މާލެ: މާޗް 3، 2020- މުޅި ދުނިޔެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
15 މާޗް 2020 - 23:11
އަނަންތަރާ ދިގުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާ އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ހުޅުމާލޭގައި ހުއްޓާ، އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން ފަރުކޮޅުފުށްޓަށް ގެންގޮސް ކަރަންޓީނުކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އަނަންތަރާ ދިގުގެ ޕޮޒިޓިވް ކޭހާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާގެ ގައިން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެކަަމަކު އޭނާ ހުރީ ކޮންތަނެއްގައި ކަމެއް އޭރަކު ނުބުނެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އަނަންތަރާ ދިގުގެ ދިވެހި މުވައްޒަފު ހުރީ ހުޅުމާލޭގައި ކަަމަށެވެ. ނަމަވެސް އޭނާ ހުޅުމާލޭގައި ހުރި ހުރުމާ ގުޅިގެން، އޭނާ ހުރި ތަނާ މެދު ވަކި ގޮތަކަށް ފިޔަވަޅު އަޅާފައިވާކަން ނުވަތަ ނޫން ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެކަމާ ގުޅިގެން ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެެ.
ރާއްޖޭން ކޮވިޑް-19 ޖެހުނުކަން އެންމެ ފަހުން އެނގުނީ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ދަތުރުކުރަމުން އަންނަ "އައިލެންޑް ސަފާރީ1" ގައި ތިބި ދެ ޓޫރިސްޓަކަށެވެ.
އެ ދެ ޓޫރިސްޓުން ބައްޔަށް ޕޮޒިޓިވް ވުމާ އެކު ރާއްޖޭން ކޮވިޑް-19 ޖެހުުނު މީހުންގެ އަދަދު މިއަދު ވަނީ 13 އަށް އަރައިފަ އެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންގެ ހާލު ވެސް އަދި ރަނގަޅެވެ. ހާލުބޮޑުވި މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބަލް ކަަމަށް އެޗްޕީއޭއިން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭރިދި
16 March 2020
ކެނެރީގޭ މުހައްމަދު ނަޝީދުއާ އަލީ ވަހީދުމެން މިކަން ޑައުންޕްލޭ ކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މިކަން ނިމޭ ދުވަހަކުން ކަލޭމެން އަމީނަށް ކުރި ޖެއްސުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި ލަސްކުރި ކުރުން ބެލޭނެ އަދި ފިޔަވަޅުވެސް އަޅާނެ.
ހޭލާ
16 March 2020
ރާއްޖެއަށްވެސް މިވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ވީ ގޮތެވެ. ފުރަތަމަކޮޅުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފަހަށް ޖެހުނީއެވެ. އެންމެ ފުރަތަމަވެސް ރިސޯޓްތަކުން އެއްވެސް މީހަކަށް އެއްވެސް ރަށަކަށް ނުދެވޭގޮތް ހަދަން ޖެހެއެވެ. އަދި މާލޭ އޭރިޔާއަށް ގެސްޓުން އައުން ހުއްޓުވަން ޖެހެއެވެ. ރިސޯޓްތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހެއެވެ. ޑައިރެކް ކޮންޓެކްޓްވި މީހަކު ކަރަންޓީނު ނުކޮށް ދޫކޮށްލުމަކީ ވަރަށް ދެރަކަމެކެވެ.
ާއުނިމާ
16 March 2020
ރާއްޖެއަށް ކޮވިޑް އަންނާނޯ، މީހުންނަށް ޖެހޭނޯ، މީހުންމަރުވެސް ވާނޯ...ދެން ރައްޔިރުން ނިކުމެ ހަލޭފަޅޭ ލަވަންފެށީމާ އިމަރޖެންސީ މި އިއުލާންކުރީ، އަދިވެސް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ! މީ ރެޑް ޒޯންނަކަށް ބަލާފާ ކުރިޔަށް އޮތް 1 މަސްތެރޭ އެންމެ ވަރުގަދަ ދިޔަވަޅުތައް އެޅިއްޔާ ނޫނީ މިކަމުން ސަލާމަތް ވާނެގޮތެއްނެތް! ޓުއަރިސްޓުން އައުން މޫނެއް ކަދުރާއެއްނުބަލާ މަނާކުރަންވީ، ނޫނީ ފަހުން ހިތާމަކުރަންޖެހޭނެ
12345
16 March 2020
މި ގައުމު ނެތިފަނާވާން ދޫކޮށްލައިގެން ތިބި މީހުނަށް ތަހުނިޔާއާއި އައްސަރިބަހާ ސާބަސް.
