މަހިބަދޫ ބަނދަރުގައި އަޅާފައިވާ ފަސް ލޯންޗާއި ދެ ޑިންގީގައި ރޭ ފަތިހު ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
15 އެޕްރީލް 2020 - 22:00
އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ފަސް ލޯންޗާއި ދެ ޑިންގީއެއްގައި ރޭ ފަތިހު ބަަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީީފިންގައި ހަމީދު ވިދާޅުވީ އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއްކަން، މިހާތަނަށް ކުރި ތަހުގީގުން ކަށަވަރުވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނަން އެބަ އޮތް މިއީ ގަސްދުގައިވާ ހިންގާފައި އޮތް އަަމަލެއްކަން،" ހަމީދު ވިދާޅުވި އެވެ.
މި ޖަރީމާގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ސީޕީ ހަމީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ސީމީ ހަމީދު ދެއްކެވި ވާހަކަތަކަށް ބަލާއިރު، އުޅަނދުތަކުގައި ރޯކޮށްލާފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅިގެންނެވެ. އެގޮތުން މިދިޔަ މާޗް 22 ގައި ލ. ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ ވެސް ބަޔަކު ގަސްދުގައި ކަމަަށް އޭނާ ވިދާޅުވި އެވެ.
ގަމުގައި އޮތް ފުލުހުންގެ ލޯންޗްގައި ރޯކޮށްލީ ސީޕީ ހަމީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކާ ހެދި ބަޔަކު ރުޅި އައިސްގެންނެވެ.
ފުލުހުންނަށް ގެއްލުންދޭން ކޮށްފައިވާ ބައެއް ކަންތައްްތަކާއި ފަހަކަށް އައިސް ކޮށްފައިވާ ބައެއް ކުއްތަކަކީ ހަރުކަށި ފިކުރު ހުއްޓުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ބަދަލު ހިފަން ކުރި ކަންތައްތަކެއް ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
17 April 2020
ސަލަފުފަދަ ޓެތަރިސްޓް ޖަމާއަތްތައް މިތަނުން ނައްތާނުލެވިގެން މިއުޅެނީ ކީއްވެގެންބާއޭ ހިތައްއަރާ.
ކަސަބު
16 April 2020
ކޮންމެ ބަޔަކު ކުރިއަސް ވަރަށް ވިޔާނުދާ ނުބައި ނުލަފާ ކަމެއް.
ޣޣ
15 April 2020
މި ދުވަސް ކޮޅު ފުލުހުން ވެސް 100% ޔަގީންކަން ނެތި ގަސްތުގަ ކުރި ކަމެކޭ ބަދަލު ހިފަނީއްޔޭ ވިދާޅުވުމަކީ ވަރަށް ދެރަ އަމަލެއް....
ޕަންޕު
16 April 2020
މިހާތަނަށް ބެލިބެލުމުން އެކަން ޔަގީންވާކަމަށް ދޯ ބުނެފަ އޮތީ
ޣޣ
15 April 2020
ކީއްވެތޯ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ޝަރީއަތައް ހެކިނެތޭ ކިޔާފަ ދޫކޮށްލަނީ؟ ވަރަށް ދެރަ.. މަސްތުވާތަކެތި ބޭނުން ކުރާ މީހުން އަށް އަދަބް އެއް ނުލިބި ވަރަށް އަވަހަށް މުޖްތަމައު ތެރެއަށް ދޫވޭ...
އަލްޖީ
15 April 2020
އަލިފާން ރޯވި ގަޑީ ފަތިސްނަމާދަށްފަހު މީހުން ބަނދަރު މައްޗައް އައިސްތިބި..މަންޒަރު ފެނުން މީހުން ތިބި..ހަމަ ކުއްލިއަކަށް އެއްޗެއް ގޮވިއަޑު އިވުނީ ރޯވީ...އެމީހުން ފުލުހުންގެ މަރުކަޒަށް ދިޔައިރު މީހަކުނެތް އެތާންގަ...ގޭގެއަށް ވަދެތިބީ..ލޯންޗްގައި ރޯވިގަޑީ އެހިސާބު ލޯންޗްތައް ކައިރީ އެއްވެސް މީހަކުނެތް..ކޮންމެ ކަމެއް ރަނގަޅަށް ނުބަލާ ފުލުހުންގެ އިދާރާގައި ހުންނަ މައްސަލަތަކާއި ނުގުޅުވާ..