ޚަބަރު / ޑރ. ނަޒްލާ މުސްތަފާ

ޑރ. ނަޒްލާ އާއި ޓެގް ޓީމުގެ ބޮޑު ޒިންމާ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެ ވެއްޓިފައިވާ ބިރުވެރި ހާލަތަށް ބަލާއިރު، ރާއްޖޭގައި މި ވައިރަސް އާއްމުންގެ ތެރޭގައި ފެތުރުނަ ނުދީ މިހާތަނަށް ހިފެހެއްޓުމަކީ ކުޑަ ކަމެއް ނޫނެވެ؛ އެއީ، ޒިންމާ ބޮޑު، ބުރަ މަސައްކަތެއްގެ ނަތީޖާކަން ސާބިތުކޮށްދެމުން އަންނަ އެއް ބަޔަކީ ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު، އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި، ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ހިމެނިވަޑައިގަންނަވާ ގޮތުން ޑޮކްޓަރުންގެ ޓީމެއް (ޓެގް) އެކުލަވާލައި، ހަވާލުކުރީ މި ވައިރަހުން ސަލާމަތްވުމާ ގުޅޭ ހުރިހާ ލަފާތަކެއް ދިނުމުގެ ޒިންމާ އެވެ. އެކި ގައުމުތަކުގައި ވައިރަހުގެ ނުރައްކާ އޮތް މިންވަރުގެ މައްޗަށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ރާއްޖެ އިން ކުރި ހޯދޭނެ ގޮތްތަކެއް ހޯދުމެވެ.

ޑރ. ނަޒްލާގެ އިތުރުން ޑރ. އަލީ ލަތީފާއި ޑރ. އަހުމަދު ޒިޔާން އާއި ޑރ. އަހްމަދު ޝަހީދާއި ޑރ. މޫސާ ހުސައިން ގެންދަވަނީ އެ ޒިންމާ ފުރިހަމަ އަށް އަދާކުރައްވަމުންނެވެ. ވައިރަސް ފެތުރުމުގެ ފުރުސަތެއް ނުދީ އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި، އެންމެންނާ މަޝްވަރާކޮށް ގޮތް ނިންމެވުގައި އެ ބޭފުޅުން އުޅުއްވަނީ އަވަދިނެތި އެވެ.

ޑރ. ނަޒްލާ މަސައްކަތް ކުރައްވަމުން ގެންދެވީ އެންޓިބައޮޓިކް ރެސިސްޓެންޓް ޑިޕާޓްމެންޓުގެ ކަންކަން ކުރިއެރުވުމުގަ އެވެ. އެންޓިބައޮޓިކް ބޭނުންކުރާނެ، ރަނގަޅު ގައިޑްލައިންތަކެއް ހެއްދެވުމާއި ސާވޭ ހެއްދެވުމާއި ވެކްސިންގެ ކަންކަމުގައި އޭނާގެ ދައުރު ބޮޑެވެ.

މި ކަންކަމުގެ ތެރޭގައި އުޅުއްވަނިކޮށް، އެހެން ޑޮކްޓަރުންނާ އެކު ޑރ. ނަޒްލާ އަށް މިހާރު ކުރައްވަން ޖެހިވަޑައިގެންފައި ވަނީ މުޅިން އާ ތަޖުރިބާއެކެވެ: ކަރަންޓީން ފެސިލިޓީސްތައް ހެދުމާއި މީހުން އެ ތަނުގައި ބޭތިއްބުމާއި ފަރުވާ ދިނުމަކީ ރާއްޖެ އަށް މުޅިން އާ ކަމަކަށް ވީއިރު، އޭނާ އާއި އޭނާ އެކު މަސައްކަތް ކުރައްވާ އެހެން ޑޮކްޓަރުންގެ މަސައްކަތް ނާޒުކެވެ.

ކޮވިޑް-19 އާ ގުޅޭ ޚާއްސަ ކޮމިޓީއެއްގެ ބައްދަލުވުމެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިއަށް ގެންދަވާއިރު (ކ-3) ޑރ. ނަޒްލާ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"މި ވައިރަހަކީ މުޅި ދުނިޔެ އަށް ވެސް އާ ކަމަކަށް ވެފައި މިއާ ގުޅިގެން އަންނަ ރެކޮމެންޑޭޝަންސްތައް ވެސް އަބަދުވެސް ބަދަލުވަމުން އަންނަނީ. އެއާ އެއްގޮތަށް، އަޅުގަނޑުމެން ވެސް އަބަދުވެސް ކަންކަން ބަދަލުކުރަން ޖެހޭ. ޓެގު ޓީމުން އަޅުގަނޑުމެން މި ކުރާ ކަމަކީ އެ ކަންކަން ބަލައި ލަފާ ދިނުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރިސޯޓަކުން، ނުވަތަ ކަރަންޓީނު ފެސިލިޓީއެއްގައި ހުއްޓައި ވެސް ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެ ނަމަ، ޓެގް ޓީމުގެ މަސައްކަތް ފެށުނީ އެވެ.

