ދުނިޔެ / ނިއު ދިއްލީ

ހަމަނުޖެހުމުގެ ތެރޭން އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން "ފުލުސް ބަތަލް"

ހަމަނުޖެހުން ހުއްޓުވަން މަސައްކަތްކުރި ފުލުސް ޖަދުއާން ބުނީ އޭނާ އަދާކުރީ އޭނާގެ ވާޖިބު ކަމަށް. --ފޮޓޯ: އަންކަތު ސްރިނިވާސް

29 ފެބުރުއަރީ 2020 - 10:04

2 comments

ނިއު ދިއްލީ (ފެބްރުއަރީ 29) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިންގާ ދީނީ ހަމަނުޖެހުންތަކާ ކުރިމަތިލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން ހިތްވަރުގަދަ ފުލުހަކަށް ބަތަލެއްގެ ދަރަޖައިގައި ތައުރީފް ކުރަން ފަށައިފި އެވެ.

ދިއްލީގައި އާދިއްތަ ދުވަހުން ފެށިގެން ހިންގާ ހަމަނުޖެހުންތަކުގައި 42 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

އަވަށްޓެރި އުއްތަރަ ޕްރަދޭސްގެ ޕޮލިސް ސުޕްރިންޓެންޑެއްޓެއް ކަމަށްވާ ނީރާޖް ޖަދުއާން ބުނީ ފެބްރުއަރީ 25 ވަނަ ދުވަހު ބޯޑަރު ޕެޓްރޯލް ކުރުމުގައި އުޅެނިކޮށް ނިއު ދިއްލީގެ ކަރަވަލް ނަގަރުން ބަޑީގެ އަޑުފައްގަނޑެއް އިވެން ފެށި ކަމަށެވެ. އެއީ އޭނާ އުޅުނު ސަރަހައްދާ ގާތްގަނޑަކަށް 200 މީޓަރު (650 ފޫޓް) ދުރެވެ. ގާތްގަނޑަކަށް 40-50 މީހުންގެ ގްރޫޕަކުން ވެހިކަލްތަކުގައި ހުޅުޖަހައި އޭގެ ތެރޭން އެކަކު ޕެޓްރޯލް ބޮމެއް ހިފައިގެން ގެއެއްގެ ތެރެއަށް ފުންމާލި މަންޒަރު އޭނާ އަށް ފެނުނެވެ. އެ ވަގުތު އޭނާ ނިންމީ ޒަމާނުއްސުރެ އޮންނަ ފުލުހުންގެ ޕްރޮޓޮކޯލެއް މުގުރާލުމަށް ފަހު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އިސްކަން ދިނުމަށެވެ. ބޯޑަރު ހުރަސްކޮށް ދިއްލީއަށް ދާނީތޯ ނިންމަން އޭނާ އަށް ނެގީ ފަޅި ސިކުންތެކެވެ. (އިންޑިއާގައި ފުލުހުން އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދާނަމަ ޚާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ.)

ހަމަނުޖެހުން ހުއްޓުވުމުގައި ޖަދުއާން އިސްކުރީ ގައުމީ ވާޖިބު.

"އަޅުގަނޑު ނިންމީ ބޯޑަރު ހުރަސްކޮށް ދާން. އެ ހާލަތުގައި ކުރިމަތިލާނެ ނުރައްކާ ވިސްނުނު ނަމަވެސް އަދި އަޅުގަނޑަށް އިޚްތިޔާރު ނެތް ކަމަކަށް ވިޔަސް، އަޅުގަނޑު ނިންމީ އެކަނި ނަމަވެސް ދާން. އެއީ އަޅުގަނޑުގެ ހަޔާތުގައި ވެސް އެންމެ ބިރުވެރި 15 ސިކުންތު. ނަސީބަކުން އަޅުގަނޑުގެ ފަހަތުން ޓީމެއް ދިޔަ. އަޅުގަނޑުގެ މައްޗަށް ތިބި މީހުންނަށް އެ ހާދިސާ ކިޔައިދިނުމުން އެ މީހުން ވެސް ތައުރީފްކުރި،" ޖަދުއާން ކިޔައިދިނެވެ.

