ޚަބަރު / ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސް އަޅައިގެން ތިބި ބަޔަކު މަގުމަތީ އިއްޔެ މަޑުކޮށްލައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

20 އެޕްރީލް 2020 - 23:45

75 comments
22 އެޕްރީލް 06:11
22 އެޕްރީލް 06:08

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެ، މާލެ އިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 66 އަށް އަރައިފި. އެޗްޕީއޭ އިން ރޭ ދަންވަރު އިއުލާންކޮށްފައި ވަނީ ފްލޫ ކުލިނިކަށް ދިޔަ ދެ ދިވެހިން ޕޮޒިޓިވްވި ކަމަށް. އެއާ އެކު މުޅި ރާއްޖެ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައި.

21 އެޕްރީލް 22:09

މިރޭގެ މީޑިއާ ބްރިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.

21 އެޕްރީލް 22:03

މިރޭގެ މީޑިއާ ބްރީފިންގައި އޭސީޕީ ނަވީން ވާހަކަ ދައްކަވަނީ

21 އެޕްރީލް 21:15

އަފްޒަލް: އެމްއެންޑީއެފްގައި މަސައްކަތް ކުރާ މުވައްޒަފުގެ ގިނަ ކޮންޓެކްޓްތައް ވުން ގާތީ ހަމަ ސިފައިންނާ. އެކަމަކު އޭގެ ތަފުސީލުތަކެއް އަދި ނުލިބޭ

21 އެޕްރީލް 21:14

އަފްޒަލް: އެމްއެންޑީއެފްގެ ޕޮޒިޓިވް ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު 41 ކޮންޓެކްޓް ވަނީ ފެނިފައި

21 އެޕްރީލް 21:13

އަފްޒަލް: މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 76، 77 އަދި 78 އާ ގުޅިގެން ޓްރޭސްކުރި އިރު މައި ދެ ހަބެއް ހިމެނޭ. އޭގެ ތެރެއިން އެއް ހަބްގައި 640 ކޮންޓެކްޓް، އަދި އަނެެއް ހަބްގައި 50 އަށް ވުރެ ގިނަ ކޮންޓެކްޓް ހިމެނޭ. މީގެ އިތުރުން ބޭންކް އޮފް ސިލޯންގަައި ޕޮޒިޓިވްވި ކޭހާ ގުޅޭ 14 ކޮންޓެކްޓް، ހިމެނޭ. އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ، ކޭސް 74 އާ ގުޅޭ ތިން ކޮންޓެކްޓްފެނުނު އިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި.

21 އެޕްރީލް 21:00

އަފްޒަލް: މިއަދު ފެނުނު ކޭސްތަކާ ގުޅުން ހުރި 181 ކޮންޓެކްޓް ފެނިފައިވޭ. މީގެ ތެރޭގައި ބޮޑު ހަބެއް ހިމެނޭ.

21 އެޕްރީލް 20:56

ނަވީން: މިހާތަނަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން 3860 ހުއްދަ ވަނީ ދީފައިވޭ. ބައެއް ފިހާރަތަކަށް ދޭއް ނުވަތަ ތިން ހުއްދަ ވެސް ދޫކޮށްފައިވޭ. މިހާތަނަށް 209 ފަރާތެއް، މިއަދު އެކަނި 39 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައި. ޖޫރިމަނާކުރުމުން ވެސް މަގުމަތީގައި އުޅެނިކޮށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި.

21 އެޕްރީލް 20:54

ނަވީން' ޕޮލިސް: ބައެއް ފަރާތްތަކުން މި ވަގުތު ނާޖާއިޒު ފައިދާ ނަގަމުން އެބަދޭ. ބައެއް ފަރާތްތަކުން ޑެލިވަރީ އަށް ގުޅީމަ އެ ތަކެތި ނާދޭ. އަދި ބައެއް ތަންތަނުން މަދުން ވެސް އެބަ ފޮނުވާ. މިހެން ވެއްޖެ ނަމަ އަޅުގަނޑުމެެންނަށް އެކަން އަންގަވައިދެއްވުން އެދެން.

21 އެޕްރީލް 20:54

އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ ނަވީން: އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން. އެކަމަކު މަދު ފަރާތްތަކުން ނާޖާއިޒު ފައިދާ ނަގާ. ޑެލިވަރީ ޚިދުމަތުގެ ނަމުގައި، ދަނީ އޮޅުވާލަމުން. އެފަދަ ކަމެއް ދިމާވެއްޖެ ނަމަ 2111 އަށް ގުޅައި ރިޕޯޓްކުރަން އެދޭ. ރަނގަޅަށް ބަލާފައި ނޫނީ ޓްރާންސެކްޝަންތައް ނުހަދަން އެދެން.

21 އެޕްރީލް 20:52

މަބްރޫކް: ބަންގްލަދޭޝް އިން ދިވެހިންނަށް ފޮނުވި އެހީގެ ތަކެތި މާދަމާ ބާލަން ފަށާނެ

21 އެޕްރީލް 20:52

މަބްރޫކް: ބޭރު ގައުމުތަކުގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް ރާއްޖެ ގެނެސް 78 މީހަކު ވަނީ ކަރަންޓީނު ނިންްމައި ދޫކޮށްލާފައި. އޭގެތެރެއިން ގިނަ ޑޮކްޓަރުން ވަނީ މަސައްކަތަށް ނުކުމެފައި. އަދިވެސް 46 ދަރިވަރަކު ކަރަންޓީންގައި އެބަތިބި.

21 އެޕްރީލް 20:51

މަބްރޫކް: ޖެންޑާ އިން މަގުމަތިވެގެން އެހީދޭ މީހުންގެ ތެރޭގައި ޑްރަގްސްގެ ވަބާގައި ޖެހިފައިވާ މީހުން ވެސް ހިމެނޭ. އެ މީހުން ވަކި ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ.