އެހާ ހިސާބުން އެ މީހަކާ މެދު އަމަލުކުރާނެ ގޮތުގެ ހުރިހާ ލަފައަކާއި އިރުޝާދެއް ދޭނީ އެ ޓީމުންނެވެ. އެ މީހަކު އެކަހެރިކޮށް، ކޮންޓެކްޓް ޓްރޭސިން ހަދާނެ ގޮތާއި ސާމްޕަލް، އައިސް ބޮކްސްއެއްގައި އައިޖީއެމްއެޗަށް ގެނެސް ޓެސްޓު ކުރުމާއި ނަތީޖާ ލިބި އެ މީހަކާ މެދު ގޮތް ނިންމުމުގައި ވެސް ލަފާދީ، އިސްކޮށް ހަރަކާތްތެރިވަނީ ޓެގު ޓީމުންނެވެ.

ޓެސްޓުކުރާ އިރު ކޮރޯނާވައިރަކަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ ވެސް ދެން އަމަލުކުރަންވީ ގޮތުގެ އިތުރުން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާ ހަވާލުވެ ތިބީ ވެސް ޓެގް ޓީމުގެ ބޭފުޅުންނެވެ.

ފެބުރުއަރީ މަހު މި ކޮމިޓީ އުފެއްދިއިރު، ޑިސެމްބަރު 31 ގައި ޗައިނާގެ ވޫހާން އިން ވައިރަސް ފެނުމާ އެކު، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއެއް ހެލްތު މިނިސްޓްރީން އޮތީ އެކުލަވާލައިފަ އެވެ. އެހެންކަމުން ހުރިހާ ކަމެއްގެ ނިންމުންތަކުގެ ފަހަތުގައި ވަނީ މި ދެ ކޮމިޓީގެ ވިސްނުމެވެ.

ފަހުން، ޓެގު ކޮމިޓީއެއްގެ ބޭނުން ބޮޑުވީ، ރައްކާތެރިވުމުގެ ފިޔަވަޅުތަކުގައި ލަފާ ހޯދާށެވެ. ކޮވިޑް-19 އަށް ޑަބްލިއުއެޗްއޯ އިން ތައްޔާރުކޮށްފައިވާ ގައިޑްލައިން ބަލައި، ރާއްޖެ އަށް އެންމެ ރައްކާތެރި ގޮތަށް ގައިޑްލައިން ހަދާފައިވާއިރު، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ލަފާ ދެނީ ވެސް ޓެގް ޓީމުންނެވެ. ހާލަތު ބަލައި، ރަނގަޅު ކުރަން ޖެހޭ ކަންކަން އެ ޓީމުން އަބަދުވެސް ހޯދަ އެވެ.

"ފުރަތަމަ ބަލާ ކަމަކީ މުޖުތަމައަށް ފެތުރުނަ ނުދޭން. އެގޮތަށް ފެތުރިއްޖެއްޔާ އަސްލު ނޯންނާނެ ކުރެވޭނެ މާ ބޮޑު ކަމެއް. އެހެންކަމުން ނަގާ ފިޔަވަޅުތައް ވަރުގަދަވެފައި އުނދަގޫވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކަރަންޓީނުކުރާ އެންމެން 14 ދުވަސް ވުމުން ދޫކޮށްލާއިރު ޓެސްޓު ހެދުމަކީ ވެސް މި ޓީމުގެ ވިސްނުމާ އެއްގޮތަށް މަޝްވަރާތައް ކުރެވި ތަންފީޒުކުރުމާ ހަމައަށް ނިމުނު ކަމެކެވެ. އެ ނިންމުން އައީ އައިލެންޑް ސަފާރީ-1 ގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނުކުރި އެހެން ޓޫރިސްޓުން 14 ދުވަސް ހަމަކޮށް، އެކަމަކު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ފުރުވާލި މައްސަލައާ ގުޅިގެންނެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު އެ ވައިރަހަށް ޕޮޒިޓިވްވި ނަތީޖާ ލިބުނު އިރު، އިޓަލީއަށް ދާން ދަތުރުކުރަނީ އެވެ.

