ޚަބަރު / ރާއްޖެ-ޗައިނާ

ނަޝީދާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި

ނަޝީދާއި ސަފީރު ޒަންގް ބައްދަލު ކުރައްވަނީ: ކޮވިން19 ވައިރަސްއާ ގުޅޭ މައުލޫމާތު ނަޝީދަށް ވަނީ އަރުުވާފައި -- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ބައްދަލުކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމަށް ފަހު، ޒަންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް19 ވައިރަސްއާ ގުޅިގެން، އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ނަޝީދަށް އެރުވި ކަމަށެވެ.

އެ ބައްދަލުވުމުގައި، ޗައިނާ އަށް ކުރިމަތިވެފައިވާ ހާލަތުން އަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް ޒަންގްގެ ޓްވީޓްގައިވެ އެވެ.

ޒަންގް ޓްވީޓް

ނަޝީދާއި ޒަންގް ބަދަލު ކުރެއްވިއިރު، ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނިތަކާ ބެހޭގޮތުން ނަޝީދު މީގެކުރިން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޒަންގް ވަނީ ރައްދު ދެއްވައިފަ އެވެ. ރާއްޖެ އިން ޗައިނާ އަށް ދައްކަންޖެހޭ ދަރަނި 3.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް ނަޝީދު ވިދާޅުވުމުން އެކަން ދޮގު ކުރައްވައި، ޒަންގް ވަނީ ރާއްޖެ އިން ދައްކަން ޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ.

10 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 3%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުވާލި އާދަނުގެ ސިޔާސީހާސަރު

19 February 2020

ސީނުކަރަ ބޮޑަކަސް ރާއްޖެ ކުޑަޔަކަސް ކުޅި ނުހިގަޔޭ ކުޅި ނުހިގާނެޔޭ ރާޒުވާގެ އިންތަކާ މިންތަކުން މެނުވީ. ޓްވިޓްގާ އަޑުލާ ކަރުހިފުން ނުމެވާނެޔޭ ދައުލަތުގެ ރަނގަބީލަކަށް. އޮޅުވާ ނުލާ ސިޔާސީ ފިކުރުގައި އަހަރުމެން ރައްޔިތުން.

The name is already taken The name is available. Register?

ބޮލި މުލައް

19 February 2020

ކޮވިޑޭ އެވިޑޭ ކިޔަސް މަގުސަދަކީ އިންތިޚާބަށް ރުފިޔާހޯދުން ޓީއެމްއޭއިން ދިންލާރިގަނޑު ކަޅާކުރީ އަމިއްލަ ޖީބަށް

The name is already taken The name is available. Register?

އަހުސަނާ

19 February 2020

ހަގީގަތަކީ އެންމެފުރަތަމަ ޗައިނާގެ ޕުރެޖެކްޓްއެއް ހިންގީ ނަސީދުގެވެރިކަމުގައި .ހުޅުމާލޭ އަދި ރާއްޖެތެރޭ ފުލެޓްތައް.ނަސީދު ރުޅިއައިސްގެންމިއުޅެނީ ހާލުގަ ޖެހުނުދުވަހު އެހީނުވީމަ

The name is already taken The name is available. Register?

ވަޒީރެއާލާ

19 February 2020

ކަލޯއަހްސަނާ . ހަގީގަތަކީ ބޮޑެތި ދޮގު ހެދުމެއްނޫން. ކަންކަން ތިމާއަށް ނޭގެންޏާ އެވާހަކަ ނުދައްކާނީ. މާލޭގައި ހުންނާނެ ސިނަމާލެ-1، ސިނަމާލެ-2 ކިޔާ ފުލެޓްތަކެއް. މައުމޫނުގެ ވެރިކަމުގައި ޗައިނާއިން އަޅާދީފާ. ތިޔަ ނަސީދަށް ވުރެ ކުރިން މައުމޫނު ވެރިކަންކުރީ. ދެންކިހިނެއް އެންމެފުރަތަމަ ޗައިނާގެ ޕްރެޖެކްޓެއް ނަސީދުގެ ވެރިކަމުގައި ހިންގާނީ.

The name is already taken The name is available. Register?

ސުލައިމާން

19 February 2020

ކޮންމެ ގއމަކުން ބޭނުންވޭ ޗައިނާ އާއި ބަދަހި ގުޅުމެއް ބާއްވަން، ނަޝީދު ނޫނީ. ކެމްޕެެިނތަކަށް ފައިސާ ދެއްވާ ގައުމަށް އިޚްލާސްތެރި ވުމަށް ވުރެ ބޮޑަށް ގަެމަށް އިޚްލާސްތެރިވާން ޖެހޭ.

The name is already taken The name is available. Register?

ބަމްޕްސް

19 February 2020

ނަޝީދުވެސް ބޭނުންވޭ ޗައިނާއާ ވަރަށް ގުޅެން. އެކަމު ވެރިކަން ވެއްޓިގެން އެންމެ އެހީވީ އިންޑިއާވީމަ އަދި ޔާމީން ބަލިކުރަން އެންމެ އެހީވީ އެމީހުންވީމަ އަދި ޗައިނާއާ ޔާމީނާ މާ ބޮޑަށް ގާތްކަން އުފެދުނު ފަހުން ޗައިނާ ގުއިވެގެން އުޅެނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

18 February 2020

މަސްސަލައަކީ މިކަހަލަ މުނާފިގުން ދިވެހިންނަ ދަސްނުވާތީ.

The name is already taken The name is available. Register?

ކޮތަރު

19 February 2020

މިނާފިގު ނޫން މީހަކީކޮބާ؟!!

The name is already taken The name is available. Register?

1234

18 February 2020

މާދަމާ ނަޝީދު ބުނާނެ ބައްދަލެއް ނުކުރަމޭ!!

The name is already taken The name is available. Register?

4321

19 February 2020

ބައްދަލެއް ނުކުރާނެއޭ ބުނަނީ ކަލޭމެން! ކަލެއަށް އިގޭތަ އެއީ ބައްދަލު ކުރި ފުރަތަމަ ފަހަރެއް ނޫން. ކާކު މޮޔަހައްދަން ކަލޭމެން ދައްކާ ވާހަކައެއްތަ އަޅެ ތިއީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454