21 އެޕްރީލް 20:51

ކޮވިޑް-19 ގެ ތަފްސީލް ދޭން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ޕްރެސް ކޮންފަރެންސް ފަށައިފި. މި ޕްރެސްގައި ތަރުޖަމާން މުހައްމަދު މަބްރޫކްއާ އެކު ފުލުހުން ބައިވެރިވޭ.

21 އެޕްރީލް 20:50

މަބްރޫކް: މިހާތަނަށް 1546 މީހުން ވަނީ ކޮންޓްރެކްޓް ޓްރޭސިން ވަނީ ހެދިފައި. މީގެ އިތުރުން މިހާތަނަށް 193 ތަނެއް ވަނީ މޮނީޓަރިންގައި. މިއަދު 43 ތަނެއް ވަނީ މޮނީޓަރިން އަށް ގެންގޮސްފައި. ކަރަންޓީން ފެސިލިޓީގައި ތިބި 78 މެޑިކަލް ޑޮކްޓަރުން ވަނީ މުއްދަތު ހަމަކޮށް ދޫކޮށްލައިފައި. އެ މީހުން މިހާރު އަންނަނީ ތަމްރީން ހޯދަމުން. މީގެ އިތުރުން އިންޑިޔާ އާއި ބަންގްލަދޭޝް އިން އައި 46 ޑޮކްޓަރަކު މިހާރު ވަނީ ކަރަންޓީން ފެސިލިޓީގައި.

21 އެޕްރީލް 19:33

އެޗްޕީއޭގެ ޓުވީޓް

21 އެޕްރީލް 19:31

މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 84. އޭގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ 64. މިއަދުގެ މިހާތަނަށް މިވަނީ 17 މީހަކު ޕޮޒިޓިވް ވެފައި.

21 އެޕްރީލް 19:26

އިތުރު ދިވެއްސަކު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ކޭސް 52 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭ އިން ބުނޭ.

21 އެޕްރީލް 18:34

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ގަސްދުގައި ބަޔަކު މީހުން ތަންތަނާއި ތަކެތީގައި ރޯކުރުމަމުންދާ ކަމަށް. އެގޮތުން އދ. މަހިބަދޫ ފަޅުތެރޭގައި އޮތް ފަސް ލޯންޗެއްގައި މިދިޔަ ހަފުތާގައި ރޯކޮށްލީ ރާވައިގެން ކަމަށް އޭނާ ވިދާޅުވީ. އަދި އެއީ މަސްތުވާތަކެއްޗާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތާ ގުޅިގެން ދެމުންދާ ގެއްލުންތަކެއް ކަމަށް ވިދާޅުވި. މަހިބަދޫގައި ރޯކޮށްލި ފަސް ލޯންޗުގެ ތެރެއިން އެކައްޗަކީ ފުލުހުންގެ ލޯންޗެއް. އަނެއް ލޯންޗަކީ ސީ އެމްބިއުލާންސެއް. އަމިއްލަ މީހެ ދެ ލޯންޗުގެ އިތުރުން ދެން ރޯލޮށްލީ އދ. އަތޮޅު ލޯންޗުގައި.

21 އެޕްރީލް 18:28

އައްޑޫ މޭޔަރުގެ ޓުވީޓް

21 އެޕްރީލް 18:27

އައްޑޫ ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި ގަސްދުގައި ބަޔަކު ރޯކޮށްލައިފި ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ، ޚިދުމަތްތައް ހުޓުވަން ރާވައިގެން މިފަދަ އަމަލު ހިންގާ މީހުން ހޯދައި ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވައިލައްވާ ކަމަށް.

21 އެޕްރީލް 17:07

މަބްރޫކް: މި ހާލަތުގައި، ލިބޭ އާމްދަނީންް ކުލި ނުދެއްކިގެން އެތަނަކުން ނުނެރުން އެދެން. އެފަދަ ކޭސްތަކެއް އަޅުގަނޑުމެންނަށް ލިބެމުން ވެސް އެބަދޭ. އެހެންވީމަ އެކަން އެގޮތަށް ވެރިފަރާތުން ނުކުރެއްވުން ވަރަށް ބޮޑަށް އެދެން. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ސަރުކާރުން އެ ބަޔަކަށް އެހީ ވެސް ވާނެ. އެހީވަމުން ވެސް އެބަދޭ.

21 އެޕްރީލް 16:48

މިއަދުގެ ހަވީރުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

21 އެޕްރީލް 16:45

މަބްރޫކް: މެޑިކަލް ސްޓާފުންގެ ތެރެއިން 20 މީހަކު އައިސޮލޭޓް ކޮށްފައި. މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންގެ ތެރެއިން 8 މީހަކު ކަރަންޓީންކޮށްފައި އެބަތިބި.

21 އެޕްރީލް 16:44

މަބްރޫކް: އެސްޑީއެފްސީން މިހާރު ވަނީ ބައެއް ލޯންތައް އެޕްރޫވްކޮށްފައި. ބައެއް ލޯނުތައް މި ހަފުތާގެ ތެރޭގައި ދޫކުރާނެ. މީގެ އިތުރުން ގަވައިދާހިލާފަށް ވަކިކުރި މީހުންނަށް އެލަވަންސް ދިނުމާ ބެހޭ އިއުލާނެއް މި ހަފުތާގައި ކުރާނެ

21 އެޕްރީލް 16:39

އަފްޒަލް: ލޮކްޑައުން އަކަށް ދަނީ ޓްރިގާ އެކްޓިވް ވީމަ. އެ ޓްރިގާ އަކީ ކޮމިއުނިޓީ ސްޕެރެޑް. އެހެންވީމަ، ޓްރިގާ އަކަށް ނުގޮސް ލޮކްޑައުން އަކަށް ހިނގައްޖެ ނަމަ ސުވާލު އުފެދޭނެ ކީއްވެހޭ މިއަދު ކުރީ، އިއްޔެ ނުކުރީ.

21 އެޕްރީލް 16:39

މިއަދުގެ ހަވީރު މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލެއް ނޯޓު ކުރައްވަނީ.

