ކޮވިޑް-19 ރާއްޖެއިން ފެނުނުކަން ހާމަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ޑރ. އަލީ ލަތީފް ވާހަކަ ދައްްކަވަނީ. އޭނާ ވިދާޅުވީ ރޯގާއާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް. ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
08 މާޗް 2020 - 12:52
ކޮވިޑް-19 އާ ދެކޮޅަށް ރަނގަޅަށް މަަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ރޯގާއާ ގުޅޭ ކަންކަން ބަލަހައްޓާ ޓާސްކްްފޯހުން ރޭ ބުނެފި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ދެ ބިދޭސީއަކު ޕޮޒިޓިވްވިކަން ހާމަކުރަން ޓާސްކް ފޯހުން ދަރުބާރުގޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ މީގެ ކުރިން އައި މިފަދަ ރޯގާތަކާ ދެކޮޅަށް ވެސް ރާއްޖެއިން ކުރި މަސައްކަތް ރަނގަަޅު ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖެއަށް އެ ރޯގާ އަޔަނުދީ ވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެންމެ ފަހުން އެއާ ކުރިމަތިލާން މި ޖެހުނީ "އެއީ ނުވެ ނުދާނެ ކަމަކަށް ވާތީ" ކަމަށެވެ.
އާންމު ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން އޭނާ މިސާލު ދެއްކެވީ 2017 ގައި ރާއްޖޭގައި ފެތުރުނު އިންފްލެއެންޒާ އިންނެވެ.
"އޭގައި ވެސް އަޅުގަނޑުމެން ވަނީ ރަނގަޅު ރެސްޕޮންސެއް ދައްކުވައިދީފައި. އެހެންވީމާ މި ރޯގާގައި ވެސް އަޅުގަނޑުމެންނަށް ޔަގީން ފުދޭވަރަކަށް ރަނގަޅަށް މިކަން ކުރެވިދާނެ ކަަން،" ޑރ. އަލީ ލަތީފްް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރަމުން އަންނަ ދެ ބިދޭސީއެކެވެ. އެ މީހުންގެ ގަޔަށް ކޮރޯނާވައިރަަސް އެރި ކަމަށް ބެލެވެނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ މީހާ އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެކަން، ރިސޯޓަށް އެންގީ އެވެ. ސަރުކާރުން މިހާރު ވަނީ އެ ރިސޯޓަށް މީހުން އެރުމާއި ފޭބުން މަނާކޮށްފަ އެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ރޯގާ ފެނުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ. އަދި ކޮރޯނާވައިރަސް ހަށިގަނޑަށް ވަނަސް، ގިނަ މީހުންގެ ފަރާތުން އޭގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ މާލެއިން ވެސް ފެނުމުގެ ޗާންސް އޮންނާނެ އަދި އެހެން ރަށަކުން ވެސް ފެނުމުގެ ޗާންސް އޮންނާނެ. އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެންނަށް މިކަން އެނގޭތީ އަޅަން ޖެހޭ ފިޔަވަޅުތައް ބަރާބަރަށް އެޅުން. އެ މަސައްކަތްތައް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްކަން ޓާސްކް ފޯހުން އިއުލާންކުރަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ފަރުދީ ގޮތުން ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ޑރ. ނަޒްލާ މުސްތޮފާ ވިދާޅުވީ މި ހާލަތުގައި ކުރަން އޮތް އެންމެ މުހިއްމު އެއް ކަަމަކީ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 20 ސިކުންތު ވަންދެން އަތް ދޮވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް މުހިއްމު، އެއްވެސް ވަރަކަށް ރޯގާގެ އަސަރު ފެންނަންޏާ އާއްމުންގެ ތެރެއަށް ނުދިއުން. އަމިއްލައަށް ގޭގައި މަޑުކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުންގެ ކިބައިން ރޯގާގެ އަސަރެއް 14 ދުވަހުގެ ތެރޭގައި ފެނިއްޖެ ނަމަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން މައުލޫމާތު ސާފުކުރުން ވަރަށް މުހިންމެވެ. ރޯގާ ޖެހިއްޖެ ނަމަ މާސްކް އެޅުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
"ރޯގާ ޖެހިފައި ހުންނަ މީހާ މާސްކް އެޅީމާ މާ ފައިދާ ބޮޑު. އެހެން މީހުންނަށް [ރޯގާ] ދިއުމުގެ ފުރުސަތު ވަރަށް ކުޑަކޮށްލާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބޭނުންކުރާ މާސްކާއި ޓިޝޫ ފަދަ ތަކެތި އެކި ތަންތަނަށް އުކުމުގެ ބަދަލުގައި ރައްކާތެރިކަމާ އެކު ނައްތާލުން ވެސް މުހިއްމެވެ. އެއީ އެގޮތަށް އެއްލައިލާ އެއްޗެހީގައި ޖަރާސީމާއި ވައިރަަސްގެ އަސަރު ހުންނާނެތީ އެވެ.
"ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކެއްސާ ހަދާއިރު އެ ޓިޝޫއާ އެއްޗިހި ކޮތަޅެއް ލައްވާފައި ހުރި ޑަސްބިނަކަށް ލައި، ކޮތަޅު ރަނގަށް ބަންދުކޮށްލާފައި އެއްލައިލުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
09 March 2020
ކޮން ޔަޤީން ކަމެއް އޮތީ. ވަގު ބިދޭސީން އެތިބެނީ މަގުތަކަށް ކުޅުތަޅަން.
އެޖެންޑާ
08 March 2020
ސްޓޮކަށް މިވީ ކިހިނެއްތޯ؟ ޢެހެންވީމާ ބުނަންޖެހެނީ ތިދައްކާ ވާހަކަ އަޑުއަހާނެ ބަޔަކުނެތޭ!
ދޮންދީދީ
09 March 2020
ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖެއަށް އެ ރޯގާ އަޔަނުދީ ވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެންމެ ފަހުން އެއާ ކުރިމަތިލާން މި ޖެހުނީ "އެއީ ނުވެ ނުދާނެ ކަމަކަށް ވާތީ" ކަމަށެވެ. ކީކޭ މި ކިޔަނީ. ތިޔާ ކޮންފަރެންސައްދާ މީހުންވެސް ބަލިވަމުންދަނީ
ބޮޑުމީހާ
08 March 2020
އެއްދުވަސް ތެރޭ މާސްކު ސެނިޓައިޒަރ ހުސްވެއްޖެ. އަލީ ވަހީދު ބައިމިލިއަން މާސްކު ފޮރުވައިގެން އުޅެންވީ ސަބަބެއްނެތް. އަޅަން ބޭނުންވާ މީހުންނށް މާސްކު ލިބިގެން، މާސްކު އެޅޭނީ.
ނޭނގޭ
08 March 2020
މާސްކު އެޅިޔަސް އެއްވެސް ފައިދާއެއްނުކުރޭ! މިދަނޑިވަޅުގައި މާސްކް އަޅާނީ މޮޔައިން! ބޯ ގަމާރު ނުވެބަލަ! އެ އަޅައިގެން އުޅެންވެސް ނޭނގެއެއްނެ ؟؟
އިސް ސަރުދާރު
08 March 2020
ބޭކާރު ގޮތުގަ މާސްކް ޔޫސް ނުކުރާށޭ .. އެޔަށްވެސް ކިޔަނީ އިސްރާފް .. ހުސްވެގެން ބޭނުން ވާ މީހުންނަށް ނުލިބުނީމަ ދެރަ ދޯ އެންމެންނަށްވެސް.. ވިސްނާށޭ .. އެޔޮށްގޮވަނީ ސައިބޯނި މާ އިފެކްޓިވް އޭ ސެނިޓައިޒަރ އަށް ވުރެ ..
ޕަކިޑް
08 March 2020
ކޮވިޑް-19 އަށް ތައްުޔާރުވުމަށް ލޯކަލް ގަވަންމަންޓުން ކުރީ އެއްވެސް ކަމެއް ނެޔް. ރަށު ކައުންސިލްތަކުން ގުޅީމަ އެލްޖީއޭގެ ރައީސް ފޯނެއް ނުނަަގާ
ެަސައީދު ހަސަން
08 March 2020
ސަދަގާތް ދިނުމަކީ ޝިފާއެއް..ފެއިލް ނުވާނީ ﷲ ގެ ނިޒާމް..
