ނޫސްވެރިންނާ މަބްރޫކް ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު
13 އެޕްރީލް 2020 - 21:40
ފިލިޕިންސުން ރާއްޖެ ގެނައި ދިވެހި ދަރިވަރުންގެ ތެރެއިން ކޮރޯނާވައިރަސް އަށް އެކަކު ޕޮޒިޓިވްވުމާ އެކު، ދެން ތިބި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 47 ދަރިވަރަކު ފިލިޕިންސުން ގެނައި ކަމަށާއި އެ އެންމެން ވެސް ތިބީ އެރިޔަދޫ ރިސޯޓުގައި ކަމަށެވެ. އެކަމަކު، އެ މީހުން ދޫކޮށްލަން ވެގެން ހެދި ދެ ވަނަ ޓެސްޓުގެ ތެރޭގައި އެކަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ، 14 ދުވަސް ހަމަވިޔަސް، ސިއްހީ މާހިރުންގެ ލަފައާ އެކު، އެ އެންމެން ވެސް އިތުރަށް ބަލަން ޖެހޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މެނީލާގައި ޑޮކްޓަރު ކަމާއި ޕައިލެޓްކަން ކިޔަވަން ތިބި އެ ދަރިވަރުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ، މި ބައްޔަށް ޕޮޒިޓިވްވި ފަސް ވަނަ މީހާ އެވެ. އެކަމަކު އޭނާގެ ކިބައިން އެއްވެސް ބައްޔެއްގެ އަލާމާތެއް ނުފެނެ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އެ އެންމެން ވެސް ރާއްޖެ އައީ އިނގިރޭސިވިލާތުން ވެސް ގެނައި ބަޔަކާ އެކު ގަތަރު މަގުން އެއް ފްލައިޓެއްގައި ކަމަށެވެ. އެހެންވެ، ދެން ހެދޭނެ ގޮތްތަކެއް ބަލައި، އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މުޅި މައްސަލަ އަށް އިޝާރާތް ކުރައްވައި އޭނާ މުހިންމު އެހެން ވާހަކައެއް ވެސް ވިދާޅުވި އެވެ:
"އަޅުގަނޑުމެން މިހެން ވިސްނަމާ ދެއްތޯ، ފަސް ދިވެހިން ވެސް މި ޕޮޒިޓިވްވީ ކަރަންޓީންގައި ތިއްބާ. އެންމެ ފަހު މީހާ އެއީ ދޫކޮށްލަން އޮތް ދުވަސް. އެހެންވީމަ، މިއިން މީހަކު އާންމުންގެ ތެރެއަށް ދޫވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވީސް."
އެހެންވެ، ކަރަންޓީން ކުރުމާއި ކަރަންޓީންގައި ބޭތިއްބުމުގައި ދޫދިނުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ދެ ކަމެއް އެބައުޅޭ. [ފިލިޕިންސް ކޭސްގައި] ބޮޑަށް ދިމާވެގެން އުޅޭ މައްސަލައަކީ ޓެގުން ބޭނުންވޭ މިކަމާ ބެހޭ އިންވެސްޓިގޭޝަނެއް ކުރަން. ބަލަން ބޭނުންވަނީ ކަރަންޓީނުގައި ތިއްބާ އުޅެފައި ހުރި ގޮތް. ބައެއް ފެސިލިޓީތަކުގައި އެބަހުރި ނުކުމެ އުޅެވޭ ގޮތް ވެސް. އެހެންވެ އޭގެ ތެރެއިން [މިކޭސްގައި] ފާހަގަކުރެވުނު 17 މީހެއްގެ ސާމްޕަލް ވެސް އޮތީ ނަގާފައި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީލާއަކުރޭ
14 April 2020
ބޭރުން އަންނަ ހުރިހާ މީހުން 1 މަސްދުވަސް ބައިތިއްބާފަނޫނީ ދޫނުކުރާތި!!
