މާލެ: އޭޕްރިލް 17، 2020: އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭންޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދޭން ސިފައިން ނުކުމެ ޑެލިވަރީގައި. ސިފައިންގެ ފަސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
27 އެޕްރީލް 2020 - 16:41
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ކާނަލް ހުސައިން އަލީ ވިދާޅުވީ ސިފައިންގެ ފަސް މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން އެ ފަސްމީހުންނާ ގުޅުން ހުރި ސިފައިން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އެކަމަކު ކަރަންޓީނުކުރި ސިފައިންގެ އަދަދެއް، ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަމަލުކުރާ އުސޫލުގެ ދަށުން، އޭނާ ވިދާޅެއް ނުވެ އެވެ.
"އިރާދަކުރެއްވިއްޔާ ކަރަންޓީނަށް ދާ ސިފައިން އެ މީހުންގެ މުއްދަތު ހަމަކޮށްފައި އަނެއްކާ ވެސް އަންނާނީ ހަމަ މި މަސައްކަތުގެ ތެރެއަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިން ވެސް ބައްޔަށް ޕޮޒިޓިވް ވުމުން އެ މީހުން ވެސް ދާނީ ހަމަ ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއަށް ކަމަށެވެ. އޭގެ މާނައަކީ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ސިފައިން ވެސް ކަރަންޓީނަށް ދާނެ ކަމެވެ. މިއީ ކުރިމަތިވާނެ ހާލަތެއްކަން އެނގޭ ކަމަށާއި ސިފައިންގެ ލީޑަޝިޕް އޮތީ އެކަމަށް ތައްޔާރުވެފައި ކަމަށް ވެސް އޭނާ ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބަ އޮތް. އެސްއޯޕީތަކެއް އެބަހުރި. ސްޓޭންޑާޑްސްތަކެއް އެބަހުރި އެކުލަވައިލެވިފައި،" އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި ސިފައިން ގެ މަރުކަރުޒަތަައް ރައްކާތެރިކުރަން ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ކާނަލް ހުސައިން އަލީ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
ހުސައިން އަލީ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އޮތް ނާޒުކު ހާލަތުގައި ސިފައިން ވަރަށް ގިނަ ދިމަ ދިމާލުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ޔުނިފޯމް އެޅި މީހުންގެ ތެރެއިން އެންމެ ސީނިއާ މީހުންނާ ހިސާބުން ފެށިގެން އެންމެން ވެސް ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔުނީފޯމް އެޅި މީހުންގެ ތެރެއިން އެންމެ ސީނިއާ، އާދެ އަޅުގަނޑުމެންގެ އިއްޒަތްތެރި ޗީފް އޮފް ޑިފެންސް ފޯސް [މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް] އާ އި ހަަމައިން ވެސް، ހުރިހާ ސިފައިން މިހާރު ގެއަށް ނުގޮސް މަސައްކަތްކުރާތާ މިހާރު ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ކުރާ މަސައްކަތްތަކުގެ ތެރެއިން ސިފައިން ކުރަމުން އަންނަ މުހިއްމު އެއް މަސައްކަތަކީ ކަރަންޓީން ފެސިލިޓީތައް މެނޭޖްކުރުމާއި އާ ފެސިލިޓީތައް ގާއިމް ކުރުމެވެ. އެގޮތުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ގާއިމްކުރުމުގައި ވެސް ސިފައިން ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. ހުސައިން ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަ އެފަދަ އެއް މަސައްކަތަކީ ވެލިދޫ އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީ ގާއިމް ކުރުމެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުދުވަހުގެ ތެރޭގައި އެ ތަނުގެ ކެޕޭސިޓީ ވަރަށް ބޮޑަށް ފުޅާވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
28 April 2020
ސިފައިންގެ ހާދަބަނޑު ބޮޑުވެފަ މިތިބެނީ އިންޑިޔާ ޕަންޖާބު ސިފަޖަހަނީ މިހާރު އަވަހައް ދުވުންތައް ބާއްވާ އެ މެރިކާ ސްޓޭންޑަޑައް ބަދަލުވޭ
ވިސްނަވާ
28 April 2020
ވަރަށް މުހިންމު ވައިޓަލް ސާވިސްތައް މަޑުނުޖެހި ކުރިއަށް ދެވޭނެ ގޮތަށް، އެމީހުންނަށް ޓެސްޓިންގ ޕްރަޔަރެޓައިޒް ކުރުން.