21 އެޕްރީލް 16:36

މިއަދުގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. މޫސަ، މަބްރޫކް، ޑރ. އަފްޒަލް

21 އެޕްރީލް 16:34

މިއަދުގެ ހަވީރުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

21 އެޕްރީލް 16:32

މިއަދުގެ ހަވީރު މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

21 އެޕްރީލް 16:30

މިއަދުގެ ހަވީރުގެ މީޑިއާ ބްރީފިންގައި ޑރ. މޫސަ ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.

21 އެޕްރީލް 16:27

ޑރ. މޫސާ ހުސެއިން: ކުރިން ދެންނެވިހެން 80 ޕަސެންޓަކީ ވަރަށް އާދައިގެ އަރިދަފުސް ރޯގާހެން ހުންނަހެން ހުންނަ މީހުން. މީގެ ތެރެއިން 15 ޕަސެންޓް މީހުންނަށް ނިއުމޯނިޔާ ޖެހެނީ.

21 އެޕްރީލް 16:23

އަފްޒަލް: އަޅުގަނޑުމެން މިތިބީ ލޮކްޑައުންގައި. އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވެއްޖެ ނަމަ މިކަން ރަނގަޅު ކުރެވިދާނެ. މިހާރު ކިރިޔާ އަލާމާތެއް ފެނުނަސް އެކަން އަޅުގަނޑުމެންނަށް ރިޕޯޓް ކުރުން އެދެން. އެކަމަކު ކުރިއަށް އޮތްތާނގައި ވެސް އިތުރުވެގެން ހިނގައިދާނެ.

21 އެޕްރީލް 16:21

މަބްރޫކް: އެމްއެންޑީއެފްގެ މީހަކު ޕޮޒިޓިވް ވިކަން މިއޮތީ އެނގިފައި. އޭގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން މިދަނީ. އޭރުން އެނގޭނެ އެ ބަލި ޖެހުނު ގޮތް. އެމްއެންޑީއެފާއި ޕޮލިހާއި އައިޖީއެމްއެޗްގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސާމާނު ހުންނާނީ ދޫކޮށްފައި. އެމްއެންޑީއެފްގައި މި ޕޮޒިޓިވްވީ ފްރޮންޓްލައިންގައި މަސައްކަތްް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ އަދި އަޅުގަނޑަކަށް ނުބެލޭ.

21 އެޕްރީލް 16:17

ޑރ. މޫސާ ހުސެއިން: ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތްް އުުމުރުން ދުވަސްވީ މީހަކީ ސްޓްރޯކެއް ކުރިން ޖެހިފައިވާ މީހެއް. އޭނާ ގޭގައި އޮންނަނީ ވެސް އެނދުމަތީގައި. އޭނާގެ އެހެން ބަލިތަކުގެ ހިސްޓްރީ ވެސް އެބައޮތް.

21 އެޕްރީލް 16:14

ޑރ. އިބްރާހިމް އަފްޒަލް: ކޭސް 68 އަކީ ކުޑަވިލިނގިލިން މާލެ އަށް ދަތުރުކުރި ބަންގްލަދޭޝް މީހެއް. އޭނާއާ އެކު ލޯންޗުގައި ދަތުރުކުރި މީހާ ވެސް ޕޮޒިޓިވް. ކޭސް 69 އެއީ އެމްއެންޑީއެފްގެ މީހެއް. ކޭސް 70 އެއީ އެމްއެޗްއޭގައި މަސައްކަތް ކުރާ މީހެއް. މީގެ އިތުރުން ކޭސް 71، 72 އެއީ ކޭސް 70 ގެ އާއިލާގެ މީހުން. ކޭސް 73 އެއީ ކޭސް 68 އާ އެކު ދަތުރުކުރި މީހާ. ކޭސް 74 އާއި 75 އެއީ ކޭސް 36 ގެ ޑައިރެކްޓް ކޮންޓެކްޓް (ދެ ބިދޭސީން). ކޭސް 76، 77، 78 އެއީ ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހަކާ ގުޅުން އޮތް ބައެއް. އެ މީހުން އޭރު ތިބީ ތާޖުއްދީން ސްކޫލުގައި މަޑުކޮށްގެން. މީގެ އިތުރުންް 79 އެއީ 31 އާ ޑައިރެކްޓް ކޮންޓެކްޓެއް. ކޭސް 80 އަކީ ބޭންކް އޮފް ސސިލޯނުން ޕޮޒިޓިވް ވި ކޭސް 35އާ ގުޅުން އޮތް މީހެއް. ކޭސް 81 އެއީ އުމުރުން ދުވަސްވީ މީހާ. ކޭސް 82 އެއީ ކޭސް 35ގެ ދަރިފުޅު. ކޭސް 83 އަކީ ބަންގްލަދޭޝްގެ މީހެއް.

21 އެޕްރީލް 16:06

މަބްރޫކް: 1370 މީހުން ކޮންޓެކްޓް އެބަތިބި. 190 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައި. މޮނިޓަރިންގެ ހާލަތުގައި ކުރިން އޮތް ބައެއް ތަންތަން މިހާރު ވަނީ އާދައިގެ ހާލަތަށް ވަނީ ގެނެވިފައި.

21 އެޕްރީލް 16:05

މަބްރޫކް އަޒީޒު: ޕޮޒިޓިވް ކޭސްތަކުގައި މިހާރު ތިން ކެޓަގަރީއެއް އަޅުގަނޑުމެން އެބަ ގެންގުޅެން. އެ އެންމެންނާ ދޭތެރޭ ވެސް އަޅުގަނޑުމެން މި ގެންގުޅެނީ ޕޮޒިޓިވް ކޭސްތަކުގައި ގެންގުޅޭ އުސޫލު. ކުރިން އަޅުގަނޑުމެން ކުރިން ދީފައިވާ ދެ ކޭހެއްގެ އުމުރު ކުރިން އަޅުގަނޑުމެން ދީފައިވާ ގޮތް ނުބައި. އެއީ ކޭސް 26 އާއި 27. އެ ދެ މީހުންގެ އުމުރަކީ ވެސް 28.

