ކުޑަ ދެ ކުއްޖެއްގެ ވީޑިއޯ އާންމުކުރި މައްސަލާގައި އެކަން ކުރި މީހާ ވަނީ ހޯދާފައި
13 ފެބުރުއަރީ 2020 - 11:58
ކުޑަ ދެ ކުއްޖަކު ގައިގޯޅިކޮށް އުޅޭ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި، އެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވީޑިއޯ ރެކޯޑްކުރަން ބޭނުންކުރި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެއްވެސް މީހަކު މި މައްސަލާގައި ހައްޔަރެއް ނުކުރެ އެވެ.
އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި، ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ތިބެނީ ހުޅުމާލޭ ފްލެޓެއްގެ ބެލްކަނީގަ އެވެ. އެ ކުދިންގެ މަންޒަރުތައް އާންމުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މި ވީޑިއޯގެ އާންމުވުމުން، ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާއްމުކޮށް އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި މިނިސްޓްރީގެ 1412 އަށް ރިޕޯޓްކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހެޔޮ ނުބައި ވަކިކުރަން ނޭނގޭ ވަރުގެ ކުޑަ ދެ ކުދިން އުޅުނު ގޮތްތައް މުޅި ދުނިޔެ އަށް އާންމުކޮށް ބޭޒާރުކުރި މީހާ ހޯދަން ފުލުހުން ތަހުގީގު ފެށީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އާއިލާ އާއި މުޖުތަމައުގެ ޒިންމާތަކެއް ވެސް ގާނޫނުގައި ކަނޑައަޅާފައި ވާއިރު އެ ޒިންމާ އަދާކޮށްފައި ނުވާތީ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން ގާނޫނުން މުޖުތަމައު އަށް ލާޒިމްކުރެ އެވެ. އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރަން ވެސް ގާނޫނުގައި ލާޒިމްކޮށްފައި އޮވެ އެވެ. މި ޒިންމާ އަދާނުކޮށް އެ ކުދިން ބޭޒާރުކޮށްލުމަކީ ގާނޫނުގައި ބުނާ ގޮތުން ވެވޭ އިހުމާލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާމީ
14 February 2020
ފޯނު ހިފެހެއްޓުމަކީ މީހެއްގެ ހައްގަކަށް އެރުން. ފޯނެއް ކުށެއް ނުކުރާނެ!
ކުމާރް
14 February 2020
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ އެނޫންވެސް އެހެން ކުއްތައް ކުރާ މީހުންގެ މައްސަލަތައް ރަނގަޅަށް ނުބެލި އަދަބު ހައްޤުވާ ފަރާތައް އަދަބު ނުދެވެނީ ތަނެއް ދޮރެއް ނުދަންނަ ބައެއް ގާނޫނު ހަދާ މަޖިލީހުގަ ތިބެގެން ތާކުންތާކުނުޖެހޭ ގާނޫނުތައް ހަދާތީ. ކުށް މަދުކޮށް ދައުލަތުގެ ޚަރަދު ކުޑަކުރަން ބޭނުންނަމަ މަޖިލިސް އުވާލައި، އިސްލާމީ ޝަރީއަތް ތަންފީޒް ކުރޭ، އޭރުން އަހަރެއްގެ މައްޗަށް 86،7000،000 ރުފިޔާ ސަލާމަތް ކުރެވޭނެ
މަތީން
14 February 2020
ކުދިންނާަ އެއް ކޮޓަރި އެއްގައި މައިން ބަފައިން އުޅެން ޖެހުނީމަ ދިމާވާ އިޖްތިމާއި މައްސަލަތައް މިހުންނަނީ. މި ވީޑިއޯގެ ސަބަބުން މުޖުތަމައުގެ ގިނަ ބަޔަކު ހޭވެރިކަންވެ ތަންކޮޅެއް ވިސްނާލައިގެން ކަންކާން ކުރާނެ ކަމަށް ބެލެވޭ.
ވޯލް
14 February 2020
އެ ފޯން އަންދާލި ނަމަ ތިޔަ މީހާ ސަލާމަތްވީސް. އަސްލު ޤާނޫނުގައި ކުޑަ ކުދިންނާ ނުގުޅެ މަންޒަރު ވީޑިއޯ ކުރުން މާނަ ކޮށްފައި އެއޮތީ އޮރިޔާންކާޑު އުފެއްދުމުގެ ބޭނުމުގައި އެކަން ކުރާ މީހުންގެ ވާހަކަ. މި މީހާ ވީޑިއޯ ޝޯޝަލް މީޑިއާއަށް ލާން ޖެހުނީ ފުލުހުންނާއި ޖެންޑާރ އަށް ހުށަހެޅޭ މިފަދަ މައްސަލަ ކޮޅެެްގައި ނުޖެހި ފައިލަތަކު ތެރޭގައި ތާށިވެފައި އޮންނަތީ. މިއީ މިޖުތަމައި ހޭލުންތެރި ކުރުމުގެ ނިޔަތުގައި ކުރިކަމެެއް ކަމުގައި ބެލެވެން އެބައޮތް.
