ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ޑްރަގްސް. ޖެނުއަރީ 31 ވަނަ ދުވަހާއި އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި އަނެއްކާވެސް ވަނީ ގިނަ އަދަދެއްގެ ޑްރަގް އަތުލައިގެންފައި.
07 ފެބުރުއަރީ 2020 - 23:15
މާލޭގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ޑްރަގް ނެޓްވޯކެއް ހޯދައި، ނުވަ ކިލޯގެ ޑްރަގސް އާއި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކާއި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ފުލުހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަންގައި ޑްރަގްސް އާއި ފައިސާ އަތުލައިގަތީ މާލޭގެ ހަތަރު ގެއަކާއި ސައިކަލެއް ބަލައި ފާސްކޮށްގެންނެވެ.
ޑްރަގާއި ފައިސާތައް އަތުލައިގަތް އިރު، އެތަކެއްޗާ އެކު 23 އަހަރާއި 37 އަހަރާ ދެމެދުގެ ހަތް ފިރިހެނުންނާއި 50 އަަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.
އަތުލައިގަތް ޑްރަގް ނެޓްވޯކްގެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގައި ކެފޭ އުސޫލުން ޑްރަގް ވިއްކައި ބޭނުންކުރަމުން ދިޔަ ގެތަކެއް މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަނީ ހޯދާފަ އެވެ. އޭރު ހިންގި އޮޕަރޭޝަންތަކުގައި އޭރު 36 މީހަކު ހައްޔަރުކުރި އެވެ. އޭރު ބަލައި ފާސްކުރި ގެތަކަކީ އޭގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާ ތަންތަން ކަމަށް ފުލުހުން އޭރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނޫފް (ކޮއްތު)
09 February 2020
ބޮލުގަ ބަޑި ޖައްސާ ޖަހާފަ މަރަންވީ ތިމީހުން. އެހެން ނޫނީ ތިމީހުން ދެންވެސް ހަމަ މަސްތުވާ ތަކެތި އެތެރެ ކުރާނެ. ސާބަސް. މިއޮތީ ވާ ގައުމެއް.
އަހުމަދުބޭ
08 February 2020
24 ގަނޑިއިރުނުވާނެ ތިޔައެންމެން ތިބޭނީ ގޭގަ، ތިފަދަ ކިތަށްކޭސްތޯ މިވީ ދޮޅު އަހަރު ވީއިރު އަތުލައިގަތީ، އެކަމަކު ސުވާލަކީ ކޮބައިތޯ މިހާރު އެމީހުން ؟ ތިފަދަމީހުން ކަރަންޓީނުކޮށް ވަކިން ޖަލެއްހަދައިގެން ނުގެންގުޅެވެންވީ ކީއްވެތޯ، ތިޔައިގެން ކިތަށްމީހުންތޯ ޖަލުގައި ހައްޔަރުގައި ތިބީ؟ ތިހެން ހޯދައި ޑުރަގާ އަދިފައިސާ ވަގުތުން ވަގުތަށް ނައްތާނުލެވެންވީ ކީއްވެތޯ؟ މިއީ ހައްތާވެސް އުފެދޭ ސުވާލްތަކެވެ، ހުރިކަމެއްގެ ފެށުމަކަށް ވަނީ ޑުރަގެވެ.
ހަބީބު
08 February 2020
ފިލިޕީންސްގެ ރައިސް ނަމޫނާ ޔަކައްބަލައިގެން ތިފަދަ މީހުން ދަންޖައްސާ ނުވަތަ ބަޑިޖަހާ މަރާބަލަ ކިތައް މީހުން އެދަނީ ހަލާކުވެގެން ތިޔަކަމާހެދި ކިތައް އަނބިން އެވިހަނީ ނުކުޅެދޭ އައިބު ކުދިން މިބުރަ ދިވެހިން އުފުލަން ޖެހެނީ ތިޔަފަދަ މުޖުރިމުންގެ ސަބަބުން
ހަޒާނާ
08 February 2020
ތިޔައީ ނޫހައް އަރާ ފަލަ ސުރުހީ އެކެވެ. އަތުލައި ގަންނަ ޑްރަގް އާ މިހުންގެ މައުލުމާތު ނުސްވެރީންނަށް ހާމަ ކޮށް ނުދެވެއެވެ. ތަހުގީގައް ހުރަސް އެލިދާނެ ތީއެވެ. ދުވަސް ކޮޅަކުން ފެންނަނީ މަގު މަތީންނެވެ. 5 ވަރަކަށް އަހަރު ފަހުން ޑްރަގް ކޮޅެއް ނައްތާލަ ފާނެ އެވެ.
