ކޯޓުތަކަށް އަލަށް އައްޔަން ކުރި ހަތް ފަނޑިޔާރުން މިއަދު ހުވާކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
21 ޖެނުއަރީ 2020 - 13:08
ކްރިމިނަލް ކޯޓާއި ސިވި ލްކޯޓް އަދި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލްް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމްކޯޓުގެ ފަަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.
މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވެސް ބައިވެރިވެޑައިގަތެވެ.
ކޯޓުތަކަށް އަލަށް އައްޔަން ކުރި ބައެއް ފަނޑިޔާރުން މިއަދު ހުވާކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
- ކްރިމިނަލް ކޯޓް: އާދަމް މުހައްމަދު
- ސިވިލް ކޯޓް: އަހުމަދު އަބްދުލް މަތީން، ފައްޔާޒް ޝާތިރު، އާއިޝަތު ފަޒްނާ އަބްދުލް ޣަފޫރު، ރިޒްމީނާ
- ގުރައިދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް: ފަތުހުﷲ ޖަމީލް މޫސާ
- ހިރިލަންދޫ ކޯޓްގެ މެޖިސްޓްރޭޓް: އަބްދުﷲ ހުސައިން
އެ ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، ކޯޓްތަކަށް އައި ހެޔޮ ބަދަލުތަކާ އެކު ވެސް ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް އަދިވެސް ލިބެމުންދާ ކަމަށެވެ
އެންމެ ގިނައިން އަންނަ އެއް ޝަކުވާ އަކީ އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް އަދިވެސް ލަސްވުމެވެ. އެގޮތުން، ކޯޓުތަކާ ގުޅޭ ގޮތުން 200 އެއްހާ ޝަކުވާ މިދިޔަ އަހަރު ވެސް ޖޭއެސްސީ އަށް ލިބުނު ކަމަށް މަސްތޫރު ވިދާޅުވި އެވެ.
ހަތް ފަނޑިޔާރަކު ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ވާހަކަ ދައްކަވަނީ: މިދިޔަ އަހަރު 200 އެއްހާ ޝަކުވާ ޖޭއެސްސީ އަށް ލިބުނުއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް ވަރަށް ބޮޑަށް ލަސްވުން ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް އާދަޔާ ހިލާފަށް ލަސްވުން. ޖަލުގައި އޮންނަ މީހާ، އޭނާގެ މައްސަލައިގެ އަޑު އެހުމެއް ނުބާއްވާތާ އަހަރު ދެ އަަހަރު ވާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭމު ބ.
21 January 2020
މަރު ހަބާ އަޒުފާ.. އެކަމަކު ތީ ވަރަށް ބޮޑު ގޯހެއް.. ދަންނަ މީހެއްގެ ގޮތުން ބުނެލާނީ ގާބިލުނޫން ތިމަޤާމަށް.. އެއީ މިހާދުވަހުގެ ޕާރފޯމަންސް އަށްބަލާފަ.. ދެން އެހެން ނުވާނެ ކަމަށް މިބަލަނީ..!
ސަދަންވޮއިސް
21 January 2020
ފައްޔާޒަށް ވަރަށް ބޮޑަށް މަރުހަބާ. ވަރަށް ޤާބިލު ބޭފުޅެއް
ޒަރީނާ-ޔޫއެސްއޭ
21 January 2020
ރައީސް ރަށު ކުއްޖާ ކްރިމިނަލް ކޯޓަށް. ސާބަހޭ. ޖުދިސަރީ މިއޮތީ ތަނާޒުލް ވެފަ
ސޫޖީ
21 January 2020
އައްޑޫ މީހުންނޫން އެހެން މީހަކު ލައިގެން ނުވޭތަ ކޯޓަކަށް!؟
ޗދ ފދފ
21 January 2020
ފައްޔާޒް ޝާތިރު އަކީ އައްޑޫ މީހެއް، ޑރ މުނައްވަރާއި ސުޢޫދަށް ބޮޑުބޭބެކިޔާ މީހެއް. އެކަމަކު ވަރަށް ވަރަށް މޮޅު ޢިލްމީ މާހިރެއް އޭނައަކީ.
ލޮލް124
21 January 2020
އެއީ އައްޑޫވެސް ކުއްޖެކޭ!
ބޮޑުމީހާ
21 January 2020
މަސްތޫރު ބުނެބަލަ ކޯޓުތަކަށް އައި އިސްލާހެއް. އައި ހެޔޮބަދަލެއް
ވިދުވަރުދޯނި
21 January 2020
ފަނޑިޔާރުންގެ އައު ޖީލެއް އުފެދުނީ
ޝޮކްތެރަޕީ
21 January 2020
އެމްޑީޕީޔަ ނިސްބައްވާ މީހުން ތި ފެންނަނީ.
ހައްގުބަސް
21 January 2020
މިތާކުނެއް އިސްލާމީ ޤާނޫނުކިޔަވާފަ ހުރި މީހަކު.
@ކަލޯ ހައްގުބަސް
21 January 2020
އިސްލާމްދީން ކިޔަވާފަ ތިބި މީހުން އެންމެ ގިނައިން ސީރިޔާއަށް ދިޔައީ އަދި އެމީހުން މުޅިންވެސް މީހުންގެ ވިސްނުން ހަނގުރާމައާ ދިމާލަށް އެހެން މީހުން ގެންދިޔުމުގެ ވިސްނުމުގަ އެކަމަކު ހުޅަނގުން ކިޔަވާފަ ތިބޭ މީހުން ސީރިޔާއަކަށް ނުދޭ މީގަ ވާގޮތަކީ މާލޭ މުއްސަންޖެއްގެ ދަރިއަކު ނުވަތަ ބޮޑު މީހެއްގެ ދަރިއަކުވެސް ފަތް ބޮއިފިއްޔާ އެއްކަލަ ދެރަކލޭގެ ދަރިއަށް ވުރެވެސް ދެރަވީ ދެރަކަލޭގެ ދަރި ފަތްުނުބޮއި އެހެން ހުރެ މޮޅުމީހާގެ ދަރިއަށްވުރެ ކުރިޔަށް ދަނީ ދެނޯ
ބައްނު
21 January 2020
ކަލެއަށް ކިހިނެއް އިނގެނީ އެމީހުން ނުކިޔަވާ ކަމެއް؟
ޕާޓީ ލާޑަރު ޒާތީ މަސްލަހަތު
21 January 2020
ސުޕްރީމް ކޯޓްގައި ބޭއްވި ފަނޑިޔާރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ނަށް ބަލާލުމުން ވެސް ޖުޑީޝަރީ " މިނިވަންވެފައިވާ މިންވަރު" ވަރަށް ސާފު ކޮށް އެގިއްޖެ އެވެ.ނަޝީދާ ހިސާނު ހުސޭނު މެން ނަކީ ލަދެއް ގަންނަ ބައެއް ނޫނެވެ.