މޮރިޝަސް އަދި ސައުތު އެފްރިކާ މީހުން، އެ މީހުންގެ ގައުމަށް ދިއުމުގެ ކުރިން ގްރޫޕް ފޮޓޯއަކަށް މަޑުކޮށްލައިގެން.-- ފޮޓޯ: މުހައްމަދު އަލީ
11 އެޕްރީލް 2020 - 20:11
ކޮރޯނާވައިރަސް ފެތުރެން ފެށުމުން ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ގައުމަށް ނުދެވިި، ރާއްޖޭގައި ތާށިވި ސައުތު އެފްރިކާ އާއި މޮރިޝަސް މީހުން ގޮވައިގެން މޯލްޑިވިއަން އިން ދިގު ދަތުރަކަށް މިއަދު ފުރައިފި އެވެ.
ސައުތު އެފްރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ސައުތު އެފްރިކާގެ 40 މީހަކާއި މޮރިޝަސްގެ 11 މީހަކު ރާއްޖޭގައި ތާށިވީ އެމިރޭޓްސް އިން ޓިކެޓު ނެގި ފަހުން އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް މެދުކަނޑައިލުމުންނެވެ. އޭގެ ފަހުން ގަތަރު އެއާވޭސް އިން ޓިކެޓު ނެގި ފަހުން އެ އެއާލައިންގެ ދަތުރުތައް ވެސް، ކޮވިޑް-19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލުމުން އެ މީހުންނަށް ގޮތް ހުސްވީ އެވެ.
A special #Maldivian Charter took off a short while ago from @VelanaAirport taking #Mauritians & #SouthAfricans home to their families & loved ones.#Mauritius#Johannesburg#TakingYouHome ✈️ pic.twitter.com/CjlhSbsMPt
— Maldivian (@MaldivianAero) April 11, 2020
އެ މީހުންގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. ދެން ތިބީ އެކި ވޯކް ވިސާގައި ރާއްޖޭގައި ތިބި މީހުންނެވެ.
މި މީހުން ގޮވައިގެން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރާ ދަތުރުގައި އެންމެ ފުރަތަމަ ދާނީ މޮރިޝަސް އަށެވެ. މޮރިޝަސް އަށް 11 މީހުން ބޭލުމަށް ފަހު، ތެޔޮ އަޅައިގެން ދެން ފުރާނީ ސައުތު އެފްރިކާ އަށެވެ. ދަތުރަށް ފަހުން އެނބުރި ރާއްޖެ އަންނާނީ ވެސް މި މަގުންނެވެ.
މުހައްމަދު އަލީ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށް، ސައުތު އެފްރިކާ އާއި މޮރިޝަސް މީހުން އަނބުރާ ފޮނުވައިލެވުނީ ތިން ހަފުތާއެއްހާ ދުވަހުގެ މަސައްކަތުން ކަމަށެވެ. އެކަމުގައި މޯލްޑިވިއަން އިން އެއްވެސް ފައިދާއެއް ނުނަގައި ދަތުރު ހަމަޖައްސައިދިންކަން އޭނާ ފާހަގަކުރެއްވި އެވެ.
Have the safest journey back home. 40 South Africans & 11 Mauritians heading back home from #Maldives | A very special thanks to @MaldivianAero. Thank you staff of @MoFAmv & @MoTmv #StaySafe #StayAtHome #Covid_19 pic.twitter.com/EWP2mRXLbg
— Mohamed Ali (@falimmali) April 11, 2020
ސައުތު އެފްރިކާއަށް ކަނޑައަޅާފައިވާ ރާއްޖޭގެ ކޮންސުލް، މުހައްމަދު އަލީ ކުރެއްވި ޓްވީޓް
"ފަސިންޖަރުންގެ މެދުގައި ޓިކެޓުގެ އަގު ހަމަޖައްސައިގެން ދަތުރުކުރީ. އެއީ ބައެއް މީހުންނަށް މާ ބޮޑު ހަރަދެއް ކުރެވެން ނެތީމަ، ވަކިން ގްރޫޕެއް ހަދައިގެން އެ މީހުން އަމިއްލައަށް ހަމަޖެއްސީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުތު އެފްރިކާ މީހުން ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ގައުމުގެ ސަރުކާރުން އެދުނު ކަމަށެވެ. އެހެންވެ އެމީހުން ފުރުވައިލެވޭނެ ގޮތެއް ބަލައި މޯލްޑިވިއަންއާ މަޝްވަރާކުރީ ކަމަށް ވިދާޅުވި އެވެ.
