ެމެމްބަރު ޝަރީފް މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ އަށް މަރުގެ އިންޒާރު ދެމުންދާ ކަަމަށް ވިދާޅުވެ އެ ފޯނު ނަމްބަރު ވެސް ވަނީ އާއްމުކުރައްވާފައި.
04 ފެބުރުއަރީ 2020 - 14:37
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް މަރުގެ އިންޒާރު ދިން މައްސަލައެއް އޭނާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދާ ކަމަށް ވިދާޅުވެ، ފޯނު ނަމްބަރެއް ވެސް ޝަރީފް ވަނީ އާއްމުކުރައްވައިފަ އެވެ. އެކަމަކު އިންޒާރު ދެމުންދަނީ ކޮންކަމާ ގުޅުވައި ކަމެއް ވިދާޅެއް ނުވެ އެވެ.
I have informed the Majlis n they will do the needful. The number is registered in the name of a parson called Mohamed Ismail https://t.co/wh41F7QSpG
— Ibrahim Shareef (@AdduShareef) February 4, 2020
ޝަރީފްގެ ޓުވީޓެއް.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މެމްބަރު ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ އަމީންއާއްމު ވަނީ ޑިފެންސް މިނިސްޓްރީ އަށް ހުށަހަޅުއްވާފައި ކަަމަށެވެ.
މެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީންނެވެ. މެމްބަރުންނަށް ނުރައްކާ އޮތް މިންވަރު ދެނެގަނެ، މިދިޔަ އަހަރު ވެސް ފަސް މެމްބަރަަށް އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދީފައިވެ އެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ މެމްބަރުންތަކަކަށް މަރުގެ އިންޒާރު ދިނެވެ. މި މައްސަލަތަކުގައި ވެސް ސެކިއުރިޓީ ފޯރުކޮށްދީފައިވެ އެވެ. ބައެއް މެމްބަރުންނަށް މަރުގެ އިންޒާރު ދިން މީހުން ދެނެގަނެވިފައިވާ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު ކަދުރު
04 February 2020
އިތުބާރުހުރި ފަލަކީ ހިސާބުން ދަންކާގޮތުގައި ޝަރީފު ޕާޓީ ބަދަލުކުރުމުގެ ވަގުތު ކުޑަތަންވަނީއެވެ.
ޅަބޭ
04 February 2020
ޝަރީފު ކީއްކޮއްގެންތަ މަރުގެ އިންޒާރު އެވަރަކައް އެ ދެނީ؟؟! އެވާހަކަވެސް ޖަހާލިނަމަ.. އާންމު ރައްޔިތުންނައް ނެތް އަމާންކަމެއް ކިހިނެތް މަޖިލިސް މެންބަރުންނައް އޮންނާނީ..