21 އެޕްރީލް 15:57

މި ދުވަސްވަރު މާލެ ސަރަހައްދާއި އެހެން ބައެއް ރަށްރަށުގައި ވެސް ޑެލިވަރީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ހޯދަމުން އަންނާތީ އެ ކަމަށް އިތުރަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ. ބީއެމްއެލްއިން ބުނީ ގޭގެ އަށް ޑެލިވަރީ ކޮށްދިނުމުގެ ނަމުގައި ހިންގާ އޮންލައިން ޕޭޖްތަކާއި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރާ މީހުންނަށް ފައިސާ ފޮނުވުމުގައި އިތުރަށް ސަމާލުވާން އެދޭ ކަމަށް. އެގޮތުން ކާބޯޓަކެއްޗާއި އެހެނިހެން އަސާސީ އެއްޗިއްސަށް އޯޑަރު ދޭއިރު، ހަމައެކަނި ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ބީއެމްއެލް އިން އެދޭ.

21 އެޕްރީލް 15:50

ރައީސް އޮފީހުގެ ޓުވީޓް

21 އެޕްރީލް 15:06

ރައީސް: ދިވެހި ސިފައިންގެ ދުވަސް ފާހަގަ ކުރާއިރު ތާއަބަދު ހަރުލާފައި ހުންނަން ޖެހޭނެ ކަމަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ގުޅިފައިވާ މީހުންނަކީ ސިފައިންކަން.

21 އެޕްރީލް 15:05

ރައީސް: ވޭތުވެދިޔަ އަހަރަކީ ވެސް ވަރަށް ގިނަ ހާދިސާތަކެއް ހިނގައިދިޔަ އަހަރެއް. އެކަންކަމުގައި އެކި ފެންވަރުގައި ބައިވެރިވި ސިފައިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

21 އެޕްރީލް 15:04

ސިފައިންގެ 128 ވަނަ އަހަރީ ދުވަހު ރައީސް ދެއްވި ހިތޯބު: ދިވެހި އަސްކަރިއްޔާ އަކީ ދިވެހި ރައްޔިތުންގެ އައްޑަނަ. މި އަހަރުގެ ސިފައިންގެ ދުވަސް މި ފާހަގަ ކުރަނީ ވަރަށް ވަރުގަދަ އަޒުމެއްގައި. ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ސިފައިން މަސައްކަތް ކުރަނީ ވަރަށް ވަރުގަދަ އަޒުމެއްގައި. މިއަހަރުގެ ޝިޔާރަކީ "ސިފައިންގެ ހިތްވަރު- ގައުމީ ސަލާމަތް". އެކަން ސިފައިން އެބަ ދައްކައިދޭ.

21 އެޕްރީލް 14:43

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު މީހަކު ޕޮޒިޓިވްކަން ދެންމެ އިއުލާންކޮށްފި. މި ކޭސްއާ އެކު މިއަދު އިއުލާންކުރި ކޭސްތަކުގެ އަދަދަކީ 14. ދެންމެ އިއުލާންކޮށްފައި ވަނީ ކޭސް 83. މި ކޭހާ އެކު މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83 އަށް އަރާފައި. މާލެއިން ޕޮޒިޓިވްވި އަދަދަކީ 63. މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންނަށް ބަލާއިރު ދިވެހިންގެ އަދަދަކީ 52، ބިދޭސީންގެ އަދަދަކީ 31.

21 އެޕްރީލް 14:41
21 އެޕްރީލް 14:37

މިއަދު ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. ކޮރޯނާވައިރަސްގައި އެންމެ ނުރައްކާތެރި ވަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވާތީ، އޭނާ މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯ އަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނޭ. މިއީ މިއަދު ހެނދުނު އިއުލާން ކުރި ކޭސްތަކުގެ ތެރޭގައި ހިމެނޭ 81 ވަނަ ކޭސް.

21 އެޕްރީލް 14:33

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ. އުމުރުން 80 އަހަރުގެ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ހާމައެއް ނުކުރޭ

21 އެޕްރީލް 14:31

މިއަދު އަލަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 80 އަހަރުގެ މީހަކު، ހައި ރިސްކް މީހަކަށް ވާތީ، އޭނާގެ ހާލަތު ގާތުން ބެލުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި

21 އެޕްރީލް 14:30
21 އެޕްރީލް 13:42

މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުން ޖެންޑާ މިނިސްޓްރީއާ ފުލުހުން ހަވާލު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި. ކޮވިޑް-19 ގެ މީހަކު މާލެ އިން ފެނުނު ދުވަހުން ފެށިގެން (މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަސް) އެ މީހުންގެ ކެއުންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނޭ. މިދިިޔަ ބުދަ ދުވަހުން ފެށީގެން މާލެ ބަންދުކުރުމުން، ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމުތައް ޖެންޑާ މިނިސްޓްރީން އަންނަނީ ބަލަހައްޓަމުން. އެ މިނިސްޓްރީން ބުނިގޮތުގައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ މި ފަދަ 400 އަށް ވުރެ ގިނަ މީހުންނަށް އެ އިންތިޒާުތައް ހަމަޖައްސައި ދިނުމަށް ވެސް އެ ކައުންސިލާ އެކު އަންނަނީ މަސައްކަތް ކުރަމުން. މިފަދަ އެހީތެރިކަމެއް ބޭނުންވާ މީހުން ޖެންޑާ މިނިސްޓްރީގެ ނަމްބަރު 3328393 އެ ކަމެއް ހިއްސާ ކުރަން އެ މިނިސްޓްރީން އެދޭ.