ލާލަ
14 April 2020
ބަލަ 14 ދުވަހު ކަރަންޓީނުގައޭ ތިބެންވީ. ރަށުތެރެއަށް ނުކުމެ އުޅޭ މީހުްން ކުޑަ ނޫން އަދަދަކުން ޖޫރިމަނާކުރޭ! ތިގޮތަށް އުޅުނީމަ ދެން އެތިބެން ޖެހޭ ކަރަންޓީނު ދުވަސްވަރަށް އެމީހުން އަތުން ފައިސާ ނަގާ. މީކީ ކުޅިވަރެއް ނޫން.
ރައީސްގެމީހާ
14 April 2020
ޑަބްލިއު އެޗް އޯ އޮފީހުން (ވޯލްޑްބޭނކާއި ގުޅިގެން) ހިލޭ މިތަކެތި (ވެންޓިލޭޓަރު) ފޯރުކޮށް ދިނުމަށް އޭގެ ރިކްއަރމެންޓް ހޯދުމަށް މިނިސްޓްރީގައި އެދުމުން ވަގުތު ފާއިތުވީ އިރުވެސް ނުދެއްވާ ހިފަހައްޓަވާފަ، ފަހުން އަމިއްލަޔަށް ގަތުމަށް އެހެއް ފަރާތަކަށް ދިނީ.. މިއީ ލިބޭ މަންފާ ހިލޭ އެހީ ދޫކޮށް ފައި އަމިއްލަ ޖީބު ފުރުމުގެ ގޮތުން ހިންގާފައިވާ ބޮޑު ޖަރީމާއެއް.. ކޮންބަޔަކަށް އަސްލު ގެއްލުން މިވަނީ.. ޓެކްސް ޕޭޔަރުން ދޯ؟
ޚިޔާލު
14 April 2020
ރަގަޅު. ކަރަންޓީނުގައި ބައިތިއްބަން އެޗްޕީއޭއަށް ފެންނަހާ ދުވަހަކު ބައިތިއްބާފައި އެމީހުން ދޫކޮށްލައްވާ. މިދުވަސްވަރު ސިއްހީ ތަޖުރިބާކާރުންގެ ލަފާ ގަބޫލުކުރަންޖެހޭ. ވިޔަފާރިވެރިންނާއި ރިސޯޓު ގެންގުޅޭމީހުންގެ ލަފާ އަޑުއަހާނެކަމެއްނެތް. މުޅި ދުނިޔެ މިދަނީ އިގުތިސާދީ ބޮޑު ރިސެޝަންއަކަށް. ދެން މިވަގުތު ދިވެހި މަހުޖަނުންނަށް ދެވޭނެ މާބޮޑު ލަފައެއް އޮންނާނެކަމަކަށް ގަބޫލެއް ނުކުރެވޭ
ރަޓު މީހާ
14 April 2020
ކަރަންޓީނަށް މީހާ ގެންދަނީ މަޖާނަގާކަށް ނޫނެވެ.. މިއީ ރައްޔިތުންނާއި ގުޅޭ ބޮޑު ސީރިއަސް މައްސަލައެއް.. ކަރަންޓީނުގައި ހުންނަ ބޭފުޅާވެސް މިވަރު ދަނެގެން އެތަނުގަ އުޅެންވާނީ.. ކަރަންޓީނުގަ ހުއްޓަސް ސްޓޭ ހޯމް ސްޓޭ ސޭފް ހެދޭނެ..
ވޮޗްޑޯގް
13 April 2020
ބަލަންޖެހޭ ކަރަންޓީ ފެސިލިޓީތަކުގައި ބަލި ފެތުރޭތޯ. ކޮޓަރިތައް ސާފުކުރުމާއި ބެޑްޝީޓް ތައް ދޮވެ ސާފުކުރާ މީހުން ވެސް ރައްކާތެރިކުރަން ސަމާލުވާންޖެހޭ.
ކުޅުއްދުއްފުށީއެންމެމީހެއް
13 April 2020
ދެވަނަ ޓެސްޓް ޕޮޒިޓިވް ގެ މާނަ އަކީ ފުރަތަމަ ޓެސްޓް ނެގެޓިވް އޭ ތޯ .
ޑެނޯ
13 April 2020
އެމީހުން ޓެސްޓު ކުރީ އެންމެ ފަހަރަކު...
