ޚަބަރު / މަރު

މަސް ހިފަން މޫދަށް ފޭބި، ޖެވެލިން ޗެމްޕިއަން ޔައުގޫބް މަރުވެއްޖެ

ކ. އެނބޫދޫ ފަޅަށް މަސް ހިފަން ފޭބި، ރާއްޖޭގެ ޖެވެލިން ޗެމްޕިއަނެއް ކަމަށްވާ އަދި ކުރިން ގައުމީ ޕޫލުގައި ވެސް ހިމެނުނު ދުވުންތެރިޔާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް ޔައުގޫބް އަހުމަދު މިއަދު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ދަގަނޑު ހަރައިގެން ފަރުމަސް ހިފަން މޫދަށް ފޭބި، ގދ. ހޯޑެއްދޫ، ބާޑީގޭ ޔައުގޫބްގެ ހަށިގަނޑު ފެނުނީ ގެއްލިގެން ރިޕޯޓު ކުރުމުން، އޭނާ ހޯދުމަށް ކޯސްޓް ގާޑުގެ ޑައިވަރުން ކުރި މަސައްކަތުން ކަމަށެވެ. ޔައުގޫބްގެ ހަށިގަނޑު ސިފައިންގެ ޑައިވަރުންގެ ޓީމަށް ފެނުނީ ކަނޑުން 20 މީޓަރު އަޑިންނެވެ.

އުމުރުން 34 އަހަރުގެ ޔައުގޫބަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ލޯބިކުރާ އަދި އެކަމަށް ވަރަށް ގިނައިން ނުކުންނަ ޒުވާނެކެވެ. ފަހަކަށް އައިސް އޭނާގެ ފޭސްބުކް ފުރާލީ، މަހަކަށް ނުކުމެ މަސްތަކާ އެކު ނަގާފައިވާ ފޮޓޯތަކުންނެވެ.

އެމްއެންޑީއެފުން ބުނީ، މިއަދަކީ ޔައުގޫބުގެ ޑިއުޓީ ދުވަސް ނޫން ކަމަށް ވުމުން ފީނަން ދިޔައީ ކަމަށެވެ.

ޔައުގޫބް (ކ-2) ޝިފާޒް (ވ) އާއި މޯޑް (ކ) އަދި ރިޒާ (ކ-3) އާ އެކު ރޭހެއްގައި ދުވަނީ.

ޔައުގޫބް ވަނީ ގައުމީ އެތުލެޓިކްސް މުބާރާތުން، އެތުލެޓިކްސް ފީލްޑް އިވެންޓެއް ކަމަށްވާ ޖެވެލިން އުކުމުން 2008، 2010، 2011، 2014، 2015، 2017 އަދި 2018 ގައި ރަން މެޑަލް ހޯދައިފަ އެވެ. އަދި އެ އިވެންޓުން މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ވެސް ރަން މެޑަލް ހޯދި އެވެ.

އޭގެ ކުރިން ޔައުގޫބް ފާހަގަކުރެވުނީ މެދު އަދި ދިގު ރާސްތާ ދުވުންތަކުންނެވެ. އޭނާ ވަނީ 2007 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ 5000 މީޓަރު ދުވުން ރަން މެޑަލް އަދި އެ އަހަރާއި 2008 ވަނަ އަހަރު 10000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ 10 ކިލޯމީޓަރު ދުވުމުން ވެސް އެއް ވަނަ ހޯދި އެވެ. ޔައުގޫބް ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުމުގެ ޕޫލުގައި ހިމެނިގެން، ރާއްޖޭގެ މިހާރުގެ މެރެތަން ރެކޯޑް ހޯލްޑަރު ޝިފާޒް މުހައްމަދާ އެކު ތަމްރީންތައް ވެސް ހަދައިފަ އެވެ. އެކަމަކު ބޭރު މުބާރާތެއްގެ ދުވުމުގެ އިވެންޓެއްގައި ރާއްޖެ ތަމްސީލްކޮށްފައެއް ނުވެ އެވެ.

21 ކޮމެންޓް, 455 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 74%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިދަރި

10 March 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ޑރ. ރޯނު އެދުރު

10 March 2020

ސްޕެއަރ ފިޝިންނަކީ މަނާ ހަތިޔާރުގެ ދަށުން މަނާކަމެއް. ޤާނޫނުތައް ތައްފީޒް ކުރަންތިބި މީހުން ނަމޫނާ ދައްކަންޖެހޭ.

The name is already taken The name is available. Register?

އަންކަލޯ

10 March 2020

މިހާރު ހާއްސަ ހުއްދަޔެއްގެ ދަށުން މިކަން ކުރެވޭ.

The name is already taken The name is available. Register?

ވާންޗޯލ

10 March 2020

ކަލޭތީ ފައްކާ ރޯނުއެދުރެއް ހަމަ

The name is already taken The name is available. Register?

ސަރޮން

10 March 2020

އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. މަރުޙޫމަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ﷲ ގެ ހަޒުރަތުގައި ދުޢާކުރަން.

The name is already taken The name is available. Register?

ާައާން

10 March 2020

ވަރަށް ހިތްހެޔޮ ހިނިތުންވެފައި ހުންނަން މީހެއް. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުޙޫމް އަށްސުވަރުގޭގެ ދާއިމީނިޔުމަތް މިންވަރު ކުރަށްވާ ޢާއިލާއަށް ކެއްތެރިކަން ދެއްވާށި އާމީން!

The name is already taken The name is available. Register?

މުސަޅުބެ

10 March 2020

އެންމެ ރައްކާތެރި ގޮތަކީ ނަނު ދޫކޮށްގެން މަސްވެރިކަން ކުރުން. މަރުހޫމަށް ރަޙްމަތް ލައްވާށި!

The name is already taken The name is available. Register?

ކީއްވެތަ

10 March 2020

މިފަދަ ކޭސްތައް މިހާހިސާބުން ނިންމާ ނުލާ ތަހުޤީޤުކޮށް ބަލަން އެބަޖެހޭ.. ސުވާލުއުފެދޭ ކުއްލި މަރުތަކެއް މިފަހުން ފެނިއްޖެ.. ކޮޕްސް އާތިފް އަދި ކަސްރަތުގަ އުޅުއްވަނިކޮށް އަވަހާރަވި ސިފައިންގެ އޮފިސަރ މިއިން އެއްވެސް މަރެއްގެ ޕޯސްޓް މޯޓަމް ހަދާ އިންވެސްޓިގޭޓްނުކުރެވެނީ ކީއްވެބާ

The name is already taken The name is available. Register?

ބަބުރުލް ސަލީމް

10 March 2020

ވަރަށް ހިތްހެޔޮ ހިނިތުންވެފައި ހުންނަން މީހެއް. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ކޮންޓެ

09 March 2020

إنا لله وإنا إليه راجعون

The name is already taken The name is available. Register?

ރާއްޖެ މީިހާ

09 March 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ޣަހުމަދު

09 March 2020

ސްޓާފް ސާޖަންޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454