"އަޅުގަނޑުމެންގެ ރޯލަކީ އެޑްވައިޒަރީ ރޯލެއް، ހާލަތާ ގުޅޭ ގޮތުން އަބަދުވެސް މަޝްވަރާކުރާނެ. އެންމެ ރަނގަޅު ހައްލުތައް ހޯދަން. ފަރުކޮޅު ފަދަ ފެސިލިޓީސް ހެދުމުގައި ވެސް އިންފެކްޝަސް ކޮންޓްރޯލްވާނެ ގޮތްތައް ބަލައި އެންމެ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް،" ނަޒްލާ ވިދާޅުވި އެވެ.

ކަރަންޓީން ފެސިލިޓީ، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ހުރި މީހަކު އއ. ވެލިދޫ ރިސޯޓަށް ގެންދިޔަ ފަހުން އޭނާ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިކަމާ މެދު ވާހަކަ ދައްކައި ޓެގް ޓީމުން އަޅަން ނިންމި ފިޔަވަޅަކީ ޕޮޒިޓިވްވި މީހާއާ އެކު ދަތުރުކުރި އެންމެން، އިތުރު 14 ދުވަހަށް ކަރަންޓީނު ކުރުމެވެ. އެތައް ބައެއްގެ ރައްކާތެރިކަމާ ގުޅިފައިވާ މިފަދަ ނިންމުންތަކަކީ ފަސޭހަ ނިންމުންތައް ނޫން ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

ކަރަންޓީނު ފެސިލިޓީތައް ހުންނަން ވާނެ ގޮތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް އިރުޝާދު ދެނީ އެ ގްރޫޕުންނެވެ.

"މުޅި ދުނިޔޭގައި ވެސް ސަޕްލައި ވަރަށް މަދުވެފައި ވަނީ. އެހެންވެ އަޅުގަނޑުމެން ރެކޮމެންޑޭޝަންސްތައް ދޭއިރު، ވިސްނަން ޖެހޭ، ޓެސްޓް ކިޓްތައް އަންނާނެ މުއްދަތު ވެސް. ކުރިއަށް ވާނެ ގޮތެއް ނޭނގޭތީ ވަރަށް އުނދަގޫ، ކިހާވަރަކަށްތޯ ލިބޭނީ، ކުއްލިއަކަށް ސަޕްލައި ޗެއިން މައްސަަލަ ދިމާވުން ފަދަ ކަމެއް ދިމާވާނެތީ. ރާއްޖޭގައި އެކަންޏެއް ނޫން، ޔޫއެސް، ޔޫކޭގައި ވެސް ސަޕްލައި ޗެއިންގެ މައްސަލަ އުޅޭތީ އެކަމާ ކަންބޮޑުވުން ހުރޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ދެން އަނެއް ކަމަކީ ރާއްޖޭގައި ވަރަށް ބައިވަރު މެޝާސްތައް އެބަ ނަގާ. ރާއްޖޭގައި އެކަނި މިހާ ބޮޑަށް ފެސިލިޓީ ކޮރަންޓީނު މިކުރަނީ. އެހެން ގައުމުތަކުގައި ނުކުރޭ. ރާއްޖޭގައި ލޮޖިސްޓިކަލީ ވެސް ވަރަށް ބޮޑު އޮޕަރޭޝަނެއް މިއީ."

ނިންމުންތަކަކީ އެތައް ބައެއްގެ ވިސްނުން

ރައްކާތެރިވުމުގެ ފިޔަވަޅުތައް ޓެގް ކޮމިޓީން ތަރުތީބު ކުރަމުން އައި ނަމަވެސް އެއްވެސް ކަމެއް ތަންފީޒާ ހަމައަށް ދަނީ، އެތައް ބައެއްގެ ލަފަ އާއި މަޝްވަރާއާ އެކުގަ އެވެ. އެންމެ ކޮމިޓީއަކުން ނިންމައިލެވޭ ވަރަށް ވުރެ، ކޮރޯނާވައިރަހުގެ ނުރައްކަލާއި މުޖުތަމައަށް ފެތުރިއްޖެ ނަމަ، ދެން ވާނެ ގޮތުގެ ވިސްނުން އަބަދުވެސް ގެންގުޅެ އެވެ.

