ޚަބަރު / އިލެކްޝަންސް ކޮމިޝަން

އިންތިޚާބު ފަސް ކުރަން ކޯޓަށް ދިޔައީ އަމަލު ކުރަމުން އައި ގޮތް ކަމަށް ވާތީ: އީސީ

ކޮވިޑް-19 އާ ގުޅިގެން، ގާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތިގެން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކޯޓަށް ހުށަހެޅީ އެއީ ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލު ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ ދުވަސް ފަސް ކޮށްދިނުމަށް އެދި އީސީން ފުރަތަމަ އެ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އެ ކޯޓުން އެ މައްސަލަ ނެގުމަށް ފަހު، އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިން ބާއްވަން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހަކު ފެނުމާ ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފެށުމުން، އެ ކަމަށް އެއްބާރުލުން ދިނުމަށްޓަކައި، އެ އިންތިޚާބު އީސީން އެ މަހުގެ 18 އަށް ފަަސްކުރި އެވެ. އެކަމަކު، ކޮވިޑާ ގުޅިގެން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ 30 ދުވަހުގެ މުއްދަތަށް ފަހު، ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނުލިބޭ ކަމަށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ބުނަން ފެށުމުން، އެ މައްސަލައިގައި ގޮތެއް ނިންމައިދޭން އެދި އީސީން ކޯޓު މަރުހަލާ އިޚުތިޔާރު ކުރީ އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އީސީގެ އެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެކެވެ.

Inthikhaabu laskuraa nama faruvaa eh hoadhai dheveynee Majileehah: Nasheed

Inthikhaabu laskuraa nama faruvaa eh hoadhai dheveynee Majileehah: Nasheed

The most trusted news source in the Maldives

Mihaaru

އިންތިޚާބު ފަސްކުރުމަށް ހައްލު ހޯދޭނީ މަޖިލީހަށް ކަމަށް ނަޝީދު ވިދާޅުވުން

މިރޭ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓްލުން ފަސް ކޮށްދިނުމުގެ އަމުރަކަށް ކޯޓުގައި އެދުނީ މިހާތަނަށް އެކަމުގައި އަމަލުކޮށްފައިވާ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. އެއްވެސް ގޮތަކަށް ކޯޓަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ މެންޑެއިޓެއް އެހެން ބަޔަކާ ހަވާލު ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތަސައްވަރު ވެސް ކުރެވިފައެއް ނެތް ރައްޔިތުންގެ މަޖިލީހުން މި ކަމާ އިސް ނަގާފާނެ ކަމަކަށް. އެކަމާ އުފާވޭ. އަޅުގަނޑަށް އެނގޭ ކޯޓަށް ވުރެ އަވަހަށް މަޖިލީހުގެ ތެރެއިން މިކަން ނިންމިދާނެކަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބު ފަސް ކުރުމާ ގުޅޭ މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ފަހު، އަނބުރާ ނަގައި ސުޕްރީމް ކޯޓަށް ވެއްދީ އެއީ ދުސްތޫރީ މައްސަލައަކަށް ވާތީ އެގޮތަށް އަމަލު ކުރުމަށް ހައި ކޯޓުން ލަފާ ދިނުމުންނެވެ.

ގާނޫނަށް ބަދަލު ގެންނަން ބޭނުންވާ ގޮތް ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވީ އީސީގެ އެދުމަކީ އަލުން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ވޯޓުލާ ދުވަސް ފަސްކޮށްދިނުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވާކަން އިއުލާން ކުރާ ހިސާބުން ފެށިގެން 30 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށް ކަނޑައެޅުމަށް އޭނާ އެދިވަޑައިގަތެވެ.

އިންތިޚާބު ނުބޭއްވި ވަނިކޮށް، މިހާރު ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވެ ގާނޫނީ ހުސް ކަމަކަށް ދާތީ، އެކަން ހައްލު ކޮށްދިނުމަށް ވެސް ޝަރީފް މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަތެވެ. އަދި އިންތިޚާބަށް ވާދަކުރާ ހިސާބުން ފެށިގެން ވަޒީ ފާއިން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް ހައްލެއް ހޯދައި ދިނުމަކީ އޭނާ ބޭނުންވި ކަމެކެވެ.

ޝަރީފް ވިދާޅުވީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ޑްރާޕްޓް މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ވޯޓްލާ ދުވަސް ފަސް ކޮށްގެން އިތުރު ބަޖެޓަކާ ނުލައި އިންތިޚާބު ބޭއްވޭނެ އެވެ. ނަމަވެސް އާ އިންތިޚާބެއް ބާއްވަން ޖެހިއްޖެ ނަމަ ބޮޑު ހޭދައެއް ގޮސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަލުން އިންތިޚާބެއް ބާއްވަން ޖެހިއްޖެ ނަމަ މަދުވެގެން 120 ދުވަސް ބޭނުންވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ކޮމިޓީގެ މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ވިދާޅުވީި އެކަމުގައި ގޮތް ނިންމަން ޖެހޭނީ ގާނޫނަށް މާއްދާއެއް އިތުރުކޮށްގެން މަޖިލީހުން ކަމަށެވެ. ނަމަވެސް އަލީ ހަމީދު ވިދާޅުވީ އީސީން ކޯޓަށް ދިއުމަކީ ރަނގަޅަށް ކުރި ކަމެއް ކަމަށާއި އެފަދަ ދުސްތޫރީ މައްސަލަތަކުގައި ކޯޓަށް ދެވޭނެ ކަމަށެވެ.

