ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ މާސްކް އަޅުއްވައިގެން ހުންނަވައި، ވަގުތީ ހޮސްޕިޓަލަކަށް ޒިޔާރަތް ކުރައްވަނީ: ކޮރޯނާވައިރަހުގެ ހާލަތު އެންމެ ގޯހީ އެމެރިކާގައި. --ފޮޓޯ:އޭއެފްޕީ
15 އެޕްރީލް 2020 - 08:23
ޕެރިސް (އެޕްރީލް 15) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފި އެވެ.
ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައި ވަނީ ޑިސެމްބަރު 31 އިން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ވޭތުވެދިޔަ 13 ދުވަސްތެރޭ މި ވަނީ އިތުރު އެއް މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.
ދުނިޔޭގައި އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި މިހާތަނަށް ވަނީ 126,727 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 478,932 މީހުންނެވެ.
އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ އެމެރިކާގަ އެވެ.
އެމެރިކާ: ޕޮޒިޓިވްވި 614,211 މަރުވި: 26,064
ސްޕޭން: ޕޮޒިޓިވްވި 174,060 މަރުވި: 18,255
އިޓަލީ: ޕޮޒިޓިވްވި 162,488 މަރުވި: 21,067
ފްރާންސް: ޕޮޒިޓިވްވި 143,303 މަރުވި: 15,729
ޖާމަނީ: ޕޮޒިޓިވްވި 131,359 މަރުވި: 3,294
އިނގިރޭސިވިލާތް: ޕޮޒިޓިވްވި 93,873 މަރުވި: 12,107
Copyright © 2025 Mihaaru · Terms and Conditions · Privacy Policy