ސްޓެލްކޯއިން ހިންމަފުށީގެ ނަރުދަމާ ނިޒާމާ ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިިން ޑިރެކްތަރު މުޣުނީ ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ
28 ފެބުރުއަރީ 2020 - 11:28
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސްޓެލްކޯ ޖޫރިމަނާ ކުރީ އެންވަޔަރުމެންޓް މިިނިސްޓްރީގެ އިހުމާލުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކ. ހިންމަފުއްޓާއި ކ. ތުލުސްދޫގެ ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރި ލައިސެންސާ އެއްގޮތަށް މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ އިއްޔެ އީޕީއޭ އިން ވަނީ ސްޓެލްކޯ 5،000ރ. އިން ޖޫރިމަނާކޮށް އެކަން އިއުލާން ކޮށްފަ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، އެންވަޔަރުމެންޓް މިނިސްޓްރީގެ އިހުމާލުން ދިމާވި ދަތިތަކެއްގެ ސަބަބުން އެ ކުންފުނި ޖޫރިމަނާ ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، އެ ކުންފުނިން ވަނީ ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާގެ މަސައްކަތާ ހަވާލުވުމުގެ ކުރިން އެ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ރަސްމީކޮށް އަންގައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގައި މިނިސްޓްރީން ގިނަ ދުވަސްތަކެއް ނެގުމުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން އެ ކަންތައް ޔަގީންކޮށް ދިނީ ޕްލޭނިން މިނިސްޓްރީން ކަމަށް ވެސް ސްޓެލްކޯގެ ބަޔާނުގައި ވެ އެވެ. އަދި ލައިސެންސަށް އެދި ހުށަހެޅީ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން އިއްޔެ ވަނީ ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާ ނިޒާމު ހިންގުމާ ރަސްމީކޮށް ހަވާލުވެފަ އެވެ. ނަމަވެސް ހަމަ އެ ދުވަހު އެ ކުންފުނި ޖޫރިމަނާ ކުރީތީ ހިތާމަ ކުރާ ކަމަށާއި އެންވަޔަރުމެންޓް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަންތައް ކޮށްދިނުމުގައި ލަސްވުމަކީ އެ ކުންފުނިން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ އީޕީއޭއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ކުރަން ޖެހޭ ތަހުގީގު ރަނގަޅަށް ނުކޮށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ޖޫރިމަނާ ކުރި ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ހިންމަފުއްޓާއި ތުލުސްދޫގެ އިތުރުން ވެސް ބައެއް ރަށްތަކުގެ ނަރުދަމާ ސްޓެލްކޯއާ ހަވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ރަށެއްގެ ނަރުދަމާއާ ވެސް އެންވަޔަރުމެންޓް މިނިސްޓްރީން ނިންމަންޖެހޭ ކަންތައްތައް ނިންމައި ހަވާލު ކުރުމުން ރަސްމީކޮށް ހަވާލުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިރާން
29 February 2020
ސްޓެލްކޯގެ "ގޭސް ގަނޑު" ހާދަ ބޮޑު ދުވަސްކޮޅެއް. ޢާންމުކޮށް ތިހެން މާ ގަދަޔަށް އަޑު ކިޔަންޏާ އަޑީގަ ވަރުގަދަ ކޮރްޕްޝަނެއް ހިނގާ
ސުނައިނާ އާދަމް
29 February 2020
މަ ވަރަށް ރަނގަޅަށް ދަންނަން އީޕީއޭ ނައީމް. އަހަރެމެން ލޯބިން އޭނާއަށް ކިޔަނީވެސް ނައިމްބެ. އޭނާއަކީ ތިމާވެށިދެކެ ލޯބިވާ އެންމެންގެ ބޭބެ. ވަރަށް ހަރުދަނާ ދުރުވިސްނޭ މީހެއް. ކަންތައް ނިންމުގައި ރަނގަޅަށް ދިރާސާކޮށް ބަލާފަ ނޫނީ ނުނިންމާނެ. މޫނަކަށް ކަނދުރާއަކަށް ނުބަލައި އިންސާފުން ކަންކަން ނިންމަން ކެރޭ މީހެއް. އީޕީއޭ އޭ ކިޔައިގެން ކަލޭމެން ތިކިޔާ އެއްޗެއް ކޮންމެވެސް އެހެން ޤައުމެއްގެ ވެބް ސައިޓްގަ ލިޔޭ. މިތާކު ނޫޅޭ ތި ޤާބޫލުކުރާނެ މީހަކު.