ކޮރޯނާ ޔޯމޭން
08 March 2020
މިހާރު މިވަގުތުގަވެސް ހުރިހާ ސައިހޮޓާ ކެފޭތަކުގަ ދިވެހިން ފިތިބާރުވެފަ ބަންގާޅިން ކައްކާ މުޑުދާރު އެއްޗެހި ނުކެވިގެން. މިމަންޒަރު ފެންނާނެ މާލެތެރޭގަ ހިނގާލަނިކޮއް. އަދި ބަންގާޅިންގެ މުޑުދާރުކަން ފެންނާނެ އެމީހުން ކައްކަން ތިބޭ ބަދިގެއަށް ބޯދިއްކޮއް ބަލާލީމަ. ދިވެހިން ފަރުދީ ޒިންމާ އަދާކުރަނީ ސައިހޮޓާ ކެފޭތަކުގަ ތިބެގެން ސޯޝިއަލްމީޓިއާ ބޭނުންކޮއްގެން.
ކެފޭ
08 March 2020
ވަރިހަމައެއްނު، މާސްކު ނާޅާށެ ނުގަންނާށެ ބުނީމަ އެ ނުލިބިގެންވިއްޔާ!
ޑަން
08 March 2020
މިޔަހޫދީ ސަރުކާރު މިއޮތީ ބޮޑު ތަނުން ފެއިލުވެފައި މިކަން ރިވެތިގޮތަކަށް އެމީހުންނަށް ފެންނާނެ
ޑުން
08 March 2020
މަށަށް ހީވަނީ ކުރީގެ ޔަހޫދީ ސަރުކާރުން ކޮއްފަހުރި ކަންކަމުގެ ނަތީޖާ އެބަފެނޭހެން މާފުށީ ޖަލުގެ ހާއްސަ ކޮށިން.
އިސްމާލުކަލޭފާނު
08 March 2020
އަހަރެމެން ހާދަ ވަރަކަށޭ ގައްޑާވާހަކަ މިދައްކަނީ. ރާއްޖެއަށްވުރެ މާބޮޑެތި ޓެކުނޮލޮޖީ އަދި އިގްތިސާދީގޮތުން މާކުރިއަރާފައިވާ ގައުމުތަކަށް މިވައިރަސް މާއަވަހަށް އަރައިފި. އަހަރެމެންނަށް މިހާދުވަސްވަންދެންވެސް އިފާއްޓާލެވުނުކަމަށްޓަކާ ޝުކުރުކޮށްބަލަ. ޝުކުރުވެރިވާބައެއްނޫން މިތާ މިއުޅެނީ..... ޓުއަރިޒަމް އެކޮށް ހުއްޓާލައިފިނަމަ ޖެހޭނީ ބަނޑަށް. ދެން އޮންނާނީ ޖަނަވާރީ އުސޫލު. އެކަމުގައިވެސް ދިވެހިންނަކީ ލާމަސީލު ނަމޫނާއެއް.
ކުޑަ ކަތީބު
08 March 2020
މިފަދަ ބޮޑު ނުރައްކަލަށް މުޅިގައުމު ހުށަހެޅިފައިވާއިރު ގައުމުގެ ރައީސް ރައްޔަތުންނަށް ހިތްވަރުދީ ކެއްތެރިވުމަށް އިލްތިމާސްކޮށް ގައުމާ މުޚާތަބުކޮށް އެއްޗެކޭ ވިދާޅުނުވާތީ ހައިރާންވޭ. އެހެންގައުމުތަކުގަ މިކަމުގެ އިސްސަފުގަ ރައީސް ނުވަތަ ޕްރައިމް މިނިސްޓަރ އަވަދިނެތި އުޅޭތަން ހަބަރުތަކުން ފެނޭ.
..އެއް ..
08 March 2020
ރައީސް އެއޮތީ ވިދާޅުވެފައި، މިވަޤުތަކީ އިރުޝާދަށް ތަބަޢަވުން..
ވަކުންޖު
08 March 2020
މިބަލީގަ ބޮޑަށް ނުރައްކާ ބޮޑީ ހަކުރުބަލި، ލޭމައްޗަށްދާ، ކިނޑުނީ މައްސަލަ ނުވަތަ ނޭވާލާނިޒާމުގެ ބަލިތަށް ހުންނަ މީހުންނަށޭ އެބަބުނޭ، ޚާއްސަކޮށް އުމުރުން މަތީ މީހުންނަށޭ، އެފަދަ މީހުން ބޭރުތެރޭ އުޅުމަކީ ސޭފު ގޮތަކަށް ނުވާނެ، އެހެންވީމަ އެފަދަ މީހުންނަށް ވަޒީފާގެ ލުޔެއް ސަރުކާރުން ދެއްވައިފިއްޔާ ހާދަ ރަގަޅޭ.