ޚަބަރު / މަސްތުވާތަކެތި

ހަތަރު ކިލޯ ޑްރަގްސްއާ އެކު ލަންކާ އިން ތިން ދިވެއްސަކު ހައްޔަރުކޮށްފި

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ލަންކާ ފުލުހުން ފައްޅިއެއްގެ ތެރެއިން އަތުލަގެންފައިވާ މަސްތުވާތަކެތި

25 ފެބުރުއަރީ 2020 - 07:24

24 comments

ސްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން ހަތަރު ކިލޯގެ ހެރޮއިންއާ އެކު ތިން ދިވެއްސަކު ރޭ ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ދިވެހިންނާ އެކު އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި އެވެ. އަދި އެ މީހުން ބޭނުންކުރި ދެ ކާރެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހައްޔަރުކުރި މީހުން މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ އެވެ.

ރާއްޖޭން ބޭރުގައި ދިވެހިންގެ އާދާބީ އެންމެ ބޮޑު ލަންކާގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ލަންކާގެ ލަގްޒަރީ ބައެއް ހޮޓާތަކާއި ކްރިސްޓިއަން ފައްޅިތަކެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮވައި 259 މީހަކު މަރާލި ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ގައުމުގައި ހިންގި އޮޕަރޭޝަންތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ހިންގި އެވެ. އަދި މިދިޔަ ހަފުތާގައި ލަންކާ ފުލުހުން ވަނީ ބޮމުގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު ފާހަގަކުރެވިފައިވާ ކަމަށް ބުނެފަ އެވެ.

24 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 24%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުބްލާ

26 February 2020

ކުށް ކުރާ މީހުް ހައްޔަރު ކުރަންވާނެ. ދެން ހެޔޮފުޅުކަމުން އެމީހުން ސަލާމަތްކުރަން އުޅޭނީކީ ނޫން.

The name is already taken The name is available. Register?

އައްބެ

26 February 2020

މި މީހުންގެ ދިފާއުގައި ރައީސް ނަޝީދު ކަމެއް ނުކުރޭބާ؟

The name is already taken The name is available. Register?

ތުއްފާޝަނާކިލެގެ

25 February 2020

ލަންކާއަކީ ރާއްޖޭގައި ތިފަދަ ވިޔަފާރިތައް ހިންގާ މަޢުޞޫމު މަހުޖަނުންގެ ވިއުގަތައް ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވާ ޤައުމެއް، ލަންކާއަކީ އެމީހުން އެކި ދިމަދިމާލަށް ބޭރުކުރަން ގެންގުޅޭ ހަބެއް، އެމީހުން ރާއްޖޭގައި ހިންގާނީ ދަނޑުތައް، ދުއްވާނީ އަގުބޮޑު މަތީފެންވަރުގެ ވެހިކަލްތައް، އުޅޭނީ ރޯޔަލް ލައިފްގައި، ފެންނާނީ ކޯޓުފަޓްލޫން ތުރުކުރައްވާފަ ތިއްބަވާތަން، މަތީކޯޓުންވެސް ކުށެއްނެތްކަން ސާބިތުވާނެ، ވަރަށް މާތްކަމަށް ދެއްކޭނެ.

The name is already taken The name is available. Register?

އަދުހަމުގެ އަންހެނުން އަރޫޝާ

25 February 2020

ކޮން ބައެއްތަ މިއުޅެނީ

The name is already taken The name is available. Register?

ގައުމުގެ ނަން ހަޑިކުރާ ބައެއް

25 February 2020

އޭޝިޔާގެ ނައިޖީރިއާ މީހުންނަށް ދިވެހިން ހަދަންތަ ދާ ކޮންމެ ތަނެއްގަ މަސްތުވާތަކެތި ވިއްކަމުން މިމީހުން މިދުވަނީ.

The name is already taken The name is available. Register?

ކޮތަރު

25 February 2020

ރާއްޖޭގަނަމަ ތިމީހުން ދޫވާނެ. ލަންކާގަ އެހާފަސޭހައެއްނުވާނެ ދޫވާކަށް.

The name is already taken The name is available. Register?

ޙަބީބު

25 February 2020

އަވަހައް މަރުގެ އަދަބުދެއްވާ އާއިލާ ބެނުންނަ މަ ހަށިގަނޑު ބަލާ އައު މައް ފުރުސަތުދީ ތިކަން ހައްލުވާނެ ވަރައް އަވަހައް

The name is already taken The name is available. Register?

އައްލާބެ

25 February 2020

ތިޔައީ މިގައުމުގެ އެދިގުރާސްތާ 30 އަހަރު ވެރިކަމުގެ ދައިވެތިކަމުގައި އިންދިމޭވާގެ ރަހަ މިހާރުތިޔަފެންނަނީ ސްކޫލްތަކުގައި އިސްތިހާރުކޮއް ފެތުރީ ދެންދޭތެރެ ދުރުކޮއް މީހުން މަދުކުރީ އޭރުން ތިބޭ 2 ކުދިންގެ ތެރެއިން އެއްކުއްޖަކު ހައްލާލެވުނަސް އެއާއިލާޔެއް ހިސޯރުކުރެވުނީ ސަހަރޯ ހުރި ހިތާމައެއްގެ ބޮޑުކަމާއޭ ތިޔަ ލަންކާސަރުކާރުން ތިޔަމީހުންނައް މަރުގެ އަދަބުދީ ފިއްޔާ އަލްހަދް ލިއްލާހި މާތް ﷲގެ ރަހުމަތުން 3މީހުން މަދުވެ ދެން ތިކަން ކުރާބަޔަކައް އިބުރަތަ

The name is already taken The name is available. Register?

211111

25 February 2020

ސާބިތުވެއްޖެނަ މަ މަރުގެ އަދަބު ދިނު މައް ގޮވާލަން....

The name is already taken The name is available. Register?

ދިވެހިންގެ ހާލަތު

25 February 2020

ނަގައިގަތް ކަތީބ ޔާމީން ބުނީ ޤާނޫންގައި މަސްތުވާތަކެތި ކުށެއްނޫންކަމަށް ލިޔާށޭ ތިމަންނާ ތަންފީޒް ކުރާނަމޭނަގައިގަތްކަތީބު އަންނި ބުނީ ބޯންވާނޭ އަބަދު ހަމައިގަ ހުންނާކަށް ނުވާނެޔޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454