މިދިޔަ އާދިއްޔަ ދުވަހު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް (މ) އަދި މަބްރޫކް (ކ) އާއި ޑރ. ނަޒްލާ މުސްތަފާ (ވ).---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން ވީހާ ވެސް ގިނަ ބައެއްގެ ވިސްނުން ހޯދި ވަރަކަށްތާ އެ ނިންމުމެއް ހަރުދަނާ ވާނީ. މިސާލަކަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ދެކޭ ގޮތް ބެލުމާއި ނޫނިއްޔާ ތަންފީޒުކުރަން ތިބޭ އެޗްޕީއޭ އިން ދެކޭ ގޮތް ވެސް ހޯދަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިސާލަކަށް ފެސިލިޓީ ޑިޒައިން ކުރަންދާ އިރު އައިޖީއެމްއެޗުގައި އުޅޭ ނަރުހުން ގޮވައިގެން ދަނީ. އެ ބޭފުޅުންނަށް ބޮޑަށް ފަރުވާ ދިނުމުގައި އެތަން ހުންނަވާނެ ގޮތް އެނގޭނީ."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ޑަބްލިއުއެޗްއޯ އާއި ބޭރުގެ އެކި ގައުމުތަކުގެ އެކްސްޕާޓުންގެ ލަފާ ވެސް ހޯދަ އެވެ. އެއްވެސް ކަމެއްގައި ނިންމުން އުނދަގޫވެއްޖެ ނަމަ، ޓެލެކޮންފަރެންސް މެދުވެރިކޮށް އެހެން ގައުމުތަކުގެ ތަޖުރިބާ ވެސް ހޯދަ އެވެ.

ރިސްކް ލެވެލް ނޭނގުން: އެންމެ އުނދަގޫ ކަންތައް

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން ޓެގް ޓީމަށް ވެސް އެންމެ އުނދަގޫ ކަމަކީ އެކި ގައުމުތަކުގެ ރިސްކް ލެވެލް ދެނެގަންނަން އުނދަގޫވުމެވެ.

"އަޅުގަނޑުމެންނަށް އެ ގައުމެއްގެ ރިސްކް ލެވެލް އުނދަގޫވާނެ ވަގުތުން ވަގުތަށް އެނގެން. ތަންކޮޅެއް ފަހުން އެނގޭނީ އެ ސާޖް އަންނަ އިރު،" އޭނާ ވިދާޅުވި އެވެ.

"އިންޑއާ އިން އަންނަ މީހުންނާއި ޔޫކޭ އިން އަންނަ މީހުންނާ އަޅާބަލާއިރު، ބަލަން ޖެހޭ. މިސާލަކަށް އިންޑިއާ ތަންތަނުގައި ރިޕޯޓްނުކޮށް ހުރެދާނެ. އަޅުގަނޑުމެންގެ ދިވެހިން ގިނަ ފަހަރަށް އެ ގައުމުން އަންނާނީ ހޮސްޕިޓަލްތަކަށް ގޮސްފައި. މިއީ ރިސްކެއް، ހޮސްޕިޓަލަށް ގޮސްފައި ހުރެއްޖިއްޔާ."

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެހެންކަމުން އެ ގައުމަކަށް ދޭނީ ކޮން ރިސްކް ލެވެލެއްތޯ ކަނޑައަޅަން، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އުނދަގުލެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ގިނަ ތަޖުރިބާކާރުން ނެތަސް ދުރާލައި ފިޔަވަޅު އަޅައި އަމަލުކުރާނެ ގޮތްތައް ލިޔެ ތައްޔާރުވެފައި ވުމަކީ އެންމެން ވެސް ފާހަގަކުރާ، ރާއްޖެ އަށް ހޯދިފައިވާ ކުރިއެރުމެއް ކަމަށެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މިކަމުގައި ސީރިއަސްވެވަޑައިގެން، އެޗްޕީއޭ އަށް އިރުޝާދު ދެއްވައި ކުރެއްވި މަަަސައްކަތާއި ސިއްހީ އެހެން ތަޖުރިބާކާރުންގެ ވިސްނުމަށް ނިންމުންތައް ދޫކޮށްލައި ސަރުކާރުން ދިން އެއްބާރުލުމަކީ މިހާތަނަށް ވެސް މި ވައިރަސް މުޖުތަމައަށް ފެތުރުނަ ނުދީ ހިފަހައްޓާލެވުނު ސަބަބެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ބައެއް މީހުން ގަބޫލެއް ނުކުރޭ، މިކަން ބޮޑުވެދާނެ ކަަމަކަށް. އެކަމަކު ތަފާތަކީ ރާއްޖެ އިން އެންމެ ކުރިއްސުރެން ވެސް ގަބޫލުކުރި މި ވައިރަސް ފެތުރިއްޖެ ނަމަ ނުރައްކާ ވެދާނެ ކަމަށް. އެހެންވެ ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅިފައި ވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

24 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 1%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާގޯސްކާ

01 April 2020

ބޮޑުންގެ އަނބިން ގެއަށްފޮނުވާލިއިރު ޑޮކްޓަރ ނިދާފަތޯ އޮތީ.