އީސަ
28 April 2020
ސިފައިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ! ސިފައިންނަށް ފުރިހަމަ ރައްކާތެރިކަން ދޭންޖެހޭ. ގައުމަށް ދިމާވާ ހުރިހާ ހިތްދަތި ހާލަތެއްގައި އަމިއްލަ ފުރާނައަށް ނުބަލައި އުޅެންޖެހޭ ބައެއް. ސިފައިންގެ މީހާގެ އާއިލާއެއްވެސްވޭ. އެއީވެސް އިންސާނުން. މިފަދަ ވަގުތުގައި އެއާއިލާތަށް ތަހައްމަލުޖުރާނެ ހިތްދަތިކަން ވިސްނާލުން މުހިއްމު. ސިފައިންނަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދެއްވާ.
މޫސަ
27 April 2020
ބިދޭސީ މީހުނާއެކު ސިފައިން މަސައްކަތްކުރާގޮތަށް ސަރުކާރުން ކަންކަން ނުރޭވުމަށް ގޮވާލަން. ސިފައިން ނަށް ފުރިހަމަ ރައްކާތެރިކަމާއެކު ތިބެވޭނެ ހަރުދަނާ އުސޫލުތަކެއް ކަޑައަޅަންޖެހޭ. ސިފައިންނަށް ރައްކާތެރިކަމެއްނެތިއްޔާ މިގައުމުގައި ރައްޔިތުމީހާ ހާލުޖެހޭވަގުތު އަޅާލާނެ އެކަކުވެސް ނުހުންނާނެ. އެއްވެސް ހާލެއްގައި ބަގުލަދޭސްމީހުނާއެކު އެއްތަނެއްގައި މަސައްކަތް ކުރާގޮތަށް ކަންކަން ނުރޭވުމަށް މިނިސްޓަރ މާރިޔާއަށްދަންނަވަން.
ހަތާވީސް
27 April 2020
ކޮބާތަ ސިފައިންގެ ރައްކާތެރިކަމަށް އެޅުނު ފިޔަވަޅު. ކުރިން ތައްޔާރުނުވެ ތިބެ މިހާރު ކުއްލިއަކަށް ތައްޔާރުވާން ޖެހުނީމަ ސިފައިން މިޖުހުނީ އެއްވެސް ރައްކާތެރިކަމެއްނެތި ބިދޭސީންނާއެކުވެސް މަސައްކައްކުރަން.
