ކުރެއްދޫ އައިލެންޑު ރިސޯޓު: ކޮވިޑް-19 ފެނުމާއެކު މުޅި ރިސޯޓް ވަނީ ކަރަންޓީންކޮށްފައި--
10 މާޗް 2020 - 13:55
ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލެންޑް ރިސޯޓަކީ އަބަދުހެން ވަރަށް ހެޕަނިން ތަނެވެ. ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ޓޫރިސްޓުންގެ ހިތް އުފާކޮށްދޭ މަންޒިލެކެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އަށް އެ ރިސޯޓްގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވުމާ އެކު މަންޒަރު ބަދަލުވެއްޖެ އެވެ.
ޓޫރިސްޓުން އަރާ ގާތްގަނޑަކަށް ފުރިފައި އޮތަސް، މިހާރު އެއީ، އެއް މުވައްޒަފަކު ސިފަކުރި ގޮތުގައި، "ހަރަކާތެއް ނެތް ތަނެކެ"ވެ.
އެ ރިސޯޓަށް އަރާ ފޭބުން ހުކުރު ދުވަހުން ފެށިގެން މަނާކުރި އިރު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިން އެބަ ތިއްބެވެ.
ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ތަނުގެ ބިދޭސީ އަންހެން ޑޮކްޓަރާއި ޑައިވް ސެންޓަރުގައި މަސައްކަތް ކުރާ ބިދޭސީ ތިން މީހެކެވެ. އޭގެ ތެރޭގައި ޑައިވް ސެންޓަރުގެ މެނޭޖަރު ފިޔަވާ ދެން ހިމެނެނީ ވެސް ދެ އަންހެނެކެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓް: ކޮވިޑް-19 ފެނުމާއެކު މުޅި ރިސޯޓް ވަނީ ކަރަންޓީންކޮށްފައި--
ކޮރޯނާވައިރަސްއާ ގުޅިގެން ރިސޯޓްގެ 69 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެ މީހުން ތިބީ ހުސްކޮށް ހުރި ގެސްޓް ރޫމްތަކުގަ އެވެ. ކެއުންބުއިމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދެ އެވެ.
ރިސޯޓުން ވާހަކަ ދެއްކި މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި ޑޮކްޓަރު ފިޔަވާ އެހެން އެންމެން އަދިވެސް ތިބީ އެ ރިސޯޓްގައި ކަމަށެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވިކަން ރޭ ޔަގީންވި ދެ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"އަސްލު އެއީ ކަންބޮޑުވުމަކީ. އެމީހުން އަދިވެސް ނުގެންދާތީ. މިއަދު އެ މީހުން ބަލައި އަންނަ ވާހަކަ އަޑުއެހިން،" އޭނާ ބުންޏެވެ.
ޗަމްޕާ ބްރަދާސް އާއި ސްވިޑުންގެ ލާސް ޕީޓަ އަދި މެޓް ޕީޓަރު ގުޅިގެން އުފަައްދާފައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ 387 ކޮޓަރި ހުންނަ ކުރެއްދޫގައި މިވަގުތު 700 ގެސްޓުން ތިބި ނަމަވެސް ރިސޯޓްގެ ތެރެއިން އިހުސާސްކުރެވެނީ، ބައެއް މުވައްޒަފުން ސިފަކުރި ގޮތުގައި، "ފަޅުކަމެ"ވެ. ވަރަށް މަދުން ނޫނީ އެ ރީތި ރަށުތެރެއަށް ނުކުމެއެއް ނޫޅެ އެވެ. އަވީގައި ޖެހިލުމަށާއި މޫދަށް އެރިލުން ފަދަ ކަންކަމަށް ނުކުންނަނީ ވަރަށް މަދު ބައެކެވެ.
