އެމްއޭސީއެލް އިން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
30 ޖެނުއަރީ 2020 - 10:06
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން، ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އިއުލާންކޮށްފި އެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، މެނޭޖިން ޑިރެކްޓަރެއް ނުވަތަ ސީއީއޯއެއް ހަމަނުޖައްސާ އޮތް ހަމައެކަނި ސަރުކާރުގެ ބޮޑު ކުންފުންޏަކީ އެމްއޭސީއެލް އެވެ. އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.
ބޭރުގެ ބައެއް ނޫސްތަކާއި އެމްއޭސީއެލްގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާންގައި ވާ ގޮތުން ސީއީއޯގެ މަގާމަށް ހުށައަޅާ މީހެއްގެ ތަޖުރިބާ ވެސް ވަރަށް ބޮޑުވާން ޖެހެ އެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަދުވެގެން 15 އަހަރު ހޭދަކޮށްފައިވުމަކީ އެއް ޝަރުތެވެ.
އެ މުއްދަތުގައި ސީނިއަ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި "ސީ-ސޫޓް ލެވެލް" ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ. ސީ-ސޫޓް ލެވެލް އަކީ ޗީފް އެގްޒެކެޓިވް އޮފިސަރު، ޗީފް ފައިނޭންސް އޮފިސަރު ފަދަ، ކުރިއަށް ޗީފް އަންނަ މަގާމުތަކެވެ.
ތައުލީމީ ގޮތުން ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމެވެ.
ސީއީއޯ ނަގަނީ ފުރަތަމަ ތިން އަހަރުގެ މުއްދަތަށެވެ. އެކަމަކު އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު ލިބެ އެވެ.
- ތަފާތު ގިނަ މަޝްރޫއުތައް އަލަށް އެކުލަވައިލާ ހިންގުމުގެ ގާބިލުކަމާއި އިސްނެގުން
- ނިންމުންތައް ނިންމުމާއި މަޝްވަރާކުރުމުގައި ހަރުދަނާވުން
- ކުންފުންޏެއްގެ މެނޭޖްމަންޓް ބަދަލުކުރުމުގެ ގާބިލުކަން (ބޮޑު ކުންފުންޏެއްގެ މެނޭޖްމަންޓް ބަދަލުކުރުމުގައި ބައިވެރިވެފައި ވުން.)
- ކުންފުނީގެ ތަސައްވުރު ކަނޑައަޅައި، ސްޓްރެޓެޖީތައް އެކުލަވާލައި އަމާޒުތައި ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން.
- ކަންތައްތަކުގެ ތެރެއަށް ވަދެ އެކަށޭނަ ގޮތެއްގައި އެކަންކަމާ ކުރިމަތިލާ، އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ގާބިލުކަން
- މީހުން ތަރައްގީކޮށް ބިނާކުރުމުގެ ހުނަރު
- ސަރުކާރުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތައް އަދި މުޖުމައާ އެއްފަހަރާ މުއާމަލާތްކުރުމުގެ ގާބިލުކަން.
މީގެ ކުރިން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު ނަންގަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.
ގާތްގަނޑަކަށް 3،200 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އަދި އަހަރަކު 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިދާއެއް ނެރޭ އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން މި އުޅެނީ، ކުންފުނީގެ ބޯޑުން މި ފަހުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކާ މެދު، އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުންނާއި އާންމުންގެ މެދުގައި ހިތްހަމަނުޖެހުން ބޮޑުވެފައި އޮތް ދުވަސްވަރެއްގަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދޭން ކުރި މަސައްކަތަށެވެ. މިހާރު ރާއްޖެއިން ބޭރުގެ ދެ ކުންފުންޏެއްގެ މައިގަނޑު ހިއްސާ އޮންނަ ޓީއެމްއޭއަށް އާ ސީޕްލޭންގެ ބޮޑު ސަރަހައްދެއް ދޭން އުޅެނީ މާކެޓް އަގަށް ވުރެ މާ ކުޑަކޮށް އަދި ސީޕްލޭން ދުއްވާ ރާއްޖޭގެ އެހެން ކުންފުނިތަކުގެ ވިޔަފާރިއަށް ވެސް ހުރަސްއެޅޭ ގޮތަށް ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ.