21 އެޕްރީލް 13:36
21 އެޕްރީލް 13:36

ފުލުހުން ހުއްދަ ދީފައިވާ ފިހާރަތައް މާދަމާ އިން ފެށިގެން ހިދުމަތް ދޭން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި. އެ މިނިސްޓްރީން ބުނީ މާދަމާ ހެނދުނު 9:00 އިން ދަންވަރު 12 ޖެހުމާ ހަމައަށް އެ ފިހާރަތަކުން ހިދުމަތް ދޭނެ ކަމަށް. ފިހާރަތައް ނުހުޅުވާ މައްސަލަ އާއި ޑެލިވަރީ އަށް އޯޑަރު ނުދެވޭ މައްސަލަ ބޮޑުވެފައި ވަނިކޮށް މިގޮތަށް ހަމަޖެއްސުމުން، ގޭގެއަށް މުދާ ލިބުމުގައި އިތުރު ފަސޭހައެއް ލިބޭނެ ކަމަށް ބެލެވޭ.

21 އެޕްރީލް 13:07

އިމިގްރޭޝަންގެ ޓުވީޓް

21 އެޕްރީލް 13:04

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ 68 މީހަކު ގައުމަށް މި ފޮނުވައިލީ އެ ގޮތަށް ފާހަގަވެފައިވާ ބިދޭސީން ފޮނުވައިލަން އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ތެރެއިން. ފޮރިން މިނިސްޓްރީން ބުނީ ކުރިމަގުގައި ވެސް އެ ކަން ކުރިއަށް ގެންދާނެ ކަމަށް.

21 އެޕްރީލް 12:53

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ފުރި އެ ގައުމުވެ މީހަކު އިމިގްރޭޝަން ކައުންޓަރު ކައިރީގައި.---ފޮޓޯ: އިމިގްރޭޝަން

21 އެޕްރީލް 12:49

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ 68 މީހަކު އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުގައި މިއަދު ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި. މި 68 މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވާ 29 މީހަކު ވެސް ހިމެނޭ ކަމަށް އެ އިދާރާ އިން ބުނޭ. ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ރާއްޖެ އައި އެ ގައުމާއި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން. އިއްޔެ ހަވީރު އައި އެ މަތިންދާބޯޓުން 71 ދިވެއްސަކު ރާއްޖެ ގެނައި. އެޗްޕީއޭ އިން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުރިހާ ދިވެހިން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގައި.

21 އެޕްރީލް 11:42

މި އިތުރުވުމާ އެކު މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައި. މާލެއިން ޕޮޒިޓިވްވި އަދަދަކީ 62. މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންނަށް ބަލާއިރު ދިވެހިންގެ އަދަދަކީ 52، ބިދޭސީންގެ އަދަދަކީ 30.

21 އެޕްރީލް 11:41
21 އެޕްރީލް 11:39

އިތުރު 13 މީހަކު އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލާދޭޝް 5 މީހަކާއި އަށް ދިވެހިން

21 އެޕްރީލް 09:43

އާންމުން ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދަތަކުގައި، މީހުންނަށް ދީފައިވާ ވަގުތަށް ބަދަލު އައިސްފައި ހުރުން އެކަށީގެންވާ ކަމަށް ފުލުހުން ބުނެފި. މިއީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ ތެރެއިން ދިމާވި ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދަތިކަމެއް ކުރިމަތިވާ ނަމަ މާފަށް އެދޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި.

21 އެޕްރީލް 09:41
21 އެޕްރީލް 09:11

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ތަންޒީކުރުމުގައި ވަރުބަލިކަމެއް ނެތި ސިފައިން އަންނަނީ މަސައްކަތްކުރަމުން. ގައުމަށް ދިމާވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި ސިފައިން ކުރީ ސަފުގައި ރެޔާއި ދުވާލު މަސައްކަތްކުރާކަން ރައްޔިތުން ބަލައިގަނޭ: ޑިފެންސް މިނިސްޓަރު މާރިޔާ

21 އެޕްރީލް 09:04

މިއަދަކީ ސިފައިންގެ 128 ވަނަ އަހަރީ ދުވަސް. މި ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްވި ބަޔާނުގައި ސިފައިންގެ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިފައިންގެ ވެރިންނާއި ސިފައިންގެ އެންމެންގެ އާއިލާތަކަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ތަންޒީކުރުމުގައި ވަރުބަލިކަމެއް ނެތި ސިފައިން އަންނަނީ މަސައްކަތްކުރަމުން ކަމަށް. ގައުމަށް ދިމާވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި ސިފައިން ކުރީ ސަފުގައި ރެޔާއި ދުވާލު މަސައްކަތްކުރާކަން ރައްޔިތުން ބަލައިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވި.

21 އެޕްރީލް 08:41

ދުނިޔޭގެ ފަހުގެ ޚަބަރުތައް: ކޮރޯނާވައިރަސްގެ ސަބަބުން އެމެރިކާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 އަށް ވުރެ އިތުރުވެފައި. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ނިއު ޔޯކުން މަރުވި މީހުން، އިޓަލީގައި މި ނިމުނީ މިހާތަނަށް މި ވައިރަސްގެ ސަބަބުން އެންމެ މަދުން މީހުން މަރުވި ހަފުތާ. އެ ގައުމުގައި ވަނީ އަލަށް ބަލިޖެހޭ މީހުންގެ އަދަދު ވެސް ދަށަށް ގޮސްފައި، ސްޕެއިނުން ވެސް މަހެއްހާ ދުވަހުގެ ތެރޭގައި އިއްޔެ އަކީ އެއް ދުަވަހަކަށް އެންމެ މަދުން މި ބަލީގައި މީހުން މަރުވި ދުވަސް، ނިއު ޒީލެންޑުގައި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވުމާ އެކު، ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ވަނީ ނިންމާފައި، މުޅި ދުނިޔެއިން މިހާަތަނަށް ކޮރޯނާވައިރަހަށް 2.4 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފައި. މިހާތަނަށް 168،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 643،000 އަށް ވުރެ އިތުރު.