"ނުރައްކާ ބޮޑުވީ ފުލުހުންނަށް ވުރެ ހަމަނުޖެހުން ހިންގަން ތިބި މީހުންގެ އަދަދު އިތުރުވުމުން. އެ މީހުންގެ އަތުގައި ހަތިޔާރުވެސް ހުރި. އަޅުގަނޑުމެން ފުރަތަމަ ބެލީ އެ މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަޅުގަނޑުމެން ބުނިން ފުލުހުން ހަތިޔާރުގެ ބޭނުން ކުރާނެ ވާހަކަ. ދެން އެ މީހުން ފަހަތަށް ޖެހި، ނަމަވެސް ކުއްލިއަކަށް ދެން ފެނުނީ ފުލުހުންނާ ދިމާލަށް ގާ އުކާ މަންޒަރު. އަދި ބަޑީގެ އަޑުވެސް އިވުނު."

އެކަމަކު ޖަދުއާން އާއި އޭނާގެ ޓީމުން ފަހަތަށް ނުޖެހި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ސާބިތުވެ ތިއްބެވެ.

ހިންދޫ ނޫހެއް ކަމަށްވާ "އަމަރު އުޖާލާ"ގެ ރިޕޯޓަރެއް ކަމަށްވާ ރިޗީ ކުމާރު ބުނީ ޖަދުއާންގެ ނިންމުމަކީ އޭނާގެ ހަޔާތުގައި ވެސް ފެނުނު އެންމެ "ހިތްވަރުގަދަ ހަރަކާތް" ކަމަށެވެ.

"ހާލަތު އޮތީ ވަރަށް ނުރައްކާކޮށް. ހަމަނުޖެހުން ހިންގި މީހުން ތިބީ ހަތިޔާރު ހިފައިގެން. އެއްވެސް މީހަކު ދައްކާ ވާހަކައެއް އެ މީހުން އަޑެއް ނާހާ. އެ މީހުން ތިބީ ލެޔަށް ފެންބޮވައިގެންފައި ތިބި ބައެއްގެ ގޮތަށް. ފުލުހުންނާ ދިމާލަށް ދިޔައީ ގާ އުކަމުން. އެކަމަކު ފުލުހުން ފަހަތަށް ނުޖެހި ސާބިތުވެ ތިބި. ހަމަނުޖެހުން ހިންގި މީހުން ފުލުހުން ގަޔަށް ބަޑިޖަހައިފާނެކަމުގެ ބިރު ވެސް އޮތް،" ކުމާރު ބުންޏެވެ.

ޖަދުއާން ބުނީ ހަމަނުޖެހުން ހިންގަން އުޅުނު މީހުން ތިބީ އަލިފާން ރޯކުރަން ތައްޔާރުވެގެން ކަމަށެވެ.

"އެ ހިސާބުގަނޑުގައި އޮނުހުރި ފިހާރަތައް ވަރަށް ގިނައިން ހުރި. އަލިފާން ޖެހި ނަމަ މުޅި ހިސާބު އަނދާ ހުލިވީސް. އަދި މަރުވި މީހުންގެ އަދަދު ވަރަށް މަތިވާނެ،" ޖަދުއާން ބުންޏެވެ.

ޖަދުއާން ބުނީ އޭނާއާ ދިމާލަށް ބަތަލެކޭ ބުނި ނަމަވެސް މާބޮޑަށް އުފާ ނުވާ ކަމަށެވެ. ސަބަބަކީ އޭނާ ހުރީ ރައްޔިތުންނާއި މުދާ ސަލާމަތްކޮށް ދިނުމަށް ހުވައި ކޮށްގެން ކަމަށްވާތީ އެވެ. އަދި އޭނާ އަދާކުރީ އޭނާގެ ވާޖިބު ކަމަށް ބުންޏެވެ.

2 ކޮމެންޓް, 106 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 1%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2122

02 March 2020

މިރާއްޖެއިން މީހަކު އިންޑިޔާ އައް ދިޔަ ..... ..... ވަރައް ބޮޑައް ތައުރީފުވެސް ކުރި

The name is already taken The name is available. Register?

ޣޣ

02 March 2020

ކޮންހާ ބޭކާރު ވާހަކަ އެއް... އިންޑިއާގެ ހިންދޫ ފުލުހުން މުސްލިމުންނަށް އަނިޔާވެރި ވުމުގަ ބައިވެރިވެޔޭ، ފުލުހުން އަނިޔާއެއް ނުހުއްޓުވަޔޭ އެޔޮތީ ޖަހާފަ ޔޫކޭގެ ގާޑިއަން ނޫހުގަޔާ އެތައް ނޫހެއްގަ..... އަނިޔާވެރި އިންޑިއާގެ ހިންދޫތައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454