މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އިފްތިތާހްކުރުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/
03 މާޗް 2020 - 14:14
ވެރިކަމުގެ ފުރަތަމަ އަހަރު 540 މަޝްރޫއު ފަށައި އެކި މަރުހަލާތަކުގައި ހިންގުމަކީ މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން، އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ވައުދުތައް ނުފުއްދި، ސަރުކާރުގެ ސްޕީޑު ލަސްކަމަށް ބުނެ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމާޒުވި ފާޑުކިއުންތަކަށް ރައީސް އޮފީހުން ޖަވާބު ދިނީ ތަފާސްހިސާބުންނެވެ. ތައުލީމާއި ސިއްހީ ދާއިރާގެ ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުމާއި އަމާންކަން ގާއިމްވުމާއި ތަރައްގީގެ މަޝްރޫއުތަކުގެ އަދަދުތަކާއި މަސައްކަތް ހިނގާ ރަށްތައް ވެސް ރައީސް އޮފީހުން ވަނީ ޓުވިޓާގައި ކުއްލި ގޮތަކަށް އާއްމުކޮށްފަ އެވެ.
މި މައުލޫމާތުތަކާ ގުޅުވައި ރައީސްގެ ތަރުޖަމާން ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު 540 މަޝްރޫއު ހިންގަން ފެށުމަކީ ރެކޯޑެއް ކަމަށެވެ. އޭގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް (ޕީއެސްއައިޕީ)ގެ މަޝްރޫއުތައް ހިމެނުނަސް، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ސަރުކާރުގެ ދުވެލި އަދަދުތަކުން ފެންނަން އޮތީ ހަލުވި ކަމަށް ހޫދު ވިދާޅުވި އެވެ.
އޭނާ "މިހާރު"އަށް ވިދާޅުވީ ފުރަތަމަ އަހަރުގެ މަޝްރޫއުތަކުގެ އިތުރުން މި އަހަރަށް ވެސް ގިނަ މަޝްރޫއުތަކެއް ހިންގަން އެބަހުރި ކަމަށެވެ. އެންމެ މުހިއްމު އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް މި އަހަރަށް ހުރި މުހިއްމު ބައެއް މަޝްރޫއުތަކެއް ހިންގަން ހުރި ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގަން ޕްލޭންކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމާއި 149 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ދުވަސްވީ މީހުންނަށް ޚާއްސަ ދެ މަރުކަޒު ގާއިމްކޮށްދިނުމާއި 750 މިލިއަން ރުފިޔާގެ ސްޓޫޑެންޓް ލޯނު ދޫކުރުން ހިމެނެ އެވެ. ސްޓޫޑެންޓް ލޯނަށް މިދިޔަ މަހުގެ ތެރޭގައި ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގުޅީފަޅު ޕޯޓް ޕްރޮޖެކްޓް ވެސް މި އަހަރު ފަށަން ނިންމާފައިވާ އިރު މި މަޝްރޫއު ސަބަބުން އެއްފަހަރާ ގިނަ ބޯޓުތަކަކަށް ޚިދުމަތް ދިނުމަށް މަގުފަހިވެ ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފަސޭހަ ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއާ އެކު، ރާއްޖެ އަށް މުދާ އުފުލުމުގެ ޚަރަދު ވެސް ކުޑަވެ ޕޯޓާ އެކު ހުރިހާ ގުދަންތައް ގުޅީފަޅަށް ބަދަލުކުރުމުގެ ސަބަބުން މާލޭގައި ތޮއްޖެހުން ކުޑަކުރަން ވަނީ އަމާޒު ހިފައިފަ އެވެ.
އައްޑޫގައި ބިން ހިއްކުމާއި މަގު ހެދުމާއި ފެން ހިންދާ ނިޒާމުތައް ތަރައްގީކުރުން ވެސް ހިމަނާފައި ވަނީ މި އަހަރު އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގަ އެވެ.
ހޫދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެ އެވެ.