އެކަމަކު ރިސޯޓްގެ އޮޕަރޭޝަންތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އައިސޮލޭޝަންގައި ތިބި މުވައްޒަފުން ފިޔަވާ އެހެން އެންމެން މަސައްކަތަށް ނުކުމެ އެވެ. ގެސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް އާއްމު ދުވަސްވަރެކޭ އެގޮތަށް އަންނަނީ ދެމުން ކަމަށް، މުވައްޒަފުން ބުނެ އެވެ. ރޫމް ސާވިސް އިތުރުން ހަތަރު ރެސްޓޯރެންޓް ވެސް ހުންނަނީ ހުޅުވައިފަ އެވެ. އެކަމަކު ޑައިވް ސެންޓަރުގެ ތިން މީހަކު އައިސޮލޭޝަންގައި ތިބުމުން އެތަން ހުރީ ބަންދުކޮށްފަ އެވެ.
ތަފާތު ބަލިތަކަށް ގަވާއިދުން ބޭސް ކާ މީހުންގެ ބޭސް ހުސްވެދާނެތީ، އެޗުޕީއޭ އިން އަންނަނީ ބޭސްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން
އެކަމަކު ވަރަށް އަވަހަށް އަދި ފަސޭއިން އަރާ ވައިރަސްއަކަށް ވާތީ ޓޫރިސްޓުން ވެސް ތިބީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެހެންކަމުން ރޭގަނޑު ބާ ތެރޭގައި އޮންނަ ލައިވް މިޔުޒިކަށް ވެސް ތަރުހީބެއް ނުލިބެ އެވެ.
"އެއީ ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް އޮންނަ ކަމެއް. އެހެންވެ ކަންނޭނގެ މިހާރު ޓޫރިސްޓުން ވަރަށް މަދުން އަންނަނީ ބާއަށް ވެސް،" ހާލަތު ކިޔައިދެމުން މުވައްޒަފަކު ބުންޏެވެ.
އެކަމަކު އޭނާ ބުނީ ކުރިމަތިވެގެން އުޅޭ ހާލަތާ މެދު ޓޫރިސްޓުންގެ މާ ބޮޑު ޝަކުވާތަކެއް ނެތް ކަމަށެވެ. އެކަށީގެންވާ މައުލޫމާތު ނުލިބިގެން ފުރަތަަމަކޮޅު ޓޫރިސްޓުން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ޓޫރިސްޓުންނަށް ބްރީފިން ދެމުން އަންނާތީ އެމީހުން ތިބީ ހިތްހަމަޖެހިގެން ކަމަށް، އޭނާ ބުންޏެވެ.
އޭނާ ބުނީ ތަފާތު ބަލިތަކަށް ގަވާއިދުން ބޭސް ކާ މީހުންގެ ބޭސް ހުސްވެދާނެތީ، އެޗުޕީއޭ އިން އަންނަނީ ބޭސްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ޓޫރިސްޓުންނަށް ވުރެ ބޮޑަށް ބިރުން ތިބީ ރިސޯޓްގެ މުވަައްޒަފުންނެވެ. އެމީހުންގެ ކަންބޮޑުވުމަކީ، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި، އެކަށީގެންވާ ވަރަށް މާސްކާއި ސެނަޓައިޒާ ފަދަ ތަކެތި ނެތުމެވެ.
އެކަމަކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ޓޫރިޒަމް ދާއިރާއަށް އަމާޒުކޮށް ބައި މިލިއަނެއްހާ މާސްކް ގެނެސްފައިވާ ކަމަށެވެ.
ކުރެއްދޫގެ އިތުރުން ކޮރޯނާވައިރަސް އަށް ދެ މީހަކު ޕޮޒިޓިވްވި ބަތަލާ އައިލެންޑް ރިސޯޓަށް ވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ތިބި ޓޫރިސްޓުންގެ އަދަދު 125 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެވަންސޫރަ
12 March 2020
އުއްޗު ޗައްޕާ މެންނަކާ ފިޔަވަޅެއް އަޅަން ކެރުނު ސަރުކާރެއް އަދި ނާދެ.
އިޙްސާސް
11 March 2020
ބައެއް ފާމަސީގަ -/5 ރުފިޔާ އަށް މާސްކެއް ވިއްކަނީ ކިހާވަރެއްގެ ފައިދާއެއް ލިބޭނެ ކަމަށް؟
ރީދޫމީހާ
11 March 2020
ކޮބާތަ ރަޖާއާ އަޅާ ގުރޫޕު
އިކުތިސާދީ ޗޯރު
11 March 2020
ޖަލުގަވީ..