21 އެޕްރީލް 00:49

މާލެ އިން އިތުރު ދެ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ ކަަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މިއަދު ޕޮޒިޓިވްވި ފުރަތަމަ ދެ ކޭސް. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެއް. މިއީ ރާއްޖޭގެ ކޭސް ނަމްބަރު 68، 69. މިއާއެކު މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އެންމެ ފަހުގެ އަދަދަކީ 49. އަދި ރާއްޖޭގެ ޖުމްލަ އަދަދަކީ 69. މާލެ އިން އިން އިއްޔެ ޕޮޒިޓިވްވީ 15 މީހުން. މިހާތަނަށް މާލެ އިން ކޮރޯނާވައިރަސް ޕޮޒިޓިވްވި މީހުންގެ ތެރެއިން 18 އަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން. އިންޑިއާ މީހުންގެ އަދަދަކީ 6. މާލެ އިން ޕޮޒިޓިވްވި ދިވެހިންގެ އަދަދު އުޅެނީ 25 ގައި.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން އިއުލާނުކޮށްފައިވާ ކޭސް 26 އަކީ ޕޮޒިޓިވް ކޭސްއެއް ކަމަށް މިހާރު ނުބަލާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ބްރީފިން އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އެކްޓިވް ކޭސްތަކުގެ ދެވަނަ ކެޓަގަރީއެއްގެ ގޮތުގައި މިހާރު ބަލާ ޕްރޮބަބުލް ކޭސް އެއްގެ ގޮތުގައި ގުނާ އެއް ކޭހަކީ ކޭސް 26 ކަމަށެވެ. މިހާތަނަށް ކޭސް ނަމްބަރު ނުދީ އޮތް ކޭހެއް ވެސް އެެގޮތަށް ކެޓަގަރައިޒްކޮށްފައި ވެ އެވެ.

"އެކޭސްތައް އަޅުގަނޑުމެން އިއުލާނެއް ނުކުރަން، އެ ކޭސްތައް ނެގެޓިވް ވީމާ ވެސް ޑރ. ނަޒްލާ މުސްތަފާ އެ ވިދާޅުވި ހެން ވަރަށް ކުޑަ ފުރުސަތެއް ވެސް ބަލި ޖެހުމުގެ އޮންނާތީވެ އެ ފަރާތްތައް ވެސް ހަމަ އަލާމާތްތައް ފެނުމަށް ފަހު 14 ދުވަސް ވަންދެން އަޅުގަނޑުމެންގެ ފޮލޯ އަޕްގައި މޮނިޓަރިންގެ ދަށުގައި ބައިތިއްބާފައި އަޅުގަނޑުމެން ދޫކޮށްލަނީ. އެ ކޭސްތައް އަޅުގަނޑުމެން ސަސްޕެކްޓެޑް ކޭސްތަކުގެ ގޮތުގައި އިއުލާނެއް ނުކުރަން. އެހެންވީމާ މިހާރު މިހިރަ ކޭސްތަކަކީ ކޮންފޯމްޑް ކޭސް. އިތުރު ދެ ޕްރޮބަބުލް ކޭސް އަޅުގަނޑުމެންގެ އުޅޭނީ ހަމަ އެގޮތަށް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޗްޕީއޭއިން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޕީޑިއަޓްރިކް އިންފެކްޝަން އެކްސްޕާޓް ޑރ. ނަޒްލާ މުސްތަފާ މިރޭގެ ޕްރެސް ބްރީފިންގައި ވިދާޅުވީ ޕޮރޮބަބްލް ކޭސްއެއް ކަމަށް ބަލާނީ އެއްވެސް ސަބަބަކާ ހެދި، ތަފާތު ދެ ނަތީޖާއެއް ލިބޭ ކޭސްތަކުގެ ތެރެއިން ބައްޔަށް ހުށަހެޅިފައިވާ މީހުން ކަމަށެވެ. އެގޮތުން އެފަދަ މީހުން ފުރަތަމަ ޕޮޒިޓިވް ވުމަށް ފަހު ޑަބަލް ނެގެޓިވް ވިޔަސް، ނެގެޓިވް ކޭހެއްގެ ގޮތުގައި ދޫކޮށެއް ނުލާނެ އެވެ. އެއީ ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓް ވުމާއި އެނޫން ކަންތައްތަކަށް ބަލައިގެން ކެޓަގަރައިޒްކުރާ އުސޫލެކެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެގޮތަށް މެދުވެރިވާ ކޭސްތައް އިއުލާނު ނުކުރާ ކަމަށާއި އެކަމަކު އެމީހުން ކަރަންޓީނުކޮށްގެން ބަލަހައްޓާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ ކޭސްތަކަކީ ކޮންފޯމްޑް ކޭސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކޭސްތައް އަޅުގަނޑުމެން އިއުލާނެއް ނުކުރަން އެ ކޭސްތައް ނެގެޓިވް ވީމަ ވެސް ޑރ. ނަޒްލާ މުސްތަފާ އެ ވިދާޅުވި ހެން ވަރަށް ކުޑަ ފުރުސަތެއް ވެސް ބަލި ޖެހުމުގެ އޮންނާތީވެ އެފަރާތްތައް ވެސް ހަމަ އަލާމާތްތައް ފެނުމަށް ފަހު 14 ދުވަސް ވަންދެން އަޅުގަނޑުމެންގެ ފޮލޯ އަޕްގައި މޮނިޓަރިންގެ ދަށުގައި ބައިތިއްބާފައި އަޅުގަނޑުމެން ދޫކޮށްލަނީ. އެ ކޭސްތައް އަޅުގަނޑުމެން ސަސްޕެކްޓެޑް ކޭސްތަކުގެ ގޮތުގައި އިއުލާނެއް ނުކުރަން. އެހެންވީމާ މިހާރު މިހިރަ ކޭސްތަކަކީ ކޮންފޯމްޑް ކޭސް. ދެން އިތުރު ދެ ޕްރޮބަބުލް ކޭސް އަޅުގަނޑުމެންގެ އުޅޭނީ ހަމަ އެގޮތަށް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ރަފީގު މިހެން ވިދާޅުވި ނަމަވެސް ޕްރެސް ބްރީފިންގެ ލައިވް ނިމުމަށް ފަހު އެ ކަންތަކުގެ އިތުރު ތަފްސީލް ހޯދަން ކުރި ގިނަ ސުވާލުތަކަކަށް ފަަހު މަބްރޫކް ވިދާޅުވީ ޕްރޮބަބްލް ދެ ކޭސްގެ ތެރެއިން އެއް ކޭހަކީ ޕޮޒިޓިވް ކޭސް އެއްގެ ގޮތުގައި މިހާރު އިއުލާނުކޮށްފައިވާ ކޭސް 26 ކަމަށެވެ.

