މިރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
10 އެޕްރީލް 2020 - 00:26
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭނީ އާންމުންގެ ތެރޭގައި އެ ވައިރަސް އެއްވެސް މިންވަރަކަށް ފެތުރިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާ އަށް ފަހު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އަމީން ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ދިވެހިންގެ ތެރޭގައި އެއްވެސް މިންވަރަކަށް ފެތުރިފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ މެދު ގޮތެއް ނިންމާނީ އެ ދިރާސާގެ އަލީގައި ކަމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލި އާންމުންގެ ތެރޭގައި ފެތުރޭ ހާލަތެއް ރާއްޖޭގައި އޮތްތޯ ބަލަން ސާމްޕަލްތައް ނަގައި ޓެސްޓްތައް ކުރުމުގެ މަސައްްކަތް މިއަދު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ އޭގެ ނަތީޖާ އިން ވެސް އަޅުގަނޑުމެންނަށް އެނގޭނެ ރާއްޖޭގެ ހާލަތު މިހާރު މި އޮތީ ކިހިނަކުންތޯ،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލިތާ ވެސް ވަރަށް އަަަަވަހަށް 14 ދުވަސް ހަމަވާނެ އެވެ. ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ 30 ދުވަސް އަންނަ އާދީއްތަ ދުވަހު ހަމަވާނެތީ ދެން އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ކަމަށް ގޮތެއް ނިންމުން ވެސް ބިނާވާނީ މިހާރު ކުރަމުން އަންނަ ދިރާސާ އަށް ކަމަށެވެ.
އަމީން ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާ މެދުގައި ވެސް އިތުރަށް ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ފިޔަވަޅުތައް ދޫކޮށްލެވޭ ހާލަތެއް އަތުވެއްޖެ ނަމަ ދޫކޮށްލެވޭނީ ވެސް ކޮންމެވެސް ތަރުތީބަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ 30 ދުވަސް އަންނަ އާދީއްތަ ދުވަހު ހަމަވާނެތީ ދެން އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ކަމަށް ގޮތެއް ނިންމުން ވެސް ބިނާވާނީ މިހާރު ކުރަމުން އަންނަ ދިރާސާ އަށް ކަމަށެވެ.
"މި ވަގުތަށް އެއްޗެއް ދަންނަވަންޏާ މި [ސިއްހީ ނުރަައްކަލުގެ ކުއްލި ހާލަތު] އިތުރުކުރާނަންތޯ ނޫންތޯ އެއްޗެއް ދަންނަވާކަށް ނުއެއް އެނގޭ މި ދެ ދުވަހުގެ މައްސަކަތުން އިނގޭނީ އިތުރުކުރާނީތޯ ނޫންތޯ،" އަމީން ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރި ވުމުގެ ގޮތުން ރާއްޖޭން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުން އަދި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓައިލުމަކީ އަޅާފައިވާ ބައެއް ފިޔަވަޅުތަކެވެ. ރާއްޖެ އަށް އެއްވެސް އެހެން ގައުމެއްގެ މީހުން ދަތުރުކުރުމަށް އޮން އެެރައިވަލް ވިސާ ދިނުން ހުއްޓައިލުމާއި ރިސޯޓްތަކުން މީހުން އެހެން ރަށްތަކަށް ދަތުރުކުރުން ހުއްޓުވާފައި އޮތް އޮތުމަކީ ވެސް އެފަދަ ފިޔަވަޅުތަކެވެ.
ފިޔަވަޅުތައް ލުއިކުރިޔަސް ކޮވިޑް-19 ގެ ނުރައްކާ ރާއްޖެ އަށް އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށް އަމީން މިރޭ ވެސް ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވިއިރު އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. އެ 15 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅު ވެފައިވާއިރު ބާކީ ދެ މީހުން ތިބީ ރާއްޖެ އިން ބޭރުގަ އެވެ. އެއީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ޓެސްޓުގެ ނަތީޖާ ލިބުނުއިރު ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓެކެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ ހަތަރު ދިވެހިން އެކަންޏެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުޅޯ 123
10 April 2020
ވެންޓިލޭޓަރު ގެނައުން އަވަސް ކުރުމާއި އަތޮޅުތެރޭގަ އާއި ރިސޯޓްތަކުގައި ވެސް ޓެސްޓުކުރެވޭނެ އިންތިޒާމްތައް ހަމަ ޖައްސަވާ ދެއްވާ
އާރީ
10 April 2020
ތިބުނާ ވެންޓިލޭޓަރު ތަކެއްވެސް މިހާރު ގެންނަން އެތައްފަހަރަކު ތާރިހު ބުނެފި. ދުވަހަކު ގެނެވޭ ގޮތެއްނުވެ. ފުލައިޓެއް ޗާޓަރކޮށްގެންވެސް މިހާރު ގެންނަހާ ދުވަސްވެއްޖެ ތިވާހަކަ ދަށްކާތާ
ގޮހޮޑާ
10 April 2020
އަދިވެސް ނުވޭތަ...
