ޚިޔާލު

މި ދަނޑިވަޅު ރާއްޖޭގައި އެމެރިކާ ޑޮލަރު ހިފެހެއްޓުން މުހިންމު

ދޮޅު މިލިއަން ވަނަ ޓޫރިސްޓަށް މިދިއަ އަހަރު ރާއްޖެއިން މަރުހަބާ ކިޔަނީ: ރާއްޖެއަށް ވަންނަ ޑޮލަރުގެ 82 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމުން - ފޮޓޯ: ނިޝާން އަލީ/މިހާރު

އަބްދުލް ހަލީމް އަބްދުލް ލަތީފް

18 މާޗް 2020 - 10:28

17 comments

ދިވެހިރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ރޭވިފައިވާ ގޮތުންނާއި، ތޮބީއީ ގޮތުން ހުރި ބައެއް ގޮންޖެހުންތަކެއްގެ ސަބަބުން، ކާބޯތަކެއްޗާއި، ތެލާއި، ދަތުރުފަތުރުކުރުމާއި، އަދި ރާއްޖޭން ބޭރުމީހުން އެމީހުންގެ ވިޔަފާރީގެ ފައިދާ އާއި އުޖޫރައަށް ވާ ފައިސާ ބޭރަށް ގެންދިއުމަށާއި، މި ނޫން ވެސް އެހެނިހެން ކަންތައްތައް އެކުލެވޭ ގޮތުން، ރާއްޖޭގައި ޑޮލަރަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑެވެ.

މިގޮތުން ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ރާއްޖޭން ބޭރަށް ފޮނުވިފައިވާކަން އަޅުގަނޑަށް އަންދާޒާ ކުރެވެ އެވެ. އަޅުގަނޑުގެ އަންދާޒާގެ އަސްލަކީ، އެމްއެމްއޭއިން އާއްމުކޮއްފައިވާ ތަފާސްހިސާބުތަކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅުގަނޑުމެންގެ އިގްތިސޯދަށް އަސަރުކުރާނެކަމާ މެދު ޝައްކެއް ނެތެވެ. އަދި މިފަދަ ޝޮކްތަކަކީ، ގުޅިލާމެހިފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެން ތަހައްމަލުކުރަން ޖެހޭ ކަންތައްތަކެކެވެ. ފާގަތި ދުވަސްތަކާއި، ހަރީފުގެ ދުވަސްތަކަކީ ދުނިޔޭގެ ހަގީގަތެވެ. އަޅުގަނޑުމެން ތައްޔާރުވާ މިންވަރަކުން، މި ފަދަ ހަރީފުގެ ދުވަސްވަރުގައި ވެސް، ލިބޭ މިންވަރުން ފުއްދާލައިގެން ހަމަ ސާދާސީދާ ގޮތުގައި، ތަހުޒީބު މުޖުތަމައެއް ގޮތުގައި، ކުރިއަށް ދާނެ އެވެ.

މިއީ ދިވެހިރާއްޖެ އެވެ. ކޮވިޑު-19ގެ ސަބަބުން، އަޅުގަނޑުމެންގެ ގުދުރަތީ ވެއްޓަކަށް އަންނާނެ ބަދަލެއް ނެތެވެ. މި ގައުމުގައި ތިބި ޒުވާން އާބާދީ އާއި އެ އާބާދީގެ ހުނަރުވެރިކަމާއި، މި ގައުމުގައި އުމްރާނީ ގޮތުން ގާއިމްކޮށްފައިވާ ދައުލަތާއި އަމިއްލަ ފަރުދުންގެ އެތަކެއް ބިނާތަކާއި، މި ގައުމުގެ ރައްޔިތުންނަށް ލިބިދޭ އިޖްތިމާއީ ރައްކާތެރިކަމާއި މިކަން ކަމަކީ މި ގައުމުގެ ރައުސްމާލެވެ. ކޮވިޑު-19ގެ ސަބަބުން މި ހަގީގަތްތައް ބަދަލެއް ނުވާނެ އެވެ.

