ފޮރިން މިނިސްޓްރީގައި މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު އަދި ޗައިނާގެ ސަފީރު ޒާން ލިއޯން ޝާހިދު ބައްދަލުކުރައްވަނީ -- ޓްވިޓާ ފޮޓޯ: މިނިސްޓަރު ޝާހިދު
23 މާޗް 2020 - 16:05
ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ޗައިނާއިން ދޭ ބައެއް އެހީ ހުރީ ތައްޔާރަށް ކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންގް ލީޖޮންގް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ދޭ އެހީ ފޯރުކޮށް ނުދެވި މަޑުޖެހިފައި ވަނީ ރަނގަޅު ފްލައިޓްތަކެއް އަދި ނެތުމުން ކަމަށެވެ.
ޗައިނާގައި އެންމެ ފުރަތަމަ ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެ އާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުފަތުރު ވަނީ، ޖެނުއަރީ 30 ގައި ހުއްޓުމަކަށް އައިސްފަ އެވެ. އަދި ރާއްޖެ އަންނަ ބައިނަލްއަގުވާމީ އެތައް އެއާލައިނަކުން ވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.
ޗައިނާގައި 80،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، ކޮވިޑް-19 ގައި 3،200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
Appreciate the genuine efforts of China to help at this very difficult time. We fully understand the challenges faced by cancellation of many of the flights. However, we are hopeful that we will receive the materials very soon.
— Abdulla Shahid (@abdulla_shahid) March 23, 2020
Thank you @AmbassadorZhang for your assistance! https://t.co/K0ORsvjwCO
ސަފީރުގެ ޓްވީޓް އައީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވިތާ ހަފުތާއެއް ވީ އިރު ވެސް، ދޭ އެހީ ލަސްވަނީ ކީއްވެގެންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ދިން ޖަވާބެއްގެ ގޮތުގަ އެވެ. ބައެއް ދިވެހި ސަރުކާރުން ޗައިނާގެ އެހީ ގަބޫލުނުކުރަނީތޯ ވެސް ބައެއް މީހުން އޭނާއާ ސުވާލުކުރި އެވެ.
ލީޖޮންގް ވިދާޅުވީ ޗައިނާގައި ހާލުގައި ޖެހިފައި އޮތް އިރު ރާއްޖެ އިން ވެސް އެހީވި ކަމަށެވެ. އެހެންކަމުން މިހާރު މި އޮތީ ޗައިނާ އިން އޭގެ ބަދަލު ދޭން ޖެހޭ ވަގުތު ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ރާއްޖެއިން ވަނީ ޗައިނާއަށް އެއް މިލިއަން މަސް ދަޅު ހަދިޔާކޮށްފަ އެވެ.
ސަފީރުގެ ޓްވީޓަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ފޮރިން މިނިސްޓަރު ވިދާޅުވީ ފްލައިޓުތައް ކެންސަލްވުމުން ދިމާވާ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެ އެހީތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް، ޝާހިދުގެ ޓްވީޓްގައި ވެ އެވެ.
ރާއްޖެއަށް ޗައިނާއިން ވާނެ އެހީއާ ބެހޭ ގޮތުން މިދިއަ ހަފުތާގައި ޝާހިދާއި ލީޖޮންގް ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެހީގެ ގޮތުގައި ރާއްޖެއިން ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކޮށްފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ސަފީރު ވިދާޅުވި އެވެ.
ކޮރޯނާވައިރަސްގެ ނުރައްކަލުން ރައްކާތެރިވާން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކަށް އޭނާ ވަނީ ތައުރީފް ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮނާޑު
24 March 2020
ކޮބާހޭ އިންޑީޔާއިން އައި ކޮވިޑް އެކްސްޕާޓުންގެ ޓީމު.
ލޯމާފާނު
24 March 2020
ހުޅުލޭ އައިލެންޑް ހޮޓެލްގަ ޗުއްޓީ ހޭދަކުރަނީ.
ރާއްޖެ
23 March 2020
މީގަ ވާގޮތަކީ ޗައިނާ މީހުން ރާއްޖެއަށް ދަތުރުކުރުމަށް އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންވޭ. ޢެކަަމަކު އިންޑިއާ އިން ފެނުގެ ހާދިސާގަ ވެސް އެކަމާ ދެކޮޅު ހެދީ. ޢަމުދުން އަދި އަސްކަރީ ފްލައިޓެއްް ދަތުރުކުރަން އެމީހުން ނުވެސް ރޫހޭނެ. މި ސަރުކާރަށް އެހީ ގަބޫލު ކުރެވެން އަންނަނި މައި ސަރުކާރުގެ ހުއްދަ ލިބުމުން. ޢެއީ މި ލަސްވާ ކަމަކީ
ކޮމިއުނިސްޓް ޕާޓީ (މައޯއިސްޓް)
23 March 2020
ޗައިނާގެ ސަފީރު އެހީވުމުގައި ހަމައެކަނި ކޮވިޑް19 އިން ސަލާމަތްވާން ބޭނުންވާ ސިއްހީ އާލާތްތައް ދިނުމުގެ އިތުރަށް ރާއްޖޭގައި މިޒަމާނުގެ ދަނޑުވެރިކަން ފުޅާކުރުމަށް ޗައިނާގެ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީވެސް ބޭނުން. ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެގެން ތިއްބާ ރާއްޖޭގެ އިގުތިސާދު އެއްކޮށް ހަލާކުވެގެން މިދަނީ. ރަށްރަށުގައި ކަލެކްޓިވްސްއާއި ކޯޕަރޭޓިވްސް ހަދައިގެން ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ޗައިނާގެ އެހީ ބޭނުންވަނީ.
