ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ހުޅުވި ބަސް ސްޓޮޕްގައި، ބަހެއް ޕާކުކޮށްފައި؛ ހުޅުމާލެއަށް މި ސަރަހައްދުން ބަސް ދަތުރުކުރުން މިއަދު ތައާރަފްކުރި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މާޗް 2020 - 18:09
ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބަސް ސްޓޮޕެއް ހަދައި، އެތަނަށް ހުޅުމާލެ އިން ބަހުގައި ދަތުރުކުރަން މިއަދު ފަށައިފި އެވެ.
މި ދަތުރުތައް ފައްޓަވައިދެއްވީ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ބައިވެރިވަޑައިގަތެވެ.
A new Bus route opened near IGMH . @Portmv @MoTCAmv @TransportMV pic.twitter.com/vJ5yEoeJMN
— Male' City Council (@MaleCitymv) March 2, 2020
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއް
މި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ، މާލޭގައި ބަސް ސްޓޮޕްތައް ހަދާ އިރު، ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ސަރަހައްދެއްގައި ބަސް ސްޓޮޕް ހަދަން ވިސްނަވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ހުޅުވި ބަސް ސްޓޮޕުން، ހޮސްޕިޓަލަށް އައިސް ގޮސް އުޅުމަށް ފަސޭހަވުމުގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި ރަސްފަންނު ބޭނުންކުރާ މީހުންނަށް ވެސް ގިނަ ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްކޫލްތަކަށް އަންނަ ކުދިންނަށް ވެސް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ. ވިލިނގިލިން އަންނަ ކުދިންނަށް ވެސް ހުޅުމާލެއިން އަންނަ ކުދިންނަށް ވެސް [ފަސޭހަވެގެން ދާނެ]،" ޝިފާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ހުޅުމާލެއަށް ބަސް ދަތުރު ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްްޕީއެލްގެ އެމްޑީ ޝާހިދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހުޅުވި ބަސް ސްޓޮޕުން ދަތުރުކުރާއިރު ލިންކް ރޯޑްގެ ދެ ތަނެއްގައި މަޑުކުރާނެ ކަމަށެވެ. އަދި އެހެން ބަސްތައް ވެސް ހުޅުމާލޭގައި މަޑުކުރާ ތަންތަނުގައި، މި ބަސް މަޑުކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ދޭތެރޭގައި ބަސް ދަތުރުކުރަން ނިންމާފައި ވަނީ ގަޑިއަކު އެއް ފަހަރު އެވެ. ނަމަވެސް މި ރޫޓު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއްޖެ ނަމަ، ބަސް ދަތުރުތައް އިތުރުކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ކުރިމަތީގައި ހުޅުމާލެއަށް ދަތުރުކުރާ ބަހެެއް ޕާކުކޮށްލާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ޕޮއިންޓަށް މި ޓާގެޓްކުރީ މި ތަނަކީ އައިޖީއެމްއެޗް ވެސް ހުރި ސަރަހައްދު ކަމަށް ވާތީ، އަދި ވަރަށް ގިނަ އޮފީސްތަކާއި ސްކޫލަށް ވެސް ކައިރި ވުމާ އެކު ވަރަށް ގިނަ ބަޔަކަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަން ފަސޭހަ ވާނެތީ، މިތަނުން ސްޓާޓް ކުރީމަ،" ޝާހިދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ކުރީ ކޮޅު އެމްޕީއެލް އިން ވަނީ ކާނިވާ ސަރަހައްދުން ހުޅުމާލެ އަށް ދަތުރުކުރާ ބަސް ރޫޓެއް ވެސް ތައާރަފްކޮށްފަ އެވެ. ޝާހިދު ވިދާޅުވީ، އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ސަރަހައްދަށް އަންނަ ދޯނިތަކުން އަންނަ ދަތުރު ވެރިން، އެ ބަސް ސްޓޮޕް މުހިންމު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހިދު
03 March 2020
މާލެ ވަށައިގެން ރިންގް ރޯޑް ހަދައި 4 ލޭނަށް ދުއްވާއިރު އެއް ލޭނުގައި ބަސް ދުއްވާ ގޮތަށް ރާވާފައި އޮތީ. މިސަރުކާރުން ކުޑަކޮށް ލަސްކޮށް އުޅުނަސް މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދާކަމީ ރަނގަޅަށް ކުރާ ކަމެއް.
