ފްރާންސްގައި ބަލި މީހަކު ހެލިކޮޕްޓަރަކަށް އަރުވަން ގެންދަނީ: މަރުވި މީހުންގެ އަދަދު 20،000 އަށް. --ފޮޓޯ:އޭއެފްޕީ
26 މާޗް 2020 - 01:57
ޖެނީވާ (މާޗް 25) - މުޅި ދުނިޔެ ހުއްޓުވަމަކަށް ގެނައި ކޮރޯނާވައިރަހުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިރޭ 20،000 އަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިރޭ 12 އާ ހަމައަށް 20،877 މީހުން މަރުވެ، 462،772 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 113،802 މީހުންނެވެ. ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 328،093 މީހުންނެވެ. އޭގެ ތެރޭން އާދައިގެ އަލާމަތްތައް ފެންނަ މީހުންގެ އަދަދަކީ 313،714 ނުވަތަ 96 ޕަސެންޓެވެ. ސީރިއަސް ހާލަތުގައި ތިބީ 14،379 މީހުން ނުވަތަ ހަތަރު ޕަސެންޓް މީހުންނެވެ.
ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު މަހު ފެނުނު ރޯގާ މިހާރު އެ ގައުމުން ކޮންޓްރޯލް ކުރި ނަމަވެސް އިޓަލީ އެމެރިކާ، ސްޕޭން، ޖަރުމަން، އީރާން އަަދި ފްރާންސް ފަދަ ގައުމުތަކުގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ޗައިނާގެ 81،218 މީހުންނަށް ބަލިޖެހުނު އިރު މަރުވީ 3،281 މީހުންނެވެ. ޗައިނާ އިން މިހާތަނަށް ވަނީ 73،650 މީހުން ރަނގަޅުވެފަ އެވެ.
އިޓަލީ: ބަލި ޖެހުނު: 74،386 އަލަށް ޖެހުނު: 5،210، މަރުވި 683، މިހާތަނަށް މަރުވި: 7،503
އެމެރިކާ: ބަލި ޖެހުނު: 64،765، އަލަށް ޖެހުނު: 9،909، މަރުވި: 129، މިހާތަނަށް މަރުވި: 909
ސްޕޭން: ބަލި ޖެހުނު: 47،611، އަލަށް ޖެހުނު: 5،553، މަރުވި 454، މިހާތަނަށް މަރުވި: 3،445
ޖަރުމަން: ބަލި ޖެހުނު: 37،323، އަލަށް ޖެހުނު: 4،332، މަރުވި 47، މިހާތަނަށް މަރުވި: 206
އީރާން: ބަލި ޖެހުނު: 27،017، އަލަށް ޖެހުނު: 2،206، މަރުވި 143، މިހާތަނަށް މަރުވި: 2،077
ފްރާންސް: ބަލި ޖެހުނު: 25،233، އަލަށް ޖެހުނު: 2.929، މަރުވި 231، މިހާތަނަށް މަރުވި: 1،331
Copyright © 2025 Mihaaru · Terms and Conditions · Privacy Policy