އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި(ވ) އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ
10 އޮކްޓޯބަރ 2016 - 12:37
ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފަށަން ނިންމާފައިވާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކުރަން ރައީސް އޮފީހުން އަނެއްކާވެސް ދެކޮޅު ހަދައިފި އެވެ.
މަޝްވަރާތައް މީގެކުރިން ވެސް ފޭލްވީ، އެ ދެ ބޭފުޅުން ބައިވެރިކުރަން ސަރުކާރުން އެއްބަސްނުވުމުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްްސަލާގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކައަކާ ގުޅިގެން އިމްރާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ރައީސް އޮފީހުން ސިޔާސީ ޕާޓީތަކަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ކައުންސިލުން ފާސްކޮށްގެން ނަން ހުށެހެޅި ނަމަވެސް، ޝަރީއަތުން ހުކުމެއްކޮށް އެ ހުކުމް ތަންފީޒުކުރާ މީހަކު ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރި ނުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ޕާޓީތަކަށް މިގޮތަށް އެންގިއިރު، މަޝްވަރާގައި ސަރުކާރުގެ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައި ވަނީ މަޝްވަރާ ފަށަން ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ވަރަށް ބޮޑަށް ދޫދީގެން މަޝްވަރާ ކުރިއަށް ގެންދަން ކަމަށެވެ. މަޝްވަރާތަކުގައި އެމްޑީޕީ އާއި އަދާލަތު ތަމްސީލްކުރާނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ކަމަށް ދެ ޕާޓީން އެންގިޔަސް އެކަމަކާ ވެސް ސަރުކާރުން ދެކޮޅެއް ނުހަދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެއީ، ޝައިނީ ވިދާޅުވެފައިވާ ގޮތުގައި، އެއްވެސް ޝަރުތެއް ނެތި މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވާތީ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި އަދާލަތު ޕާޓީ އަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ގާނޫނާއި ގަވާއިދާއި އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގެ ދަށުން ހިންގުމުގެ ނިޒާމްތައް ފުރިހަމަވެފައި ހުންނަން ޖެހޭ މުއައްސަސާތައް ކަމަށެވެ. ނަމަވެސް މިވަގުތު އަދާލަތު ޕާޓީގައި އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމާ އެކު ޕާޓީ ހިންގުމުގެ ނިޒާމް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަވެފައި ނުވާތީ ޕާޓީގެ ނިންމުންތަކާ މެދު ސުވާލުއުފެދޭ ވާހަކަ ދަންނަވަން ރައީސް ޔާމީން އަންގަވާފައިވާ ކަމަށް ސިޓީގައި މުޖުތާޒު ވިދާޅުވި އެވެ.
މިއާއެކު، މަޝްވަރާގައި ބައިވެރިކުރެވޭނީ ކައުންސިލުން ފާސްކޮށްފައިވާ މަންދޫބުން ކަމަށް ޕާޓީ އަށް ދަންނަވަން ރައީސް އެންގެވި ކަމަށް ވެސް ސިޓީގައިވެ އެވެ.
ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ނުތިބެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ނަޝީދާއި އިމްރާނަށް ވެސް ވަނީ ޕާޓީގެ ރައީސް ކަން ގެއްލިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މަޝްވަރާތައް އަލުން ފަށަން ޕާޓީތަކަށް ސަރުކާރުން ދައުވަތު ފޮނުވީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު ދެ ފަރާތުން ކުރި ޝަރުތުތަކާ ހެދި މަޝްވަރާ ކުރިއަކަށް ނުގެންދެވުނެވެ. އެ މަޝްވަރާ ފޭލްވުމުން، އދ.ގެ މަންދޫބު ތަމްރަތު ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި ވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކުރަސީ
10 October 2016
އިގިރޭސިންނަކީ ޑިމޮކުރަސީ. ޑިމޮކުރަސީއަކީ އިގިރޭސިން. އެމީހުން ބުނީމާދެން ކުޑަގައުމެއްގަ ގާނޫނެއް ގަވާއިދެއް އިންތިޚާބެއް ނޮއޮންނާނެ. އެބުނާގޮތަކަށް ހަދަންޖެހޭނީ. އެބުނަނީ ޝަރުތަކާނުލާ މަޝްވަރާކުރަން. ދެނެއް ގާނޫނެއް ދީނެއް ދުނިޔެއެއް ބަލާކަށް ނުޖެހޭނެ.
ޙަސަންދީ
10 October 2016
ޤާނޫނާއި ޤަވާޢިދާ، ތެދުވެރިކަމާއި އަމާނާތްތެރިކަން އަނިޔާވެރިކަމާއި ހަސަދަވެރިކަން އަދި ޚިޔާނާތްތެރި ކަމުގެ ވާހަކަ ނުދައްކަވާ
ބަކުރު
10 October 2016
ރީނދޫ ކުދިން ކިތަންމެ މޮޔަގޮވިޔަސް އަންނިއެއް ބައިވެރިއެއް ނުކުރެވޭނެ. ޖެހޭނީ އަހަރެމެން ބޭނުންވާ މީހަކު ތިކޮޅުން ފޮނުވަން. ނޫނީ ޖެހިދާނެ ގަރާރަކުން ރީނދޫ ބާގައިގެ ވެރިޔަކަށް ރީކޯ ގެންނަން. އެސޮރުވެސް މާރަނގަޅުވާނެ.