އަޅުގަނޑުމެން ހަމަ ތައްޔާރުވާންވީ އެވެ. އިންތިޒާމު ކޮށްލަންވީ އެވެ. ދެންވެސް ކުރެވެން އޮތީ ކޮން ކަމެއްތޯ ބަލައިލަންވީ އެވެ. މި މަޒުމޫނުގައި އަޅުގަނޑު މި ނަޒަރު ހިންގާލަނީ ދިވެހިރާއްޖޭގައި ޑޮލަރު ރޯލުވާ ގޮތުގެ މައްޗަށެވެ.

ރާއްޖޭގެ އިގްތިސާދުގައި، ރާއްޖޭން ބޭރުން އެތެރެކުރާ މުދަލަކީ ވަރަށް ބޮޑު ބައެކެވެ. ރާއްޖޭގައި ތަކެތީގެ އަގަށް ބަދަލު އަންނަނީ ބޭރުން މުދާ ގަންނަން ލިބޭ އަގާ ގުޅިގެންނެވެ. ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގައި ރާއްޖޭގައި ބޭނުންކުރަނީ އެމެރިކާ ޑޮލަރެވެ. އެހެންކަމުން ޑޮލަރު ރޯލްވާ ގޮތަށް ބަލާލުމުން އަޅުގަނޑުމެންނަން މި ދަނޑިވަޅުގައި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ފެނެ އެވެ.

ރާއްޖެ އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު

ރާއްޖޭގައި އަމިއްލަ ފައިސާއެއް ގެންގުޅުނު ކަމަށް ވިއަސް، އިގްދިސާދީ ހަރަކާތްތައް ކަމަށްވާ ޓޫރިޒަމާއި އިމްޕޯޓް ކުރުމުގައި ބޭނުން ކުރަނީ ޑޮލަރެވެ. ކާބޯތަކެއްޗައި، ތެލާއި، ހަރު މުދަލާއި މިފަދަ ތަކެތި ގަންނަން 2019 ގައި 2.9 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ދަތުރުފަތުރާއި މުދާ އުފުލުމުގެ ބޭނުމަށް 1.3 ބިލިއަން ޑޮލަރު ހޭދަވި އެވެ. އެހެންކަމުން ޑޮލަރު ބޭނުން ކުރާ އަދަދަށް ބަލާއިރު، 80 ޕަސެންޓް ހޭދަކޮށްފައި ވަނީ ކާބޯތަކެއްޗައި، ތެލާއި، ހަރު މުދަލާއި ދަތުރުފަތުރުގެ ބޭނުމަށެވެ. ފާއިތުވި އަހަރުތަކުގައި، މިނިސްބަތް ހުރީ އެގޮތަށެވެ.

ރާއްޖެއަކީ ކާބޯތަކެތި ބޭރުން އެތެރެކުރާ ގައުމަކަށް ވުމާއި، ދަތުރުފަތުރާއި، ކަރަންޓް އުފެއްދުމުގެ ބޭނުމަށް ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލަކީ މީގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ދެ ދާއިރާ އެވެ. ކާބޯތަކެއްޗަށް މިދިޔަ އަހަރު 546 މިލިއަން ޑޮލަރު އަދި ތެލަށް 465 މިލިއަން ޑޮލަރު، ނުވަތަ މުޅި ޖުމްލަ 1 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ފެނެ އެވެ. އެހެންކަމުން، ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ ގަތުމަށް އެކަނި މަހެއްގެ މައްޗަށް 84 މިލިއަން ޑޮލަރު ބޭނުން ވާނެ ކަމަށް ލަފާކުރެވެ އެވެ.

ދެން އޮތީ ދަތުރުފަތުރާއި، މުދާ އުފުލުމާއި، އެފަދަ ހިދުމަތްތަކަށް ބޭނުންވާ ޑޮލަރެވެ. އެ ކަންކަމަށް 1.3 ބިލިއަން ޑޮލަރު ހޭދަވި އިރު އޭގެ ތެރެއިން ބޭރަށް ކުރާ ދަތުރުތަކަށް ފާއިތުވި ފަސް އަހަރު އެވްރެޖްކޮށް 305 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ގްރާފް 1: ދަތުރުފަތުރުގެ ބޭނުމަށް ޑޮލަރުން ކުރާ ހޭދަ (މިލިއަން ޑޮލަރުން)

