ސިންގަޕޫރު އެއާޕޯޓްގައި ބަހައްޓާފައި ހުރި ނޯޓިސްއެއް: ސެމްސަންގް ނޯޓް 7 ބިރުވެރި އާލާތެއް ގޮތަށް ސިފަކުރުމަށް މި ކަހަލަ ނޯޓިސްތައް ބޮޑު ދައުރެއް ކުޅޭ
09 އޮކްޓޯބަރ 2016 - 06:17
ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި ގޮތުން ހިނގައި ދާ މުއާމަލާތްތަކަށް ވިސްނާއިރު، ތިޔަ ކަހަލަ ސުވާލެއް ހިތަށް ވެރިވުމަކީ ވަރަށް ގާތް ކަމެކެެވެ. ޚާއްސަކޮށް ޓެކްނޮލޮޖީ މަސްރަހު ބަދަލުވަމުން ދާ ގޮތާ މެދު ވިސްނާ ނަމަ އެވެ.
ބާރުގަދަ ބަޔަކު ވެގެން ސެމްސަންގް އިނދަޖައްސާލަން މަސައްކަތްކޮށްފާނެ އެވެ. އެއީ ސެމްސަންގް އަށް ވީމައެއް ނޫނެވެ. ސްމާޓްފޯން މާކެޓްގައި އިންތިހާ އަށް ބާރުގަދަކުރަމުން އަންނާތީ އެވެ.
މި ދައްކަނީ ގެލަކްސީ ނޯޓް 7 ގައި މައްސަލައެއް ނޫޅޭ ވާހަކައެއް ނޫނެވެ. އެކަމުން ގެއްލުމެއްވާ ނަމަ ދުރުހެލިވާން ވެސް ޖެހެ އެވެ. އެކަމަކު ނޯޓް 7ގެ ބެޓެރީ ގޮވުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސިފަކުރަން ބާރުގަދަ ނޫސް މަޖައްލާތަކުން ވެސް މަސައްކަތްކުރި އެވެ.
އެއާލައިންތަކަށް ނޯޓް 7 އެރުވުން މަނާކުރި އެވެ. މައްސަލައެއް ނެތެވެ. އެކަމަކު ގައިން ގަޔަށް އަރާ ބޮޑު ބައެއް ފަދައިން، އެއާޕޯޓްތަކުގައި ބިޔަ ނޯޓިސް ބޯޑްތައް ބަހައްޓައި، ސެމްސަންގް ގެލަކްސީ ނޯޓް 7 އެއީ ނުރައްކާތެރި އަލިފާން ބޮމެއް ކަމަށް ސިފަކުރުވި އެވެ.
ސެމްސަންގް ވައްޓާލަން ބަޔަކު ގުޅިގެން މަސައްކަތްކޮށްފާނޭ ބުނެވެނީ އިލެކްޓްރޯނިކް މާކެޓްގައި ކަންތައްތައް ހިނގާފައި ހުރި ގޮތުންނެވެ.
ޖަޕާނުގެ ސޮނީ ކުންފުންނިން ޕްލޭސްޓޭޝަން ގޭމް ކޮންސޯލް ތައާރުފުކުރުމާ އެކު، ކޮމްޕިއުޓަރު ގޭމް ކުޅެން ދެވިހިފާފައި ތިބިހާ ބަޔަކަށް އެ ކޮންސޯލް ވީ ރަންގަނޑަކަށެވެ. އެއިން ކޮންސޯލެއް ބޯދަށަށް ލައިގެން ނޫނީ ނިދިވެސް ނާންނަ ވަރުގެ އެއްޗަކަށެވެ.
މައިކްރޮސޮފްޓުން ދުށް ގޮތުގައި، ޕްލޭސްޓޭޝަން އެ ގޮތުގައި ކުރިއަރަން ދޫކޮށްލައިފި ނަމަ، އެ ކުންފުނިން ކުރަމުންދާ ގޭމް ވިޔަފާރި ބަނގުރޫޓުވެދާނެ އެވެ. ކޮމްޕިއުޓަރުން ގޭމް ކުޅޭނެ އެކަކު ވެސް ނުވެދާނެ އެވެ. ގޭމް ވިޔަފާރީގައި ދެމި އޮތުމަށް އޮތް ހަމައެކަނި ބޭހަކީ ޕްލޭސްޓޭޝަން ފަނޑުކޮށްލުން ކަމަށް މައިކްރޮސޮފްޓްގައި އެއިރު މަސައްކަތްކުރި ޑިވެލޮޕަރުން ގަބޫލުކުރި އެވެ.
