އެންމެ ގިނަ އަދަދަކަށް ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވެލާނާ ބިލްޑިންގަށް ބަޔަކު ވަންނަނީ: ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ ސިވިލް ސާވަންޓުންނަށް ޚާއްސަ ޗުއްޓީއެއް ދޭން ވަނީ ނިންމާފައި.
02 ފެބުރުއަރީ 2020 - 21:04
ޗައިނާ އިން އުފަންވެ، އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގައި ރާއްޖެ އިން ކަރަންޓީނު ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
ރާއްޖެ އިން ކޮރޯނާ އަށް ޝައްކު ކުރެވޭ އެކަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އިން ފެށިގެން އެކަހެރިކޮށް، އޭނާގެ ޓެސްޓުތައް ހަދަން ސާމްޕަލް ވަނީ ބޭރަށް ފޮނުވައިފަ އެވެ. ޗައިނާ އަށް ދަތުރުކުރި އުމުރުން 20 އަހަރުގެ ދިވެހި އެ ފިރިހެންމީހާ އަށް ކޮރޯނާވައިރަސް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް އޭނާގެ ސާމްޕަލްތައް ފޮނުވީ އިންޑިއާގެ ޕޫނޭ އަށެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ މާދަމާ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރަން ސަރުކާރުން ނިންމާފައި ވާތީ، މި ރޯގާއާ ގުޅިގެން ކަރަންޓީނު ކުރާ ސިިވިލް ސާވަންޓުންނަށް އޮފީހަށް ހާޒިރު ނުވެވޭ މުއްދަތަށް ޚާއްސަ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށެވެ. މި ރޯގާއާ ގުޅިގެން ކަރަންޓީނު ކުރާ މުވައްޒަފުންގެ ޗުއްޓީގެ ކަންކަން ހަމަޖައްސައިދޭން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގައިފަ އެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވުނު ދިވެހި ޒުވާނާގެ އިތުރުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެހެން ބައެއްގެ ސާމްޕަލްތަކެއް ވެސް ޓެސްޓު ހެދުމަށްޓަކައި ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ. އެކަމަކު، ކަރަންޓީނު ކޮށްގެން ފަރުވާ ދެނީ 20 އަހަރުގެ ޒުވާނާ އަށް އެކަނި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭނާގެ ހާލު ވެސް ކުރިއަށް ވުރެ ރަނގަޅު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނުނު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދަަކީ މިއަދާ ހަަމައަށް 13،816 އެވެ. އެ ވައިރަހުގެ ސަބަބުން މިހާތަނަށް 304 މީހަކު ވަނީ މަރުވެފަ އެވެ.
މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖޭގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން، ޗައިނާ އިން ރާއްޖެ އަށް މީހުން އައުން ވެސް ދިވެހި ސަރުކާރުން ވަނީ މިރޭ ދަންވަރު 12:00 ން ފެށިގެން މަނާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރމަން
03 February 2020
ބަލިޖެހޭ މީހުނަށް ހަދިޔާ ދެނީއޭ؟
ޛިލްފް
03 February 2020
ސިވިލް ސާރވިސް ކޮމިޝަން އުވާލާ. ޢަމިއްލައަށް ހުރިހާ މޮޅެއް އެމީހުންނަށް ލިބޭ ގޮތަށް ހަދައިގެން އުޅޭ ބައެއް. ސިވިލް “ސާޜވެންޓުންނަށް” އިހްތިރާމް ނުކުރާ ކޮމިޝަނެއް އޮވެގެން ނުވާނެ
ޕިރާޑު
03 February 2020
އަލީޝް ކުރައްވަންވީ ކަމަކީ ސިވިލްސާރވަންޓުންގެ މުސާރައަށް ހެޔޮބަދަލެއް ގެންނަވައި ސަޅިކޮށް ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވުން.
އެކްސް
03 February 2020
ކަރަންޓީނު ކޮއްފަ ހުއްޓަ މަރުވެއްޖިޔަ ޗުޓީއިތުރު ކޮފަ މުސާރަ ދެއްވާނަން ދެއްތޯ?!!
ކޮރޯނާ
02 February 2020
މިއަދު ހާދަ ގިނަ ފިޔަވަޅެއް އަޅާ ގޮތަށް މި ނިންމަނީ ޑަބްލިޔު އެޗް އޯ އިން އަންގައިގެންތަ. ނޫނީ މިކަން މި ވިސްނުނީ އަދި ކިރިޔާތަ. އިތުރު ބަދަލެއް އައި ކަމެއް އެއްވެސް ތަނަކުން ނުދެކެން.
ޕީއެސް
02 February 2020
ތިތަނުގެ ރައީސްގެ ބޭކާރު އަނގަތެޅުމުގެ ބަދަލުގައި މިގޮތަށް އަބަދުވެސް ޕޮރޯއެކްޓިވް ސިވިލް ސަރވެންޓުގެ ހައްގުތައް ހިމާޔަތް ކުރަން ތިކޮމިޝަން މަސައްކަތް ކުރާނަމަ ހާދަ ރަނގަޅުވީސްއޭ ހިތައްއަރާ!
ާއަހަރެން
02 February 2020
ޜަނގަޅު ނިންމުމެއް.. ޝުކުރިއްޔާ