ޒަރާ
10 April 2020
މިނިސްޓަރާއި ޓީމުން ތިޔަކޮށްދެއްވަމުންގެންދާ އަގުހުރި މަސައްކަތްތަކުގައި ﷲ ބަރަކާތް ލައްވާށި
ސަފްރާނީ
10 April 2020
ގެސްޓަކު ރާއްޖެ އައިސް ހުންނަތާ 20ދުވަސްފަހުން ފުރީ.ބަލީގެ އެއްވެސް އަލާމާތެއް ނުފެނޭ..މީ ރިސޯޓަކުންފުރި އެއްްމެ ފަހުމީހާ..އެކަމުވެސް ރިސޯޓް މުވައްޒަފުން އޭނަ ފުރިފަހުން 14ދުވަސް ހަމަކުރަންޖެހޭނެތޯ..
ކޮރަލް
10 April 2020
މިއީ ލުއި ދޭން.ޖެހޭ ވަގުތެއް.ނޫނެވެ. ބަލި ފެތުރޭ.މެލޭޝިޔާ އިން 200 މީހުން އަތުވެއްޖެ އެވެ. ލަންކާ އިންޑިޔާ އިން އެބަ އާދެ އެވެ. 14 ދުވަސް ފަހުން ލުއި ދޭން ވީ އެވެ.
ޒިންމާދާރު ވެރިޔާ
10 April 2020
މިނިސްޓަރު ތި ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ތިބޭފުޅުން ތިހާ ބުރަކޮށް މަސައްކަތް ކުރައްވާއިރު އެންމެ ފަރުދެއްގެ ފަރުވާކުޑަކަމުން ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮއްސިއްޔާ މިއީ ތި މަސައްކަތުގައި ދެމިތިބި އެންމެ ބޭފުޅުންގެ އިތުރުން ހުރިހާ ދިވެހިންނަށްވެސް ދެވޭ ވަރަށް ބޮޑު ދެރައަކަށްވާނެ. އެހެންވީމަ ހުރިހާ ކަތުންވެސް ވިސްނާ ފިކުރުކޮށް މިކަމުގައި ޒިންމާ ރަނގަޅަށް އަދާކުރޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.
ސައިފުﷲ
10 April 2020
ރާއްޖެއިން ރަނގަޅުކޮށްފައި ފޮނުވި އިޓަލީ މީހާގެ ހަބަރު ކިޔާފައި އަޅުގަނޑުވެސް އުފަލުން ރޮވުނު.. އިޓަލީފަދަ ކުރިއަރާފައިވާ ގައުމުތަކަށްވުރެވެސް ކުރީގައި މިއަދު ރާއްޖެ މިއޮތީ ތިގޮތަށް ދުރާލާ ކަންކަން ރާވައިގެން އަޅަމުން ގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުން. މިނިސްޓަރު އަމީންއާއި ޓީމުގެ އެންމެހައި މެންބަރުންގެ މަސައްކަތުގައި ﷲ ބަރަކާތްލައްވައި އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރައްވާށި.
ފެކްޓް
10 April 2020
އެންމެ ކޭސްއެއް ހުރިހާ ސަމާލުކަމެއް ދީގެން ބެލެހެއްޓީމަ ރަގަޅު ނަތީޖާ ނިކުންނާނެ. އެކަމު ގިނަ ބަޔަކު އެ ހާލުގައި ތިބިނަމަ ޑޮކްޓަރުންގެ ޓީމަކަށް ސިއްހީ އެހީތެރިންގެ ޓީމަކަށް 24 ގަޑިއިރު އެހާ ފަރުވާތެރިކަމާއެކު ނުބެލެހެއްޓޭނެ. އެންމެ ކޭސްއަކަށް ބަލައިގެން އަދި އިޓަލީއާ ރާއްޖެއާ އަޅާނުކިޔޭނެ.
ސުޕް
10 April 2020
ރާއްޖެއަށް ބޭރުން މީހުން އަންނަ ގައުމުތަކާއި ދިވެހިން ގޮސްއުޅޭ ގައުމުތަކުން ބަލި ރަނގަޅުވިކަން ކަށަވަރު ނުވެ ތިކަމަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމަކީ ނުރައްކަލެއް.
އޮނަރަބްލް އަފީފު ދީދީ
10 April 2020
އަހަރުމެން ރައްޔަތުން ވެސް އެދެނީ ވަޒީރު ބޭނުން ފުޅުވާގޮތަށް މިދައުލަތް ސަލާމަތް ކުރަން. # އެކަމަކު އަދިވެސް ބައެއް ވަޒީރުންނާއި މާލޭގެބޮޑުން މާލީމަސްލަހަތަށް ނުވަތަ "ކުލި ނުލިބިހިގައިދާނެކަމުގެ ބިރައްޓަކާ" ގޭގެއަށް ފޯނުކޮށްގެން ފިލާވަޅުނަގާދީގެންވެސް އެމީހުންއެއުޅެނީ އެއްވެސްމީހަކު މާލެއިން ބޭރުވިޔަނުދީ ހިފެހެއްޓޯތޯ؟! # ކިތަންމެ ވަރަކަށް މިހެން އުޅުނު ކަމުގައިވިޔަސް އަންނާން އޮތީ ބަނަ ދުވަސްތަކެއްކަން ކުއްޔަށް އުޅޭމީހުނަށްވެސް މިހާރު އިގޭނެ.
ބޭބެބެ
11 April 2020
މިއީ ބަޔަކަށް ކުލިލިބޭތީ ހާދަ އަސަރެއްކުރާ މީހެކޭދޯ.