ވީޑިއޯ ގޭމް ކޮންސޯލަކީ މައިކްރޮސޮފްޓަށް މުޅިން އާ ޓެކްނޮލޮޖީއެކެވެ. އެ ކުންފުނީގައި އެ ފަންނުވެރިކަން ނެތުމުން އެ މީހުން ވިސްނީ ގޭމް ކޮންސޯލެއް ސިފަކުރެވޭ ގޮތަށް ކޮމްޕިއުޓަރަކަށް ބަދަލުގެނައުމަށެވެ. އެއީ ވިންޑޯޒް ގޭމް ކުޅޭ ގޮތަށް ގޭމް ކުޅުމަށެވެ. އެ ގޮތުގައި ޑެލް ކޮމްޕިއުޓަރެއްގެ ބަޔޮސްް އަށް ބަދަލުތަކެއް ގެނަ އެވެ. އަދި އެ ކަމަށް ޚާއްސަ ބަދަލުތައް ވިންޑޯޒް އަށް ވެސް ގެނަ އެވެ.
އޮރިޖިނަލް އެކްސްބޮކްސްގައި ހާޑް ޑިސްކެއް ހިމެނި އެވެ. އެއީ ހާޑް ޑިސްކެއް ނުލައި ވިންޑޯޒް ހިންގޭނެ މެކޭނިޒަމެއް އެއިރު އެެނގިފައި ނެތުމުންނެވެ. އެހެން ނަމަވެސް އެކްސްބޮކްސް މާކެޓްކުރިއިރު، ހާޑް ޑިސްކެއް ހިމެނޭ ހަމައެކަނި ގޭމް ކޮންސޯލަކީ އެކްސްބޮކްސް ކަމުގައި ބުނެ އިސްތިހާރުކުރި އެވެ.
މައިކްރޮސޮފްޓުން ބޭނުންވީ ޕްލޭސްޓޭޝަން 2 އަށް ވުރެ ކުރިން އެކްސްބޮކްސް ތައާރުފުކުރުމަށެވެ. އެކަން ކުރުމަށްޓަކައި ޕްލޭސްޓޭޝަން އުފެއްދުމުގައި މަސައްކަތްކުރި ވަކިވަކި މީހުންނާ ގުޅައި ޕްރޮޖެކްޓް ލަސްކުރުވަން ވެސް މަސައްކަތްކުރި އެވެ. އެކްސްބޮކްސް ތައާރަފުކުރަން މައިކްރޮސޮފްޓުން ކުރި މަސައްކަތްތަކުގެ ތެރޭގައި މި އަށް ވުރެ ހުތުރު އެތައް އަމަލެއް ހިންގާފައި އެބަ ހުއްޓެވެ.
ސެމްސަންގް އަށް ދިމާވެގެން އުޅޭ ހާލަތަށް ބަލާއިރު ވެސް އަޅާ ކިޔެން ހުރި ކަންތައްތަކެއް އެބަ ހުއްޓެވެ. އެންޑްރޮއިޑް އަކީ ގޫގުލްގެ އޮޕަރޭޓިން ސިސްޓަމެކެވެ. ސެމްސަންގުން އެންޑްރޮއިޑަށް އެހާ ގިނަ ފޯނު އުފައްދާތީ ގޫގުލުން ހަސަދަވެރިވެ އެވެ. ސްމާޓްފޯން މަސްރަހުގައި އެންޑްރޮއިޑް އަކީ ސެމްސަންގް ކަމަށް އެވްރެޖް މީހުން ގަބޫލުކުރުމަކީ ގޫގުލް އަށް އަސަރުކުރާ ކަމަކަށް ވަނީ ވެފަ އެވެ.
ސްމާޓްފޯން މާކެޓްގައި ރަސްކަންކުރަނީ އެންޑްރޮއިޑް ފޯނުތަކެވެ. އެންޑްރޮއިޑް ފޯނުތަކުގެ ރަސްގެފާނަކީ ސެމްސަންގް އެވެ. ސްމާޓްފޯން މާކެޓުން އެޕަލް އަށް ލިބިފައި އޮތީ ކުޑަ މިންވަރެކެވެ.