ބޭރުގެ ވިޔަފާރިވެރިން ވިޔަފާރީގެ ފައިދާގެ ގޮތުގައި 2019 ގައި ބޭރު ކޮއްފައިވާ ޑޮލަރުގެ މިންވަރު 551 މިލިއަންއަށް އަރަ އެވެ. ބިދޭސީން މުސާރަ އާއި އުޖޫރައިގެ ގޮތުގައި ބޭރުކޮށްފައިވާ ޑޮލަރުގެ އަދަދަކީ 593 މިލިއަން ޑޮލަރެވެ. އެހެންކަމުން އެ ދެ ބަޔަކަށް ރާއްޖެ އިން އެ ބޭރުކުރީ 1.1 ބިލިއަން ޑޮލަރެވެ.

ގްރާފް 2: ވިޔަރާރީގެ ފައިދާ އަދި މުސާރަ އާއި އުޖޫރައިގެ ގޮތުގައި ބޭރުކުރާ (މިލިއަން ޑޮލަރުން)

ރާއްޖެއަށް އެމެރިކާ ޑޮލަރު ވަންނަ ގޮތް

ރާއްޖެއަށް ޑޮލަރު ވަންނަނީ، ފަތުރުވެރިކަމުގެ ސިނާއަތުންނާއި، އެ ސިނާއަތާ ގުޅިފައިވާ އެހެނިހެން ވިޔަފާރިތަކާއި، ރާއްޖޭން އެކްސްޕޯޓް ކުރާ މުދަލާއި، އެ މުދާ އުފުލުމާ ގުޅޭ ވިޔަފާރިތަކުންނެވެ. މީގެ އިތުރުން، ރާއްޖޭގައި ވިޔަފާރި ހިންގުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ގެންނަ ފައިސާ އާއި، ދިވެހި ސަރުކާރުން ދަރަނީގެ ގޮތުގައި ނަގާ ފައިސާ އާއި، މާލީ އިދާރާތަކުންނާއި އެހެނިހެން ފަރާތްތަކުން ރާއްޖެއަށް ގެންނަ ފައިސާ ރާއްޖެއަށް ލިބޭ ޑޮލަރުގެ ގޮތުގައި ހިމެނެ އެވެ.

ވިޔަފާރީގެ ބޭނުމަށް ގެންނަ ފައިސާ އާއި ދަރަނީގެ ފައިސާ ފަދަ މިބާވަތުގެ ފައިސާ އަކީ، އަނބުރާ ދައްކަން ޖެހޭ އެއްޗަަކަށް ވުމުގެ އިތުރުން އެއީ އަބަދުމެ ރޯލުވާ ފައިސާއެއް ވެސް ނޫނެވެ. މި މަޒުމޫނުގެ މައުލޫގައި މިފަދަ ފައިސާގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ނުދެކޭތީ، އެ ފައިސާ ވާނީ އިސްތިސްނާ ކޮށްފަ އެވެ

ރާއްޖެއަށް 2019 ގައި ފަތުރުވެރިކަމުގެ ސިނާއަތުންނާއި، އެ ސިނާއަތާ ގުޅިފައިވާ އެހެނިހެން ވިޔަފާރިތަކާއި، ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލާއި، އެ މުދާ އުފުލުމާ ގުޅޭ ވިޔަފާރިތަކުން ލިބިފައިވާ ކަމަށް އަންދާޒާ ކުރެވެނީ 3.8 ބިލިއަން ޑޮލަރެވެ.

ހަމައެކަނި ފަތުރުވެރިކަމުން ލިބުނު އެމެރިކާ ޑޮލަރުގެ އަދަދަކީ 3.1 ބިލިއަން އެވެ. އެހެންކަމުން ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖެއަށް މުދަލާއި ހިދުމަތް ވިއްކައިގެން ލިބޭ އެމެރިކާ ޑޮލަރުގެ 82 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ވީމާ މި ސިނާއަތަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ލިބޭ ޖުމްލަ ޑޮލަރުގެ އަދަދަށް ކުރާނެ އެވެ.

