ޚަބަރު / ދިވެހި ސަރުކާރު

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ ފަހަރަށް އިއުލާންކޮށްފި

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރައްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އިއުލާނުކޮށްފި އެވެ.

ދަރުބާރުގޭގައި އޮތް ޕްރެސް ބްރީފިންއެއްގައި އަމީން، އެކަން އިއުލާންކުރެއްވީ މިހާރު ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްއާ ގުޅިގެންނެވެ.

އަމީން ވިދާޅުވީ މިވަގުތު އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އޮންނާނީ 30 ދުވަހަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމަށް ދެކިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިއީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާވާ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ޖުލައި 2012 ގައި އަމަލްކުރަން ފެށި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުން ސިއްހީ ކުއްލި ހާލަތު އިއުލާންކުރި އިރު، ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮޑިވް-19 ބަލީގެ އަށް މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ. އެކަމަކު އެ އެންމެންނަކީ ވެސް ތަފާތު ތިން ރިސޯޓަކަށް ނިސްބަތްވާ ބިދޭސީންނެވެ.

ކޮޑިވް-19 އަށް ޝައްކުވެގެން މިހާތަނަށް ޓެސްޓްކުރި އެއްވެސް ދިވެއްސެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްހަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކޮށްފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

ގާނޫނުގެ ދަށުން އެޅޭނެ ބައެއް ފިޔަވަޅުތައް

- ބައްޔަކުން ރައްކާތެރިވާން ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.

- ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުން ހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.

- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމުގެ އަމުރު ނެރުން

- ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުން.

- ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.

- އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކަށް ވަނީ ބޮޑެތި ނުރައްކާތަކެއް، ސިއްހީ ގޮތުންނާއި އިގުތިސާދީ ގޮތުން ކުރިމަތިވެފަ އެވެ. ޗައިނާގެ ވޫހާން ސިޓީން، މިދިއަ ޑިސެމްބަރު މަހު ފުރަތަމަ ފެތުރެން ފެށި މި ވައިރަސް، ޗައިނާގައި ގާތްގަނޑަކަށް ކޮންޓްރޯލް ވެއްޖެ އެވެ. އެކަމަކު ސިއްހީ ބައެއް ތަޖުރިބާކާރުން ލަފާކުރި ގޮތަށް، މިހާރު މި އޮތީ އެހެން ގައުމުތަކަށް ކުރިމަތިވެފަ އެވެ.

މި ވަގުތު އެންމެ ބާރަށް ވައިރަސް ފެތުރި، ކޮވިޑް-19 ގެ ބަލިމީހުން ގިނަވަމުން ދަނީ އިޓަލީ އާއި އެމެރިކާގަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 60 މިލިއަން މީހުންގެ މުޅި އިޓަލީ މިހާރު ވަނީ ބަންދުކޮށްފަ އެވެ. އާންމުން ގެއިން ބޭރަށް ނުކުތުން މަނަ އެވެ.

އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މަގުތަކަށް ސިފައިން ވެސް ނެރެފަ އެވެ.