ޢަބްދުﷲނާފިޒު
10 October 2016
ބަކުރާ، ތިއޮތީ ގުއިރޯނުގަ ޖެހިފަ، އަމުދަކުން ނަޝީދުއާ އިމްރާނުގެ ނަންފޮނުވީ ކޮންމެހެން އެމީހުނަށް ބައިވެރި ވުމުގެ ފުރުސަތު ލިބިދާނެކަމަކަށް ނޫނޭ، ނުލިބޭނެކަން އިނގޭތީވެ ، ތިއޮތީ ދެން ބޯންއުޅުނު ބޮނޑި ބޮވިފަ، ދެން ނިކަން މަޝްވަރާ ކުރިއަށް ގެންދެބަލަ ގަޓު ހުރިއްޔާ، އހ.
އިނގުނު
10 October 2016
ނޭނގުނުވަރުންދޯ ތި ކޮސް ގޮވަނީ. ކިޔާނެ އެއްޗެއް ވެސް ނޭނގެދޯ މިހާރު. ވެރިކަން އެހެރަގެން ކުރާއިރުވެސް އަދި ތަމެންނަށް ބްރިޖު އަޅާދޭއިރުވެސް ތިޔަހުރި ހަސަދަވެރިކަމެއްދޯ.
ހަސަންބެ
10 October 2016
ކޮން ޤާނޫނެކޭ ޤަވާއިދެކޭ ކިޔާކަށް. މިހާރު ހަދާ ޤާނޫނާއި ޤަވާއިދަކީ ވަކިމީހަކަށް ހެޔޮވަރުކޮށް ފަހާ ކޯޓެކޭ. މިކަން ދިވެހިރައްޔިތުންގެ އިތުރުން މުޅި ދުނިޔެއަށްވެސް އެނގެއޭ.
ޢަލީ
10 October 2016
ސަރުކާރުން ބޭނުންވަނީ، ޕާޓީތަކުގެ ކައުންސިލުން ނިންމާ ބަޔަކު މަޝްވަރާތަކުގައި ބައިވެރިވާން، އެމްޑީޕީ އަދާލަތުން އެއޮތީ ނިންމާފަ، ދެންއޮތީ މަޝްވަރާތައް ފެށުން! ކައުންސިލުން ނިންމާނީ ތިޔަބޭފުޅުން، ދެން ކިހިނެއް ހަދާނީ؟
ނޭގުނު
10 October 2016
ހުރިހާ ބާރެއް މުށުތެރެ އައްލައިގެން ވެސް ވެރިކަން ކުރަން ނޭގުނު..ސަރުކާރެއް މިނޫނިއްޔާ މިދުނިޔެ އަކުނެއް.. ހަމަނޭގެނީ ވެރިކަންކުރަން..
ޢެނގޭ
10 October 2016
ވެރިކަންކުރަން ނޭނގިގެން އަދި މިހާތަނަށް ވެރިކަން ދޫކޮށް ގެޔަށް ދިޔައީ އަންނި. މިއީ މިހާތަނަށް ފެންނަން އޮތް ހަގީގަތް.
ނުވާނެދޯ
10 October 2016
ރަންރީނދޫ ކުދިން މިހާރު އެތިބީ ރީއްޗަށް ބޯ ގޮވާފައެވެ. އެކުދިންނަށް ނޭގޭ އެކުދިންނަށް ކުރެވޭ އަދި ނުކުރެވޭ ކަމެއް ވެސް ދޯ. އެހެން ވެ ޑަސްބިނުން ވެސް ނަން ނަގަ ނަގައިގެން ފޮނުވަނީ ސަރުކާރަށް ޕާރޓީ ޓޯކްސް ގައި ޖައްސަން. ރަންރީނދޫ ކުދިން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް ފޮނުވި އެބުނާ ކަނޑު ފައްތާ ފިލްމު ކުޅުނު ވިލަން އަކީ އެއީ ރަންރީނދޫ ޕާރޓީގެ ވެސް މީހެއް ނޫން ކަމަށް ދަފްތަރު ބަލަހައްޓާ ބޮޑޭ މެން އެބުނަނީ. ދެން މިވަރު ތަންދޮރު ނުބަލާ ނުވާނެ އެއް ނޫން ބޮޑު ބިއުޓިފުލް ސަރުކާރަކަށް ރަންރީނދޫ ކުދިންގެ ފަރާތުން ޕާރޓީ ޓޯކްސް ގައި ބައިވެރިވާނެ މީހެއްގެ ނަން ފޮނުވަން. ތަމެން ތިތިބީ ރަނގަޅަށް ބޯ ގޮވާފައެވެ. ތަމެން ދެން އުޅެ ބަލަ އަގެއް ކިޔާފައި ނަމަވެސް ރަންރީނދޫ ޕާރޓީ މަމެންނަށް ވިއްކާލަން. އަދި ތަމެން ގެންގުޅޭ ރަންރީނދޫ ޓްވިޓަރ އެކައުންޓް ވެސް މަމެންނަށް ވިއްކާލަންވީއެވެ. އެއިރުން ވެލިއު ހުއްޓާ މަނީ މޭކް ކުރެވުނީ އެއް ނޫން ދޯ ބޭންކް ރަޕްޓް ނުވަނީސް. ތަމެންނަށް ޕާރޓީ ޓޯކްސް ނުޖެއްސޭނެ އަދި ތަމެންނަށް ތިކަން ނުވާނެއެވެ. ތަމެން ދެން ރާއްޖޭގެ ސިޔާސީ މައިދާން ދޫކޮށްލާ ރަށު ތެރޭން މޫ ކެނޑުން ފަދަ ކަމެއް ބަލަންވީ ލިބޭތޯ އިނގޭ.
