ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރަން ނިންމި ޖަމީލާ. އޭނާ އަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ވަނީ ފޮނުވާފައި. -
06 އޮކްޓޯބަރ 2016 - 17:06
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވައިފި އެވެ.
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ޖަމީލާ ހަމަޖެއްސުމުގެ މައްސަލައިގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ގ. ޕެންޒީމާގޭ 1، އައިޝަތު ޝާން ޝާކިރު އައްޔަން ކުރެއްވުމާ ގުޅޭ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމެޓީ އަށް ފޮނުވައިފަ އެވެ.
ޖަމީލާ އަކީ ސީއެސްސީގެ މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޓީވީއެމްގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
ދިވެހި އެމްބަސީއެއް ޖަރުމަނުގައި ގާއިމްކޮށް، އެތަނުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދަން ރައީސް ޔާމީން ނިންމަވާފައިވާއިރު، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭ މައްސަލަ ވެސް ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ "ފިޔަވަތި" ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސައި، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ފޮނުވާފައިވާ މައްސަލަ ވެސް ދިރާސާ ކުރުމަށް ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ހަމައެއާއެކު، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސައި މަސައްކަތަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލަ ވެސް ވަނީ ދިރާސާ ކުރަން ކޮމެޓީ އަށް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަަސަނު
07 October 2016
މަވެސް ވަރަށް ރުހޭ
naruto
06 October 2016
ރާއްޖޭގަ ނެތީތަ ކިޔަވާގެން ތިބި މީހުން ؟