ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ސަރުކާރުގެ އިގުތިސާދީ ޕެކޭޖްތަކުގެ ތަފްސީލް ހޯދަން އޭނާ އެދިވަޑައިގެންނެވި.
25 މާޗް 2020 - 14:11
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރޭތީ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އިިގުތިސާދީ ދަތިކަމަށް ލުޔެއް ހޯދައިދޭން ސަރުކާރުން ތައާރަފްކުރާ އިގްތިސާދީ ޕެކޭޖްތަކުގެ ތަފްސީލް، ރައްޔިތުންގެ މަޖިލީހަށް ހޯދައިދޭން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާދީއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ސައީދު އެދިވަޑައިގެންފައިވަނީ ސަރުކާރުގެ އިގުތިސާދީ ޕެކޭޖްތަކާ ބެހޭ ތަފްސީލު ހޯދުމަށް، މާލީ ދާއިރާގެ އިސްފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށެވެ. ސިޓީގައި ސައީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ނިންމުންތަކުގެ ސަބަބުތަކާއި އެ ނިންމުންތަކުން، ވިޔަފާރިތަކަށާއި މާލީ ދާއިރާ އަދި ޖުމުލަ ގޮތެއްގައި މުޅި އިގުތިސާދަށް ކުރާނެ އަސަރު ދެނެގަތުން މުހިއްމެވެ.
ވިޔަފާރިތަކަށް 2.5 ބިލިޔަން ރުފިޔާގެ އެހީތެރިކަން ދޭނެ ކަމަށް ސަަރުކާރުންް ބުނި ނަމަވެސް އެކަމާ ގުޅޭ ތަފްސީލު އަދި ނުދޭ ކަަމަށް ވެސް ނަޝީދަށް ފޮނުއްވި ސިޓީގައި ސައީދު ވިދާޅުވެފައިވެ އެވެ.
"...އަދި އެ ފައިސާ ހޯދުމުގައި ސަރުކާރުން އަމަލުކުރާނެ ގޮތުގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ،" ސިޓީގައިވެ އެވެ.
As MP, I hv requested the Parliament to ask gov for clear communication on the deficiencies / clarity of the economic plan & explain how it will impact the ordinary citizen & on it’s effective access to the biz’s. There should be an oversight committee represented by all parties pic.twitter.com/1wpYqXCW36
— Mohamed Saeed (@em_saeed) March 25, 2020
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން އައުމުން ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދޭން ނިންމައިފަ އެވެ. އެގޮތުން، ރިސޯޓުތަކަށް ކުރިމަތިވި ދަތިކަން ހައްލުކުރަން 30 މިލިއަން ރުފިޔާއާ ހަމަ އަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ވެސް އިއުލާނުކޮށްފައިވެ އެވެ.
އެކަމަކު އެ އެހީތެރިކަމާ ބެހޭ ތަަފްސީލްތައް އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރެމުން ދާތީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރުގަދަ ފިޔަަވަޅުތައް ވަނީ އަޅައިފަ އެވެ. ބައެއް ގައުމުތަކުން ދަތުރުފަތުރު މުޅިން ހުއްޓައިލި އިރު ރާއްޖޭން ވެސް ވަނީ ގިނަ ސަރަހައްދުތަކަކުން ރާއްޖެ އަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އެ ފިޔަވަޅުތަކާ އެކު ޓޫރިޒަމަށް ކުރިމަތިވަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ދީނި
26 March 2020
ކަޓެއް ނެގޭނެ ގޮތެއް އޮތްތޯ ބަލާލަން ވީތަ؟ ސޮރީ. މިދިޔަ ފަސް އަހަރުގެ ވައްކަމުގެ ވާހަކަތައް އަޑުއިވިފަ ތިބޭފުޅުން ފެނުނީމައި އެންމެ ފުރަތަމަ މި ސުވާލު ކުރުން އަޅުގަނޑުގެ ތޮބީއަތުގައި ހަރުލައިފި.