ކޮމިޓީގެ މިރޭގެ ބައްދަލުވުން ނިންމައިލައްވަމުން މުގައްރިރު މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ ކަމުގައި ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކަމާ އެކު އެ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، ބަންޑާރަ ނައިބުގެ ލަފާ ވެސް ހޯއްދަވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މި ކަމުގައި ހައްލު ހޯދަން ކޯޓަށް ވަޑައިނުގަތުން. އަޅުގަނޑުމެން ކޮމިޓީގެ ފަރާތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނައުމުގެ މަސައްކަތާއި މި ކަމުގައި ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވަން،" ކޮމިޓީން ބޭނުންވާ ގޮތް އީސީގެ މެމްބަރުންނަށް އޮޅުން ފިލުއްވައި ދެއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

13 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮބުރީ

19 March 2020

އަމަލު ކުރަމުން ތިދިޔައީ ރަނގަޅަށް އޮޅުމަކުންވެސް ތިޔަ ބުނެވުނީ ރަނގަޅަށް މީ މަޖިލީހާބެހޭ ކަމެއްނޫން

The name is already taken The name is available. Register?

2000

19 March 2020

މިވަރުން ދަންޏާ 2023ގައި ރިޔާސީ އިންތިޚާބެއް ބޭއްވެނެ ބާ، ސްޕްރީކޯޓަށް ވުރެ މަތީ އަނގަބޮޑޭގެ އުދަގުލާހުރެ

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

18 March 2020

އަންނަނީ ހިނި. އެކަމަކު ހެވޭކަށްވެސް ނެތް. މާތް ﷲ މިޤައުމުގެ ރައްޔިތުންނަށާއި ވެރިންނަށް ތެދުމަގު ދައްކަވާށި. އާމީން.

The name is already taken The name is available. Register?

ވިސްނަވާ1

18 March 2020

މިއަދު މިވަނީ އިންޞާފު ގެއްލިފަ. ޤާނޫނު ހަދާ މަޖިލިސް ކުޑަކދިންކުޅެ އަކުން ބަކުންނަށްވެފަ. ޤާނޫނަކީ ތިމާކަމަށް އެކަނި ދެކެފަ. އިންތިޚާބީ ކަމެއް އޮތްނަމަ ދާންޖެހޭނީ ސްޕްރީމް ކޯޓަށް އެއީ ސަބަބު މެދުވެރިވިއިރު ޤާނޫނުގައި އެކަން ބަޔާންކޮށްފައި ނެތުމުން ޙައްލު ހޯދޭނީ ކޯޓުން. ކަމެއް ދިމާވާ ކޮންމެ ފަހަރަކު ޤާނޫނު ހަދާނަމަ އެވަނީ ކުޅޭކުޅޭ އެއްޗަކަށް. ޤާނޫނީ ހަމައެއްވސް ނޫން މަޖިލީހަށް ދިޔުމަކީ ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ކޮބާ؟

The name is already taken The name is available. Register?

މުހައްމަދު..

18 March 2020

ކޮބާ ސައިޒުވީދޯ؟ ތިވަރުން ކިހިނެތް އިންސާފުވެރި އިންތިޚާބެއް ބާއްވަނީ؟ އިންތިހާބު ލަސްކުރުމުގެ ބާރު މަޖިލީހަކަށް ލިބިގެންނެެއްނުވޭ! އެބާރު ލިބެނީ އިލެކްސަންކޮމިޝަނަަށް، ނޫނީ އިލެކްޝަންކޮމިޝަނަށް ގޮތެއްނުނިމިެއްޖެނަމަ ކޯޓަށް ހުށައަޅައިގެން. މަޖިލީހުން އިންތިހާބު ބާއްވާ ދުވަސް ކަޑައެޅުމަކީ ބަރުލަމާނީ ނިޒާމުގައި އޮންނަގޮތެއް!

The name is already taken The name is available. Register?

ތުއްފާޝަނާކިލެގެ

18 March 2020

ނުކެރޭނެ ތިއަށްވުރެ އިތުރު އެއްޗެއް ބުނާކަށް.

The name is already taken The name is available. Register?

ބާރު އޮތީ މަޖްލީސް އަށް

18 March 2020

ތި މައްސަލާ ގައި އިންސާފު ވެރި ހުކުމެއް ކޮށްފާނެތީ އިންތިޚާބާ ބެހޭ ހުކުމް ކުރުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ނިޝީދު ވަނީ ވިދާޅުވެފައެވެ. ވީމާ ތި މައްސަލަ ކޯޓްގައި " ޑެޑްލޮކްވީ" އެވެ.

The name is already taken The name is available. Register?

އިސްލާހުވި ޖުޑީޝަރީ

18 March 2020

މައްސަލަ ބަލައި ގަންނާނެ ބާއެވެ.

The name is already taken The name is available. Register?

އަނބުގަސް ދޮށުގެ/ އޯކިޑްމަގު

18 March 2020

ސުޕްރީމް ކޯޓެއް އެބަ ހުރިތަ؟ ނުދަނަ ހުރީމެވެ.

The name is already taken The name is available. Register?

ފަރީލް

18 March 2020

ޝަރީފްއަށް ހަމަ ރަނގަޅަށް އެނގޭނެ މިގައުމުގެ ހުރިހާ ކަމެއްގައި ފަހުބަސް ބުނަނީ މަޖިލީހުގެ ރައީސްކަން..ކޯޓުން ކުރިން ނިންމިއަސް މިހާރު ހުރިހާ ބާރެއްއޮތީ މަޖިލިސްރައީސް މުށުތެރޭގައި..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454