އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން: އެ ކުންފުނީގެ ސުޕަ ނެޓް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 5 ޖީބީ ހިލޭ ޑޭޓާ ދޭން ވަނީ ނިންމާފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
31 މާޗް 2020 - 19:04
ކޮވިޑް-19 އާ ގުޅިގެން އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 5 ޖީބީގެ ޑޭޓާ ހިލޭ ދޫކުރަން އެ ކުންފުނިން ނިިންމައިފި އެވެ.
އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ބޭނުންވާ ގޮތް ރައީސް އޮފީހުން އާއްމުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އުރީދޫން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތައް މެދުވެރިވުމާ އެކު ގޭގައި ތިބެގެން މަސައްކަތް ކުރުމާއި ދަރިވަރުންގެ ކިޔެވުން ވެސް ގޭގައި ކުރިއަށް ގެންދަން ޖެހޭތީ އެކަމަށް ލުއިތަކެއް ދިނުމުގެ ގޮތުންނާއި ގޭގައި މަޑުކުރުމަށް ބާރު އެޅުމުގެ ގޮތުން ސުޕަ ނެޓް ކަސްޓަމަރުން ނަގާފައިވާ ޑޭޓާ ހަމަވުމުން ކޮންމެ ދުވަހަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ.
އެހެންވެ، ސުޕަ ނެޓް ކަސްޓަމަރުން ނަގާފައިވާ ޑޭޓާ ހަމަވުމާ އެކު ކުޑަ ވަގުތުކޮޅެއްގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއް ނެތި ޚިދުމަތް ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތަށް ކޮންމެ 24 ގަޑިއިރަކުން އެއްފަހަރު އަލުން އެކްޓިވޭޓްވާނެ ކަމަށާއި މާދަމާ އިން ފެށިގެން އެ ޚިދުމަތް ލިބޭނެ ކަމަށާއި އަދި އެ ޚިދުމަތަކީ ސުޕަ ނެޓް ކަސްޓަމަރުންނަށް ކޮވިޑް-19 އާ ގުޅިގެން ކުރިން ދެމުން އައި 25 ޕަސެންޓް ޑޭޓާ އެލަވަންސް ހިލޭ ދިނުމުގެ އިތުރަށް ދޭ އެލަވަންސެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން އިތުރު މަސައްކަތްތަކެއް ސަރުކާރުގެ އެދުމުގެ މަތިން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ޓާސްކް ފޯސް ސެންޓަރުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކުރާ ނުވަތަ ކަރަންޓީންކުރާ މީހުންނަށް ވެސް ހިލޭ އިންޓަނެޓް ދިނުމުގެ މަސައްކަތާއި މާލީ ދަތިތައް ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ޚާއްސަ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން ވިދާޅުވީ ގޭގައި ތިބެގެން މިދުވަސްވަރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ގެނައުމަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށާއި އެންމެން ގުޅުވައި ދިނުމަށްޓަކައި ފުރިހަމަ ޚިދުމަތެއް އުރީދޫން ފޯރުުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެެސް ނަޖީބް ޚާން ވިދާޅުވި އެވެ. އަދި މިދުވަސްވަރު އެދެވޭ ގޮތެއްގައި އިންޓަނެޓްގެ ޚިދުމަތް ބޭނުން ކުރަން ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ޚާއްސަކޮށް ބޭނުން ކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މިފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާ ކުރާނެ ގޮތަށް އެންމެ އެދެވޭ ގޮތުގައި އިންޓަނެޓްގެ ބޭނުން ހިިފުމަށް އަޅުގަނޑު އެދެން،" ނަޖީބް ވިދާޅުވި އެވެ.
ޑޭޓާ ބޭނުން ކުރެވޭ މިންވަރު މަދު ކުރުމަށްޓަކައި ހުޅުވާފައި ހުންނަ އެޕްތައް ކްލޯސް ކުރުމާއި މުހިންމު ނޫން އެޕްތައް ފޮހެލުމާއި ބެކްގްރައުންޑް ޑޭޓާ ބޭނުން ނުކުރާ ގޮތަށް ފޯނުގެ ސެޓިން ބަދަލު ކުރުމާއި ނެޓް ފްލިކްސާއި ޔޫޓިއުބް ފަދަ އެޕްތަކުން ސްޓްރީމްކުރާ މިންވަރު ދަށް ކުރުމުގެ އިތުރުން ޓީވީ ބެލުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި ސްޓްރީމް ނުކުރުމަށް އެދޭ ކަމަށް ވެސް އުރީދޫގެ ބަޔާނުގައިވެ އެވެ.
އުރީދޫ އިން އެގޮތަށް ހަމަޖެއްސިއިރު، ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓްގެ ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، ފަސޭހައިން އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ސަރުކާރުން މިއަދު ވަނީ މުއާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުގައި އެދިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ގިނަ ޚިދުމަތްތައް ވެސް ވަނީ އޮންލައިންކޮށް ހޯދަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާރާ
01 April 2020
އަންލިމިޓެޑް ޕެކޭޖް ނަގާފަތިބިމީހުންނައް ނެއްތަ ގޮތެއް ރަގަޅައް ނެޓުނުލިބޭތާ މިވަނީ 3މަސް ކޮންމެ ރެއަކު 9 ޖަހާއިރު އެބަ ކަނޑާލާ މިސަކަރާތެއް ނުޖަހާ އެންމެ ރެއެއްވެސް ނުދޭ.ކޮންމެ ރެއަކު ގުޅާއިރައް މޮޑަމް ރީސްޓާޓް ކުރަންބުނަނީ އެނޫން އެއްޗެއްކިޔާކައްނޭގޭ.