ގްރާފް 3: ރާއްޖެއަށް ވަންނަ ޑޮލަރު އަދި ފަތުރުވެރިކަމުގެ ނިސްބަތް (މިލިއަން ޑޮލަރުން)

ރާއްޖެއިން ބޭރު ދުނިޔެ އަށް ވިއްކާ ތަކެއްޗާއި ހިދުމަތަށް ރާއްޖެއަށް ލިބޭ ޑޮލަރަށް ވުރެ ރާއްޖެއިން އެތެރެކުރާ ތަކެއްޗާއި، ބޭނުންކުރާ ހިދުމަތްތަކަށް ހަރަދު ކުރާ ޑޮލަރު ގިނަ އެވެ. އަދި މި ފަރަގު އަހަރުން އަހަރަށް ބޮޑުވަމުން ދާ ކަމަށް ވެސް ފެނެ އެވެ.

ޓޭބަލް 1: ލިބޭ ޑޮލަރާއި، ބޭރުކުރެވޭ ޑޮލަރުގެ މިންވަރު (މިލިއަން ޑޮލަރުން)

އެމެރިކާ ޑޮލަރަށް ރާއްޖެ ބަރޯސާ ވެފައިވާ މިންވަރުން، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް އަޅާ ކޮންމެ ފިޔަވަޅެއް ވާނީ، އިގްތިސާދަށާއި މާލީ ބާޒާރަށް އަންނާނެ ކުރިއެރުމަކަށެވެ. އަދި ހާއްސަކޮށް ކޮވިޑް-19އާ ގުޅިގެން އިގްތިސާދީ ގޮތުން އަޅުގަނޑުމެންނާ ކުރިމާތިލާނެ ހަރީފު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުން މި ދަނޑިވަޅުގައި ވަރަށް މުހިންމު ވެފައި ބޭނުންތެރި ވެސް މެ އެވެ.

މި ދަނޑިވަޅުގައި ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަކީ މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭންކްތަކުން ފޯރުކޮށްދޭ ހިދުމަތް ކުރިއަށް ގެންދަން ވެސް ލިބޭ އިތުރު ބާރެކެވެ. ޑޮލަރު ލިބުމުގެ ދަތިކަން ނެތިއްޖެ ނަމަ އަގުތައް ހިފެހެއްޓުމާއި، ބާޒާރުން މުދާ އަބަދުވެސް ލިބެން ހުންނަން މަގުފަހިވާނެ އެވެ.

ޒަރޫރީ ގޮތުން ބޭނުންވާ ކާނާ އާއި، ތެލާއި ހަކަތަ އުފެއްދުމަށް އަޅުގަނޑުމެން ހޯދަން މި ޖެހެނީ އަހަރަކަށް އެއް ބިލިއަން ޑޮލަރެވެ. މަހަކަށް އެވްރެޖް ކޮށް 84 މިލިއަން ޑޮލަރެވެ. ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު ފަސްކޮށްލަމާ ހިނގާށެވެ. މީގެ އިތުރުން، ވިޔަފާރީގެ ފައިދާގެ ގޮތުގައި ރާއްޖެއިން ބޭރަށް ގެންދާ ޑޮލަރާއި ބޭރުމީހުންގެ މުސާރަ އާއި އުޖޫރައިގެ ގޮތުގައި ބޭރުކުރާ ފައިސާ ވެސް، ކޮންމެވެސް ވަރަކަށް މި ދަނޑިވަޅުގައި ރާއްޖޭގައި ހިފެހެއްޓިދާނެ އެވެ. މިދިއަ އަހަރު މިގޮތުން ރާއްޖެއިން ބޭރަށް ގެންދިޔަ ޑޮލަރުގެ އަދަދަކީ 1.1 ބިލިއަން އެވެ. މިއީ ޒަރޫރީ ބޭނުންތަކަށް ދިވެހިރާއްޖޭއަށް އަހަރަކަށް ބޭނުވާ ޑޮލަރާ އެއްވަރުގެ އަދަދެކެވެ

ކާނާއި، ތެލާއި ހަކަތަ އުފެއްދުމަށް އަޅުގަނޑުމެންނަށް ބޭނުންވާ އެއް ބިލިއަން ޑޮލަރަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކަށާއި، ބޭރަށް ފޮނުވާ ވިޔަފާރީގެ ފައިދާ އާއި މުސާރަ އާއި އުޖޫރަ އަށް ކޮންމެވެސް އަދަދެއް ދުރާލާ ކަނޑަ އެޅިއްޖެ ނަމަ، އަޅުގަނޑުމެންގެ ވިޔަފާރި އާއި އިގުތިސާދުގެ ކަންތައްތައް މި ދަނޑިވަޅުގައި މިހާރަށް ވުރެ ވެސް ރަނގަޅަށް އިންތިޒާމުވެގެން ދާނެ ކަމަށް ދެކެމެވެ.