ހޯރަބޭ
23 March 2020
އިޓަލީއަށް އެހީ ފޮނިވި ގޮތަށް އަސްކަރީ ބޯޓެއްގަ ދިވެހި ރާއްޖެއަށް ވެސް އެހީ ފޮނުވި ދާނެ އެއްނޫންތޯއެވެ.
ބޮޑުމީހާ
23 March 2020
ޗައިނާއަކީ ގަދަ ގައުމެއް. އެއަށް ބޮޑު އެމެރިކާވެސް ޗައިނާކައުރީ ސައިޒުވެފަ ތިބެނީ. ދުނިޔޭގެ ހުރިހާ އުފެއްދުމެއް އޮތީ އެމީހުންއަތު. ވައިރަސްވެސް އެމީހުން ކޮންޓްރޯލުކޮށްލީ މަސްދުވަސްތެރޭ، މުޅި ދުނިޔެ އެމީހުން ވަށާ އެބުރޭއިރު އަހަރުމެން ރާއްޖެ އެމީހުންނާއި ފެޔަށްޖެހި އިންޑިއާ ގާތްކޮށްގެން ލިބޭނެ މޮޅެއް ނެތް.
ގެރިއަކާއި ހެދި
23 March 2020
ބަލަ އެއްކަލަ މަކަރުވެރި ބީޖޭޕީ އިންޑިއާ ހުއްޓާ ކީއްކުރަން ޗައިނާއިން މިސަރުކާރުގެ ވެެރިކަމުގައި ތިއެހީވަނީ ދިވެހި ރައްޔިތުންނަށް؟
ވަތަން އިސްކުރަންޖެހޭ
23 March 2020
ރާއްޖެ ތަރައްގީ ނުވާނެ އިންޑިޔާގެ ދަޝުވެގެން. މިނިވަންކަމާއެކީ ޤައުމެށް އޮވެގެން އެ ޤާއުމެށް ތަރައްގީވެސް ވާނީ.
ހައްގުބަސް
23 March 2020
ޝާހިދުގެ ދަތުރުތަކަށް އެކަނިވެސް ތަރުމަވަންތަ ހޮސްޕިޓާ އެޅޭނެހާ ފައިސާ ހިގައްޖެ.
އޭނަ
23 March 2020
ޝާހިދު އެދަތުރުތަކުން އެހާ ގިނަ ހިލޭ އެހީ ހޯދި. ދަތުރުކުރުމުގެ ބޭނުން ހާޞިލްކުރި. މިނިސްޓަރަކަށްވެސް ފަސޭހައެއްނުވާނެ ދެއިރު ދެދަޅަޔަށް ދަތުރުކުރާކަށް.
ޜާއްޖެ
23 March 2020
ދަތުރު ތަކުން ލިބުނީ ކާޕެޓަކާއި އިންޑިއާ އިން ދިން އެހީ ކަމަށް ބުނި ލޯނު. ޢެވެސް ނޭގެ އަދި ހަމަޔަށް ލިބި ބަޖެޓަށް ލިބުނު ކަމެއް
މިލިޓަރީ
23 March 2020
ބަލަ ޗައިނައިން ދޭ އެހީގަނުންތަ ރައްޖެ މިފެންނަން ތަރައްގީ ފެންނަން މިހިރީ.؟ ޗައިނާއިން ދޭ އެހީ ތަރައްގީގެ އެހީ. ރަދީފް
އަހަރެން ނުދެކެން
23 March 2020
އަޅުގަނޑު އަޑުއެހިން އެމްޕީއެލްގެ ބަދަރު އިންޑިޔާ ކުންފުންޏަކަށް ދޭން އުޅޭވާހަކަ. މީ ވަރައް ސީރިޔަސް މަސްސަލޭ ރާއްޖެގެ އެމްމެ ފައިދަވަ ތަންތަން އިންޑިޔާ ނަގަން މިއުޅެނީ މީގެ ސަބަބުން ރާއްޖެއަ ވަރައް ގެއްލުން ދައްކަނެ. ދިވެހިންނޭ ހޭއަރަންވެއްޖެ
އޭނަ
23 March 2020
އަޑުއިވޭ ހުރިހާ ވާހަކައެއް ޤަބޫލުކުރާތީ މައްސަަލަޔަކީ.