ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މަގުމަތިން ފެންނަނީ ހިތްހަމަޖެހޭ މަންޒަރެއް ނޫން: ޑރ. މުރާދް

ކޮވިޑް-19 ރޯގާ ކޮންޓްރޯލްކުރަން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ލަފާ ދީފައި ވިޔަސް މާލޭ މަގުމަތިން ފެންނަ މަންޒަރާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޑރ. މޫސާ މުރާދު މިއަދު ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ވީހާ ވެސް ބޮޑަށް ސޯޝަލް އިންޓަރެކްޝަން މަދުކޮށް ސާފުތާހިރު ކަމަށް ލޯބިކުރުން ކަމަށް ވިޔަސް ފެންނަ މަންޒަރާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވި ގޮތުގައި ގައުމަށް ދިމާވެފައިވާ މި ހާލަތުން ސަލާމަތްވުމަށް ޑޮކްޓަރުންނާއި ކަމާ ގުޅުން ހުރި ބޭފުޅުން މަސައްކަތްކުރަމުން އަންނައިރު މިކަމަށް ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވެ އެވެ. ތަންތަނަށް އެއްވުމާއި އެފަދަ ކަންކަން ހުއްޓާލައި ބޭރަށް ނުނިކުމެ ގިނައިރު ގޭގައި ތިބުމަށް އިރުޝާދު ދެމުން އަންނަ އިރު ވެސް މާލޭގެ މަގުތައް ފެންނަނީ ވަރަށް ފުރިފައި އޮއްވައި ކަމަށެވެ.

މިކަންކަން ކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރިކަމުގައިވީ ނަމަވެސް ރައްޔިތުން ފަރުދީ ޒިންމާ އަދާނުކޮށް މިކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފްރަންޓްލައިނަށް ނިކުމެ މަސައްކަތް ކުރާއިރު އަޅުގަނޑުމެން އެދެނީ ތިބޭފުޅުން ނުނިކުމެ ގޭގައި މަޑުކުރުމަށް،" ޑރ. މުރާދު ވިދާޅުވި އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހުގެ 13 ކޭސް މިހާތަނަށް ފެނިފައިވާއިރު ރާއްޖެއިން އެންމެ ފުރަތަމަ ކޭސް ފެނުމާއެކު ވެސް ސަރުކާރުން އަންނަނީ ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، އާންމުން އެއްވެ އުޅޭ ގިނަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. އަދި މީގެ އިތުރަށް ސްކޫލުތަކާ ޔުނިވާސިޓީތައް ވެސް ބަންދުކޮށްފައިވާއިރު، މިހާރު ވަނީ އެއް ހަފްތާއަށް ސަރުކާރުވެސް ބަންދުކޮށްފަ އެވެ.

އަދި މީގެ އިތުރަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ހުއްޓާލާފައިވާއިރު ސަރުކާރުން ވަނީ ސަރުކާރު މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަންގައިފަ އެވެ.

57 ކޮމެންޓް, 115 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 87%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައްވާރަ

19 March 2020

ތި ވާހަކަ ގޮސް މަގޭ ބޮޑުމީހާ ކައިރީ ބުނޭ!!! ގޮސް ބުނޭ ހުރިހާ މަސައްކަތެއް ހުއްޓާލާފަ ހުރިހާ މުއައްޒަފުންތައް ގޭގަ ތިބޭށޭ!!! ގޭގަ ތިބިއްޔާ ކާންބޯން ލާރި ލިބޭތަ؟؟؟ ގޭގަ ތިބެންޔާ ސަރުކާރުން ކާބޯތަކެއްޗާ ހިތްފުރޭވަރަށް ފައިސާ ދޭނަންތަ؟؟؟ މިހާރުވެސް އެގޮތަށް ސަރުކާރުން އެއްބަސް ވާކަމުގައި ވަނީނަމަ ގޭގަ ދެފައި ދަމާފަ އޮންނާކަށް ލަހެއްފަހެއް ނުވާނެ!!!

The name is already taken The name is available. Register?