އެޑިޓަރުގެ ނޯޓު

އަބްދުލް ހަލީމް އަބްދުލް ލަތީފަކީ، ޕެންޝަން ފަންޑުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އިންވެސްޓްމެންޓް މެނޭޖްމަންޓާއި އިންވެސްޓްމަންޓް އޮފަރޭޝަންގެ ތަޖުރިބާގެ އިތުރުން ހަލީމު ވަނީ ބޭންކިން އިންޑަސްޓްރީގައި ޓްރެޒަރީ މެނެޖްމަންޓާއި، ކޯފަރޭޓް ބޭންކިންގައި މަސައްކަތްކޮށް ބޭންކިންގެ ތަޖްރިބާ ވެސް ހޯއްދަވައިފަ އެވެ. އޭނާ 2009 ގައި މާލީ އިންޑަސްޓްރީ އަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ ގައުމީ ޔުނިވަސިޓީގަ އެވެ. ހަލީމަކީ ޗާރޓަޑް މެނޭޖްމަންޓް އެކައުންޓަންޓެކެވެ. ހަލީމްއާ ގުޅުއްވަން ބޭނުންފުޅު ނަމަ [email protected] އީމެއިލް ކުރައްވާށެވެ.

17 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައިސޫރި

01 September 2020

ސާކުގައުމުތަކުގާވެސް އެއްގައުމުގެ ފައިސާ އަނެއްގައުމެއްގާވެސް ބޭނުންކުރެވޭގޮތައް ހުރިހާ ވެރިން މަސްވަރާ ކޮއްގެން ހަޖެއްސުން ވަރައްވެސްރަނގަޅުވާނެ

The name is already taken The name is available. Register?

އަހުމަދުބޭ

11 April 2020

ޑޮލަރ އެބަހިފަހައްޓަންޖެހޭ، އެކަމަކު ފެންނަ މަންޒަރަކީ ސަރުކާރުން މިކަމާ މާބޮޑު އަޅައިލުމެއް ނެތްކަން، ކުރެވިދާނެ ކަންކަން އެބަހުރި އެގޮތުން ޜާއްޖޭގައި އުޅޭ ހުރިހައި ބޭރުމީހުން ރަށަށް ފޮނުވަން ބޭނުންވާފައިސާގެ ތެރެއިން އެމީހުން ބޭނުންވަރަކަށް މިދުވަސްކޮޅު ފޮނުވުން ހިފެހެއްޓިދާނެ، ކޮންމެ އައިޑިކާޑަކަށްވެސް މުސާރާގެ ނިސްބަތުން ވަކިމިންވަރެއް ހަފްތާއަކު ފޮނުވޭގޮތް ހެދިދާނެ، މިގޮތުންވެސް މިލިއަން ޑޮލަރ މާކެޓްގައި ހިހެއްޓޭނެ،

The name is already taken The name is available. Register?

ޒިބްރާ

18 March 2020

ނުކައި ނުބޮއެ، ދަތުރުނުކޮށް، ބިދޭސީން ލައްވާ މަސައްކަތް ނުކުރުވާ ޑޮލަރު ރާއްޖޭގައި ހިފެހެއްޓިދާނެ. އެކަމަކު އެއީ އިގްތިސާދީ ޕްލޭނަކަށް ނުވާނެ. ޑޮލަރު ރާއްޖެއިން ބޭރުވާ މިންވަރަށް ވުރެ އިތުރަށް ލިބޭނެ ގޮތަކަށް އިގުތިސާދު ބައްޓަން ކުރަންވީ.

The name is already taken The name is available. Register?

ތެދުވެރިޔާ

18 March 2020

މަސްސަލައަކީ މިކަހަލަ ފީކަޅާ ސަރުކާރެއް އޮތީމަ ޑޮލަރުތަކަ ވާނެ ގޮތެއް ނޭގޭތީ

The name is already taken The name is available. Register?

