ފަރުކޮޅު ފުށީ ހެލްތު ފެސިލިޓީ--
08 އެޕްރީލް 2020 - 23:43
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީ އަށް 40 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ ހަދާ އެ ފެސިލިޓީ އަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު އެތަނަށް ބޭނުންވާ ސިއްހީ އާލާތްތައް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
އެތަނަކީ 300 އެނދުގެ ފެސިލިޓީއެއް ކަމަށާއި އޭގެ އިތުރުން ސާވިސް ބިލްޑިންއަކާއި އެކޮމެޑޭޝަން ބްލޮކެއް ހުންނާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑްރީ އާއި ވޭސްޓް މެނޭޖްމަންޓާއި ބަދިގެޔާއި މިފަދަ ހިދުމަތްތައް ދެވޭ ތަނެއް. އެކޮމެޑޭޝަން ބްލޮކަކީ އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ތިބެވޭގޮތަށް ހަދާ ތަނެއް،" މަބްރޫކް ވިދާޅުވި އެވެ.
ހުޅުމާލޭގައި އަލަށް ހަދާ ފެސިލިޓީއަކީ ވެންޓިލޭޓަރާ އެކު ފަރުވާދެވޭ ޒަމާނީ ފެންވަރުގެ ތަނެކެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާރު ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އއ. ވެލިދޫގަ އެވެ. ކުރިން ފަރުވާ ދޭން ބޭނުން ކުރި ފަރުކޮޅުފުށި އަލުން ހަދައި ފަރުވާ ފަށަން ވަނީ ތައްޔާރުވެފަ އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ ހަދާ އެ ފެސިލިޓީ އަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު އެތަނަށް ބޭނުންވާ ސިއްހީ އާލާތްތައް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެއީ މުޅިން ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ. ބާކީ ތިބި ދެ މީހުންނަކީ އެނބުރި ގައުމަށް ދިޔަ ފަހުން، ރާއްޖެ އިން ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ޓޫރިސްޓުންނެވެ. އެއީ އިޓަލީގެ ދެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލްގީ
09 April 2020
މިހާރު ފެއްނަމަންޒަރަށް ބަލާއިރު ގައުމުގެ ވެރިކަމުގައި ހުއްނެވި ބޭފުޅާ ޑަބްލިއު އެޗް އޯ ބުނާގޮތަށް ލޮކްޑައުން ކޮއްގެން ވާ ފައިދާ އެއް ނުފެނޭ. އެއްމަރގަޅުތާ ސޯޝަލް ޑިސްޓެންސް ހަދައިގެންވެސް ފުލޫ ކްލިނިކަށް ދާމީހުން މަދުވާނަމަވެސް.
ގުޑުގުޑާ
09 April 2020
ރައްޔެތުއްގެލާރިއައް ހަދާނެގޮތެއްނުއެގިގެއް އުޅޭބައެއް
ރަންނަ
09 April 2020
ނެތެއްނު ރަނގަޅު ގޮތެއް. އާތަނެއް އެއަޅަނީ ހާލަތުބަދަލުވެދާނެ ކަމަށް ވިސްނާފަ. ވަސީލަތްތައް ގާއިމް ނުކުރެވި ހުއްޓާ ހާލަތުބަދަލުވެއްޖިއްޔާ ބުނާނެ ބަލި މީހުންނަށް ފަރުވާދޭނެ ތަނެއްވެސް ހަދާކަށް މިސަރުކާރަކަށް ނޭގުނޭ
މިވަރެއްނެތް
09 April 2020
ބަނޑަށްޖެހޭއިރުވެސް އިސްރާފުކުރާތި. 25 ބުރީގެއައިޖީއެމްޗް، އެތަނުގެ ބާ ބިލްޑިން، އޭޑީކޭ، ޓްރީޓޮޕް، ހުޅުމާލެ ހޮސްޕިޓާ، އެޗްއައިއެޗް.ފަރުކޮޅުފުށި ހުއްޓާ އިތުރު 40 މިލިޔަން ޚަރަދުކުރަންވީ އެއްވެސް ސަބަބެއްނެތް. ޕްރޮޖެކްޓް ނިމޭއިރު ކޮންމެވެސް ބަޔަކު މުއްސަނދިވާނެ. ފަހުވަތުގު ސިފައިން ނުވަތ ފުލުހުން ތަނަށް ވެރިވާނެ. ތަނެއްދޮރެއް ނުދަންނަ ރޯނު އެދުރު ވެރިންނާއި ގަމާރު ރައްޔިތުން. މީވާގައުމެއް.
ރަންނަ
09 April 2020
އާމުބަލިތަކަށް މީހުންދާ ހޮސްޕިޓަލަށް ކޮވިޑް ބަލި މީހުން ނުގެންދެވޭނެ. އެއީ ރިސްކެއް. ހަސަދަވެރިކަމަކީ މުޅިމީހާގެ ވިސްނުމާ ޚިޔާލު ހަލާކިކޮއްލާ އެއްޗެއް
ފިތުނަ
09 April 2020
ކުރީގަ ބުނީ އެހެން ބަލި މީހުން ތިބޭ ހޮސްޕިޓަލަށް ނުގެންދާށޭ. މީހުން އުޅޭ ރަށަކަށްވެސް ނައަރުވާށޭ. މިހާރު ރާގު ބަދަލުވީ. މިއީ ދުވަހަކުޗެސް ހިތް ފުރޭނެ ޝުކުރުކުރާނެ ބައެއް ނޫން. އެހެންވީމަ ސަރުކާރުންވެސް މިމީހުން ކިޔާ އެއްޗަކަށް އެއްގޮތަކަށްވެސް ވިސްނާނެ ކަމެއް ނެތް.
