މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރު ޝިފާ އަދި އާރުޑީސީގެ އެމްޑީ މޫކޭ (ކ-2) މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ފެބުރުއަރީ 2020 - 14:41
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް، އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ، މަގުތައް ހެދުމުގެ ބޮޑު މަޝްރޫއު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެއަށް ފަހު އެ މަސައްކަތް ފަށާނީ، އައިޖީއެމްއެޗް ހުންނަ ކަނބާއައިސަ ރަނި ހިނގުމުން ކަމަށް ވިދާޅުވި އެވެ.
ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލު ގެނެސް، ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި އާރުޑީސީ އާއި މާލެ ސިޓީ ކައުންސިލުން ސޮއިކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. އޭރު އެ ކުންފުނިން ބުނީ މި މަސް ފެށުމުގެ ކުރިން 462 މިލިއަން ރުފިޔާގެ މަޝްރޫއު ފަށާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.
އެ މަޝްރޫއުގައި 18 ކިލޯ މީޓަރުގެ މަގުތައް ހަދާނެ އެވެ. އެއީ އެކި ސަރަހައްދުތަކުން 416 މަގެވެ. އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.
ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، އުޅަނދުތައް ޕާކް ކުރުމަށް 21 ތަނެއް ކަނޑައަޅާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އާރުޑީސިން ބުނީ މަގުތައް އަލުން ހަދާއިރު، ހަތަރު ބާވަތެއްގެ މަގު ހަދާނެ ކަމަށެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ޕެޑެސްޓްރިއަން ރޯޑެވެ. ފިޔަވަހިތަކަށް ބަހާލައިގެން އެތަން ހަދާނީ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އަދި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅައިލެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވަރު
12 February 2020
އަތޮޅުތަކުން ލިބޭ ޓެކްސް ފައިދާއިން މާލެ ތަރައްގީ ކުރުން ހުއްޓާލާ.
ޖަޒީރާ ކަލޯ
11 February 2020
ކޮބާ އެއްކަލަ 0-7 ދިން އައްޑޫ ހުސް ސާވޭ އެނިމޭވަރު ވާނީ ދެން އަންނަ ރިޔާސީ އިންތިޙާބު ކާރިވީމަ ދެން ބުނާނެ އަދި 5 އަހަރު ދީގެންނޭ މިކަންވާނީ މޮޅުކޮށްލާފަ ހޮވިމެންބަރުން ރައްޔިތުމީހާ ގުޅީމަ ފޯނެއްވެސް ނުނެގޭ ދިޔަގޮތަށް ބަޙަބަރު އެކަމަކު ކެމްޕެއިން ޕޯޑިއަމް ތަކުގަ ކަރުގެ މައި ނާރަށް ބާރުލާފަ ކީއަޑު އެހިން ތިމަންނަޔާ ނުގުޅޭނެ ގަޑިޔެއް ނޯންނާނެޔޭ!!!
ރަށު މީދާ
11 February 2020
ރާއްޖޭގަ އޮތީ މާލެ އެކަނިތަ؟5 6 ފަހަރަށް މާލޭ މަގުތަކު ގާ ބަދަލު ކޮއްފި.ކޮބާ ރާއްޖޭގެ އެހެން ރަށް ރަށް،؟
ގުޑުގުޑާ
11 February 2020
ތީފާއެއްނެތް ބައްޔެއް
އެޑް
11 February 2020
އޭޑީކޭއިން ނިކުމެގެން އުތުރަށް ހިނގާފަ ދާ މީހާ ސޯސަންމަގު ހުސްނުވަނީސް ހުރަސްކުރާނެ ކަފިހި ހުރަހެއް ހޯދާ ހޯދާ ނުފެނުނު.
މަގު
12 February 2020
މާލޭގއ ކަފިހުރަސް ހުރޭތަ؟ ގައިމު މަޖީދީމަގުން ޗާންދަނީ މަގުން ތިޔެއް ނުދެކެން. ހީވަނީ މާލޭގައި ހިނގާފަ އުޅުން މަނާހެން.
ސުވީޓުހާޓު
11 February 2020
ކައުންސިލަށް ދޮންވެ ފައްކާވަނީ އިންތިހާބު ނިމުނީ ދެކަމު އެއްފަހަރާ ދެވުނީ... ވ ވެދުން
ކައްތުބޭ!
11 February 2020
ރަގަޅު. މިއަދު ހަދާ އިނގޭ. އަދި ހަދަމުން ނިންމަމުންދާވަރަކައް އަނެއްކޮޅުން ކޮންމެވެސް ކޭބަލެއް ހޮޅިއެއް ވަޅުލަން ކޮންނަންފެށީމަ ހުންނާނީ ފުރިހަމައައް ތަރައްގީކުރެވިފަ. އެއައް ކިޔަމާ ބަހީ ވަށާޖެހޭ ތަރައްޤީ ދޯ!
ނަންނު
11 February 2020
ދުނިޔެ މިހުސްވަނީ މާލޭގެ މަގުތައް ހަދާހަދާ. ކޮބާތަ އެހެން ރަށްރަށުގެ މަގުތައް.
އިސްމާލްކަލޭފާނު
11 February 2020
ކުރިން ކިޔަނީ ފައިސާއެއްނެތޭ. މިހާރު ކިހިނެތްމިވީ. ނެތްއެއްޗެއް ވުޖޫދަށް ގެނައިގޮތެއް ބަލާންޖެހޭ.
ރަދީފް
11 February 2020
ރަނގަޅުކަމެއް.ވަރަށް ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެކަން ކަށަވަރުވެ ޔަގީންވޭ.ކިލޯ މީޓަރެއް ހަދަން ގާތްގަނޑަކަށް 50 ދުވަސް.އެހާ ބިޔަ ފުޅާ ޕްރޮޖެކްޓެއްވީމަ ސްޕީޑްވެސް ރަނގަޅު.މުޅި ސަރުކާރުގެ އެންމެން ވާނެ ތިޔަ ޕްރޮޖެކްޓް ފަށާ ދުވަހު އެތާނގަ ތިބެން.އެހެނީ މި ބިޔަ ޕްރޮޖެކްޓްގެ ބިޔަކަން ވެސް ރައްޔަތުންނަށް ދައްކާލުން އެއީ އާދަކާދައިގެ ތެރެއިން ކުރަން ޖެހޭ ކަމެއް.ވ.ވެދުން.ގުޑް ލަކް.