އެއީ މާލެއިން ޕޮޒިޓިވްވި ކަމަށް އިއުލާނު ކުރި މީހުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ އަންހެންމީހާ އެވެ. އޭނާއަކީ ކޭސް 23 ގެ ކޮންޓެކްޓެކެވެ. ޕްރޮބަބުލް އަނެއް ކޭހަކީ ވެސް އެ ކްލަސްޓާގައި ހިމެނޭ އަންހެނެކެވެ.

އެ ދެ މީހުންނަކީ އެ ކްލަސްޓާގެ އިންޑެކްސް ކޭސް ކަަމަށް ބަލައިގެން އެ މީހުންގެ އަބުރަށްް ހުތުރުވާ ފަދަ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ފެތުރި އެވެ. އެކަމަކު މާލޭގެ އެއްވެސް ކްލަސްޓާއެއްގެ އިންޑެކްސް ކޭސްއެއް އަދި ނުހޯދެ އެވެ. އިންޑެކްސް ކޭސްއަކަށް ތުހުމަތު ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ވެސް އޭގެ ތެރޭގައި ނުހިމެނެ އެވެ.

75 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 75%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސާމް

22 April 2020

ކޮބައިތޯ 80 ހާސްރުފިޔާނަގާ މެމްބަރުންނާއި 60ހާހުގެ އިތުރަށް އެތައްކަމަކުން ކަޓުނަގާވަޒީރުންނާއި ސިޔާސީ މަޤާމްތަކަށްލި އެތައް ސަތޭކަ މީހުން. ރައީސާއި ރައީސު ކޮއްލާފަ ރައްކާވެއްޖެ. މިހާރު މިފެންނަނީ ހަމައެކެނި ސިއްހީ ޚިދުމަތުގައި އުޅޭމީހުންނާއި ސިފައިންނާއި ފުލުހުންނާއި ސިވިލްސަރވިސްގައި އުޅޭމަދުބަޔަކާއި ޢާއްމުން ހަނާވާތަން.މިކަން ނިމެންވާއިރަށް އަނެއްކާވެސް ރައީސަށް އޮޅުވާލައިގެން މެޑެލް ޖަހަން ދުވާނެ. ރައީސްކުރިއަށް ހިއްވަރާއިއެކު ވަޑައިގަންނަވާ

The name is already taken The name is available. Register?

ހަކީމް

22 April 2020

މިކަމުގައި އުޅޭ އެޗް.ޕީ.އޭ ، ޓެގް ގުރޫޕް، ޑޮކްޓަރުން ، ނަރުހުން އަދި އެހެނިހެން އެހީތެރިންނަށް ފައްފަށުން ޝުކުރު އަދާކުރަން. ދިވެހިން މިމީހުންގެ ބަސްއަހައިފިނަމަ އަދިވެސް ބޮޑުގެއްލުމެއްނުވެ މިކަމުން ސަލާމަތް ވެވިދާނެ. ވައިރަސް އެކީ އެއްވެސް ދިރުމެއްނެތް އެއްޗެއް . އޭތި އެއްތަނުން އަނެއްތަނަށް އުފުލަނީ ހަމަ އިންސާނުން. ވިސްނާ ، ގޭގަތިބޭ .....

The name is already taken The name is available. Register?

އައްޑޫ ކުއްޖާ

22 April 2020

ރޭގަވެސް މާލޭގެ ގެސްޓް ހައުސް އެއްގަ ތިބި ކުދިންތަކެއް ތަނުން ނެރެން އުޅުނީ އެމްއެންޑީއެފް ގެ މީހުން ތަން ބޭނުންވެގެން . އެއީ ރިސޯޓްތަކުން މާލެ އައިސް ރަށައް ނުދެވި ތާށި ވެފަ ތިބި މީހުން.

The name is already taken The name is available. Register?

ކުރެވޭނެ

21 April 2020

ކުލި ނުދެއްކިގެން މިދަނޑިވަޅު އަައިލާތަކާއި މީހުން މަގު މަތި ކުރާ ބަންޑާރަ އަދި އަ މިއްލަ ގޯތީގެ ބިންވެރީންނާއި ގެދޮރުވެރީން ހަރުކަށި ގާނޫނަކާ ކުރި މަތި ލާންޖެހޭ. އެފަދަ ގާނޫނެއް ގެނައު މަށް ގާނޫން ހަދާ ފަރާތްތައް އުޒުރުވެރި ވާނަ މަ ދެން އޮތީ ރައްޔިތުން އެފަރާތްތައް ބޯއިކޮޓް ކުރުން.

The name is already taken The name is available. Register?

މަސްރަ

21 April 2020

ސިފައިން ޕޮސިޓުވު ވީމަ ކިހިނެއް ޑުލިވެރީ ކުރަނީ. އެސް.ޓީ އޯ އިން މިހާރު އޯޑަރުވެސް ނުނަގާ، މާލެއަށް ޑެލިވެރީ ކުރުމުގެ ކެޕާސިޓީއެއްނެއި ސިފައިން އަތުކުނެއި. ދެން ކިހިނެއް ހަދާނީ. ޕުލައިނިންގެ މައްސަލައެއްް ހެންވެސް ހިޔެއްނުވޭ، ރިސޯސްނެތީ މާލެއް ކޭޓާކުރުވޭވަރައް. މާލެ ހުޅުމާލެ ވިލިމާލެއިން މީހުން މަދު ކުަރަންވީ.