ދަތުރުތައް ކެންސަލްކުރިއިރު އެ މީހުން ތިބީ އެކި ރިސޯޓުތަކުގަ އެވެ. އެހެންވެ ދެމަފިރިއަކު ފިޔަވައި ބާކީ ތިބި އެންމެން އޮޅުވެލި ރިސޯޓަށް ބަދަލުކޮށް، އެ ތަނަށް ޓޫރިސްޓުންގެ އަތުން ދައްކަންޖެހޭ އަދަދު ވެސް ވަރަށް ބޮޑަށް ކުޑަކޮށްދިން ކަމަށް ވިދާޅުވި އެވެ.
މޮރިޝަސް އަދި ސައުތު އެފްރިކާ މީހުން، އެ މީހުން ގައުމަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަނީ.-- ފޮޓޯ: މުހައްމަދު އަލީ
ނުފުރި ރާއްޖޭގައި ތާށިވެފައި ތިއްބާ ސަރުކާރުން ކޮށްދިން ކަންތައްތަކުގެ ސަބަބުން ސައުތު އެފްރިކާ މީހުންގެ ހިތުގައި ރާއްޖެ އަށް ހާއްސަ ލޯތްބެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އެ މީހުން ވަރަށް އުފަލުން ތިބީ ރާއްޖެ އިން ދިޔައިރު. މި ކަންތައްތަކުގެ ސަބަބުން ރާއްޖެއާ މެދު އެ މީހުން ވަރަށް ޕޮޒިޓިވްކޮށް ދެކޭނީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން އަންނަނީ އެހެން ގައުމުތަކުގައި ނާދެވިފައި ތިބި ދިވެހިން ގެންނަން ވެސް ދަތުރުތައް ކުރަމުންނެވެ. އަދި ކާގޯ ފްލައިޓްތައް ވެސް އަންނަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރު1
12 April 2020
މޯލްޑިވުއަން އެއީ ނަމޫނާ އެއަރ ލައިނެއް.
ހެޔޮ ދުޢާ
12 April 2020
ޔާ ﷲ، މޯލްޑިވިއަންގެ ކޮންމެ ދަތުރަކީ ބާއްޖަވެރި، އުފާވެރި، ކާމިޔާބު ދަތުރެއް ކަމުގައި ލައްވަވައި، މޯލްޑިވިއަންގެ ޕައިލެޓުންނާއި، އިންޖިނިއަރުންނާއި، ކްރޫ އިންނަށާއި އަދި އެންމެހައި މުވައްޒަފުންނަށް ހިތްވަރާއި، ސާބިތުކަން މިންވަރު ކުރައްވަވައި، މުވައްޒަފުންނަށް، އިތުރު ތަރައްގީ މިންވަރު ކުރައްވައި، މޯލްޑިވިއަން އަކީ ޤައުމަށާއި، ރައްޔިތުންނަށް ފައިދާ ކުރުވަނިވި ކުންފުންޏެއް ކަމުގައި ލަހައްޓަވާށި! އާމީން
މޫސާ މިނިކް
12 April 2020
އާމިން
ައައިޝާ
12 April 2020
އައްޑޫ އިން ފުރުވާލި ނަމަ ތިހާ ދިގު ދަތުރެއް ކުރާ ކަށް ނުޖެހުނީހެއްނުން
ރަދީފްއޮފިޝިއަލް
12 April 2020
"މޯލްޑިވިއަން އިން އެއްވެސް ފައިދާއެއް ނުނަގައި ދަތުރުކޮށްދޭން ނިންމީ.'' ސިމްޕްލީ ނޮޓް ޓްރޫ.
ސީޒަން ޖެކްޝަން
12 April 2020
ދެން އަންނަބުރާގައި ހެސްކިޔާފައި އަންނާނެކަމަށް އުންމީދުކުރެވޭ.
ހުސޭން
12 April 2020
އެތައް މޭލެއް ދުރުގައޮތް ސައުތު އެފްރިކާއަށް މޯލްޑިވިއަން ދެވޭއިރު އިންޑިއާގެ ޑެލީއާ ހިސާބަށް އަންނަން އުުޒުރު ދައްކަނީ ކީއްވެތޯ؟؟؟
މު ހައްމާ
12 April 2020
ފައިސާ ނުދޭތީ
ޢިބްރާ1
12 April 2020
ތި އެންމެން ގެނެސް ކޮންތާކަށް ލަނީ. ހުރިހާ ރިސޯރޓެއް ފުލް.
ކޮރަލް
11 April 2020
އިންސާނިއްޔަތައްޓަކާ ވެސް މިފަދަ ދަތުރުތައް ލުއިގޮތަކަށް ކޮށްދޭން ޖެހެ އެވެ. ރަނގަޅު ނިންމުމެކެވެ.