ރާއްޖެއަށް އޮތް ނުރައްކަލަށް ބަލާފައި

އަމީން ވިދާޅުވީ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ރާއްޖޭގައި ކޮރޯނާވައިރަސްގެ ކޭސްތައް ގިނަވުމުގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށެވެ. ނަމަވެސް ވަށައިގެންވާ ގައުމުތަކުގައި، ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ދަށަށް ދިއުމާއި ބައްޔާ ގުޅޭ ކަންކަން ވަމުން ދާ ގޮތާއި އޭގެ ނުރައްކާ ރާއްޖެ އަށް ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި ހާލަތުގައި އަންމު ސިއްހަތް ރައްކާތެރިކުރަން، ގާނޫނުގެ ތެރެއިން އަވަހަށް ކަންކަން ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ގާނޫނެއް އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މުހިންމު ބާރުތަކެއް ލިބޭ. އަދި ގާނޫނީ ގޮތުން ޒިންމާކުރުމުގެ ބާރުތައް ލިބޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތްވާށާއި އަޅަން ޖެހޭ ފިޔަވަޅުތަކަށް ވަރަށް މަތީ ފެންވަރުގެ ފަންނީ ލަފަޔާއި ރާއްޖޭގައި ތިބި ސިއްހީ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އަދި ފިޔަވަޅުތައް އަޅަމުން ގެންދަނީ މީގެ ކުރިން ރާއްޖެ ކުރި ތަޖުރިބާތަކަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވި ގޮތުގައި ދުނިޔޭގައި ވައިރަސް ފެތުރޭ ނިސްބަތަށް ބަލާއިރު އެއީ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން އެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރެމުން ދަނީ އެކި ގައުމުތަކުގައި އެކި ވަރަށެވެ. އެ ހިސާބުތަކަށް އިޝާރަތްކުރައްވާ އަމީން ވިދާޅުވީ ޔޫރަޕްގައި ފެތުރޭ ވަރަށް ވުރެ އޭޝިއާގެ ގައުމުތަކުގައި ފެތުރޭ މިންވަރު ދަށް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް އެ ނުރައްކަލުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށާއި ފިޔަވަޅުތައް އަޅާނީ އެ ހުރިހާ ކަމަކަށް ވިސްނާފައި ކަމަށް ވެސް، ގަޑިއެއްހާ އިރަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އަމީން ވިދާޅުވި އެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލްއަށް ބޮޑު ބާރުތަކެއް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާށާއި އެކަމާ ބެހޭ ގޮތުން އަޅާ ފިޔަވަޅުތައް ކަނޑައަޅައި އެކަން ހެލްތު މިނިސްޓަރު އަމީނަށް ދެންނެވުމުގެ ޒިންމާ މިހާރު އޮންނާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރަށެވެ. އޭނާ އަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަމީން އިއުލާންކުރެއްވި އިރު އޭނާގެ އަަރިހުގައި މައިމޫނާ އިންނެވި އެވެ.

އޭނާއަކީ ޕަބްލިކް ހެލްތު ދާއިރާ އާއި ހެލްތު މިނިސްޓްރީގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"މައިމޫނާގެ ވަރަށް ގިނަ މައުލޫމާތު ހުންނާނެ. ހާލަތު އެނގޭނެ. އެކުގައި އުޅޭ މީހުން ދައްކާ ވާހަކަ އަޑުއަހާނެ،" މަޑުމައިތިރި، ބަސް މަދު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައިމޫނާއާ ބެހޭ ގޮތުން، އޭނާއާ އެކު ކުރިން މަސައްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ސިއްހީ ކުއްލި ބޮޑެތި ހާލަތުތައް މީގެ ކުރިން ވެސް ރާއްޖެއަށް ކުރިމަތިވި އެވެ. އެގޮތުން 78-1977 ގެ ކޮލެރާ އާއި 1982 ގެ ޝިގެއްލާ ބޭރަށް ހިންގުން، އެންމެ ނުރައްކާތެރި ހާލަތްތަކުގެ ތެރޭގައި ހިމެނޭނެ އެވެ. މި ދެ ބޭރަށް ހިންގުމުގައި ރާއްޖެ އިން 350 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށްވެ އެވެ.

މި ބޭރަށް ހިންގުންތަކާ ގުޅިގެން އޭރު ވެސް ގައުމީ ފެންވަރެއްގައި ބޮޑެތި ފިޔަވަޅުތައް އެޅި އެވެ.

މި ފަހުގެ ތާރީޚެއްގައި ބައްޔެއްގެ ސަބަބުން އާންމުންނަށާއި ސިއްހީ ދާއިރާއަށް ބިރު ބޮޑުވެ، ހާސްކަމުގެ ތެރެއަށް ވެއްޓުނީ 2017ގެ ސްވައިން ފުލޫ އާއި 2018 ގެ ކުރީކޮޅު ފެތުރުނު އިންފްލުއެންޒާ ރޯގާގެ ސަބަބުންނެވެ.

64 ކޮމެންޓް, 211 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 79%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑހދހދ

12 March 2020

ޢެ ފިތައް ނުފިތަ ވޭ ތޯ ވަރަށް މަސައްކަތް ކޮއްފި. ޢެކަމު އޮބި ނޯނަން ހިސާބައް ދިޔައީމަ އެ ފީތީ. ދެން އަލީ ވަހީދެއް އުއްޗު އެއް އެހެން މޖނިސްޓަރ އެއް. މަޖިލީހެއް ޑިފެނަސެއް ޝަރީފެއް ނޯންނާނެ. ޞުނާ ގޮތް ހަދަން ޖެހޭނީ. ބަންދު ކުރީމަ ބަންދުވީ. ޥަކިމީހަކށް ވީ ތީ ނުހުޅު ވޭނެ.

The name is already taken The name is available. Register?

