ޚަބަރު / އެމްޑަބްލިއުއެސްސީީ

މިވަރުން ޔަގީންކޮށް، އިސްކުރު ފެން ބޯން ފަށާ!

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަ ޝާހް، އިސްކުރު ފެން ހިއްޕަވަނީ

ފެން އުފައްދާ މައި ކުންފުނި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހް، އިސްކުރުން ތައްޓަށް ފެންފޮދެއް އަޅުއްވައި ޖެހިލުމެއް ނެތި އެ ހިއްޕެވި އެވެ. ޝާހް ޔަގީންކަން ދެއްވަން ބޭނުންވީ އޭނާ ހަވާލުވެވަޑައިގެން ހުންނެވި ކުންފުނިން އުފައްދައި ފޯރުކޮށްދެމުން އަންނަ ސަޕްލައި ފެނަކީ ބޯން ރައްކާތެރި އެއްޗެއް ކަމެވެ.

"އިސްކުރު ފެނަކީ ބުއިމަށް ވަރަށް ރައްކާތެރި އެއްޗެއް. ކީއްކުރަންތޯ ފެން ކޭސްތައް ޑެލިވަރީ ކުރަންދެން ބިރުން ތިބެންވީ؟" އިސްކުރު ފެނުގެ ރައްކާތެރިކަން އާންމުންނަށް ވިސްނައިދެއްވަން ކުރެއްވި ޓްވީޓްގައި ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހްގެ ޓްވީޓް

"ކިތައްމެ ތަނަކުން އަޅުގަނޑު ގެންދަނީ އެމްޑަބްލިޔުއެސްސީގެ އިސްކުރު ފެން ބޮމުންނެވެ."

މާލެ ތެރޭގައިކޮވިޑް-19 ފެތުރެން ފެށުމާ އެކު މިދިއަ ބުދަދުވަހު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމާ އެކު ވަރަށް ގިނަ ބަޔަކަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މިނަރަލް ވޯޓާ ނުލިބުމެވެ. ރާއްޖޭގައި ފުޅީގައި ފެން ބަންދުކުރާ އެއްވެސް ކުންފުންޏަކަށް، މިހާރު މި އޮތް ޑިމާންޑްގައި ޑެލިވަރީކުރެވޭކަށް ވެސް ނޯންނާނެ އެވެ. އޭގެ ނަތީޖާއަކީ، އެމްޑަބްލިޔުއެސްސީގެ ވެސް ބޮޑު ހިއްސާއެއް އޮންނަ އައިލެންޑް ބެވަރޭޖުން އުފައްދާ "ތާޒާ" ފެން ޑެލިވަރީކުރުން ވަގުތީ ގޮތުން ހުއްޓާލަން ޖެހުމެވެ.

އެއާ އެކު ގިނަ ބަޔަކު މިވަނީ އިތުރު ހާސްކަމެއްގެ ތެރޭގަ އެވެ. އެކަމަށް ލުޔެއް ގެނެސް ދިނުމަށް ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދަކީ އެމްޑަބްލިޔުއެސްސީން ދޫކުރާ އިސްކުރު ފެން މިވަގުތު ބޭނުން ކުރުމެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ އޭނާ ވެސް އިސްކުރު ފެން ބޭނުންކައްވާ ކަމަށެވެ.

އިސްކުރު ފެން: ވަރަށް ރައްކާތެރި

މީގެ 25 އަހަރު ކުރިން، އެޕްރީލް 1، 1995 ގައި ސަރުކާރުން އުފެއްދި އެމްޑަބްލިޔުއެސްސީގެ މައިގަނޑު މަސައްކަތަކީ ބޯން ވެސް ރައްކާތެރި ފެންވަރަށް މާލޭގެ ގޭގެއަށް ފެން ފޯރުކޮށްދިނުމެވެ. އޭރުންސުރެ އެއީ ވަރަށް ރައްކާތެރިކަމާ އެކު، ވަރަށް ގިނަ ފިޔަވަޅުތައް އެޅިގެން ދެމުން އަންނަ ފެނެކެވެ. އަދި މާލެއަށް މިނަރަލް ވޯޓާ ތައާރަފުވުމުގެ ގިން ހުރިހާ އެންމެންހެން ކަހަލަ ގޮތަކަށް އެމްޑަބްލިޔުއެސްސީގެ އިސްކުރު ފެން ބޯން ބޭނުންކުރި އެވެ.

ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެމްޑަބްލިޔުއެސްސީގައި ބައިނަލްއަގުވާމީ ފެންވަރުގެ ލެބޯރަޓަރީއެއް ހިންގަ އެވެ. ކޮންމެ ދުވަހަކު އެކި އިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފަދަ ސަރަހައްދުތަކުން ފެން ނަގައިގެން ޓެސްޓްކުރެ އެވެ.

އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓްތަކުން ފެން އުފައްދައި، ތާނގީތަކަށް އެޅެމުން ދާނީ ކްލޮރިން ކުރަމުން، ފެނުގައި ހުންނަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑު ހިފަހައްޓަމުންނެވެ. އެއީ އޮޓޮމެޓިކުން ކުރަމުން އަންނަ ކަމެއް ކަމަށް ވިޔަސް، ކޮންމެ ދުވަހަކު މެނުއަލްކޮށް ފެން ނަގައިގެން، އިތުރަށް ޓެސްޓްކުރުމުގެ ބައި ވެސް ކުރިއަށް ގެންދެ އެވެ.

އެމްޑަބްލިޔުއެސްސީގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް އެ ފެނުގެ ޔަގީންކަން ހޯދަ އެވެ.

އިސްކުރު ފެން ރައްކާތެރި ކަމަށް ބުނެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއް

"އެމްޑަބްލިޔުއެސްސީން ގޭގެ ފެން މީޓަރާ ހަމައަށް ފޯރުކޮށްދޭ ސަޕްލައި ފެނަކީ [ދުނިޔޭގެ ސިއްހަތު ޖަމިއްޔާ] ޑަބްލިޔުއެޗްއޯ އަދި އީޕީއޭގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ، ބުއިމަށް ރައްކާތެރި ފެނެއް،" ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

އެމްޑަބްލިޔުއެސްސީގެ އޮފިޝަލަކު ވިދާޅުވީ ސަޕްލައި ފެން ތައްޔާރުކޮށް ދޫކުރަނީ "ނުލާހިކު ރަނގަޅަށް ޗެކްކުރެވޭ ނިޒާމެއްގެ ތެރެއިން" ކަމަށެވެ.

Iskuru fen baraabaru: Nubonee keevve?

Iskuru fen baraabaru: Nubonee keevve?

The most trusted news source in the Maldives

Mihaaru

އިސްކުރު ފެނާ ބެހޭ ގޮތުން މީގެ ދެ އަހަރު ކުރިން "މިހާރު"ގައި ޖެހި ރިޕޯޓެއް

"އަޅުގަނޑުމެން ގަވާއިދުން ޑިސްޓްރިބިއުޝަން ޕޮއިންޓުން ޗެކްކުރާނެ، އަޅުގަނޑުމެން މި ދޫކުރާ ފެނުގައި މާއްދާތައް އެކުލެވެނީ ކިހާ ވަރަކަށްތޯ. އެއީ ސްޓޭންޑަޑަށް ފެތޭކަން ޔަގީންކުރަން. އޭގެ އިތުރުން މާލޭގެ އެކި ލޮކޭޝަންތަކުގައި ހުންނަ ސާމްޕަލް ނަގާ ޕޮއިންޓްތަކުން ސާމްޕަލްތައް ނަގައިގެން އެމްއެފްޑީއޭ އިން ގަވާއިދުން ޗެކްކުރާނެ،" އޭނާ ވިދާޅުވި އެވެ.