"ސަރުކާރުގެ ސްޕީޑު ލަހެއް ނޫން. އެންމެ އިސްކަންދިން ޕްރޮޖެކްޓްސްގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހިމެނޭނެ. ރައީސްގެ ވައުދަކީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަން ފަށައި ޓާމް ނިމޭއިރު އެ ޚިދުމަތް ހުރިހާ ރަށެއްގައި ލިބޭނެ ކަމަށް،" ހޫދު ވިދާޅުވި އެވެ.
"ފުރަތަމަ އަހަރުގެ މަޝްރޫއުތައް އަދަދުތަކުން ފެންނަން އޮތް އިރު ކުރިއަށް ވެސް ގިނަ މަޝްރޫއު އެބަހުރި."
ރައީސް އޮފީހުން ބުނި ގޮތުގައި ވައުދުތައް ފުއްދަން ހުރިހާ ދާއިރާތަކަކުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
05 March 2020
ހުކުރުމިސްކިތަށް ސެލްޓެކޮސް ކޮޅެއްޖަހަން އެތަން ބަންދު ކޮއްފަ ހުންނަތާ 9 މަސް. ފުލެޓު ބިންގާ ހުޅުމާލޭގަ އަޅަން ކަނޑައަޅާ ނުވިތާ 4 މަސް. އިންޓަނެޓުގެ އަގު ހެޔޮކުރަން ކަރަންޓުގެ އަގުހެޔޮ ކުރަން ބުނެ އެކަން ނުވިތާ 13 މަސް. ތިޔަބުނާ ގިނަ މަސްރޫއުތަކެއް އަދި އިންސާނުންގެ ލޮލަކަށް ނުފެނެ. ދެންމިވީ ދުވަސްކޮޅު މި މީހުނަށް އިސްނަގައިގެން ކުރެވުނީ ކޮންކަމެއްތޯ
ފައިވް
04 March 2020
ތިޔަ ހުރިހާ މަޝްރޫއެއް ހިންގުނީ ހަމަ ކޯލިޝަން މީހުންގެ އެހީއާއެކުބާ ނުވަތަ ހަމައެކަނި އެމްޑީޕީންބާ؟ ކައުންސިލް އިންތިހާބަށްފަހު ބަޔަކު ބޭރުކޮށްލުމުން ތިޔަ ހުރިހާ ކަންކަން ހަމަ ކުރިއަށް ދާނެބާ؟ ރިކޯޑް އަދަދަކަށް މަޝްރޫއު ހިންގުނީމަ ތިޔަ ހުރިހާ ކަމެއްގެ މައުލޫމާތު ކޮންތަނަކުންބާ ފެންނާނީ. މަޝްރޫއުތައް ފެއްޓި ތާރީހާ އެކަމުގެ ފޮޓޯއާ ކަމަށް ދިއަ ހަރަދާ އެއްޗެހި އެނގޭނހެން ބުރަމަސައްކަތް ކުރެވުނީމަ އެކަންކަން އެންމެންނަށްވެސް ފެންނަ ގޮތެއް ހަދަންވާނެ.
ތުއްތުކަލޯ
04 March 2020
ތިޔަ ވިދާޅުވި މަޝްރޫޢުގެ ނަންތަކަކީ ކޮބައިތޯ. ޢަދަދު ތަކެއް ވިދާޅުމަކުން ނުފުދޭނެ
މުޙުއްމާ
04 March 2020
ޔާމީނު އަށް އެތައް ހާސް ވަޒީފާ ފެނުނުގޮތަށް 540 މަޝްރޫޢު ފެންނަނީ ހޫދުއަށް އެކަނި. އިންތިޚާބު ކާރިވާވަރަކަށް އެކަހަލަ މޮޅުވާހަކަ ދައްކާނެ.
ފަހުދު
04 March 2020
540 ކުރެހުން. އެކުރެހުންތައް ބޭނުންކޮއްގެން ފޮތެއް ނެރެފިއްޔާ 1 މަސްރޫއު ކީމިޔާބުވާނެ.