ކޮވިޑް
27 April 2020
ނެއް...އެއްމެން ފުރަތަމަވެސް އެއްކޮށްލީ ބެލުމެއް ކެހުމެއް ނެތި...ސިފައިން އިންވިންސިބލްއޭ ހިކުރީ ތޯ އެއްޗެއް
އުމަރުބެ
27 April 2020
ސިފައިންވެސް ހިދުމަތް ދެމުންދާއިރު ކޮންޓެކްޓް މަދުކުރުން މުހިންމު
ޚިޔާލު
27 April 2020
ވަރަށް ބޮޑަށް ޝުކުރިއްޔާ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށްޓަކައި ތިކުރައްވާ މަސައްކަތަށްޓަކައި. ސިފައިން ނެތްނަމަ ރާއްޖޭގެ ހާލަތު މިއަދު އޮންނާނެ ގޮތެއް ހިތަށްވެސް ނުގެނެވޭ. ކެބިނެޓްގެ ގިނަ ވަޒީރުން ވަނީ ފޭލްވެފައި. ވަރަށްބޮޑަށް ތައްޔާރުވެފައި ތިބިކަމަށް ބުނެފައި ފޮނިކަޑާފައި އެއްކަމެއްވެސް ނުކުރެވުނު
ނަންވާނީ
27 April 2020
އެންމެންވެސް ތެޅީ ހުސް އަނގަ. ކަމާ ލައްވާލިއިރު ވައިރަސް ބަނޑޭރިގެއަށްވެސްވަނީ. ރާއްޖެ އުފެދިފައިވާ ގޮތުން ތި ވައިރަސްގެ ނުރައްކަލުން ރައްޔިތުން ސަލާމަށް ކުރެވެން އޮތް. އެކަމަކު އެކަން ލައްވާނުލާނެކަމަށް ހީކޮށްގެން ތިއްބާ ތި ލައްވާލީ. އެވަރަކަށް ތައްޔާރުވެފަކާއި ނެތް. ދެންވެސް ހަރުދަނާ ފިޔަވަޅު އަޅާއިގެން ތިކަމުން ސަލާމަތްވާނީ. ރައްޔިތުން އަބަދު ކުށްވެރިކުރުމަކީ ތިކަމަށް އޮތް ހައްލެއް ނޫން.
އަޖައިބު
27 April 2020
ކޮބާތޯ ހަރުދަނާ ފިޔަވަޅަކީ؟ ލަފާ އަރުވަންވީނުންތޯ؟
ޏަޏް
27 April 2020
ޑެލިވަރީ ކުރާށޭ ކިޔާފަ އެސްޓޯއޯ ސުޕަމާޓުން އަމިއްލަ ގެއަށް ކާއެއްޗެހި އުފުލީ!
ޢަހުމަދު
27 April 2020
ސިފައިން ނަށް ރައްކާތެރި ކަން ނުދެވިއްޖެނަމަ ރައްޔިތު މީހާ ހާލުގައި ޖެހޭދުވަހު ބަލާނެ މީހަކު ނުހުންނާނެ. ސިފައިންކުރާ މަސައްކަތުގައި ބަގުލަދޭސް މީހުން ބައިވެރި ނުކުރުމަށް އާދޭހާއެކު ދަންނަވަން. މިޚަބަރަކީ ސިފައިންގެ ައާއިލާތަކަށް ވަރަށް ހިތްދަތި ޚަބަރެއް. މިހާރުވެސް ސިފައިންގެ މީހާ އާއިލާ ތަކާ ބައްދަކު ނުވާތާ އެތަކެއްދުވަހެއްމިވަނީ. އެއީވެސް އިންސާނުން. އެމީހުންގެ ފެމެލީތައް އެތިބެނީ ވަރަށް ހިތްދަތި ހާލުގައި. ދަރިންނާ މައިންބަފައިންނާ ބައްދަލުކޮށްނުލެވި ރަމަޟާންމަހުވެސް.
ޢާއިލާ
28 April 2020
އަސްލުވެސް ސިފައިންގެ ރައްކާތެރިކަމަށް ނުބެެެެެެލީމަ ވީގޮތްމީ. މި އުނދަގޫ ދަނޑިވަޅުގައި ހުރިހާ ކުދިން މަންމަ އާ ބައްޕަ އާއެކު ތިބިއިރު ސިފައިންނަކަށް އާއިލާ އަކާ ބައްދަލެއް ނުކުރެވޭ.. ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނުނު ދުވަހުން ފެށިގެން ސިފައިން ތިބީ އެލާޓްގަ..ހަފްތާއަކު 2 ފަހަރު އާއިލާ ކައިރިއަށް އާދެވެނީ، މާލެއިން ޕޮޒިޓިވް ކޭސް ފެނުމާއެކު ފުލް އެލާޓްގަ،