ފަލަސުރުހީ

12 March 2020

މިނިސްޓަރު އަމީންގެ މަސައްކަތަށް ސާބަސްދެން

The name is already taken The name is available. Register?

މުހަންމަދު

12 March 2020

މިފަދަވަގުތެއްގައި 24 ގަޑިއިރަށް ފިހާރަތަށް ބެހެއްޓުމަކީވެސް އެހާ ތައްކާތެރި ކަމެއް ނޫން . ގިނަވަގުތު ގޭގަ ތިބުން ރައްކާތެރީ ވުމާއެކު ވަގުތީގޮތުން ކެފޭތަކާ ފިހާރަތައް 12 ގެ ފަހުން ބަންދު ކުރުން ރަނގަޅު ކަމުގައި ދެކެން

The name is already taken The name is available. Register?

5522

12 March 2020

ކާޕެޓާގުޅޭ ހަބަރުގަވެސް މީހުން ކޮންމެންޓްކޮށްފަ އެހުރީ ބޮންދުން ރޯގާ ކަޕެޓުގަ ފޮޅާވާހަކަ..އެމހުންނަށް ސާފުވާން އަންގަންއެބަޖެހޭ މިމާލެ ކޮންމެ ދިވެއްސަކށް 10 ބޮންދު ން އެބައުޅޭ..

The name is already taken The name is available. Register?

442އ

12 March 2020

އިދާރާތައް އެއްކޮށްގެން މިއުޅޭ ބަންގާޅިންނަށް ސާފުތާހިރުވާން ދަސްކޮށްދޭ ސެޝަނެއް ހިންގަބަލަ ޕްލީޒް..އެމީހުންނަށް އެންމެ ކުޑަމިނުން މަގުގަ ހިނގާނެގޮތްވެސް ދަސްކޮށްދޭންޖެހޭ

The name is already taken The name is available. Register?

ޑިކްޓޭޓަރ ހުސެން ހަލީމް

12 March 2020

ތިހާލަތު އިއުލާން ކުރީމަ ވާންޖެހޭގޮތެއް، ވާގޮތެއް ކޮންމެސް މީހަކު ނިކަން ކިޔައިދީބަލަ!!!

The name is already taken The name is available. Register?

ނިރު

12 March 2020

އަމާބުނީތީ ފަރަށް ދާ ގޮތަށް ކަންތައް ކުރީމަ ކަމަކު ނުދާނެ. ޤައުމަށް އިންޑިއާ އިން ނާ އެކި ހިސާބު ތަކުން މީހުން އެ އޮތް އަންނަނީ ،ފުރަތަމަ އެކަން ހުއްޓުވާބަލަ.

The name is already taken The name is available. Register?

މަޖިލިސް

12 March 2020

ތިޕުރެ ސް ކޮންފަރެންސުން އަލީ ވަހީދު ފެންނަން ނެތީމަ އުފާވެއްޖެ.

The name is already taken The name is available. Register?

ސިމްޕަލް

12 March 2020

ދެ ބޭފުޅުންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަން. ކޮންމެ ދުވަހަކު ހާލަތު ބަދަލުވަމުންދާ މިދަޑިވަޅުގައި، އެންމެ ބުރަކޮށް މަސައްކަތް ކުރައްވާނެ ބޭފުޅުންގެ ތެރޭގައި ހިމެނޭނެ މިނިސްޓަރާއި ޑިރެކްޓަ ޖެނެރަލް ޕަބްލިކް ހެލްތް. އަދި ފަރުދާގެ ފުރަގަހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ ކަން ޔަގީން. ތިޔަ ބޭފުޅުންގެ މިންނެތް މަސައްކަތުން އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މިގައުމު ސަލާމަތްވާނެ.

The name is already taken The name is available. Register?

ސާރާ އިސްމާއީލް

12 March 2020

ކޮންމެވެސް ވަރަކަށް އަޑުއަހަން އަދި އަޑުއިވޭ ކޮންމެދުވަހަކުމެ އަމީން އުޅުއްވާ ގޮތް. ފާހަގަވޭ ކިހާ މަސައްކަތެއްކަން ތިޔަ ކުރައްވަނީ ކަންކަން ހިކްމަތްތެރިކޮށް ކުރިޔާލާ ކުރަން. އިލްމީ ގާބިލް ނަތީޖާ ނެރެން މަޖުބޫރު ކުރވާ މިނިސްޓަރުންގެ ތަފާތު މިއީ. ޝުކުރިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454