ސިއްހީ ދާއިރާގެ މީހުންނަށް ކްރިޓިކަލް ކެއާގެ ތަމްރީނު ދިނުމުގެ ތެރެއިން، ހަޒްމަޓް ސޫޓް ލާނެ ގޮތް ކިޔައިދެނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
28 އެޕްރީލް 2020 - 02:30
ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ސިއްހީ ދާއިރާގެ ބައެއް ތަކެތީ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މާފުކޮށްދެއްވައިފި އެވެ.
މިދިޔަ މާޗް މަހުގެ 12 ގައި އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެވަނަ ފަހަރަށް އިތުރު ކުރައްވާފައިވާއިރު، އެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށެވެ. އެކަމަކު، ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަދިވެސް އިތުރުކުރާނެ ކަމަށް ބެލެވެ އެވެ.
ކަސްޓަމްސް އިން ބުނީ، ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް އާއި ޕްރޮޓެކްޓިވް ގައުންސް އާއި ހަޒްމަޓް ސޫޓްސް އާއި ސާޖަން ކެޕްސް އާއި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓް ޑިއުޓީ އިއްޔެ އިން ފެށިގެން ރައީސް މާފުކޮށްދެއްވާފައިވާ ކަމަށެވެ. ރައީސް އެ ނިންމުން ނިންމެވީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ދަށުންނެވެ.
ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބައެއް ތަކެތީގެ އިމްޕޯޓު ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވައިފި! pic.twitter.com/BkWa0IjHek
— Maldives Customs (@CustomsMv) April 27, 2020
ކަސްޓަމްސްގެ ޓުވީޓް
ރާއްޖެ އެތެރެކުރާ ބާވަތްތަކުގެ ޑިއުޓީ މާފުކުރުމަކީ ގާނޫނީ ގޮތުން ރައީސަށް ލިބިވަޑައިގަންނަވާ ބާރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން، މީގެ ކުރިން ވެސް ބައެއް ތަކެތީގެ ޑިއުޓީ މާފުކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންގި އާއި މާސްކާއި ފޭސް ޝީލްޑާއި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ އެވެ.
މި މަހުގެ 15 ގައި މާލެ އިން ކޮވިޑް-19 ގެ މީހަކު ފުރަތަމަ ފަހަރަށް ފެނި، އޭގެ ފަހުން 100 އަށް ވުރެ ގިނަ މީހުން މާލެ އިން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ފަހުގެ ޖުމްލަ އަށް ބަލާއިރު ރާއްޖެ އިން ވަނީ ކޮވިޑް-19 ގެ 226 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 90 އެވެ. އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 106 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވެ ވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރަގެމަ
28 April 2020
ފޯން ބިލައްދައްކަންޖެހޭ ޖީއެއްސްޓީ ކަނޑާލީމަ މާ ފައިދާވާނެ އާންމު ރައްޔިތުމީހާ އަށް.ތިކަމުން ބަޔަކު މުއްސަނދިވުން ނޫން ކަމެއް ނުވާނެ
މޫސަ
28 April 2020
ތިޔައީވެސް ދައުލަތް ލޫޓުވުމުގެ ނިޔަތުގައި ކުރިކަމެއް.
މުޙުއްމާ
28 April 2020
މިހާރު ގެންނަން އެކި ކުންފުނިތަކާއި ޙަވާލުކޮށްފަހުރި އެއްޗެހިން ޑިއުޓީ ކަޑާފަ އަގުދޭންވާނީ، މިހާރު އިންޓަރނެޓް އާއި ފޯނުގެ ޚިދުމަށްވެސް ވަނީ ބޭނުންކުރުން އިތުރުކުރަން މަޖުބޫރުވެފަ. މީގެ އަގު ކުޑަކުރުމަކީ ސަރުކާރުގެ ވަޢުދެއް. ވީމާ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި މަޝްވަރާ ކޮށްގެން ޙައްލުވަންދެންވެސް ޖީ.އެސް،ޓީ. ކަޑާލަދެއްވާ. އެއިރުންވެސް %6 ކުޑަވާނެ.
އައްބޭބެ
28 April 2020
ވެންޓިލޭޓަރާއި އިތުރު ސާމާނުތަކެއް ގެންނަށް 2 ކުންފުންޏަކަށް ހަވާލުކޮށްފައި ޑިއުޓީ ކަނޑާލުމުން އެކުންފުނިތަކަށް ލައްކަ ފައިދާވާނެ. އަގު ހުށަހަޅާފައިވާނީ ޑިޔުޓީ ހިމަނައިގެން.
ބަތޫތާ
28 April 2020
ކޮބާތޯ ބޭންކުތަކުން ދޭންބުނި ކޭޝްފްލޯ ސަޕޯޓް. ބޭންކުތައް ނުހުޅުވަނީ އެކަން ނުކުރަންތޯއޭ. އަހަރުމެން މިއޮތްގެން ހަލާކުވަނީ.
އާރު
28 April 2020
ސަރުކާަރުގެބޭނުމަށް ގެއްނައެެްޗަކުން ޑިއުޓީ ކަނޑާލުމަކުން ވާނެފައިދާއެެއް މަށަކަށް ނުވިސްނުނު.
ސަރުކާރު
28 April 2020
އަދި އަވަސް ތިކަން ކުރަން
ހައިޑްރޮކްސީކްލޮރޮޓްރަމްޕީން
28 April 2020
މިމުއްދަތުގެތެރޭގައި ޕްރައިވެޓް ހޮސްޕިޓަލްތަކާ ކްލިނިކްތަކުން އެތައްލައްކައެއްގެ ތަކެތި ޑިއުޓީނުދައްކާ އެތެރެކުރަން ފުރުސަތު ލިބިގެންމިދިޔައީ. އެތަންތަނުން ދޭ ޚިދުމަތުގެ އަގަކަށް ބަދަލެއް ނުގެންނާނެކަން ޔަޤީން. މިކަހަލަ ކޮންމެނިންމުމެއްގެ ފައިދާ މިލިބެނީ ހަމަނުހައްގުގޮތުގައި. އަދި މީގަހެއްވާކަމަކީ މިގޮތަށްއެތެރެކުރާތަކެތި ބޭނުންކޮށްގެން ޚިދުމަތްދީފައި އާސަންދައަށް ބިލްކޮށް ޑަބަލްފައިދާ ލިބިގަންނާތީ. ސަރުކާރުތަންތަނަށް އެތެރެކުރާ ތަކެތި މާފު އޯކޭ
ވަތަން އިސްކުރަންޖެހޭ
28 April 2020
އަދިކިރިޔާދޯ؟ މިއޮތީ ޤައުމު ހިންގިފަ
މޯޑް
28 April 2020
ރައީސް އެވެ. 6 މަސްދުވަހަށް ކަޑާލަ ދޭށްބުނި ލޯނު އަދި ވެސް ކަޑާލަ ނުދެއެވެ. މި މަސް ވެސް ނިމެނީއެވެ. ފައިސާ ވެސް ކެޑިއެވެ. އެނެއް މަސް ވެސް ފެށެނީއެވެ. ވާނުވާއެއް ނޭގެއެވެ. އެއްމެ ފުރަތަމަ ދުވަހު އެފްލައިވެސް ކޮށްފީމެވެ.