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

21 April 2020

މަގޭގާތުގަ މީހަކު ދެއްކި ވާހަކައެއް މީ ސިފައިންގެ މީހެކޭ އެމީހާދެންމެ ގުޅައިފަ ބުންޏޭއަހަރެން މިހިރީ ހުން އައިސްފަޔޭ އޮފީހަށް ގުޅައިފަ ބުނީމަ ބުންޏޭކިހިނެއްހޭވަނީ ވާގޮތްތަކުގެ ވާހަކަ ކިޔައިދިނީމަ ބުނެފިއޭ ހުންއައިސްފަ ހުއްޓަސް އޮފީހަށް ނިކުންނާށޭ . ދެންމެސިފައިންގެ މީހަކު ޕޮޒިޓިވް ވިއޭ ކިޔައި ވާހަކަ ފެތުރެންފެށީމަ އެމީހަކު ބުނެފި ތިވާނީ ތިމަންނައަށް ގުޅައި ހުންއައިސްފައޭމިހިރީބުނިމީހާކަމަށްށޭ .އެވާހަކަ ދެއްކީއިއްޔެ.އިހްމާލު ބަލިއިރު އޮފީހަށް

The name is already taken The name is available. Register?

ނިއުމޯ19

21 April 2020

އައްޑޫގެ ފިހާރަތަކުން ޑެލިވަރީކުރަނީ 100 ނޫނީ 200ރ އަށްވުރެމަތިން ތަކެތިގަތީމަ...ނުވީތާކަށް ޑެލިވަރީ ހިފައިގެން އައިސް ބުނޭ 3ރ ދޭށޭ ޑެލިވަރީ ޗާޖަށް....މީދެން ބޮޑުވަރު މިފަދަ ބޮޑުކަމެއް ދިމާވެގެން އުޅޭއިރުވެސް ރައްޔިތުން ފެލަން ފައިވިއްދާފަ....ހިދުމަތެއްތަ މިދެވެނީ? ރައްޔިތުންނަކަަށް ނުވިސްނާ ވިޔަފާރިވެރިން....ކީއްކުރަން ވިޔަފާރި ހުއްދަކުލި އުވާލީ? ކޮން ފައިދާއެއްވަނީ ރައްޔިތުންނަށް? އައްޑޫ ކައުންސިލާ ސަރުކާރުން މިކަމަށް ހައްލެއް ހޯދައިދީ....

The name is already taken The name is available. Register?

ކައްކާ

21 April 2020

މިރަށަށްއައިސް އަހަރެމެންކައިރީ އާދޭސްކުރިވަރުން އަހަރެމެން ތަލަފިއްސައިގެން އަވީގަތިބެގެން ވޯޓުދީގެން ހޮވި ތިންމީހަކު ވެއްޖެ މާލެތެރޭގަ، ކޮންމެވެސް މީހަކު އެމީހުންގެ ހަބަރެއްވޭތޯ ބަލާދީފިއްޔާ ވަރަށްރަނގަޅު. އައިޖީއެމްއެޗު ޑޮކްޓަރަކާއި ފުލުސްއޮފީހުގައުޅޭ ދެތިންމީހަކަށްނޫން ވޯޓުދީގެން މިތިބީ. އެމީހުން ތިބިތާކުން ކެމެރާއެއްގެ ކުރިމައްޗަށްނަމަވެސް ނެރެން އެބަޖެހޭ.

The name is already taken The name is available. Register?

އާރީ

21 April 2020

ރޯކުރަނީ ރޯކުރަނީ ކިޔަނި އަބަދުވެސް. އެބަޔަކު ހޯދާފަ ގާނޫނުގެ ކުރިމަށްޗަށް ގެންނަ ތަނެއް ނުފެނޭ. ފިނިހަކަ ސުފީޑްގަ 21 ވ ގަރުނުގަ ކަންތައްތައްވޭތް.

The name is already taken The name is available. Register?

ޙެޔޮނިޔަތް

21 April 2020

މަބްރޫކް: މި ހާލަތުގައި، ލިބޭ އާމްދަނީންް ކުލި ނުދެއްކިގެން އެތަނަކުން ނުނެރުން އެދެން. އެފަދަ ކޭސްތަކެއް އަޅުގަނޑުމެންނަށް ލިބެމުން ވެސް އެބަދޭ. އެހެންވީމަ އެކަން އެގޮތަށް ވެރިފަރާތުން ނުކުރެއްވުން ވަރަށް ބޮޑަށް އެދެން. މިއީ ހަމަ ޖެހޭ ވާހަކައެއް ނޫން. ކުލި ނުލިބުނީމާ ދިމާވާ މައްސަލަ ތަކަށް ޜރިޢާޔަތެއް ނުކުރައްވައި ތިކަހަލަ ވާހަކަ ދެއްވުން ހުށަހެޅެނީ ބޮޑު މައްސަލަޔަކަށް

The name is already taken The name is available. Register?

ކައްކާ

21 April 2020

އެހެން އެންމެންގެ މައްސަލަތައް ބަހައްޓާފަ ކަލޭމެންގެ މައްސަލަތަކަށް ހައްލުހޯދަން ދައުލަތަށް ލިބޭހާއެއްޗެއް ހަރަދުކުރާތާ 60 އަހަރުމިވަނީ. އެންމެފަހުން އެއެޅީ 20 ބިލިއަން ރުފިޔާގެ ބުރިޖެއް، އަޅާނިމުނުދުވަހު ބުނީ އަދި އެވަރުގެ 3 ބުރިޖު އަޅައިގެންނޫނީ ހައްލެއްނެތޭ. އެވަރުބައެއް ތިޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454