ނުލާހިކުރީތި
01 April 2020
ދިރާގު އަދި އުރީދޫއިންވެސް އަންލިމިޓެޑް ޕެކޭޖްތައް ގެންގުޅޭ މީހުންނާމެދު ތަފާތުކޮށް އެމީހުން ނިކަމެތި ކުރާ ކަމީ ތާރީޚުން ފެންނަން އޮންނަ ޙަޤީޤަތެއް، ދުވަހަކުވެސް އަންލިމިޓެޑް ކަސްޓަމަރުންނަށް މިއިން އެއްވެސް ކަމަކުން ފައިދާއެއް ނުލިބޭ! އެކަމަކު ނިސްބަތުން ބޮޑު ބިލެއް ކޮންމެ މަހަކު އެމީހުންވެސް ދައްކާ! ކީއްތަވާނީ ސްޕީޑު މަތިކޮށްލަދިނިއްޔާ، މިއީ ވަރަށް ބޮޑުވެއްޖެ މައްސަލައެއް
ދެވނަވިސްނެވުމަކަށް
01 April 2020
އަންލިމިޓެޑް ޕެކޭޖް ގެންގުޅޭ މީހުްނގެ އިސްޕީޑް 4 ޖީބީ އަށް މަތިކޮށްދީ
ގަލޮޅުމެދުދާއިރާ
01 April 2020
މީ ވަރަށް ބޭ އިންސާފުން ކުރާ ކަމެއް! ކޮބާ އަންލިމިޓެޑް ޕެކޭޖު ގެންގުޅޭ މީހުންގެ ޙައްޤުތައް، އެމީހުންނަށްވެސް މިއެލެވެންސް ކޮންމެވެސް ސިފައެއްގައި ލިބެންޖެހޭ، ވަކި ބަޔަކާމެދު ތަފާތުކޮށްގެން ނުވާނެ! ސްޕީޑު މަތިކޮށްދީގެން ނުވަތަ ބިލުން ކަނޑައިގެން ނަމަވެސް އަންލިމިޓެޑް ޕެކޭޖް ގެންގުޅޭ މީހުންނަށްވެސް އެހެންމީހުންނަށް ދިން ބެނެފިޓް ލިބެންޖެހޭނެ
އުސްތާޒުޕިކްސް
01 April 2020
250 ޖީބީ ނަގައިގެން އުޅޭ ފަރާތްތަކަށް ތިޔަ ދިން ލުއިން އެއްވެސް ރާހަތެއް ނުކުރާނެ، އެހެންވެގެން މިއަހައިލީ ބިލް ނުދެއްކިއްޖިއްޔާ ޚިދުމަތް ކަޑާލާނަންތޯމިކަން ކޮށްފައި މިއޮތީ އަމާ ބުނީތީ ފަރަށްދާ އުސޫލުން.
ހަނުހުންނަ މީހާ1
31 March 2020
ބައްލަވާ ހަގީގީމާނާގައި ލުޔެއް ދިންކަމަށްވާނީ ޕެކޭޖްތަކުގެ އަގުތިރިކުރީމަ ތިކިޔަނީ މިހާރު ވިއްކާ ޕެކޭޖްތައް އެ އަގުގައި ބަހައްޓައިގެން އެއަށް ދޭ ޖީބީ ބޮޑުކުރާވާހަކަ. އަގު ކުޑަކޮށްދެއްވާ. އަތުންދާ ރުފިޔާ މަދުވާނެ ގޮތަކަށް ހައްދަވާ ދެއްވާ.
އެސްކޮބާރ
31 March 2020
މަބްރޫކް ވިދާޅުވެފައި އޮތީ ބުދަދުވަހުން ފެށިގެން އިންޓަނެޓް އަގުހެޔޮވާނެކަމަށް. ރައީސް އޮފީހުން ޚިދުމަތްދޭ ކުންފުނިތަކަށް ކުރި އިލްތިމާސްގައިވެސް އޮތް އަގުހެޔޮކޮށްދޭށޭ. އެކަމަކު އަގު ހެވެއް ނުވި. މިކަން ކޮށްފައި މިއޮތީ އަމާ ބުނީތީ ފަރަށްދާ އުސޫލުން. ސަރުކާރުން ބުނާ ބަސް ނާހާ ބޮޑާހާކާ ކުންފުނިތައް ކޮމިއުނިސްޓުން އެބުނާހެން ސަރުކާރަށް ނަންގަވާ ނެޝަނަލައިޒް ކުރައްވާ ހަމަ މިހާރު. މިކާރިސާގެ ވަގުތު ވެސް ރައްޔިތުންގެ ލޭބޮނީ.
ޣުރައ
31 March 2020
އަމިއްލައަށް ފެނިގެން މިއިންތަނަކުން އެއްކަމެއްވެސް ކަސްޓަމަރަކަށް ކޮށްނުދޭނެ ކިތައްމެ ހާލެއްގައި ކަސްޓަމަރުން ޖެހުނަސް.
އަލް އުސްތާޒު
31 March 2020
އަޅުގަނޑަކީ ކިޔަވާ ކުއްޖެއް. ފިހާރައެއްގަ މަސައްކަތް ކުރަނީ.. ސުޕަނެޓަކީ އަނގުހެޔޮ އަދި ޖުމްލަ ގޮތެއްގައި ސްޕީޑްވެސް ފާސްޓް ޚިދުމަތެއް. ޝުކުރިއްޔާ އުރީދޫ
ހާމަ333
31 March 2020
ކޮބާ ދިރާގު? ދިރާގުން މިހެން ހަދައިފިއްޔާ މުޅި ނެޓްވޯކް ޑައުންވާނީ....