ގޫގުލުން ހަމަ މި ދަނޑިވަޅުގައި އަމިއްލަ ފޯނެއް ނެރެފި އެވެ. އެމެރިކާ ކޯޓްތަކުގައި ސެމްސަންގްއާ ދެކޮޅަށް ހުރި މައްސަލަތައް އެބަ ބަލަ އެވެ. ސެމްސަންގާ ދެކޮޅަށް އެޕަލް ވައްދާފައި އޮތް މައްސަލައެއް އެޕަލްއާ އެއްކޮޅަށް ނިމިދާނެހެން ހީވެ އެވެ. އެހެންވެއްޖެ ނަމަ ސެމްސަންގުން 120 މިލިއަން ޑޮލަރު އެޕަލް އަށް ދޭންޖެހޭނެ އެވެ.
ދުނިޔޭގައި ބާރުގަދަ ގިނަ ކުންފުނިތަކަކުން ސެމްސަންގާ ދެކޮޅެވެ. އެ ކުންފުނިތަކުން ވަކާލާތުކުރަނީ އެޕަލްގެ ދިފާއުގަ އެވެ. އެމެރިކާ ކޯޓަކުން މި ދަނޑިވަޅުގައި ބޮޑު އަދަދަކުން ސެމްސަންގް ޖޫރިމަނާކޮށްފި ނަމަ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނޮނީމާ
10 October 2016
މިކިޔާއެއްޗެއް ހަމަޔެއްނުޖެހޭނޫންތޯ. ( އެންޑްރޮއިޑް އަކީ ގޫގުލްގެ އޮޕަރޭޓިން ސިސްޓަމެކެވެ. ސެމްސަންގުން އެންޑްރޮއިޑަށް އެހާ ގިނަ ފޯނު އުފައްދާތީ ގޫގުލުން ހަސަދަވެރިވެ އެވެ.) ބަލަ އެމީހުންނަށް ރަންގަޅެއްނޫންވާނީ. ނޫނަސް އެންޑްރޮއިޑްއްއަކީ އޯޕަންސޯސް ސިސްޓަމެއް. އަދި ގޫގުލްއަކުން އޭތި ލޮކެއްނުކުރޭ.
އެޕަލް
09 October 2016
އެޕަލް އަށް ލިބިފާވަނީ ކުޑަ މިންވަރެެއް ނޫން. އެޕަލް އަކީ ސްމާޓްފޯން ގެ ރަސްގެފާނު!
ސަރީފު
09 October 2016
ގޫގުލް އާއި އެޕަލް އަކީ އެމެރިކާ އަށް އެއްމެ ގިނަލާރި ވައްދާ ޓެކްކުންފުނި ތައް...އެހެންވީމާ ތީވަރައްގާއްކަމެއް! އެމެރިކާމީހުންބޭނުމެއްނުވާނެ އެހެންބަޔަކުކުރިއަރާކަށް ހާއްސަކޮން އޭސިޔާ..ސެމްސަމްއަށް ގޫގުލްއިން އަޕްޑޭޓުދެނީވެސް މުއާލާއްކެޑޭފަހުން...ސެމްސަމްއިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް ހަދަން މުރާ މަސައްކަތް ހުއްޓާނުލަނީވެސް އެހެންވެ...
ޑޫޑް
09 October 2016
ބަޔަކު ކޮއްދާނެ ތިކަން އަދި އަމްދުން އެމެރިކާ މީހުން ތި ކަން ކޮއްފާނެއެވެ. މި އާޓިކަލް އައި ވަރަށް ގުޅޭ ޓޯކެއް ޓެޑް އިން ވަނީ 2013( http://www.ted.com/talks/chris_domas_the_1s_and_0s_behind_cyber_warfare#t-224050) ނެރިފަވެއެވެ. ޓެކްނޮލިޖީ ކަންތަށް ކުރިއަށް ދާ ބާރު މިނުން 02 އަހަރުތެރޭ ތިކަން ނުކުރެވި ނުދާނެއެވެ. ސެމްސަންގް އަށް މިހެންވީމައި ޓެޑްސޯ ހުށައިޅައިދިން މީހާގެ ވާހަކަ މަތިން ހަދާން ވިއެއެވެ. ފޯނުތައް މާކެޓަށް ނެރެނީ ޓެސްޓު ކޮއްފައެވެ. އެމީހުން ޓެސްޓިން ފޭސްގައި ނުހިނގާ ކަންތަށް ފޯނު ނެރޭ ތާ ދެވުހަު ތެރޭ ދިމާވުމުން ވައްތަރީ ކޯޕަރޭޓް އެސްޕިއަނާޖް އަކާއެވެ އެމެރިކާ އަދި އިޒްރޭލް މިއީ މިކަމަށް އަރައި ހުރިބައެކެވެ.