ކޮންޓެކްޓް ޓްރޭސަރ
16 March 2020
ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން މިވަނީ ބަލީގެއަލާމާތްތައް ފެނުމުން. މިވަރުގެ މޮޅުބަޔަކު އުޅޭނެތަ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ޑައިރެކްޓް ކޮންޓެކްޓްވާ މީހުން ޓްރޭސްކޮށް، އައިސޮލޭޓްކޮށް، ޓެސްޓްކުރަމުންދަނީ. ރާއްޖޭގައި ބަލީގެ އަލާމާތް ނުފެންނަންޏާ ބަލިފެތުރޭކަމަށްވެސް ގަބޫލެއްނުކުރޭ، ބޯހަލާކު!
ކޮންޓޭ
16 March 2020
އޭނާމާލެ އާދެވުނީ ކީއްވެ. ޓެސްޓްހެދޭހިސާބުން ކޮންޓެކްޓް ޓްރޭސިން ހެދިއެމީހުން އެކަހެރި ޖުރަން ޖެހޭ. ޕޮޒިޓިވް ވޭތޯ ބަލަން ރައީސް އޮފީސް ތެރޭތިބެން ވީ އަކީ ނޫން.
ހައު
16 March 2020
ރިސޯރޓް ލޮކްޑައުންގަ އޮއްވާ އޭނަ ހުޅުމާލެއަށް އައީ ކިހިނެތް. ތިޔަ ހަދާ ލޮކްޑައުންތަކާ، ތިޔަ ހަދާ އައިސޮލޭޝަންތަކާ، ތިޔަ ހަދާ ކަރަންޓީނުތަކުގެ އެއްވެސް ބޭނުމެއް ނެތެއްނު. ތިޔަށްވުރެ ހަރުދަނާކޮށް ތިޔަކަން ކޮށްބަލް ނިކަން.
ސަންޕަދަރި
15 March 2020
ކޮބާ އަދިވެސް ޗައިނާގެ ލަފާ ހޯދާކަށް ނުވޭތަ? ކޮންޓެކްޓް ޓްރޭސް ކުރަން ޗައިނާގެ ލަފާ ހޯދަންޖެހޭ ހިސާބައް މިއޮއްދަނީ.
ޒަންޖަބީލް ގެ އޮޑި
15 March 2020
މަހާ ކާއްޓާއޭ ކިޔަންވީނުދަޯ...އެމީހާ ހުރިތަނެއް ހިސާބެއްވެސް ބުނެވެނީކިނޫން...މި ރޯގާ ފެތުރިގެން ނޭފަތުކުރިޔާ ހަމަޔަށް އެރިއްޔަާ ނޫނީ އެއްކަމެއްވެސް ހުއްޓުމަކަށް ނުގެންނާތި....ބަޔަކަށް ރައްކާތެރިކަން ދެވޭނީ ތިވަރަށް...
ގޯސް
15 March 2020
ހެޔޮނުވާނެ މިވަގުތަށް ޓޫރިސްޓުން އައުންމަނާކޮށްބަލަ. ޢޮންއެރައިވަލް ވިސާ ނުދީބަލަ
ާއުނިމާ
16 March 2020
ތިޔަހަދާ ޓްރޭސިންނަކުން ވާކަމެއްނެތެއްނު، ކޮވިޑު އެތެރެވަމުންދާ ދޮރު ބަންދުނުކޮށް މިކަން ކޮންޓްރޯލު ނުކުރެވޭނެ