ފިނިފެންމ
25 March 2020
މިމީހުން އަނގަޔަކުން ދުލެއްނުދޭނެ. އަސްލުޖޭވަނީ . މިއީ އަޅުކުދިންވިމާ ވާގޮތް. އެފައިސާމިފައިސާ ، ކަޓުނުލިބޭތީ ވާގޮތް. މިމީހުން ހީކުރާނީ މިމީހުންގެ ބޮޑުބޮސް ދައުވަތު ދީގެން ގެންނަ ފަޤީރު ރަތްޔިތުންނާއި ބައްދަލުކުރާ އިރު މެޓަލް ޑިޓެކްޓަރ އިްނ ޗެކްކުރާގޮތަށް މިރައީސްވެސް ފަޤީރު ނިކަމެތިމީހާއާބައްދަލުކުރާނީ މެޓަލް ޑިޓެކްޓަރ އިންޗެކްކޮށްފައިކަމަށް.
1234
25 March 2020
އަދުރޭގާތު ތިވާހަކަދައްކަ ؟
ރާސްޓަސް
25 March 2020
ބަލަ ގައުމުގެ އިކޮނޮމިކް މިނިސްޓަރަކަށް ފަސްއަހަރު ހުރެގެން ރާއްޖެގެ ރައްޔިތުންގެނެސްދިން ޕެކޭޖަކީ ކޮބެއި. މިއީވެސް ހަމަ ސުވާލު ޖަބާބުދޭން ކެރެންޏާ
ނީރާ
25 March 2020
އިޤްތިޞާދީ ޕެކޭޖުގެ ތަފްޞީލް ދޭން ތިއީ ވަކިން ކާކު. ހުރިހާ ރައްޔިތުންނަށް އެމަޢުލޫމާތު ދޭއިރު ސަޢީދަށްވެސް ލިބޭނެ. އިރެއްގަ އިކޮނޮމިކް މިނިސްޓަރަކަށް ވިޔަސް ޢަމުދަކުން ސަޢީދަކީ އިކޮނޮމިސްޓެއްނޫން. ސަޢީދަކީ ސަންއައިލޭންޑަށް އަންނަ ބަސްއަހާ ޓޫރިސްޓުން ނިދާތޯ ކަައިބޮއި ހަދާތޯ ބަލަން އެރަށުގަ ޤާސިމް ބެހެއްޓި ކުއްޖެއް. އެކަމަކު ކުއްލިއަކަށް މިއުޅެނީ ޕްރޮފެސަރު މެތެމެޓިކްސް ހެން މަމޮޅުވެގެން. ކެރްތެރިވެގެން ގޭގައި މަޑުކޮށްލާ
ބަރާބަރު
25 March 2020
ތީ 100ގެ ވާހަކަ އެއް. ސޯ ޓްރޫ. ސައީދު އަކީ އެއްވެސް ހާލެއްގަ އިކޮނޮމިސްޓެއް ނޫން. އަދި އިކޮނޮމިކް ތަޖްރިބާކާރެއް ވެސްނޫން. މިނިސްޓަރަކަށް ކުޑަ ދުވަސް ކޮޅަކު ހުންނެވިޔަސް ސައީދު އަކީ ރިސޯޓުހިންގަން އުޅުއްވި ރަގަޅު މެނޭޖަރެއް. ސައީދު އަކަށް މިފަދަ ދަޑިވަޅެއްގަ ގައުމުގެ އިގްސިދާދު ކޮޅަށް ޖަހަން އަޅަންވީ ފިޔަވަޅެއް ނޭގޭނެ. ސޮރީ!