އިސްކުރު ފެން ރައްކާތެރި ކަމަށް ބުނެ އެންވަޔަރުމަންޓް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއް

ފިލްޓަރެއް ބޭނުން ނުކުރިޔަސް، އަދި ނުކައްކާ ވެސް އިސްކުރު ފެން ބޭނުންކުރަން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމްޑަބްލިޔުއެސްސީން ދެ އެވެ.

އިސްކުރު ފެނަކީ ރައްކާތެރި ފެނެއްތޯ ކުރެވޭ ބަހުސަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްގެ ޖަވާބު ވެސް ފުދެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯން އިސްކުރު ފެން ބޭނުންކުރައްވާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ އެވެ. އަދި އޭނާގެ މަންމަމެން އިސްކުރު ފެން ބޮމުން އަންނަތާ ހަ އަހަރު ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ފައިސަލްގެ ޓްވީޓް

ކޮވިޑް-19 ގެ ހާސްކަމުގެ ތެރެއިން ފެން ނުލިބިގެން ތެޅިފޮޅުން މި ކުއްލި ހާލަތުގައި ހުއްޓާލެވިދާނެ އެވެ. އެމްޑަބްލިޔުއެސްސީން ފެން ދޫކުރަނީ ރާއްޖޭގައި ރަސްމީ ގޮތުން ކަނޑައަޅާފައި އޮންނަ މިންގަނޑަށް ވުރެ ވެސް ރަނގަޅު ފެންވަރެއްގަ އެވެ.

68 ކޮމެންޓް, 104 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 8%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަަމސަ

21 April 2020

އަޅުގަނޑު ބޮނީ ތިފެން ފިލްޓަރ ކޮށްގެން. ފިލްޓަރ ކޮށްގެން ބޯފެނާއި . ސީދާ އިސްކުރު ފެން ބޯލީ މަ އެނގޭ ތަފާތު. އިސްކުރުފެނުގައި ފާޑެއްގެ ރަހައެެއް ހުރެ. އަދި ބަނޑަށް ބަރުވެ. ނަ މަވެސް ފިލްޓަރ ކޮށްލު މުން އެކިޔާ ތާޒާ ފެނަށްވުރެވެސް ސަޅި.

The name is already taken The name is available. Register?

އަލީ!

21 April 2020

ދިވެހިންނަކީ ވަރަށް ހިތްމޮޅުބައެއް. ތިފެނެތްނުބޮވޭނެ. ލިފްޓުނެތް ގެއެއްގެ 7 ވަނަބުރިޔަށް ތާޒާފެން ޑެލިވަރ ކޮށްދިނީމަބުނީ މިގޭގަބޮނީ ލައިފް ފެނޭ!!!

The name is already taken The name is available. Register?

ރީތި މޫސަ

21 April 2020

ސަޕްލައިފެން ފިލްޓަރުކޮށްލުމުން ވަރަށްބޮޑުއެއް ލޮނުގެގޮތުގައުކާލަންޖެހޭ އެހެންވީމަ ތިފެންމީހުންނުބޮނީ ނަމަވެސް ލޮނުއެހުންމިންވަރަކީ ހަށިގަޑަށްގެންލުންނުވާވަރުކަން ޔަޤީކޮށްދެވެނިކޮން އެންމެންވެސް ބޯނީ ސަޕްލައިފެން ބޭނުންވަނީ ފެނުގެ ކޮލެޓީބުނެދިނުން އިތުރުއެއްވެސް މައްސަލައެއްނެތް ރައްޔިތުންތިބީ ތައްޔާރާ

The name is already taken The name is available. Register?

މިވަރެއްނެތް

20 April 2020

ތިކުންފުނިން ފެންފުޅި އުފެއްދުން ހުއްޓާލާފަ ތިއުފައްދާފެނުގެ އިތުބާރު ހޯދާ. އެހެންނޫންނަމަ ބަހާ އަމަލާ ދިމާނުވާތަން ފެންނާނީ

The name is already taken The name is available. Register?