ސީދާ ރައީސް އައްޔަންކުރައްވާ ބޯޑެއް ނަމަވެސް އެމްއޭސީއެލްގެ ބޯޑުގެ ކޮންޓްރޯލް އޮތީ ޓީއެމްއޭގެ ވިޔަފާރީގެ މަސްލަހަތު އޮންނަ ބައެއްގެ އަތްމަތީގައި ކަމަށް، ބުނެ، އާންމުންގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ފާޑުކިޔަމުންނެވެ. ދެން ތިއްބަވަނީ ވެސް، ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނެވެ.
އެމްއޭސީއެލުން ބުނާ ގޮތުގައި އާ ސީޕްލޭން ޓާމިނަލްގެ ޖާގަ ދޭން އެއްވެސް ބަޔަކާ އެކު އަދި އެއްބަސްވުމެއް ހަދާފައެއް ނެތެވެ. އެކަމަކު ޓީއެމްއޭއިން ނެރުނު ބަޔާނެއްގައި، އަފަދަ އެއްބަސްވުމެއް އޮތްކަން ދޭހަވެ އެވެ. އެ ބަޔާނަށް ފަހު މިހާތަނަށް އެމްއޭސީއެލުން، އާންމުންނަށް ކަމެއް ސާފުކޮށްދޭން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއިމާސް
31 January 2020
ޢެމްޓީސީސީގެ ޕްރޮކިއުމަންޓަށްވެސް ގާތްމީހަކުގެނައުމުގެ މަސައްކަތް ޒީރޯ ޓޮލަރަންސް އާއެކު ބާރަށް ކުރިއަށް.
އާރީ
30 January 2020
ކުންފުންޏަށް ވާނެ ހާ އެއްޗެއްވީމަ ތަ ސީއޯ ހޯދަށް ޖެހެނި.
falcon_autho
30 January 2020
"ސަރުކާރުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތައް އަދި މުޖުމައާ އެއްފަހަރާ މުއާމަލާތްކުރުމުގެ ގާބިލުކަން." މީ ހާދަ ފައްކާ ޝަރުޠެކޭ. މި ޝަރުޠު ފުރިހަމަވާނެ މީހަކަށް މުޅި ދުނިޔެއިންވެސް ފެންނަނީ އެމެރިކާގެ ޕްރެޒިޑެންޓް މިސްޓަރ ޓްރަމްޕް ކަމަށް މަށަށް ހީވަނީ. ފަހަރުގައި 1 ޝަރުޠު ފުރިހަމަ ނުވެގެން އޭނާއަށްވެސް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުން އެކަށީގެންވޭ. އެއީ "އޭވިއޭޝަން ދާއިރާގައި މަދުވެގެން 15 އަހަރު ހޭދަކޮށްފައިވުން"މެވެ.
ޝެވަޗެންކޯ
30 January 2020
ޔޫރަޕްގެ ތަޖްރިބާކާރު މީހަކު ގެނައުން ވަރަށް މުހިއްމު. ބީއެމްއެލްގެ ތަޖްރިބާއަށް ބަލާއިރުވެސް މިކަމަށް ބާރުލިބޭ.
ތަސް
30 January 2020
އެންޑްރޫ ހުރީ ބީއެމްއެލް މެދުވރިކޮށް ޖރީމާ ހިންގައި ދީފައި. އެމްއޭސީއެލް ހިންގޭނެ ދިވެހިން ތިބޭނެ
ވާލުފޮޅި
30 January 2020
މޫސާ ސޯލިހުގެ ބޮލަށް އެރިގެން އުޅޭ އެކަޑަމިކް އެއްވެސް ތައުލީމެއް ނެތް ކާގޯ އަމްޖޭ ފުރަތަމަ ތިތަނުން ބޭރުކުރަންވީ. ޑިގްރީ އާއި މާސްޓާރސް ޑިގްރީ ހަދައިގެން ތިބި މީހުން ޓުރެއިނިންތަކަށް ފޮނުވަން ހުއްދަދޭ ކޮމެޓީގައި މިހުންނަނީ ކާގޯ އަމްޖޭ ބަހައްޓާފަ. ކީކޭ ދެން ބުނާނީ. މީނަޔާ އެކީ ބިލިއާޑު ކުޅޭ ކާގޯ މީހުން ރާއްޖޭން ބޭރުގަ ޓުރެއިނިން ހަދާލަ ހަދާލާ.