ރތރތ
09 October 2016
މީގަ ކީއްވެ ގޫގްލް ސެމްސްންގު ވައްޓާލަނީ އެމީހުންގެ އެންޑްރޮއިޑް އެންމެ ގަދަޔަށް ހިންގާލަދިން އެއްބަޔަކީ ސެމްސަންގް. އެޕަލް އަކީ އެމެރިކާ ކުންފުންޏަކަށްވެފަ ސެންސުންގ އަކީ އޭޝިއާ ކުންފުންނަކަށްވުމުން ބޮޑަށް ބުރެވެވެނީ މިދަނޑިވަޅުގަ އެޕަލްފަދަ އެމެރިކާ ކުންފުނިތަކާއި އަރާހަމަކޮށް ސްމާޓްފޯނުގެ މާކެޓް ފަތަހަކުރަން ސެމްސަންގް މިސްރާބުޖަހާފަހުރުމުން އެމެރިކާ އަޑީގަ ތިބެގެން މިދަނޑިވަޅުގެ ބޭނުންކޮށްގެން ސެންސަންގ އަޑި އަޅުވާލަން މަސައްކަތްކުރަނީހެން. ސަބަބަކީ އެމެރިކާގެ ކޯޓުތަކުގަ އަބަދު ކޮންމެވެސް ކަމަކާއި ގުޅިގެން އެޕަލްއަށް ލާރިދައްކަން ސެންސަންގ އަށް އަބަދު ޖައްސާފައޮތުމާއި އޭވިއޭޝަން އިންޑަސްޓްރީން އެމެރިކާއިން އިސްނަގައިގެން ފްލައިޓުތަކަށް އެމައްސަލަޖެހުނު ފޯނުތައް އެރުވުން ހުއްޓުވުން. ބެޓެރި ގޮވުން އެއީ ސެމްސަންގެ މައްސަލައެއް އެކަމަކު އޭގެ އެޑްވާންޓެޖް އެމެރިކާއިން ނަގާހެން ބޮޑަށް ހީވަނީ.
ނާއިފު
09 October 2016
ކޮބާ ހީވޭ؟
ފައުޒާން
09 October 2016
ވަރަށް ދެރަވޭ
އޭނާ
09 October 2016
އެމެރިކާގެ އަތެއް ނުވެ ނުދާނެކަން ކަށަވަރު.
ފުޅު
09 October 2016
ނޯޓް ސެވަން ގޮވަނީ ފޭކް ޗާޖަރ އާއި ބީޓާ ވާސަން ކަސްޓަމް ރޮމް ބޭނުން ކުރާތީ. އައިފޯން 7 ވެސް ގޮވާ އެކަމު އެމީހުންގެ ޕީ.އާރު ގަދަކަމުން އަހަރެމެން ކަހަލަ އާންމު މީހުނާ ހިސާބައް ހަބަރު ނާންނަނީ.
ސެމްސަންގް ފޭން
09 October 2016
ތިކަމަކީ ބަޔަކު ދީގެން އުޅޭ ލަނޑެއް ނޫން. ތީ ހަމަ ސެމްސަންގުން އަމިއްލައަށް ބޮއެގެން އުޅޭ ބޮނޑިއެއް. އައިޕޯން 7 އަށް ވުރެން ކުރިން މާކެޓްއަށް ނެރެ ފޯންތައް ވިއްކާލަންވެގެން ޓެސްޓްކުރަންވާ ވަރަށް ނުކޮށް އަވަސް އަރުވާލީމަ ވީގޮތްތީ. އެޕަލް އައިޕޯން 6އެސް ނެރުން އިރު އެމީހުން ދިޔައީ އައިޕޯން 7 ޓެސްޓްތައްކުރަމުން. މިހާރު އެދަނީ އައިފޯން 8 ގެ ޓެސްޓްތައް ކުރަމުން، އެހެންވެ އެޕަލް ފޯންތައް ކޮލިޓީއީ ސެމްސަންގަށް ވުރެން.
އެޕަލް
09 October 2016
ވަރަށް ބޮޑު ތެދެއް! ދެރައީ އެންޑްރޮއިޑް މީހުނަށް ހަޖަމް ނުވާތީ ދޯ!