އެކަމުވެސް

19 March 2020

މާލެއަކީ ފުރިބާރުވެފައިވާ ތަނެއްވީމަ ފުރިގެން ބަންޑުންވާ ބައި އުޅޭނެ މަގުމަތީގަ. އެންމެންނަށް ގޭތެރޭގައެއް ނުތިބެވޭނެ. އެންމެންނަކީ ގެއިން ކާން ލިބޭ މީހުންނެއްނޫން. އެމީހުން ކާން ތަންތަނަށްވެސް ދާނެ. ގޭގަ ތިބެވެން އޮތް މީހުން ގޭގަ ތިބީމަ ރަގަޅުވާނެ. އެމީހުން ނިކުމެ ނޫޅޭނަމަ އެމީހުންނަކަށް ނުޖެހޭނެ އެހެން މީހުން ނިކުމެ އުޅުނަސް. މާލޭގެ މަގުތައް އެއްކޮށް ހުސްކުރަން އުޅުމަކީ ވާނެކަމެއްނޫން.

The name is already taken The name is available. Register?

ސަމްސިއްޔާ

19 March 2020

ތިޔަކަހަލަ ހަމަ ނުވިސްނޭމީހުން ގަނަވީމަ މައްސަލައަކީ. ބަލަ ޗައިނާގައިވެސް ތިޔަ ބުނާ ގޭން ކާން ނުލިބޭމީހުން އުޅޭނެދޯ. އެހެން އޮޕްޝަންތައް ހޯދަންޖެހޭނީ މިސާލަކަށް ކާއެއްޗިހި އޯޑަރކޮށްގެން ގެނެސް ކެއުން. ހަރަދު ބޮޑުވިޔަސް މެނޭޖް ކޮށްލަން ޖެހޭނީ މިދަނޑިވަޅުގައި.

The name is already taken The name is available. Register?

ޑޯން

19 March 2020

އެޗް.ޕީ.އޭ ފުރަތަމަ ހޮޓާތައް ބަންދު ކުރޭ.، ހާއްސަކޮއް ބަންގާޅިން އެމީހުން ދިރިއުޅޭތަނަ ޗެކްކުރޭ.. ވަރައް ރަގަލަ އިގޭނީ ހުރިސާފްތާހިރުކަން

The name is already taken The name is available. Register?

ކުލާކު

19 March 2020

ސަރުކާރު އޮފީސްތައް ބަންދު ކުރިޔަސް އެކި ގައުމުތަކުގެ އެމްބަސީތައް ބަންދެއް ނޫން، މީގެ އެންމެ ބޮޑު އެއް ސަބަބަކީ ޒަރޫރީ ބޭނުމުގައި ނޫނަސް ބައެއް ބޭފުޅުން ދަތުރު ކުރަން ބޭނުންފުޅުވާތީ އެ ބޭފުޅުންގެ ވިސާ އާއި އެހެން ޒަރޫރީ ބޭނުންތައް ފުއްދަ ދެވޭތޯ ބެލުން. މިހެން މިކަން އޮތް އިރު ކިހިނެތް ތޯ މުވައްޒަފުން ގޭގަ މަޑުކުރާނީ ؟

The name is already taken The name is available. Register?

އިހްސާސް

19 March 2020

ޖަމާއަތުގަ މިސްކިތްތަކުގަ ނަމާދުކުރުން މަނާ. އެކަމަކު ހޮޓާތައް ބަންދު ނުކުރެވޭ. މިވެސް މީހުން އެއްވެ ތިބޭތަންތަން. ފަރުދީ ޒިންމާއިން އެކަކުވެސް ނުރެކެމާ.

The name is already taken The name is available. Register?

252ކލޖ

19 March 2020

ގޭގަވެސް ނަމާދު ކުރުން ދީނުގަ ވަކި ހާލަތް ތަކެއްގަ ހުއްދަ.. ހޮޓާތައް ބަންދު ކުރީމާ ރަށްރަށުން ވަޒީފާ އަދި އެހެނިހެން ބޭނުން ތަކުގަ އައިސްތިބި މީހުން ކާނީ ކިހިނެއްތޯ؟؟؟ ކުއްޔަށް އުޅޭ ކޮޓަރީގައި ކައްކާ ކަމަށް ވަންޏާ އެއީ ވަރަށް ސާމާނު ގަނެގެން ކުރެވޭނެ ކަމެއް.. އަދި ބައެއް ތަންތާ މިފަދަ ގޮތަކަށް ނޫން ކޮޓަރިތައް ހުރީކީވެސް.. އަބަދު ކަޕްނޫޑްލްސް ކައިގެންވެސް އުޅެނީ ކިހިނެއް... ކޮމެންޓް ކުރާއިރު އަނެކުނާމެދުވެސް ވިސްނާލުން ކިހިނެއްތޯ؟

The name is already taken The name is available. Register?