The name is already taken The name is available. Register?

‫ގޮހޮޑާ

01 April 2020

‫ފިލާވަޅު ހޯދަން އައިސް ތިބި ބަޔެއްތީ...

The name is already taken The name is available. Register?

މަޒް

01 April 2020

ކަލޯ ކޮން ރަށެއް؟ ހަމަ އަހާލީ.. ބައެއް ރަށްރަށު މީހުން ވަރަށް ނެގެޓީވްވާނެ

The name is already taken The name is available. Register?

ރީތި މޫސަ

01 April 2020

ރާއްޖޭގެ ޑޮކުޓަރުންނަކީ އަބަދުވެސް ބަލިމީހުންނަށް ޚިދުމަތްކުރުމުގަ ލާމަސީލު މިސާލެއް ސާބަސް ރައީސް ސާބަސް އަމީން ސާބަސް ޑޮކުޓަރުން ސާބަސް މަބުރޫކު މިޤައުމުގަ މިކަމުގަ މިވަގުތު ސީރިއަސް ކަމާއެކު ރައްޔިތުންނަށް ޓަކައި ތިބިބަޔަކީ މީ ދެންތިބީ ކުޅިވަރުކުޅެ މަޖާނަގާމީހުން

The name is already taken The name is available. Register?

ޢިޙްސާސް

01 April 2020

ތީވަރަށް އޯގާތެރެ ޑރ. ޢެއް.

The name is already taken The name is available. Register?

އަޒީ

01 April 2020

ހިތް ހިޔޮ އޯގާތެރި ޑޮކްޓަރެއް އެއީ. ހުރިހާ ޑޮކްޓަރުން ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އަދި މުޅި ދިވެހި ގައުމު މި ކަމުން ސަލާމަތްވެ ކުރީގެ ހާލަތަށް ނުވަތަ އެއަސްވުރެންވެސް ރަނގަޅު ހާލަތަކަށް ބަދަލު ކުރައްވާފާންދޭވެ. ޑޮކްޓަރުނަށް ކުރެވޭނީ މަސައްކަތެވެ. ކާމީޔާބު ދެއްވާނީ ﷲ އެވެ.

The name is already taken The name is available. Register?

ހަޑިގިއްލާ

31 March 2020

ދރ ނަޒުލާއަކީ އަޅުގަނޑު ވަރަށް ގަޔާވާ ޑޮކްޓަރެއް. އެހާ ފޮންޏެއް ނުވާނެ. ބައްޕާފުޅުހާ ކޫލްވާނެ.

The name is already taken The name is available. Register?

މަވޭ

31 March 2020

ތިކަމުގައި ސާބިތުކަމާއިއެކު ކުރިޔަށް ވަޑައިގަންނަވާ.

The name is already taken The name is available. Register?

ރު މޭ

31 March 2020

TAC team

The name is already taken The name is available. Register?

އަންްނި

31 March 2020

ޑރ. ގެ ވާހަކައިންވެސް އެބަ އެނގޭ އިޓަލީ 2 ޓޫރިސްޓުން ފުރުވާލެވުމަކީ ގޯހެއްކަން. ފުރަތަމަ ކަމަކަށް އެސްއޯޕީއާ ޚިލާފުވުން. ދެވަނަ ކަމަކަށް އެޗްއައިއެޗް އިން ވެލިދޫއަށް ގެންދިޔަ އެންމެން އިތުރު 14 ދުވަހަށް ކަރަންޓީނު ކުރެވުނީމަ. ކޮންޓެމިނޭޓެޑް ސަފާރީއަކުން ދަތުރުކުރި 2 ފަތުރުވެރިޔަކު އެންމެ 10 ދުވަސް ފަހުން ކަރަންޓީނުން ދޫކޮށްލުމަކީ ހެދި ގޯހެއް. އެތައް ބައެއް ނުރައްކަލަށް ވެއްޓުނު ކަމެއް.

The name is already taken The name is available. Register?

ރުމައިސާ

31 March 2020

Tech team

The name is already taken The name is available. Register?

ބުރޭ

31 March 2020

މިހާރުނޫސް ތަ މީ ހަމަ. ހެހެހެ ހާދަ ޕޮޒިޓިވް ވީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454