އަހުމަދުބޭ
03 March 2020
ވަރަށް ރަގަނޅު ނިންމުމެއް، ތިކަމުން އެތަށް ރައްޔިތަކަށް ފައިދާތަކެއް ކުރާނެ،
ޒާހިރު11
03 March 2020
ހިކްމަތުޢަމަލީގެ ދަށުން ދަރުމަވަންތަ ހަދާ އެ ސަރަހައްދުގެ މަގުތަކަށް ބަދަލު ގެނެސް، ފެންވަރު ރަނގަޅު ބަހުގެ ހިދުމަތް ފަށާ މާލެ /ހުޅުލެ/ހުޅުމާލެ ގުޅާލީ ތަރައްޤީގެ ބާނީ ރާއީސް ޔާމީންގެ ދުރު ވިސްނުމުގެ ސަބަބުން. އަހަރުމެން ރައްޔިތުންނަށް އޮތީ ޝުކުރުކުރުން. އެ މަނިކުފާނު މިއަދު ޖަލުގަ އޮތަސް ޤައުމު ކޮންމެ ދުވަހަކު މިދެކޭ މިފަދަ ކޮންމެ ކަމަކީ ސީދާ އެމަނިކުފާނުގެ ތަސައްވުރު. އިންޝާﷲ، އެމަނިކުފާނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި އާމީން
ޢހ މދ
03 March 2020
މިކަމުގައި ވެސް ހުރިހާ ޝުކުރެއް ހައްގުވަނީ ރައީސް ޔާމީނަށް.. މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅާލީ އެމަނިކްފާނުގެ ވެރިކަމުގައި. އަދި ދަރުމަވަންތަ ހޮސްޕިޓަލް ވެސް އެޅީ އެމަނިކްފާނުގެ ވެރިކަމުގައި.
އިސްލާހު
03 March 2020
މާލެ ވަށާ ދުއްވާ ގޮތަށް ހެދުމަކީ ވަރަށް މިހިންމު ބޭނުންތެރި ކަމެއްެ. މިހާރު މާލޭގެ އުތުތ ފަރާތުން ބަސް ނުދުއްވތީ ވަރށް އުނދަގޫ.
މިލިޓަރީ
03 March 2020
ޝުކުރިށްޔާ ރޔާމިން
އަށް ގޮދާ
03 March 2020
ރ. ޔާމީން ގެ މަސައްކަތް. ބަސް، ދަރުމަވަންތަ ހޮސްޕިޓަލް، ބުރިޖް. ޝުކުރިއްޔާ ރ. ޔާމީން
ޖޯޖް
03 March 2020
ޔާ މިންގެ އަ މިއްލަ ޖީބުން ހަރަދުކޮއްގެންތަ ބުރިޖު އެޅީ
އާއިޝަތު
03 March 2020
ނޫން. ޝުކުރު އަދާ ކުރަނީ ޔާމީނުގެ ވިސްނުމާއި މަސައްކަތައް. ރައީސަށް މީހަކު ހޮވާފައި ފައިސާ ދެނީ ދައުލަތުން. ދިނީމަ ތަރައްޤީގެ ވިސްނުން ނެތް ވެރީން ތިބެނީ ކުރާނެ ކަމެއް ނެތިފައި ފިނި ކޮޓަރީގައި. ތަރައްޤީގެ ވިސްނުން ހުންނަ މީހުން އެފައިސާއިން ފައިސާ ހެދޭނެގޮތް ހަދައި ގައުމު ތަރައްޤީ ކުރަނީ. އެފަދަ ވެރީންނަށް ގޯސްކޮށް ކަމެއް ކުރެވިފައި އޮތަސް ގިނަ ކަންކަން ރަނގަޅަށް ކޮށްފައިވާތީ އަހަރުމެން ޝުކުރު އަދާކުރަން.
ނަގިލި
03 March 2020
ޔާމީނު ބަސްދުއްވަނީ ކިހިނެއް ޖަލުގަ އޮވެގެން. ގަމާރުދޯ.
އެމްޑީޕީމީހާ
02 March 2020
ރާއްޖެ މިދެކޭ ތަރައްގީގެ ބާނީ ޖަލަށް ލިޔަސް މީހުން ބުނަނީ މީ ޔާމީންގެ ތަރައްގީގެ މަންޒަރުތަކޭ މިފެންނަނީ.
މުރުސީ
02 March 2020
މީގަ މަޖާކަމަކީ ކާނިވާ ބަސްޓޮޕް 2-3 މީހުން ތިއްބަސް ދެބުރިބަސް ނުވަތަ ޑަބަލް ޑެކަރ އެބަ ދަތުރުކުރޭ.. ޑިމާންޑެއް އުދެދެންދެން ހަރަދަށްބަލާ ކުދިބަސްތަކެއް ބޭނުންކުރުން ބުއްދިވެރި .. އެވެސް ރޔ ގެނެސްފަ ހުރިނަމަތާދޯ
ކުލަފޮށި
02 March 2020
ޔާމީނު ފެއްޓެވި އަގުނުކުރެވޭ މަސައްކަތުން ރައްޔިތުންނަށް ލިބޭ ލުއިފަސޭހަ. މީނޫންތޯ ތަރައްގީއާއި ރައްޔިތުންގެ އިހުސާސްތަކަށް ހައްލު ހޯދައިދިނުމަކީ. ހަގީގަތުގައިވެސް ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭން އެނގުނު ވެރިޔަކީ އެއީ.
ޛަޒީޜަ
03 March 2020
ތަރައްޤީ އަކީ މަގުތަކުގައި ބޮޑެތި ބަސް ދުއްވުމެއްނޫން. ސައިކަލުގައި ވެސް ދެވިދާނެ. ބައިސްކަލުގައި ވެސް. ކާބަފައިން އުޅުނީ ހިނގާފަ. ބަޔަކު މޮޔަވިޔަސް މީ ޖަޒީރާ ތަކެކޭ.