ރަ ދީފް ހުސެން

20 April 2020

އިއްޔެ ހަޖޫޖަހާ ބޯންނުވާވަރުގެ އެއްޗަކައްވެ ނުބޯން އެޑްހަދައިގެން ސެއަރކުރީ. މިއަދު ހަ މައަ މިއްލައަތުން ޖެހިވަޅައް ޖަހަންޖެހިފަ ތިއޮތީ. ދެން ލަލަލާ

The name is already taken The name is available. Register?

ޢަލީ098

20 April 2020

ފެންފުޅިވެސް ސަޕްލައި ނުކޮށްދެވޭނެ ކަ މުގެ ޔަޤީންކަން މި ލިބުނީ...

The name is already taken The name is available. Register?

kiburu

20 April 2020

ތިޔައީ ސުނާމީގަވެސް ހާލުގަޖެހުނީމަ، ހިލޭ އެހީބެހިއިރު ބިސްކޯދު ދިނީމަ ތިމަންނަމެން ތިއެއް ނުކަމޯ، ތިމަންނަމެންގޭގަ ކަނީ ކުރިމްކޭކަރު ބިސްކޯދުއޭ ބުނިމީބުން ކަހަލަ މީހުން. ކިބުރުވެރިކަން ދޫކޮށް ހާލަތައް ހޭނެންޖެހޭ. އެންމެންގެ ފަސޭހައަށް

The name is already taken The name is available. Register?

ވެނީލާ

20 April 2020

ފެން ބުއިމުގަ ރަނގަޅު އާދައަކީ އެކީ އެއްފަހަރާ ތަށި ހުސްކޮށްލުމުގެ ބަދަލުގައި 3 ފަހަރުމަތިން ބުއިން.

The name is already taken The name is available. Register?

އިސްކުރު

20 April 2020

އަޅުގަނޑު ބޮނީ އިސްކުރުފެން. ކިތަންމެ ޒަމާނެއް ވެއްޖެ.

The name is already taken The name is available. Register?

އަލީގ

20 April 2020

ބައެއްމީހުން ސަޕްލައިފެން ބޯން ހިތްހަމަ ނުޖެހުނަސް މިވަގުތައް އެމީހުންނަށާ އެމީހުންގެ އާއިލާއައް އެންމެ ރައްކާތެރީ ސަޕްލައިފެން. ބޭރުންގެއައް ގެންނަ ކޮންމެ އެއްޗަކާ އެކީ ކޮވިޑް 19 ވައިރަސް ގެއައް ވަނުމުގެ ފުރުސަތު އޮންނާނެ އެހެންވެ ސަޕްލައި ފެނުން ވެދާނެ ގެއްލުމަކައްވުރެ މިގޮތުން ވައިރަސް ގެއައް ފޯރައިފިނަމަ ވާނެ ގެއްލުން މާބޮޑުވާނެ.

The name is already taken The name is available. Register?

މެދުގަލޮޅު މެދުހެންވޭރު

20 April 2020

ހޮޅިތަކުގައި ފެހިޖަހައި ޖަރާސީމު އުފެދިފައެއް ނުހުންނާނެތަ؟

The name is already taken The name is available. Register?

ހަސަނު1

20 April 2020

ޕްރެޝަރައިޒް ކޮށްފައި ހުންނަ ފެން ހޮޅިއަކު ނުޖަހާނެ. ހައެއްކަ މަސްދުވަހު ބޭނުން ނުކޮށް ހުރި އިސްކުރެއް ތެރޭގައި ޖަހާފާނެ. ޕްރެޝަރުގައި އިސްކުރު ދޫކުރާތާ 24 ގަޑިއިރު ފަހުންއެވެސް ހުރުމުގެ ފުރުސަތު ކުޑަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454