ކެޔޮޅުބޭ
13 April 2020
މަބްރޫކް އަށް ވެދުން. "އަޅުގަނޑުމެން މިހެން ވިސްނަމާ ދެއްތޯ، ފަސް ދިވެހިން ވެސް މި ޕޮޒިޓިވްވީ ރާއްޖެ ލޮކްޑައުން ކޮށްފަ އޮށްވާ މިކުދިން ރާއްޖެ ގެނެސް ކަރަންޓީންގައި ބައިތިއްބާފަ ތިއްބާ." އެހެންވީއިރު ކުޑަ ދުވަސް ކޮޅަކަށް (މިހާރު ކޮރަންޓީނުގަ ތިބި އެންމެން ދޫކުރެވެންދެން) ރާއްޖެއިން ބޭރުގަ ތިބި ދިވެހިން ގެނައުން މަޑު ޖައްސާ ލައްވަނިކޮށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ ދެއްތޯ؟
ގުރިމުން
13 April 2020
އިތުބާރެއް ނެތް މީހެއް! މިޑިޔާގެ މޫނުމަތި އޮމާން ކުރަން ފުއްޖަހާފަ އަރުވާފަ އިންނަ ޓެޑީއެއް!
ޖީލާ
14 April 2020
ނޫން..ތިބޭފުޅާ އަށް ތިހެން ހީވަނީ. މަބްރޫކުގެ މަސައްކަތް އަހަރުމެން ބަލައިގަ ންނަނީ ހެޔޮހިތުން. ޖޭ ވިޔަސް ތިދެން ބޮޑު ވަރު. އަހަރުމެން ހެޔޮވިސްނުންދެއްވައި މަސައްކަތްތަކުގައި އަވަދި ނެތި އުޅުއްވާ ބޭފުޅުންނަށް ކާމިޔާބު މިންވަރު ކުރައްވާށި.
ޖުގަރު
14 April 2020
@ޖީލް ބުނެލަދީބަލަ މަބްރޫކު ކުރާ ކަމެއް؟ ހުރިހާވެސް ގުރުބާނީ އެއްވަނީ ސިއްހީ ހިދުމަތްތެރީން! މަބްރޫކު އަކީ ރައީސް އޮފީހުގަ ތިބި ޓޮކްސިކް ބައެއްގެ ނާގާބިލް ކަން ފޮރުވަން އަރުވާފަ ހުރި ދޮން ޓެޑީއެއް! ބުނެބަލަ ރައީސް އޮފީހުގައި ޝިފާޒް، އަލީ ޝިޔާމް، ކެރެފާ ނަސީމް، ބޮގަންވިލާ ހަސަން، ސަބުރާ އަދި ޝައުނާ ކުރާ ކަމެއް! އާ.. ފޭކު ޓުވިޓާރ އެކައުންޓުން ޓުވީޓު ކުރޭ! މީހަކަށް މަހަކު 40،000ރ އާއި 70،000ރ އަހަރެމެންގެ ޓެކްސް ފައިސާއިން ދޭ! ސިއްކަ އެއްނޫން ދެނީ!
ހާރިޖް
13 April 2020
ކަންކަން ފުރިހަމައަށް ބެލޭތީކަމަށް ގަބޫލުކުރަނީ ރާއްޖެ ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް މިއޮތީ. މިކަމުގައި ރެއާ ދުވާލު މަސައްކަތްކުރަމުންދާ ހެލްތު މިނިސްޓަރު އަމީން އަދި ޓީމުގައި ހިމެނޭ މިނިސްޓްރީ މުވައްޒަފުން، އެޗްޕީއޭ މުވައްޒަފުން، ޑޮކްޓަރުން، ނަރުހުން، ޕަބްލިކް ހެލްތު އޮފިސަރުން، ލެބޯރަޓަރީ ސްޓާފުން، އެންމެހައި ސިއްހީ ހިދުމަތްތެރީން އަދި މިނޫންވެސް އެކި ގޮތް ގޮތުން މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ފަށް ފަށުން ޝުކުރިއްޔާ