ޥިސްނާ
25 March 2020
މިތާ މީހަކު ސުވާލުކޮށްފި ސައީދު ކިޔެވީ ކޯޗެއްތޯ، ވަރަށް ރަނގަޅު ސުވާލެއް..ކިޔެވިއެއްޗެއް އަދި ފެންވަރު ވަރަށް ރަނގަޅަށް އިނގޭ، އަދި ރިޒޯޓެއްގެ ޖީއެމް ކަން ހޯދިގޮތްވެސް ވަރަށް ރަނގަޅަށް އިނގޭ، ކާންދިންއަތުގަ ދަތްއެޅުން އެއީ އާދައެއް..ނަސީބުރަނގަޅު ކިތަންމެހާވެސް އެކަމު އަދި ދުވަހެއްވާކަން ހަނދުމަކޮށްދެން، ވ ސަލާމް
މަޒް
25 March 2020
މާ އިގްތިސާދު ވެގެން އުޅޭނެކަމެއް ނެތް... ކަލެއަށް ކޮން ޕެކޭޖެއް.. ދިވެހި ރައްޔިތުންނަށް ނާންގާ ޕެކޭޖެއް ކަލެއަކަށް ނާންގާނެ.. މާ ބޮޑު މީހަކަށް ވެގެން އުޅޭނީ ޔާމީނު ވެރިކަމުގައި.. ނޫސްތައް ކިއީމަ ފެންނާނެ ޕެކޭޖުގެ ތަފްސީލް.. ނުސްތަކުން ނުފެންނަންޏާ އޭގެ މާނައަކީ ކަލެއަށް ވަކިން ދޭކަން ނުޖެހޭނެއޭ...
ޝަރީ
25 March 2020
މިއީ 100 ގެ ކޮމެންޓެއް...
ާއުނިމާ
25 March 2020
ތަފްސީލު އެގެންޖެހޭ ކޮން މެމ މީހަކަށް އެތަފްސީލު ލިބެންޖެހޭ، މިޕެކޭޖުތަކަކީ ވަކި ޕާޓީގެ އެހީތެރިކާއެކީ އަންނަ ޕެކޭޖުތަކެއް، މި އިންސާފުވެރިކަ މާއެކީ ރައްޔިތުންނަށ ލިބި މަކީ ރައްޔިތުން ބަލަންޖެހޭނެކަ މެއް
ހަސަދު
25 March 2020
ތަފްސީލު އެދޭ ހާމީހަކަށް ދޭންޖެހޭބާ!!. ސައީދުމެން އަދިވެސް ގައުމު ހަލާކަށް މަސައްކުރުމާއި ވައްތަރީ. ސަރުކާރުން ކޮވިޑް ކަންތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާކަމަށް ފެންނަނީ. މިވަގުތު ޖީބު ފުރާ އިކޮނޮމިސްޓުން ވެރިންނަށް ނެތްކަން އެއީ ގައުމުގެ ނަސީބު.
ތުރާކުނުމކުނު
25 March 2020
ސައީދަށް ވަކިން ދޭންޖެހޭތޭ
ހައިރާން
25 March 2020
އިކޮނޮ މިކް މިނިސްޓަރަކަށް ޔާ މީނު ކަލޭ ލިޔަސް އަދި އިކޮނޮ މިސްޓަކަށް ވީކަ މަށް ހީވުމ މަކީ ތަސައްރަފް ނުފުދޭކަން. މިހާރު ޤައު މު އޮތް ސިއްހީ ހާލަތަށް ހޭލުންތެރިކުރަން ތިޔަޕާޓީ އިން ކުރާ ކަ މެއްގެ ލިސްޓެއް ރައްޔިތުންނަށް ދައްކަބަލަ.
މުރުޖަލާ
25 March 2020
އޭނަ އަތުގައޮތީ މާސްޓަސް އޮފް ޓުއަރިސަމް ޔުނިވަރސިޓީ އޮފް ބާމިންގްހަމް ގެ...އެހެންވީމާ މާ އިކޮނޮމިސްޓްވެގެން އުޅޭ ސަބަބެއް ނޭގޭ...