ވަހީދު
11 March 2020
އަލީ ވަހީދު އެބުނާ މިލިޔަން މާސްކުގެ ވާހަކަ މަ މިހުރީ ޤަބޫލުކޮށްގެން. މަކުރިން ވެސް ޤަބޫލު ކުރިން އައްޔަ މަންމަ ޤުރުއާން ކިޔަވައިދީގެން 9 މިލިޔަން ރުފިޔާ ހޯދި ވާހަކަ.
ކައުންސެލަރު
10 March 2020
ކުރެއްދޫ: ކުރިން ނުދެކޭ ފަދަ ހިމޭންކަމެއްގައި އަނެއްކާ މިހެންލިޔެގެން ހެޑިން ބަދަލު ކުރާކަށް ނާންގާތަ؟ ދެންއަތްޖަހާ!
ޖޖޖޖ
10 March 2020
270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިން އެބަ ތިއްބެވެ. މިރިސޯޓް ހިންގާނީ ގަވާއަ ދާ ވިލާތައް. ފިޔަވަޅު އަޅަން ފެނޭ. ގާނޫނު ގަވާ ގޮތުން 60% މަސައްކަތު މީހުން ނައް ތިބެން ޖެހޭނީ ދިވެހިން. މިރިސޯޓް ދިވެހިން ނައް އޮތީ ކޮން ފައި ދާއެއް
ޒޒޒޒ
10 March 2020
މިވަގުތު ރިސޯޓުގަ ސްޓާފުން ތިބިވަރު ދޯ އެއީ އެތައްބަޔަކު އޮފަށް ވެސް ގޮސް ވެއްޖެ
ލިޔާނު
10 March 2020
ތެދެއް އޮފުގައި 300 ދިވެހިން ތިބީ..
ހޭބަލިމިތުރު
10 March 2020
ހާ ދަވަރަކައްތައްޔާރު ވެވިފައޮތީމަތާ އެންމެ6 މީހުން ޕޮޒިޓިވްވީއިރު އެ6 މީހުންގެތެރެއިން ތިރަށުގަތިބިމީހުން މިހާއިރުވެގެންދިޔައިރުވެސް އައިސޮލޭސަނައް ނުގެން ދެވޭނީ!!!. ހަމައެކަނި ހުރިހާއެންމެންވެސް ތައްޔާރުވެވިފަތިތިބީ ކެމެރާކުރިމައްޗައްއަރަންތާ!!!!. މިނިސްޓަރ ވި ދާޅުވި އެންމެ ގޯސްސިޓުއޭސަނައްވެސް ތައްޔާރުވެވިފަތިތި.
އިބްރާ
12 March 2020
ކޮއްކޯ! އައިސޮލޭޝަން ގެ މާނައަކީ ފަރުކޮޅު ފުއްޓެއް ނޫން. ބަލި ނުޖެހޭ މީހުނާ އެކަހެރި ކޮށް ބޭތިއްބުން. ތަނެއްދޮރެއް ނޭގުނަސް ކޮމެންޓް ކުރާތި.
ޢަލީ
10 March 2020
މިބަލި ފަސޭހައިން ގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހާޔާ ގުޅުމެއްއޮތް ބަޔަކަށް.އެހެންވީއިރު ބަލިނުޖެހެ ސަލާމަތުންތިބި ބަޔަކު މާސްކުއަޅަން ބަހާ ހުސްކޮށްލަންވީތަ? ނޫނީ ބަލީގެ އަލާމާތެއް ފެންނަމީހާއަށް މާސްކުދޭނީތަ? މިހާތަނަށް އެންމެގަދަޔަށް މިބަލި އުޅުނު ޗައިނާގައި ކަންކުރި ގޮތަކީ ބަލިޖެހުނު މީހުނާ, ޝައްކުކުރެވުނު މީހުނާ އެމީހުނަށް އެހީތެރިވާންތިބި މެޑިކަލް މީހުނަށް މާސްކު ދެމުން ދިޔައީ. މިހާރު ޗައިނާއިން އެވަނީ ބަލި ކޮންޓްރޯލްވެފަ.ދަރިންނޭ ހޭއަރާބަލަ.
ބުރޯ.
