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ކަން ހިނގި ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.
އެކަން ހިނގި ރަށުން މައުލޫމާތު ދިން ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި އަންހެން ކުއްޖާ "ރޭޕް" ކުރީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ބައިވެރިވެގެންނެވެ. އަދި އެކަން ފަޅާ އެރީ އަންހެން ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ބޮޑުދައިތަ އަށް ކަމަށް އެ މީހުން ބުންޏެވެ.
ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކުއްޖާގެ ބައްޕަ އާއި މަންމައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށެވެ. އެހެންވެ، ކުއްޖާ އަށް ދޭން ޖެހޭ އަޅާލުމާއި އެހީތެރިކަން ދެ މީހުންގެ ފަރާތުން ވެސް އެއްވެސް ވަރަކަށް ނުލިބޭ ކަމަށްވެ އެވެ.
އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ސިއްހީ ސަބަބަކާ ހުރެ، އެ ކުއްޖާގެ މަންމަ މިދިޔަ ހޯމަ ދުވަހު މާލެ ދިޔަ ފަހުންނެވެ. ކުއްޖާ ދިރިއުޅޭ ގޭގައި އެ ކުއްޖާގެ މައިންބަފައިންގެ އިތުރުން ކާފަ އާއި މުނިކާފަ ވެސް ދިރިއުޅޭ ކަމަށްވެ އެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ރައްޔިތެއް
18 January 2020
ތިޔަ ޖެންޑާ ގައި އަހާބަލަ ތީގެ ކިތައް މައްސަލަ ތޯ ފިޔަވަޅު ނޭޅި ހުއްޓިފައި ހުރީ... އަދަބު ލިބެންޖެހޭ ކިތައް މީހުން ތޯ މިނިވަން ކަމާ އެކީ އެއުޅެނީ.. މި މައްސަލަ ވާ އާންމުންނަށް އެގިއްޖެ... އާންމުންނަށް ނޭންގޭ ކިތައް މައްސަލަ ވޭތޯ؟؟؟؟ (ޖެންޑާ ފެއިލް)
ާއުނިމާ
17 January 2020
ހޯރަވެސް ހިފާ ހަރުކަށި އަދަބުދޭންޖެހޭ
ފައްލޯ
17 January 2020
ކިހިނެއްބާ ހަދާނީ.. މާދަމާ ދޫކޮށްލާތި.. ކައުންސިލް އިންތީހާބު އެބައޮތޭ ކިޔާފަ. ހުރިހާކުއްވެރިންވެސް ޖަލުން ދޫކުރީނު އިންތިހާބައްވެސް. އިންސާފުވެރި ހެޔޮވެރިކަމަކީވެސް ރިޔާސީ ވައުދެއް. އެ ވައުދު ފުއްދޭނަމަ ކުއްވެރިންނައް އަދަބު ލިބޭނެ. މަގުމަތީގަ ރައްޔިތުންނައް ބިރުވެރި ކަން ލިބޭގޮތއް އުޅެމުން ދާކައް ފުރުސަތެއް ނުދޭނެ.
ވޯލް
17 January 2020
ވަރަށްދެރަކަމެއް، އަތުގައި އެންމެ ކުޑަމިނުން ބިޑިއެއްވެސް އަޅުވާފައި ނެތް. ކުށްވެރިން ހައްޔަރު ކުރަންޖެހޭނީ ކުއްވެރިންގެ ގޮތުގައި.
ހުސް ގައްދާރުން
17 January 2020
އަދި މާލޭގައި 3 ބްރިޖް އަޅާލާފައި ކުޑަކުދިންނަ އަންހެނުންނާ މުސްކުޅިނާ ނުކުޅެދޭ މީޙުންގެ ބަޖެޓް ޒީރޯ ކޮށްލީބަ ބޯކޮށް މައްސަލަ ހައްލުވާނެ. ތިޔަ އުޅޭ އިކޮނޮމިކް ކައުންސިލް ފެނޭ ޖަށްވަށް ފޮނުވަން ވަންވޭ ޓްރިޕްއަކަށް!
ނަން
17 January 2020
މަތީ ފޮޓޯގައިން މުސްކުޅި މީހާ މިކަހަލަ ކުރީގެ ހަބަރަކުންވެސް ފެނުނު ހަނދާން އެބަވޭ ކުޑަކޮށް. އޭރު އެއްވެސް ފިޔަވަޅެއް ނޭޅީތަ؟
އަހުމަދުހ
17 January 2020
ކޮބާ ތޯ ތި ބުނާ ހަރުކަށި އަދަބަަކީ؟ ދިގު މުއްދަތަކަށް ޖަލަން ހުކުމް ކުރުން ތޯ؟ މި ފަދަ ބޮޑެތި ހައްދު ތަކަށް އަރައިގަތުމުން އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހައްދު ޤާއިމް ކޮށްގެން ނޫނީ މިފަދަ ބޮޑެތި ކުއްތައް ނުހުއްޓުވޭނެ. ﷲ 07 އުޑުމަތީން ޝަރީޢަތް ބާވައިލެއްވި އެއަށް އަމަލު ކުރުމަށް. ﷲ ބާވައިލެއްވި ޝަރީއަތް ނޫން އެހެން ޤާނޫނަކުން ހުކުމް ކުރުމަށް އެއްވެސް އިންސާނަކަށް އިހުތިޔާރު ލިބިގެން ނުވޭ.
ދެބަންތިހާރު
17 January 2020
ތިމީހުންް އަވަހަށް މަރާ
ލލލލ
17 January 2020
ފުލުހުންނާ ހަވާލު ނުކޮށް ޑަކްޓަރުން ނާ ހަވާލުކުރަން ޖެހޭވަރު ކޮށްލިނަމަ.. އެވެސް އަނބުރާ މިއަތަށް އަޅާނެކަމުގެ އެއްވެސް އުންމީދެއް ނެތޭބުނާވަރު ކޮށްލާފަ.. ގިޔާމަތުގެ އަލާމާތްތަށް މި ފެންނަނީ.. ސުބްޚާނަﷲ
ވާނުވާ.
17 January 2020
ޢެރަށުމީހުން ބުނާގޮތުގައި އެކުންޖާ ރޭޕްކުރީ ސިއްސީ މައްސަލައަކާ ހުރެއެވެ! ސިއްހީ މައްސަލަ ހުރީ ކުޑަކުއްޖާގެތަ؟ ނޫނީ މިކަން ކުރިކަމަށް ތިބުނާ 3 ސައިތާނުންގެވެސަ ސިއްހީ މައްސަލަ ހުރީތަ؟