ގއ. ގެމަނަފުށީ މަސްދޯންޏަކުން ގިނަ އަދަދެއްގެ މަސް ބާނާފައި. ސަރުކާރުން މަސްދޯނިފަަހަރު ބަނދެ ލޯން އުސޫލުން ދޫކުރަން މަޖިލިހުން ހުށަހަޅާނެ -- ފޮޓޯ/ ފޭސްބުކް
05 މެއި 2020 - 14:12
ރާއްޖެގެ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއެރުވުމަށް ޓަކައި ސަރުކާރުން މަސްދޯނިފަހަރު ބަނދެ، ލުއި ލޯނުގެ ގޮތުގައި މަސްވެރިންނަށް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ހުށަހަޅައިފި އެެވެ.
ސަރުކާރުން މަސްދޯނިފަހަރު ބަނދެ ދޫކުރަން ހުށަހެޅީ ކޮވިޑް-19 އާ ހެދި، އާއިލާތަކާއި ވިޔަަފާރިތަކުގެ އާމްދަނީ އަށްް އަަންނަ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިިމް ހުށަހެޅުއްވި މައްސަަލަ ދިރާސާކުރުމަށް ފަަހު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގަ އެވެ.
މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ހުށަހެެޅި ރިޕޯޓްގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި ހަކަތައިގެ ދާއިރާއިން ކުރެވިދާނެ ގިނަ ކަންތައްތަކެއް ހިމަނާފައި ވެ އެވެ.
މަޖިލީހުގެ އެންވަޔަރްމެންޓްް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓްގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.
- ސަރުކާރުން މަސްދޯނިފަހަރު ބަނދެ، ލޯނު އުސޫލުން ދޫކުރުން
- މަސްފިނިކޮށް ބަހައްޓާނެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން، އެކަމުގައި އަމިއްލަ ފަރާތްތަކަށް އެހީތެރިވުން
- މަސް ކުންފުނިތަކަށްް ދިމާވެފައިވާ މައްސަލަތައް ބަލައި އެކުންފުނިތަކަށް އެހީވުން
- ބަންނަން ފަަށައި ނުނިމި މަސްދޯނިފަހަރު ނިންމަން ސަރުކާރުން އެހީތެެރިވުން
- އޮޑިދޯނިފަހަރު ބަންނަން ބޭނުންކުރާ ތަކެތިން ނަގާ ޑިއުޓީ ކަނޑައިލުން
ރިޕޯޓްގައި ބުނެފައިވާ ގޮތުން އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ ޕެކޭޖްތައް ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތަަކަށްް އަމަލުކޮށް ތިމާވެށްޓާއި ދިވެހިންގެ އުފެއްދުންތެރިކަން ހިމާޔަތްކުރުން ކަމަށެވެ. ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް ޓަކައި އިއާދަކުރަނިވި ހަކަތައަށް ބާރު އަޅައިގެން ގިނަ ކަންތައްތަކެއް ކުރަން ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
06 May 2020
ސަރުކާރުން ދޯނިބަންނަވާހަކަ ބުނީމަ ބިރުން ސިއްސައިގެން ގޮސްފި! ޔާމީނުސަރުކާރުގަ ހދ. ނޭކުރަންދޫން ރުއްކަޑައިގެން ބަތް ކުޑަދޯންޏެއްގެ އަގައް އެތައް މިލިޔަނެއްއެރި! އެއީ ކަޅުއޮއްފުންމިޔޯ! ދެން ބޭރުން ލަކުޑިއެތެރެ ކޮއްގެން ސަރުކާރުން ބަންނަ މިޒަމާނުގެ މަސްދޯންޏަކައް ތިރީސްމިލިޔަން ރުފިޔާ ނުވަތަ ދެމިލިޔަން ޑޮލަރު ނާރާނެގޮތެއް އޮންނާނެ ކަމަކައް ނުދެކެން މިހާރުވެސް ސަކާރުން ކުދިކުދި ކަންތަކައް ކުރަން ހަރަދު ކުރާގޮތް ފެނުނީމަ!
މަސްދޯނިހގގނ
06 May 2020
މަހައް ދާނެ ދޯނި ނެތިގެންތަ މިއުޅެނީ. ބާނާމަހައް ލާރިކޮޅޮ ނުލިބިގެން މަސްވެރިން މި ތެޅެނީ. ނުއަގުގ މަސްވިއްކާ ވާހަަކަ އަބަދުވެސް އަޑު އިވެނީ. މިހާރު ތިދައް ކަނީ ތޯނި ބަދެ ނަފާ އިތުރުކުރާވާހަކަ. ފައިދާ ނުވާ ސިނާ އަތަކައް ބޮޑު އިންވެސްޓެއް ކުރުމުގެ ބޭނުމަކީ ކޮބާ.؟
ފަޒާން
06 May 2020
ކީއްވެހޭ މަސްވެރިކަން އެކަނި ކުރިއަރުވަން ޖެހެނީ.. މަސްވެރީންނައް ތެޔޮ އަގުހެޔޮ ކޮއްފަ..އެ މީހުން ބާނާ ހުރިހާ މަހެއް ގަނެފަ..އަދި މިހާރު ދޯނިވެސް ބަނދެދީފަ..ދެން މުސާރަވެސް ދޭންވީނުން. ކޮބާ ޓީޗަރުންނާއި ނަރުހުންނާއި ގާރީއިންނާއި.