10 March 2020
ބަލިވިއަކަސް ނުބުނަންޏާ ސޭފްޓީއާ އެކީ ވޯރކް ކުރުންތަ ރަނގަޅީ ނޫނީ ވާނެ އެއްޗެއް ވީމަ ބަލިމީހާ އައް މާސްކް ދިނުންތަ ރަނގަޅީ
ހޭބަލިމިތުރު
10 March 2020
ބޭފުޅާ ވީޑިއޯތަކުންވެސް ނުފެންނަނީތޯ ޗައިނާގަ ޑްރޯންބޭނުންކޮއްގެންވެސް ގޭންބޭރުގައުޅޭމީހުނައް މާސްކްއަޅަން އެންގިމަންޒަރު. މިބަލިޖެހިފަހުރިމީހާއެކަނި މާސްކްއަޅުވަން ޖެހުނީމަ ވާގޮތަކީ އޭނަޔައްބަލިޖެހިފަހުރިކަން އެގޭއިރު އޭނަގެސަބަބުން އެތައްބަޔަކައްއޮންނަނީ ވައިރަސްއަރާފަ. މީގެން ސަލާމަތްވާނީ ބޭރައްނިކުންނަ އެންމެންވެސް މާސްކްއަޅައިގެން.
ޙަސަން އަޙްމަދު
10 March 2020
އިޓަލީ ފަތުރުވެރިޔާ ގައުމަށް ގޮސް ދިވެހި ސަރުކާރަށް ހަގީގަތް އެންގިކަން އެއީ ވަރަށް ބޮޑު ނަސީބެއް. އެމީހާއަށް ހެޔޮ ވިސްނުން ދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަން ޖެހޭ. އަދި އެމީހާގެ ޒިންމާދާރުކަމަށްޓަކައި އޭނައަށް ވެސް ޝުކުރު އަދާކުރަން ޖެހޭ.
ނޫން
10 March 2020
ދިވެހި ސަރުކާރަކަށް ނޫން. ގެސްޓުމީހާ އެންގީ ރިސޯޓަށް
ނިވިނިވާ
10 March 2020
ރިސޯޓަކަށް ނޫން. އޭޖަންޓަށް
އަހުމަދު ޢަލީ
10 March 2020
ކޮބާ.ކޮބާ.މިއީ މަ ބުނިތަނުގަ ޖެހިފައި މިއޮތީ.މި ރިސޯޓުގައި ތިބި މުވައްޒަފުންގެ ކަންބޮޑުވުމަކީ ބޭނުންވާ ވަރަށް ސެނިޓައިޒާއާއި އަނގަމަތި ނިވާކުރާ މާސްކު ނެތުން.މި ކަމަމަށް ނޫންތަ ފުރަތަމަ އެންމެ އިސްކަމެއް ދޭންވީ.
ައަހުމަދުއަލޯ
10 March 2020
ކޮންތާކު ޖެހުނީ؟. ބަލީގެ އަލާމާތް ނުފެންނަ މީހުން މާސްކުއަޅައިގެން ވާކަމެއް ނެތޭ ދުވާލު ދެއިރަށް އެގޮވަނީ...
ޢެހެންތަ ހީވަނީ
10 March 2020
ބަލީގަ އަޅާމާތް ނުފެނުނަސް މާސްކު އަޅަންޖެހޭނެ ބަލީގެ ވައިރަސް ހުރި މީހެއްކަން ނޭގިމުއާމަލާތް ކުރަން ޖެހިދާނެ . އެގިގެންބާ ކުރިމަތި ލެވި މުއާމަލާތަށްކުރެވުނީ . ސަލާމަތަށް މާސްކު އެޅުން ރިސޯޓް މުއައްޒަފުންނަށް ވަރަށްމުހިއްމު މުއްސަދިންގެ ރިސޯޓްތަކުގަ މަސައްކަތް ކުރާނެތި ރައްޔިތުމީހާއަށް ކޮންމެ މުއައްޒަފަކަށް ވެސް ސެނިޓައިޒަރ ފުޅިއެއް ހަވާލު ކޮއްފަ ހުންނަށް ޖެހޭ . އެފަދަޑޭންޖަރޒޯނެއްގަ މަސައްކަތް ކުރާބަޔަަށް . .