ނޫނާ

18 March 2020

ޑޮލަރު އަގު ބޮޑުވީމަ އަހަރެމެންކަހަލަ އަމިއްލަ ވިޔަފާރިކުރާ މީހުނަށް ވަރަށް ގެެއްލުން. ދެންއިތުރަށް މުދާގަނެވޭނީ މިހާރު ވިއްކަންހުރި އެއްޗެހީގެ އަގު ބޮޑުކޮއްގެން. އެކީއްވެ؟ ޑޮލަރު ގަންނަން މީގެ ދެދުވަސްކުރިން ޚަަރަދުކުރިވަރަށްވުރެ މިއަދު ޚަރަދުކުރަންޖެހުނުވަރު މާބޮޑު. އަގުތައް ހިފަހައްޓަން ބޭނުމަސް ޑޮލަރުގެ އަގު އުފުލޭނަމަ ވިޔަފާރިވެރިޔާއަށް ޗޮއިސްއެއްނެތް. ނޫނީ ދެންޖެހޭނީ މުދާ ހުސްވެގެން ފިހާރައިގަ ތަޅުއަޅުވަން. ގެއްލުންވާނެ ދެކޮޅަށްވެސް

The name is already taken The name is available. Register?

ާއަލިފުލައިލާ

18 March 2020

މިއަދު ކަޅުބާޒާރުގަ ޑޮލަރުގެ އަގުހުރީ 17.20 މާދަމާ ސަތާރަ ބަޔައް ނާރާނުހުންނާނެ މިކަމުގަ ބޮޑު ދައުރެއް ބިދޭސިންގެ މަގުމަތީ ޑޮލަރު ވަގު ވިޔަފާރި ބީއެމްއެލް އޭޓީއެމް ކާރީ40 ބަންގާޅުން ޑޮލަރ ގަތުމުގަ ލަދެއްހަޔާތެއް ނުހުރޭ ބޭބޭ ޑޮލަރު ޗޭންޖު ކުރަނީ 16.80 ގަންނަނީ

The name is already taken The name is available. Register?

ގައުމީދޫ

18 March 2020

ޢެސްޓޯއޯއާއި ދިރާގު ޢެމެޑަބްލިއު އެސްސީ ފަދަ ބިޔަކުންފުނުތަކުން ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއި ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ގައުމުތަކުގައި އިންވެސްޓްކުރަން ވެއްޖެ. ޙަމަ އެކަނި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބަރޯސާވާނަމަ، ޓުއަރިޒަމް އަށް ބުރޫ އެރުމާއެކު ކުންފުނިތަށް ބިކަވެ ސަރުކާރަށް އާމްދަނީ ލިބުން ހުއްޓިދާނެ !

The name is already taken The name is available. Register?

ގައުމީދޫ

18 March 2020

ޑޮލަރު ހިފެހެއްޓަން ޖެހޭ . ބްލެކް މާރކެޓުން ބޮޑުތަނުން ޑޮލަރުގެ އަގު ބޮޑުކުރުންވެސް ހުއްޓުވަންޖެހޭ!

The name is already taken The name is available. Register?

ހައް ދުންމަތި

18 March 2020

ކޮބާހޭ ދަޑުވެރިކަމާބެހޭ މިނިސްޓަރު އަވަސް ވާންވީ ރާއްޖޭގެ ދަޑުވެރީން މަސައްކަތައް ނެރޭން އެންމެން ނިކުމެ ދަޑުގޮވާން ކުރަންވީ ހިއްވަރު އެލުވާނުލާ ތާއްޖޭގައި ހެއްދޭ ބާވަތްތައް ގިނައިން ހައްދާ އަގުހެޔޮކޮށް ލިބޭގޮތްހަދާ ފަލަމަޑީގެ ބާވަތްތައް ރާއްޖޭގައި ހެއްދޭނެ ކަމުގެ މާހިރުން އަވަސްކުރޭ ބަޑައް ނުޖެހެނީސް ފިޔަވަޅު އަޅާ

The name is already taken The name is available. Register?

ކޯސްޓްލައިން

18 March 2020

މިަވަގުތަކީ ވަގަށްވަދެ ތިބި ހުރިހާ ބަންގާޅުން ބޭރުކުރަންވީ ވަގުތު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454