ކައިިިޒީން
29 February 2020
މަ މިހިރީ ހަމަ ބުނާނެ އެއްޗެއް ނޭގިފަ. ޤާނޫނުން ބާރު ދީފައިވާ މުއައްސަސާއަކުން އެ މުއައްސަސާއިން ރެގިއުލޭޓް ކުރާ ސަރުކާރުގެ ކުންފުންޏަކަށް ގަވާއިދާ އެއްގޮތަށް ވަކި ކަމެއް ކުރަން އެންގުމުން، އެ ކަމަށް ހަޖޫ ޖަހާ ނޫސް ބަޔާން ނެރެ ހެދުމަކީ ތަޙްޒީބީ މުޖުތަމަޢު ތަކުގަ މިކަން ހިނގާ ގޮތެއްނޫން. ރެގިއުލޭޓަރ އަށްވުރެ މަތީގަ، ވަޒީރަށްވުރެ މަތީގަ ކުންފުނިތައް އޮޕަރޭޓްކުރަން ހިފުމުން ދެން ޚިދުމަތުގެ ފެންވަރަށް ވާނެގޮތް މި ފެންނަނީ. ކުންފުނިތައް ރިފޯމް ކުރޭ.
ލޮލް ލޮލް
29 February 2020
އެންވަޔަރަންމަންޓް މިނިސްޓަރަކަށް ހުރީ ކޮން ޕާޓީއެއްގެ މީހެއްތަ؟ ގައިމު އެމް.ޑީ.ޕީ. ހަލުވިވާނެ މަސައްކަތް. ލޮލް
ޢެގިދާނެތާ
29 February 2020
ތުލުސްދޫ ނަރުދަމާގެ ހިދުމަތް ފަށައިގެން މައްސަލަ ނުޖެހި ހިންގަން މަދޭނީ ގިނަވެގެން 1 އަހަރު.. ރައްޔިތުން ތައްޔާރަށް ތިބޭ ނަރުދަމާ ސާފުކުރަން..
ދޮން ދީނި
29 February 2020
ކީއްވެގެންތޯ އީޕީއޭއިން އާންމު ޚީދްމަތްތައް ރެގިއުލޭޓް ކުރަންޖެހެނީ؟؟ ކަރަންޓާއި ޓެލެކޮމިއުނިކޭޝަންސްވެސް ހަވާލު ކުރަންވީނޫންތޯ؟ ތިކަމުގައި ކޮންފްލިކްޓް އޮފް އިންޓަރެސްޓް ވަރަށް ބޮޑު.
ބޮއެ ހަލާކު
29 February 2020
މި ނޫނިއްޔާ ފެނޭތަ ސަރުކާރުގެ ވުޒާރާޔާ ރައީސުލް ޖުމްހޫރިއްޔާއާ ކިޔާއެއްޗެއް ފުށުއަރާ، ވުޒާރާޔާ ސަރުކާރުކުންފުނިތަކާ ފުށުއަރާ ވެރިކަމެއް!؟ މީ ވަރަށް ގިނަ ބޮޑުންވެގެން ނިކަމެތި އެތައް ރައްޔިތުންތަކަކަށް ދިން ލަނޑެއް މި ވެރިކަން ގެނައުމީ.