ޢަބްދުﷲނާފިޒު
10 October 2016
މަޗާ މަޗާ ހަމަހޭގަތޯ، ކޮން ތަނެއްގަ އޮތް ދަފްތަރަކުންތޯ ތިޔަބުނާ މީހަކު ވަކިކޮށްފަ އޮތީ، އަދިވެސް ނުކުރެޔޭ އިނގޭތޯ، ނުވެސް ކުރެވޭނެޔޭ، ޕާޓީގެ އިސްމަޤާމެއްގަ ނުހުރެވޭނެކަމަށް ތިޔަބުނާ ބޮޑޭމެން ނިންމީ އޭގެ މާނައަކީ ޕާޓީގެ މެމްބަރުކަމުން ވަކިވި ވާހަކައެއް ނޫނޭ، ރައްޔިތުން ބޮލަށް ޗިޕް ޖަހއިގެން މަކަރާ ހީލަތުންވެސް ތިޖޫރިއަށް ތިހިރަ ފޯރިއެއްދޯ އެކަމަކުވާ، ކައުން ސިލުން ނިންމި ނަންތައް އެއޮތީ ފޮނުވާފަ ރ ޔާމީނުގެ އޮފީހުން އެދުނުގޮތަށް ދެން ކާކާ ލައްވާނެކަމެއްނެތް، އހ.
މިނިވަންކަން / އައްޑޫ ސިޓީ
10 October 2016
ކޮން ހައިސިއްޔަތަކުންތޯ މިދެބޭފުޅުން މަޝްވާރާގައި ބައިވެރިވާނީ. ގާނޫނާ ގަވާއިދުތައް ބުނާގޮތުން މިދެބޭފުޅުންނަކީ ޕާޓީއެއްގެ އެއްވެސް ޒިންމާއެއް މަތިވެ ތިއްބެވި ބޭފުޅުންނެއް ނޫން. އެހެންނޫނަސް މިދެބޭފުޅުން މިމަޝްވަރާގައި ބައިވެރި ކޮށްފިނަމަ މިބޭފުޅުންނަށް އިސްކަން ދެވޭނީ މިބޭފުޅުންގެ މިނިވަންކަން ހޯދުމަށް ނޫންތޯ. މުޅި މަޝްވަރާގެ މިސްރާބު ދާނީ މިބޭފުޅުންނަށް ލުއެއް ހޯދުމަށް. އެކަމު ސަރުކާރާ އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށް ހައްލު ހޯދަން ޖެހިފައިވާ މާ މުހިންމު ގައުމީ މަސްސަލަތައް އެބަހުރި ނޫންތޯ.
އަލީ
10 October 2016
ޢެރައީސްގެ ކިބައިގައި އިހުލާްސްތެރިކަން ހުރިނަމަ އެހެން ކުއްވެރިންނެކޭ އެއްގޮތައް އޮނާނީ ޖަލުގަދޯ. ޢެހާރު
ޢަބްދުﷲނާފިޒު
10 October 2016
އަމިއްލއަށް ގޮހެއް ނޫނޭ އެހުރީ ، ދިވެހި ސަރުކާރުން ޕާސްޕޯތާ އެއްޗިހި ދީފަ ދާށޭ ކިޔާފަ ފޮނުވީމަ ދިޔައީ، ސަރުކާރަށް އެނޫންގޮތެއް ނެތިގެން، ރައްޔިތުންނަށް އޮޅުވާލަން ވެގެން އަންނަން އަންގާ ޕޕ ކެންސަލްކުރީވެސް، ކޮބާ ބެސްޓ ފްރެންޑް ނާޒިމު ރާއްޖެއިން ފުރީ ޓްރެވަލް ޑޮކިއުމެންޓެއްގަ ސިންގަޕޫރަށް، މިހާރު ހުރީ ދިވެހި ދައުލަތުގެ ޕާސްޕޯޓުގަ ދަތުރުކޮށްފަ ގޮސް ކޮންތާކުތޯ ބަލާލަމާ ބަހީ، ކުލަ ކުލައިގެ ނޯޓިސް ނެރުނަސް އެވީ ހަމަ ޖަމަލު ފޮޑިއަށް ދެއްތޮ، އހ.