އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ: އައްޑޫގައި ފިހާރަތަކާއި ކެފޭތަކުން ޚިދުމަތް ދެވޭނެ ވަކި ގަޑިތަކެއް ވަނީ ކަނޑައަޅާފައި
18 އެޕްރީލް 2020 - 13:02
އައްޑޫ ސިޓީގައި ފިހާރަތަކާއި ކެފޭތައް ހުޅުވޭނެ ވަކި ގަޑިތަކެއް ކަނޑައަޅައި އަދި ވަކި ގަޑިތަކެއްގައި މުދާ ޑެލިވަރީ ކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ކޮށްފައި ވިޔަސް، އެހެން ރަށްރަށުގައި އެފަދަ ފިޔަވަޅުތަކެއް އަދި ނާޅަ އެވެ. އެކަމަކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ގިިނަ މީހުން އެއްވެގެން ހަރަކާތްތައް ހިންގުން ހުރިހާ ރަށެއްގައި ވެސް އޮތީ މަނާކޮށްފަ އެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ކްލިނިކްތަކާއި ބޭސް ފިހާރަތައް ފިޔަވައި އެހެން ވިޔަފާރިތަކާއި އާންމު ޚިދުމަތްތައް ދޭ ތަންތަން ހުޅުވޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ކަމަށެވެ. އަދި ވިޔަފާރިކުރާ ތަންތަނުން ހަވީރު 5 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށް މުދާ ޑެލިވަރީ ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތަކުން ހެނދުނު 9 އިން ފެށިގެން ރޭގަނޑު 12 އާ ހަމައަށް ޑެލިވަރީ އާއި ޓޭކް އަވޭގެ ޚިދުމަތް ދެވޭނެ ކަމަށާއި އަދި ގާޑިޔާތަކުން ވެސް ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް އެ ޚިދުމަތްތައް ދެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެ އެންގުމާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އައްޑޫގައި ވިޔަފާރިތަކުގެ ޚިދުމަތް ދެވޭނެ ގަޑިތަކާއި މުދާ ޑެލިވަރީ ކުރެވޭނެ ވަގުތުތައް ކަނޑައެޅިއިރު، މާލޭގައި ވެސް ޑެލިވަރީ ކުރެވޭނެ ވަކި ވަގުތުތަކެއް ކުރިން ކަނޑައެޅި އެވެ. އެކަމަކު ޑެލިވަރީ ކުރާ ތަންތަނަށް އޯޑަރުތައް ގިނަވެ، އޯޑަރުކުރާ ތަކެތި ލަސްވުމުގެ ޝަކުވާ ބޮޑުވާން ފެށުމުން މިހާރު ވަނީ 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް މާލޭގައި ދެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ. އެހެންވެ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ބާރަށް ދަނީ ކުރަމުންނެވެ. އަދި އޭގެކުރިން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 April 2020
އަހަރުމެންނަކީ ފަތިސް ނަމާދަށް ހޭލާ އުޅޭބަޔަކީމު. އައްޑޫގެ ފިހާރަތަކުގެ ޑެލިވެރީ ގަނޑި ތަކަކީ ހެދުނު 6:00 އިން ހަވީރު 5:00 އަށް ކަމުގައި ހަމަޖައްސަވާ. # ޑެލިވެރީ ކުރުމުގައި ފުލުހުންނާއި ޑިފެންސްފޯހުގެ ވެހިކަލްތައް ޑްރައިވަރާއި އިތުރު އެހީތެރިއަކާއިއެކު ކޮންމެ ފިހާރައެއް ހިމެނޭ ޒޯނަކަށް ވެހިކަލެއް ހަމަޖެއްސި ކަމުގައިވިޔަސް ދަތިކަމެއްނެތި އައްޑޫގައި މިކަން ކުރެވޭނެ. .......... # ފިހާރަތަކަށް ޑެލިވެރީ ކުރުމުގައި ސިފައިންނާއި ފުލުހުން އެހީތެރިވެދޭންޖެހޭ.
ފިލނޮޅު
18 April 2020
ހުއްދަ އަކަށް އެދިގެން މަވެސް މިހިރީ، އަދި ޚަބަރެއް ނުވޭ. އެކަމަކު މިދެން ހީވަނީ ދުވާލު ގަނޑީގަ އެކަނި ޖެހޭ އެއްޗެއް ހެން. ގަޑިތައް ކުއްލިއަކަށް ކުޑަކުރީމާ ފިހާރަތަށް މީހުން ތޮއްޖެހުނީމާ ރިސްކުވަނީ ކުޑަހޭ ނޫނީ ބޮޑުހޭ. އޭގެ ބަދަލުގައި ފިހާތަކަށް ވަންނަ މީހުން ލިމިޓުކުރަން ބާރު އަޅާ، ޓޭކްއެވޭ އަށް ތައްޔާރިވިނަމަ ތިޔަށްތުރެ ތާހިރު ވީސް ހެން މަށަށް ހީވަނީ.
އަދުނާން
18 April 2020
ތިތާ ނެތޭ ކަމުގެ މާހިރެއް އެކަކު ވެސް. މަގުމަތީ ގުރޫޕުތަކުން ތިޔަބުނާ ތަނެއް މީހާރު ހިންގަނީ. ވެރިއެއް ލީޑަރޝިޕެއް ނެތް ނެތް ތަނެއް.
ކިރުޅި
18 April 2020
ކަލޭމެން މާ ކަންތައް ބޮޑުކުރަނީ! މި ބަލިން މަރުވެެފައިވަނީ 2 މިލިއަނުން އެންމެ 150 ހާސް މީހުން. އެއީ މުޅިޖުމްލަ %7 މީހުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް