ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އީޔޫގެ އޮފިޝަލް ޕައޮލާ ޕަމްޕަލޯނީއާ މިއަދު ބައްދަލުކުރައްވަނީ: ޔާމީން ޖަލުގައި ހުންނެވުމުގެ ކަންބޮޑުވުން ފާޅުކުރެއްވި.
09 ފެބުރުއަރީ 2020 - 15:14
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލަށް ލާފައިވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، މިހާރު ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފްދާ އެކަން ހިއްސާކުރެއްވީ އެ ވަފްދުގެ ބޭފުޅުންނާ އެކު، މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އީޔޫގެ ވަފްދެއް ރާއްޖެ އައިސް އުޅެނީ އެ ޖަމާއަތުން ދިވެހި ސަރުކާރާ އެކު ބާއްވާ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
ޔާމީން ޖަލަށް ލާފައިވާ މައްސަލަ، އާދަމް ޝަރީފް ހިއްސާ ކުރެއްވީ އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ އެވެ.
ޔާމީނަށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 28 ގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މަނީލޯންޑަރިންގެ މައްސަލަ ސާބިތުވުމުންނެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އޭނާ އެއްސެވި. އަދި އީޔޫ ހެޑް އޮފީހާ އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި،" އާދަމް ޝަރީފް
އީޔޫގެ ވަފްދާ ބައްދަލުކުރެއްވުމަށް ފަހު، އާދަމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ މައިގަނޑު ދެ ކަންބޮވުމެއް އެ ޖަމާއަތުގެ އިސް މަންދޫބު ޕައޮލާއާ ހިއްސާ ކުރެއްވި ކަމަށެވެ. އެއް ކަމަކީ، ޔާމީން ޖަލަށް ލާފައި ވަނީ އިންސާފުވެރި ނޫން ޝަރީއަތަކުން ކަމެވެ. ދެވަނަ ކަންބޮޑުވުމަކީ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކަށް މިހާރު ކުރިމަތިވަމުން އަންނަ ދައްޗާއި އުނދަގުލެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އޭނާ އެއްސެވި. އަދި އީޔޫ ހެޑް އޮފީހާ އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި،" މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް އިއްވި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުން ނޫން ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އެ ހުުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނު ޖަލަށްލާފައިވާ މައްސަލަ އިދިކޮޅުން މިއަދު ވަނީ އީޔޫއާ ހިއްސާ ކޮށްފައި.---ފޮޓޯ: މިހާރު
ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެމަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި އެދުނެވެ. އެކަމަކު، އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމީ ޔާމީނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.
އެކަނިކުފާނު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ނިންމެވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ނަމަވެސް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރު ނުނެރެވޭނެ ކަމަށް ނިންމެވީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
12 February 2020
ޖަމީލު މީ ފީފީއެމްގެ މުސްތަގުބަލުގެ ލީޑަރތަ?
އހ
12 February 2020
އޭރު ހެދީ ކިހިނެއް ؟ ބައްދަލު ނުކުރި ! އެވަރުން ނުވެގެން ދުއްޕާނެއް ކަމު ދެކި މެމްބަރު ކަމުން ވެސް ވަކިވީ. ދޭހަ އަކީ " ކޮމެންވެލްތު" މެމްބަރުކަމުގަ ގައުމު އޮތުން މުހިއްމު ކަމާއި ބޭނުންތެރިކަން ތިބޭފުޅުންނަށް ވެސް ބޮޑުކަން . އަދު ތިތިބީ ސައްލާ އަކަށް ފައިބުޑައް ގޮސް ދެއްތޯ !
މުޙުއްމާ
11 February 2020
ހީހީ ހަލާކު. ވައްކަން ކޮށްގެން މީހަކު ޖަލަށްލީމާ އޭނަ ދޫކުރުވަން އީ.ޔޫ. އަށް ދިޔާމަ އެމީހުން ހޭނީއެއްނުން. އެމީހުން ހިތަށް އަރާނެ މިއީ ކޮންކަހަލަ މޮޔައިން ތަކެއްހޭ.
އެމްސް
10 February 2020
އީޔޫއީން ވަކިވެފަ މިހާރު ދެން ހާދަ ހުތުރުކޮށްނޭ!
ނަޖްވާ
10 February 2020
ކޮބާތަ އިންސާފުވެރި ނޫން ސަރީއަތަކީ! ހުޅުވާލައިގެން ބޭއްވީމަ، އެންމެންނަށް އެނގުނު އެއްޗަކީ އަނދީބާ ޒިނޔަތު ލައްވާ ހުރިހާ ކަމެއް ކުރުވީ ތި ޔާމީނު ކަން! އެ ކުދިން އަނގައިން ސަރީއަތުގަ އެއްވެސް މަޖްބޫރު ކަމެއް ނެތި އެ ކިޔައިދިނީ! ދެން އަނެއްކާ ފަސް ޖަޖުން އިއްތިފާޤުން ދޯ އެ ނިންމީވެސް އެންމެން ކުރިމަތީ! ދެން ކޮން ވާހަކަ އެއް ދައްކާކަށްހޭ ސަރީފޫ އޭ!
ވަހީދު
10 February 2020
ޔާމީން ޖަލަށްލީ ޝައްކު އުފެދޭ ފައިސާގެ ޓްރާންސިޓަކުން، މައްސަލަ ބެއްލެވި ޤާޒީ ހައިލަމު ނެރުނު ބަޔާނުން ވެސް އެނގޭ މައްސަލާގެ ޙުކުމަކަށް ވެފައި އޮތީ ޔާމީން ކުއްވެރި ނުވާނެ ކަމަށްކަން.
ފޮނިޓައްޕު ހަސަނު
10 February 2020
މަގޭ ހިތައް އަރާ ޔާމީނު ޖަލަށް ލީ މައްސަލަ އީޔޫ އާއި ހިއްސާ ކުރުމެކެ ނަހަލާލަށް ދަރިއަކު ވިހެއުމުން ހައްދު ޖެހީމައި، ތިމަންންނެގެ ކުށެއް ނެތިހައްދު ޖަހައިފިއޭ ބުނުން ފަދަކަމެކޭ ތީ. އީޔޫ ވަފްދުގެ މީހުން ހިނިގަޅާނޭ މަގޭ ހިތަށް އަރާ.
އަލީބްރޯ
10 February 2020
އާދަމްޝަރީފަށް އެނގިނުލައްވާތޯ އަދުރޭއާ ރިޔާޒްރަޝީދް ކުރެއްވި މިންނެތްމަސައްކަތުން ދިވެހިރާއްޖެވަނީ އީޔޫންވެސްވަކިވެފަކަމެއް!
ޓިނު
10 February 2020
އެއީ ޔާމީނު ބަލައި ގަންނަބައެއްނޫ ؟ މިހާރު ޖަލައްލީމާ އެމީހުން އޯކޭވީތަ
އަބްދުއްالله
10 February 2020
އީޔޫ އެއީ ކަލޭމެންގެ ހައިކޯޓުގެ މައްޗަށް އޮންނަ ކޯޓު ދޯ؟