އޮނަރަބްލް އަފީފު ދީދީ
30 January 2020
ވަރަށްބޮޑަށް ޤަބޫލުކުރެވޭގޮތުން ތިމީހާ މިހާރު ހުންނާނީ ދޮންވެ ފައްކާކޮށްގެން ގެނެސް އެމީހުންގެ ކޮންމެވެސް ރިސޯޓެއްގެ ކޮޓަރީގައި ބަހައްޓާފަ. # ތިއީ ހަމަ ބެންކް އޮފް މޯލްޑިވްސްއަށް ވެސް ގެންނަފަދަ "ބުދެއް" ނުވަތަ އަމިއްލަ އިޙްތިޔާރެއްނެތް އޭނާގެ ދަށުންތިބޭ ބަޔަކު ބުނާގޮތަކަށް ކަންކުރާން "ނަމެއްގައި ހުންނަ ޕަޕެޓެއްފަދަ" ސީއީއޯއެއް. # މިފަދަ މަޤާމްތައް އިއުލާން ކުރަނީވެސް ދިވެއްސަކަށް ކުރިމަތިނުލެވޭނެ ޝަރުތުތައް ހިމަނައިގެން.
ނަޝީދު
30 January 2020
މަތިއޮމާންކުރަންކުރާކަމެއް ވަރަށްސާފު.
ކަޅުހަން
30 January 2020
މިހާރުގެ އެކްޓިންސީއީއޯ ރައީސްއާ އާއިލީގުޅުން އޮންނާތީ ކަންކަމާޒާތީވަނީ. މަސައްކަތްނުކުރާ ދެބައޮޑުވާ މީހުންނަށް ތަންތަނުގެ ވެރިކަންދެނީ، ސަރުކާރާދެކޮޅަށް ކެންޕޭން ލީޑުކުރިނަމަވެސް. މަގާމާއި، ޕާފޯމަންސް އަދި ތައުލީމީ މީހުން ކޮށްދޭ މަސައްކަތުގެ އަގަށްވުރެ ވާހަކަ ހަދައިގެން އުފުލާމީހުން ކުންފުނިތަކަށް ރަނގަޅީ. މީއިސްލާހީ ސަރުކާރޯ! ޕާޓީއާ، މަސްލަހަތާ، ޕާފޯމަންސައްވުރެ ރަންގަޅީ މަސައްކަތްނުކޮއް އަނގައިން ހިފަހައްޓާ މީހުން. ގާބިލްނޫން އާއިލީ ވެރިއެއް.
ނިރު
30 January 2020
ހިޔެއްނުވޭ މޫސާ ސޯލިހް އާ އޭނަގެ އަންހެނުން ތިތާ ތިބިހާދުވަހަކު އަލަށް އަންނަ ސީއީއޯއަށް ހަމަނޭވާ ލާނެ ފުރުސަތު ދޭނެހެނެއްވެސް މުޅިތަށް ހަލާކްކޮއްފި އެދެމީހުން އޑޕ ވެރިކަމަށް އާފަހުން
ހަބީބު
30 January 2020
ތިޔަތަނައް ލަންވަނީ ގަސިމާ ޗަންޕާގެ ސަންސިޔާމު ކޮލިބެ ވަހިއްދީނު ފަދަ މީހުންގެ ބަސްއަހާ ބަޔަކު އެރުން އަދިވެސް ރައްޔިތުން މިހަރައްވުރެ ފަހަތައްދަނީ މިއޮތީވާ ސަރުކާރެއް ކުޅުދުއްފުށި އެއާޕޮޓު އަހަރުވީއިރު ފުރިހަމަ އޮޕަރޭޝަނައް ނުގެނެވުނުބައެއް ދެންކޮންކަމެއްވަނީ