ފަވީސާ
06 May 2020
ރައްޔިތުން ބިކަކުރީ މަ ސަރުކާރައް ޖެހޭނެ ދޯނިވެސް ބަނދެދޭން.. ގެދޮރުވެސް އަޅާދޭން.. އެެއީ ރައްޔިތުންގެ އަތް މަތި ސަރުކާރުން ތަނަވަސްކޮއް ނުދިނީ މަ. ރައްޔިތުން މުއްސަނދިވާ ވަރަކައް ސަރުކާރައް ފައްސޭހަވާނީ.. އޭރުން ގިނައިން ޓެކުސްވެސް ނެގޭނެ.. ތަކެތި ގަނެދޭކައްވެސް ނުޖެހޭނެ. އެކަ މަކު ރައްޔިތު މީހާ ނިކަ މެރި ކުރަންޏާ ސަރުކާރައް ރައްޔިތުންގެ ބަލަދު އަރާނީ.
އެފް.ޕީ.އައި.ޑީ
06 May 2020
ރާއްޖޭގަ މިހާތަނަށް ހިންގުނު އެންމެ ބޮޑު ޖަރީމާ އަކީ އެފް.ޕީ.އައި.ޑީގެ ވައްކަން. އެމް.އެމް.ޕީ.އާރު.ސީ އެއްވެސް އެއްވެސް އެއްޗަކަށް ނުވާނެ. މިކުޅި އަލުން ކުޅުއްވަން ވިސްނަވަނީތޯ؟
ނަޝީދު.
06 May 2020
ކޮންއިރަކުން ސަރުކާރުން ރިސޯޓު ހަދާފަ ލޯނު އުސޫލުން ދޫކުރާނީ؟
ވައިސޫރި
05 May 2020
އައްޑިހާގެ އަހަރު ތަކުގާވެސް ތިކަހަލަ ޕުރަޖެކުޓު ތަކެއްހިންގި ނަތީޖާއަކައްވީ މަދުމީހަކައް ނޫނީ ލޯނު ނުދެއްކިގެން ދަރަނިވެރިވެގެން ދޯނިތައް ސަކުކާރައް ނަގާ ނުއަގުގާ ހިތުހުރި މީހަކައް ދޫކޮއް އެންމެ ފަހުން ޕުރަޖެކުހުއްޓާލީ އަދި އަލިފުށީ ބޯޓް ޔާޑުގެ ތަކެއްޗައްވީގޮތެއް ވެސް ސާފު ވީކަމެއްނޭގެ
ފެނުކައްކާބޮލި
05 May 2020
މަޖިލީހުގެ މެންބަރުންގެ މުސާރައިގެ ވާހަކަ ރައްޔިތުން ދައްކާނެތީ ނުބެހޭ ކަންކަމާބެހި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންޖެހޭ ސިޔާސަތުތައްވެސް ކަނޑައަޅަންފެށީ. އިހަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށްފައި އެހެން ވާހަކައެއް ދައްކަބަލަ.
ދަންނަ ނުދަންނަ
05 May 2020
އަޖާއިބު ހައިރާންވެއްޖެ. ތިޔަ ދެވެނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާ ފަހަނަޅައި މާ ބޭރަށް. ދައުލަތުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ. ތިޔަ އަރައިގަތީ ގާނޫނޫ އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ތެރެއަށް. ދައުލަތުގެ ސިޔާސަތުތައް ކަނޑައަޅައި އަންގަންޖެހޭ ފަރާތްތަކަށް އަންގަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ. އެއީ މުޅި މަޖިލީހަށްވިޔަސް އަދި މަޖިލީހުގެ ކޮމިޓީއަކަށްވިޔަސް ކުރެވިގެންވާނެ ކަމެއް ނޫން. ޤާނޫނުތައް މުގުރާނުލާ.
ދަރަނި ދަންތުރަ
05 May 2020
އަނެއްކާވެސް ވަށްކަމާ ފޭރުމުގެ ކަންތަށްގަޑަކަށް މަގުހުޅުވާލަނީ ތިޔަދޯނިތަށް ލިބޭނީ ރީދޫޕާޓީގެ ބޭފުޅުންނަށް ވަރަށްކުރިން އެމް ޑީ ޕީ ގެ ނައިބުރައީސް ވިދާޅުވި އަޅުގނޑުމެން އަޅާ ފުލެޓު ޕާޓީ ކުދިންނަށް ދީފައި ބާކީވި އެއްޗެކޭ އެހެން ބަޔަކަށް ލިބޭނީ މިފަހަރު ދޯނިތަށް ވެސް ހަމަ އެގޮތަށްވާނީ މިވެރިން ކަމަކީ ހަމަ ލޫޓުވުން...