40 މިލިއަން ހަލީލް
09 April 2020
40 މިލިއަން ތި ހަރަދު ވި ގޮތެއް އެބަ ބަލަން ޖެހޭ، މަސައްކަތް ކުރަނީ ފެނަކަ އާއި ސިފައިން، ތަކެތި ގެނައީ ކޮން މަޖިލިސް މެންބަރެއްގެ ހިއްސާ އޮންނަ ކުންފުނިންތޯ ބަލަން ބޭނުން!!
އަލީމްބ
09 April 2020
12މިލިއަން ތަން ހެދުމައް، 28 މިލިއަން ، އެތަނައް ބޭނުންވާ ސިއްހީ އާލާތްތައް ހޯދުމައް 28 މިލިއަން
މުއިން2
09 April 2020
އަދި ހަދަން އުޅެ ތަނެއް މިއީ، ހަމަ ހޭ ވެބަލަ ބުރަންތިވިޔަސް ބޮޑުވަރު
މުރާސިލް
09 April 2020
ތީހުސްކަޓުނަގާނެ ކަންކަން
އޯކޭ ސަރ
09 April 2020
ދަރުމަ ވަންތަ ހޮސްޕިޓަލް އަށް 400 މިލިޔަން..
ގޮހޮރޭ
09 April 2020
ސުބުހާނައްﷲ!
ސަންޔެޓްސެން
09 April 2020
އެނދަކަށް 133،333.00 ރުފިޔާ ހުޅުމާލޭގައި ހަދާފައި އެހަރަ 7000 ފްލެޓުން 300 ކޮޓަރި ތިކަމަށް ބޭނުން ކުރާނަމަ ހަރަދު އެތަށް ގުނަ އަކުން ކުޑަވާނެ. ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާފައި ވައްކަން ކުރުން މިއޮތީ. އަދި ތީ ކޮންމެ އެނދަކަށް ވެންޓިލޭޓަރ ވެސް ނުލާ ޖެހޭ އަގު. މި މައްސަލަ ތަހްޤީޤު ކުރަން ގޮވާލަން އަދި މިވައްކަމުގެ ބައިވެރިން ހޯދާ އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭނެ.
އަލިވާސް
09 April 2020
ގައުމީ ބޮޑު ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަންކަމަށް ހަޖޫ ޖަހާ އެކަންތައް ވާން އޮންނަ ދޮރު ތައް ބަނދު ކުރަން ގޮވާލާ މީހުންނާއި މި ދަނޑިވަޅުގައި އެެއްޗެކޭ ކިޔައިގެން ލައިކު ހޯދަން މަސައްކަތް ކުރާ މީހުންނާއި ފިތުނަ ފަސާދަ އާންކުރަން ހިތްވަރުދޭ އެންމެން ވަގުތުން ވަގުތަށް ބަންދުކޮށް ތަހުގީގު ހިންގަން ގޮވާލަން،
އައްޑޫ ތަކުރު
09 April 2020
މުޅި ޤައުމުގަ ހުންނެވީ އެންމެ ފުއްޕާމޭގެ ޙާއްސަ ޑަކްޓަރެއް. ތަކަންދޫ މާރަންދޫގަ ފަރުވާދޭ ތަންތަން ހަދާށޭ ގޮވާއިރު އިރުއިރުކޮޅާ ޑަކްޓަރުންނަށް އެތަންތަނަކަށް ނުދެވޭނެ ދެއްތޯ! ކަމުގެ ދެކޮޅު ބަލާފަ ހިޔާލު ފާޅުކުރުން ވަރަށް މުހިއްމު!
ކޮއިމަލާ
09 April 2020
ޑެވެންޖެހޭނެ. ޑަކްޓަރުންވެސް މާ ފޮނި ބޮޑީ. ޙާދަހާ ކިބުރުވެރި ބައެކޭ
އޮނަރަބްލް އަފީފު ދީދީ
09 April 2020
މިވަގުތު ހަޒާނާގައި ހުރިފައިސާ ތިގޮތަށް ތަޅާ ބުރުއްސާލުމުގެ ބަދަލުގައި އަންނާންއޮތް ބަނޑުހައި ހޫނުކަމުގެ ދުވަސްވަރަށް ތައްޔާރުވާންޖެހޭ. # ކުލިނުދެއްކި ޖަގަޑާގަނޑަކަށް މާލޭގެ ހާލަތު ބަދަލު ނުވަނީސް މާލެދޫކޮށް އެބުރި ރަށަށްދާ އާއިލާތަކަށް ސްޓިމިއުލަސް ޕެކޭޖުން ލޯނު ޙާއްސަކޮށް އެފަދަ އާއިލާތަކުން ރަށެއްގެ ސްކޫލަށް ވަންނަ ކޮންމެ ކުއްޖަކަށް 50000:00ރ ގެ އިންޓަރެސްޓް ފްރީ ލޯނު 5 އަހަރުތެރޭގައި ދައްކާގޮތަށް ދޫކޮށްގެން ރަށަށް ދިއުމަށް ހުޅުވާލައްވާ.