އިހްސާސްކޮށްބަލަ

19 March 2020

ކާ ހުރިހާ ތަންތަން ބަންދުކުރުމަކީ ބަޔަކަށް ވަރަށް އިހާނެތިކޮށް ހިތުން. އެތަންތަނުން ކާން މަޖްބޫރުވެގެން ކާ މީހުން އުޅޭއިރު އެމީހުންނަށް ކާއެތިކޮޅު ނުލިބޭނެ ގޮތް ހަދަން ގޮވާލުމަކީ ނުވިސްނާ ކުރާ ކަމެއް.

The name is already taken The name is available. Register?

ނަވާރަ

19 March 2020

ދިވެހިންގެ ފަރުދީ ޒިންމާއަކީ ހަމައެކަނި ސޯޝަލް މީޑިއާގަ އޮންނަ އެއްޗެކޭ ޑޮކްޓަރ.

The name is already taken The name is available. Register?

ބަބުރުލް ސަލީމް

19 March 2020

ސަރުކާރު އޮފީސްތައް ބަންދުވީމާ ކަމަކީ ބުރުތެޅުން ނޫނީ އެއްފިހާރައިން އަނެއްފިހާރަޔަށް ދުވުން.

The name is already taken The name is available. Register?

މަގުމަތި

19 March 2020

މަގުމަތީގައި މިހާރު ގިނަވެގެން މިއުޅެނީ އެބަޔަކާހެދި މުޅި ގައުމު އެލާޓް ވެގެން އުޅޭ ގޮޅިޖެހި ގަމީހުގެ އަހުލުވެރިން. ދެން އުޅޭތަން މިފެންނަނީ ތަފާތު ސަބަބުތަކާހުރެ ޒަރޫރީ ބޭނުންތަކަށް ނުކުންނަ މީހުން. މާލޭގެ މަޖީދީމަގަކީ ރޭގަނޑު 8 ން 10 އާ ދެމެދު ވަރަށް ބާރު ބޮޑު މަގަކަށްވިޔަސް މި ކަމެއް ޖެހުނު ފަހުން ސަރުކާރުން ނޭންގިޔަސް ނުނުކުންނަ ރައްޔިތުން ވަރަށް ގިނަ.

The name is already taken The name is available. Register?

ކޖޖތ54

19 March 2020

ގޮޅިޖެހި ގަމީހުގެ އަހުލުވެރިން ސައިޒުކުރަން ހަދާނެ ފަންޑިތައެއްވެސް ނެތީބާ؟؟ ވަރަށް މަތީގަ އުޅޭ ބައެއް އެއީ..

The name is already taken The name is available. Register?

އިރުޝާދިއްޔާ

18 March 2020

މުޖްތަމައުގެ އަމަލްތައް އެހެން ހުންނަނަމަ އޭގެ ހިތި ނަތޯޖާއާ އެންމެ ކުރިމަތިލާން ޖެހޭނެ ރައްކާތެރޮ ވަމާތޯ

The name is already taken The name is available. Register?

ކުނިއަނގަ

18 March 2020

މިކަމުގެ ސީރިޔަސްކަން ވިސްނައިދީ ކަރަންޓީން ކުރަން ގޮވާލީމަ ކެނެރީގޭ ނަޝީދު ފުރަތަމަވެސް ހެދީ މިކަން ޖޯކަކަށް. އެ ވިސްނުމުގަ ތިބި ބަޔަކު އަދިވެސް އެބައުޅޭ.

The name is already taken The name is available. Register?

253ޖކރ

19 March 2020

އޭރު ކަރަންޓީނަކަށް ނުގޮވާ.. ކެނެރީ ނަޝީދު ޖޯކަކަށް ހެދީމަ.. ޕީޕީޕީ އިން އެދުނީ އެމީހުންގެ ރައީސް ގެޔަށް ބަދަލު ކުރަން.. ސިޔާސީ އެދުން ބޮޑީ ކޮން ބައެއްކަން އެގޭނެ މިވަރުން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454