ހނ
08 February 2020
މަބޭނުމީ މަސްތުވާތަކެތި އެތެރެކޮށް އޭގެވިޔަފާރި ކުރާމީހުންނަށް މަރުގެ އަދަބުލިބުން. އެއަށްދެވިހިފާފައި ތިބިމީހުން ކަރަންޓީނުކޮށްގެންނަމަވެސް އެމީހުންގެ ނުފޮރުއްޕާނުން މުޖުތަމައު ސަލާމަތްވުން. ގާނޫނުތަށް ހަދާފަ މިހުންނަނީ އެމީހުންނަށް ފަހިވާގޮތްބަލައިގެންހެން ހީވަނީ...ކިޔާއަޑުއިވޭ އަޑީގަތިބެނީ މެންބަރުންނޭވެސް...ތެދެއްހެން ހީވަނީ...
މގައުމުގެ ހާލަތު
08 February 2020
ރައްޔިތުންނަށް ފެންނަގޮތަށް ތިޔައެއްްޗެހި ނައްތާލެވޭނެގޮތެއްނެތްތަ..އަބަދުވެސް ފެންނަނީ ދެތިންފުޅިބަނގުރާ ނައްތާލާތަން..
ފަޅޯ
08 February 2020
ކުށުގެ ވެށިން އަތުލެވޭ ސާމާނު/ހެކި ނައްތާލެވެނީ ވަކި އިޖުރާޢަތްތަކެއް ފުރިހަމަވުމުން.
އަބުދުބެއްޔާ
08 February 2020
ބަނގު ރަލާ ޚިލާފަށް މި ޒާތުގެ މަސްތުވާ ތަކެއްޗަކީ ގިނަދުވަހު ބެހެއްޓުމުން ހުލިވެގެންދާ އެއްޗެކަށް ވާތީ ތޯއްޗެއް، ނައްތާލާތަން ނުފެން ނަނީ.
ކުކުޅޭ ---
08 February 2020
މީހުންނާއި ވަޞީލަތްތަކާއި ކުއްތާއި ގެންގުޅޭ އިރު ޑުރަގު އެތެރެ ކުރެވޭ ގޮތް ނުހޯދެވެނީ ކީއްވެ؟
ހުސްނު
08 February 2020
ވާގެމަގުން ނުވަތަ ކަޑުމަގުން ރާއްޖެ އައްނަ ކޮންޓީނާ ބޯއްޓުފަހަރު ތަކައްވުރެ. ބޮޑައް އެބާކުޅެނީ ކައްނެލި އޮޑި ރާއްޖޭގެ ސަރަހައްދުންބޭރުން ކަލެކްޓު ކޮއްގެން ރާއްޖެވައްނަނީ ދިވެހި މަސްދޯނި.
ޔަހްޔާ
08 February 2020
ތިހުސް ބަލަނީ......ތިށަކެއްނޫން ޔަގީނެއް ނޫންތި ހަމަނުވާކަމެއްފަދަ.......
ދަބީން
08 February 2020
ކުރިން ފާސްކުރާ ގެތަކުގެ ނަންކިޔާ..މިފަހަރު ގެތަކުގެ ނަން ނުކިޔަނީ ކީއްވެ...ކުރިންވެސް ފާސްކޮށްގެން ޑްރަގްސް ހޯދި ގެތައް ވީމަ މިފަހަރު ގޭގެ ނަން ނުކިޔަނީތޯ..
ނުވާނެ
08 February 2020
ސާބިތެއް ނުވާނެ. ތީގައި ކުށްވެރިވާނީ ތިޔަ އޮޕަރޭޝަން ހިންގި ފުލުހުން. 18 މިލިޔަނުން ބަދަލުދޭން ނުޖެހިއްޖާ ރަނގަޅު. ތިޔަ ނެޓްވޯރކްތަކުގެ ބެކްގައި ތިބެނީ ސިޔާސީ އަދި މާލީ ބާރާއި ނުފޫޒުހުރި މީހުން. ކިހިނެއްތިޔަ ސާބިތުކުރާނީ. އަހަރެމެންދާއިރާ އެމް.ޕީ ފަހަތުގައިވެސް އުޅެނީ ރަތްލައިޖެހި ގާތިލުންނާއި ޑްރަގު ޑީލަރުންކަމަށް ދަންނަ މީހުން ކިޔާއުޅޭ.