އަކު
29 February 2020
ބަޖެޓަށް ލާރި ހޯދަން ކުރާ ކަންތައްތަކޭމީ. ހާސްނުވޭ އަދި ވެސް ފެންނާނެ ތަނެއް އޮތިއްޔާ ޖޫރިމަނާ ކުާނެ. ހުކުރު ހުތުބާ ވެސް އޮތީ އެކަމަށް
ކާގޯ ލަތީފް ސ.ފޭދޫ
29 February 2020
ލައިސަންސަށް އެދި ސްޓެލްކޯއިން ހުށަހަޅާފައި ވަނިކޮށް އަދި އެންވާރަމްންޓް މިނިސްޓްރީއާއި އީޕީއޭގެ ދޯދިޔާކަމުން ގޯސްވެފައި ހުރި ކަންކަން ރަނގަޅުކޮށް ދޭނެކަމުގެ ޔަޤީންކަން ޕްލޭނިންގ މިނިސްޓްރީން ދީފައި ވަނިކޮށް އަދި ތުލުސްދޫއާއި ހިންމަފުށީގެ ނަރުދަމާ ނިޒާމާ ސްޓެލްކޯއިން ހަވާލުވިފަހުން ޖޫރިމަނާކުރީ ހަމަޔަޤީނުންވެސް އެންވާރަމްންޓް މިނިސްޓްރީގެ ނާޤާބިލްކަން ފޮރުވާ ސްޓެލްކޯގެ އަގުވައްޓާލަން. މިފަދަ ކަންކަމުން ހިތްވަރު ބަލިނުކޮށް ސްޓެލްކޯ ދާނީ ކުރިއަށް.
އަޙްމަދު ސާދު
29 February 2020
ކަލޯ އެނގިގެން ވާހަކަ ދައްކަ ބަލަ. އި.ޕީ.އޭ ނައީމް އެބަ ބުނޭ އޮޕަރޭޓިންގ ލައިސަންސަށް ސްޓެލްކޯއިން އެދުމުން އޮޕަރޭޓިންގ ލައިސަސްންސް އޮތީ ސްޓެލްކޯއަށް ދޫކޮށްފައޭ. އޭގެ ޓަރމްސް އެންޑް ކޮންޑިޝަން ބުނާ ގޮތުން ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭންޖެހޭ. އެހެން ނޫނަސް އޮޕަރޭޓިންގ ލައިސަންސެއް ނުދޭނެ ފުރިހަމަނުވާ ސިސްޓަމަކަށް. ސްޓެލްކޯގެ ނާޤަބިލުކަން އިންތިހާ ހަމަ. ސްޓެލްކޯ ޕްރައިވެޓައިޒްކުރުމަށް ސަރުކާރަށް ވަރަށް އާދޭހާއެކު ގޮވާލަން.
ާދަ އޮރިޖިނަލްސް ގޯ
29 February 2020
މިކަމުގައި ސްޓެލްކޯއިން އަމަލުކޮށްފައި ވަނީ ރަނގަޅަށް. އެންވާރަމަންޓުން މަސައްކަތް ފުރިހަމަނުކޮށް ސްޓެލްކޯގެ ބޮލަށް ޖެހީމަ ކަމަކުނުދާނެ. ސްޓެލްކޯއިން ހުރިމައްސަލަތައް އެންވާރަމްންޓް މިނިސްޓްރީއަށް ލިޔުނުތާ އެތައް ދުވަހެއް. ޑރ ހުސޭނު ކަހާތަން ހިރުވާވެސް ނުލާ. ދެން ކުއްލިއަކަށް ސްޓެލްކޯއިން އެރަށްތަކާ ހަވާލުވިފަހުން ޖޫރިމަނާއެއް ކުރިއަސް އަދިވެސް މަސައްކަތް ހުރީ ނުނިމި. ސްޓެލްކޯގެ މެންޑޭޓެއްނޫން މަސައްކަތް ފުރިހަމަ ކުރުމަކީ.