ޢައިމިނަ
13 February 2020
ޢެންމެފަހުން ގޯސްމިވީ ވީޑިއޯ ކުރިމީހާ ދޯ އެއީ ކުދިންނަށް ދައްކާ ކާތޫނާ ގޭގަ އާއިލާތަށް އެކީބަލާ ފިލުމާ ޑުރާމާގެ އަސަރު ކޮޓަރި ކުޑަވެގެން ފެންނަ މަންޡަރަށްވުރެ ގިނަ އެއްޗެހި ކުދިން ބަލަނީ ދަސްކުރަނީ މީޑިއާގެ ވަސީލަތްތަކުން
ގަރޫޑާ
13 February 2020
ނޫނޭ އޭނަގެ ފޯނު، އެއީ ފޯނުގަ ކެ މެރާއިނީތީވެ. މާދަ މާ ފޯނު އަނބުރާދީފާނެ ކެ މެރާ ޗަސްކޮއްލާފަ.
ީޖޯނު
13 February 2020
ކުށްވެރިވީ ފޯނު
އިންސާނާ
13 February 2020
މި ރާއްޖޭގެ ބިކިނީ ލައިގެން މީހަކު ހިނގީމަ އެކަން ޤާނޫނީ ކުށަކަށް ހަދާފަ. އެކަމަކު މި ރާއްޖޭގައި އުޅޭބައެއް އަންހެނުން މި އަޅާ ހެދުން ލައިގެން މަގުމައްއްޗައް ނުކުތީމަ މާ ލަދުވެތި. ދެފައި ދަނޑިޔާ ފޫޅާ ދައްކައިގެން ކުރުސޯޓު ލައިގެން އަދި ބުރުގާ އަޅަމޯ ކިޔާފަ އެޔަށް މަލާމަތް ކުރާ ވައްތަރަށް ހެދުން އަޅައިގެން މީހުންނަށް ދެއްކެން ނުކުންނަ މީހުން ނަށްވެސް ޤާނޫނު ހަދާބަލަ ވާގޮތެއް ބަލަން. މަގުމަށްޗައް ނުކުންނަން ލަދުގަނޭ ޢާއިލާއާ އެކުވެސް. ހުވާ
ޕޯޓަބަލް
13 February 2020
ވިޑިއޯ ނެގި މީހާ ޖަލަށްލާ! އެއީ ކުޑަކުދިން އެކުދިންގެ މައިންބަފައިންނަށް ވިޑިއޯ ދެއްކުން މައްސަލައެއް ނެތް. ވިޑިއޯ އަންމު ކުރި މަގްސަދާމެދު ސުވާލު އުފެދޭ!
ޙަސަން18
13 February 2020
ވީ ޑިއޯ އާންމު ނުކުރިނަމަ މަސްލަހަތޭ ކުޑަކުދިންޣެ ޙައްޤޭ ކިޔާފަ ބަހަނާ ދައްކާފަ ތިމައްސަލަ ހިންދާލާނީ މިނިސްޓްރީން.. މިހާރު އެތައްބައިވަރު ބެލެނެވެރިންގެ ސަމާލުކަމަށް އައިސް މަޖުބޫރުވެއްޖެ ތިމާމެންގެ ދަރިންގެ ކަންކަން ގާތުންބަލަން. މީ ހަމަ ކަންވާނެގޮތަކީ...
ޕެނިކް ފަރީދާ
13 February 2020
މިހާރު މިކަން ޑިބޭޓަކަށް ދާވަރުވެއްޖެ، މިމީހާގެ ކުށް ކަމާބެހޭ ފަރާތުން ތަފުސީލުކޮށް ކިޔައި ދޭންވެއްޖެ،ކުޑަކުދިންގެ ވީޑިއޯއެއްވީމަތަ؟ އެކުދިން އެގޭގޮތަށް ވީޑިއޯ ކުރީމަތަ؟ ބޮޑެތިމީހުންގެ ވިޔަސް ސޯޝަލްމީޑިއަށް ނުލެވޭނެތަ؟ އެއީ ވަރަށް ގިނައިން ކުރާކަމެއްވީމަ. ބައެއް މީހުން ސޯޝަލް މީޑިއާގަ ޝައިއު ކުރޭ ނިވާކަން ކުޑަ ހެދުން އަޅައިގެން، ގައިގޯޅިވެފަ ހުންނަ ފޮޓޯ އާ ވީޑިއޯވެސް. އަމިއްލަ އިޚުތިޔާރުގައި މިގޮތަށް ޝެއާކުރާ ފޮޓޯ/ވީޑިއޯ މައްސަލައަކަށް ނުވޭތަ؟
ދިބޭޓު
13 February 2020
ތި ދިބޭޓަކަށް ދާކަށް ނުޖެހޭ އޭނަގެ ކުށް ހޯދާކަށް. އެއުމުރުގެ ކުދިންތަކެއްގެ ވީޑިއޯ ކޮށް އާންމު ކުރުމަކީ ބޮޑު މައްސަލައެއް
ވައިރަސް
13 February 2020
ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައި ބޮޑުއާއިލާއެއް އުޅެން ޖެހުނީމަ ކުޑަ ކުދިންނަކަސް ބޮޑެތި މީހުންނަކަސް އެފަދަ މަންޒަރު ނުފެނިއެއް ނުހުންނާނެ އަމުދުން ކުޑަ ކުދިންނަކީ ބޮޑެތި މީހުން ކުރާ ކަންތައް ކޮޕީ ކުރާ ބައެއް. ވަރަށްވެސް ދެރަ.