ާއަލިބެ
04 March 2020
1-ކަނބާޢައިޝާރަނި ހިނގުމުން ތިންގާ ނެގުން. 2-ގާނެގި ތަނަށް ދޮންވެލިމުށެއް އެޅުން. 3- ގާނެގިތަނުގަ އަލުން ތިންގާބޭއްވުން. މީ ބޮޑު ތިން މަޝްރޫޢު. މި ހޫދު ހީކުރަނީ މީނަނޫނީ ތަންދޮރުދަންނަ މީހަކު ނެތްކަމަށް. ތިހަދާ ދޮގުތަކުގެ ރަހަ ދެކެންޖެހޭނެ ދުވަހެއް އަންނާނެކަން ހަނދާކުރާތި.
މަތިވަޑާން
04 March 2020
އަދަދުތަކުން ފެންނާނެ އަމަލީ ސިފައެއްނުޖެހޭ އެއްވެސް މަޝްރޫއެއްގައި
ކައުންސެލަރު
04 March 2020
ތެދެއް. މާސިންގާ މެގަ ޕްރޮޖެކްޓްސް ތަކުގެ ތެރޭގައި ރ އަތޮޅު ފައިނުގައި ގިރައިގެން މޫދަށް ވެއްޓޭ ކާނިގަހުގަ ވާޖެހުން، މާލޭގެ ކާނުތައް ސާފުކުރުން ކަހަލަ މެގަ ޕްރޮޖެކްޓްތައް ހިމެނެއެވެ. އަދަދަށް އަދަދަށް ބަލާއިރު ދެރަށުގައި ހިންގާ ޕްރޮޖެކްޓްގެ ފޮޓޯގައި ކަނޑާލާނެ ފުކެއްވަރުވެސް ނުހުރެއެވެ. އެހާވެސް ހަމަހަމައެވެ.
މަޝްރޫޢު.
04 March 2020
އިމްރާނު ޔާމީނާ ބައްދަލު ކުރަން ޖަލަށް ވަޑައިގެންނެވި މަޝްރޫޢު. ނަޝީދު އިންޑިޔާގެ މުސްލިމުންނަށް އަނިޔާކޮށް ލާއިންސާނީ އަމަލުތައް ހިންގުމަށް މޯދީއަށް ހިއްވަރުދިނުމަށް އިންޑިޔާއަށް މަޤުސަދު ހާމަނުކޮށް ކުރި ދަތުރުގެ މަޝްރޫޢު. މާރިޔާ އަދި ޢަބުދުﷲ ޝާހިދު އިންޑިޔާއަށް ޤައުމު އަޅުވެތިކުރުމުގެ މަސައްކަތް ދާގޮތުގެ މަޝްވަރާ ކުރުމަށް އިންޑިޔާއަށް އަހަރަކުރާ 50 ދަތުރުގެ 50 މަޝްރޫއު. ދިވެހި އިސް ގިނަ އޮފިސަރުން އިންޑިޔާއަށް ކުރާ ދަތުރުތަކުގެ 450 މަޝްރޫޢު.
ކީކޭ
04 March 2020
އަނެއްކާވެސް ފެނާ ނަރުދަމާތަ؟ މިހާރުގެ ޕްލޭނިން މިނިސްތަރު އަސްލަމް ނަޝީދު ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުރިއިރު ރާއްޖެޓީވީން ފެނާ ނަރުދަމާގެ ޕްރޮޖެކްޓްތަކުގެ ހިސާބުޖަހާ ކުޑަކުދިންނަށް ކިޔަވާދޭގޮތަށް ބޯޑެއްގަ ދެއްކި ހިސާބު ތަކަށް ބަލާލި އިރު އެއިރު ހުރީ ރާއްޖޭގެ ހުރިހާރަށެއްގަ ފެނާނަރުދަމާގެ މަސައްކަތް ފެށިފަ އަދި %50 އަށްވުރެ ގިނަ ރަށުގަ ނިމިފަ. މިހާރު ތިދައްކަނީ އިންޑިޔާރައްތަކެއްގެ ނަރުދަމާވާހަކަތަ؟