ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އާންމު ހާލަތަށް ރުޖޫއަވުމަށް ގައުމީ ޓާސްކް ފޯހެއް އުފައްދަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީ ގެކޮޅު މުލީއާގޭގައި އިންނަވައިގެން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އޮންލައިންކޮށް މަޝްވަރާ ކުރައްވަނީ: ކޮންމެ ރެއަކު ވެސް ރައީސް ގެންދަވަނީ މި ވަގުތު އުފައްދާފައިވާ ޓާސްކް ފޯހުގެ އިސްވެރިންނާ އޮންލައިންކޮށް ބައްދަލުވުން ބާއްވަވަމުން.---ފޮޓޯ: ރައީސް އޮފީސް

07 މެއި 2020 - 11:38

56 comments

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުންނާއި އިޖުތިމާއި ގޮތުން ހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި ގައުމީ ޓާސްކް ފޯހެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި މި ޓާސްކް ފޯސް އުފައްދަން ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މިދިޔަ އޭޕްރީލް 13 ގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު، އެ ޓާސްކް ފޯހަށް އަދި ބޭފުޅުން ކަނޑައެެއް ނާޅުއްވަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރުމަށް ގައުމީ ޓާސްކް ފޯހެއް އުފައްދަން ރައީސް ނިންމެވިތާ މަހަކާ ކައިރިވެފައި ވަނިކޮށް، ރިސޯޓުތައް ތަމްސީލް ކުރާ ރާއްޖޭގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ޖަމިއްޔާއާ މަޝްވަރާ ނުކޮށް، ސަރުކާރުން ބައެއް ކަންކަން ނިންމާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖުގެ މައްސަލަ އެވެ. މަޓީން ބުނެފައި ވަނީ އެ ޕެކޭޖުގެ ފައިދާ ޓޫރިޒަމް ދާއިރާގެ ގިނަ މީހުންނަށް ނުކުރާ ކަމަށެވެ.

މަޓީން ބުނީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެ ކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުނަސް، އެދެވޭ ފިޔަވަޅުތަކެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ގައުމީ ޓާސްކް ފޯސްގެ މައިގަނޑު މަސައްކަތްތައް:

ރައީސް އޮފީހުން ބުނިގޮތުގައި، ގައުމީ ޓާސްކް ފޯހުގެ މަގްސަދަކީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން، އިގްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލްވެ، އިގްތިސާދީ ދުވެލި އާރާސްތު ކުރުމަށް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރާނެ ގޮތް ރޭވުމެވެ. އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މި ޓާސްކް ފޯހުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ އެވެ.

"ސަރުކާރުގެ ވިސްނުމަކީ މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމެވެ،" ރައީސް އޮފީހުން ބުންޏެވެ.

ގައުމީ ޓާސްކް ފޯހުގެ މަސައްކަތް ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެެވެ. ޓާސްކް ފޯސްގެ ތިން ގްރޫޕަކީ، "ވޯކިން ގްރޫޕް އޮން ފައިނޭންސް" އާއި "ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އަދި "ވޯކިން ގްރޫޕް އޮން ސޯޝަލް ސެކްޓާ" އެވެ.

އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ކަންކަން ރާވާ ގްރޫޕް ނުވަތަ އިކޮނޮމިކް ރިކަވަރީ ގްރޫޕްގެ މައިގަނޑު މަސައްކަތަކީ ރައީސް އޮފީހުން ބުނިގޮތުގައި، އިގްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާ އެކު، ޓޫރިޒަމް ދާއިރާ އިން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ގޮތުން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރިލީފް ޕެކޭޖުތައް ކަނޑައަޅައި، ފޯރުކޮށްދިނުމެވެ. މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ވެސް އެ ގްރޫޕުން ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން އެ ގްރޫޕުން ދެން ކުރާނެ ކަންކަމަކީ:

- މިހާރުން މިހާރަށް ވެސް، އިގްތިސާދުގެ ބިންގާ ފުޅާކުރުމަށް ކުރެވިދާނެ އިތުރު ހަރަކާތްތައް ހޯދައި، ކުރިއަށް ގެންދަން ފަހި މާހައުލެއް ގާއިމް ކޮށްދިނުން.

- ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭ ނަމަ، ޓޫރިޒަމާއި އެހެނިހެން ދާއިރާތައް ހުޅުވައިލުމުގައި ވިސްނަންޖެހޭނެ ކަންކަމާއި ނިންމަންޖެހޭ ނިންމުންތައް ނިންމައި އެ ފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް އެކަށައަޅައި، ތަންފީޒު ކުރުން.

ސޯޝަލް ސެކްޓާގެ ގްރޫޕުގެ ޒިންމާތައް:

- ވަޒީފާ ގެއްލި، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ގެވެށި އަނިޔާ އިން ސަލާމަތް ވުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާވިސަސްގެ ހަރަކާތްތައް ހަރުދަނާ ކުރުން،

- ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުން.

- ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް ހައްލުތަކެއް ހޯދައި ދިނުން.

ރައީސް އޮފީހުން ބުނީ ގައުމީ ޓާސްކް ފޯހުގެ ދަށުން މަސައްކަތް ކުރާ ވޯކިން ގްރޫޕްތަކާ ހަވާލު ކޮށްފައިވާ ކަންކަމަކީ މިހާރު ވެސް އެކި ގޮތްގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމެވެ،" އެ އޮފީހުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުގެ ތަފާތު 40 ވަރަކަށް އެޖެންސީ ހިމެނޭ ގޮތަށް މިހާރު ވެސް ވަނީ ޓާސްކް ފޯސްއެއް އުފައްދާފައި ވެ އެވެ. އެކަމަކު، އެ ޓާސްކް ފޯހުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމެއް ނޯވެ އެވެ.

56 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 3%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިޑްރޮކްލޮރޮކްސިޓްރަމްޕީން

08 May 2020

ޓާސްކް ފޯރސްއެއް ހަދާނެކަމެއްނެތް. ހުރިހާރިސޯރޓް އޯނަރުންގެނެސް ކުރިމަތީބައިތިއްބާފައި އަންގާ އަހަރަކު އެތައްމިލިއަނެއް ކަލޭމެންނަށް ޓުއަރިޒަމުންލިބިއްޖެޔޭ. މިއޮތީ ހާލުގައިޖެހިފައޭ. ކަލޭމެން ރައްކާކޮށްފައި ހުރިތަނަކުން ޑޮލަރތައްގެނެސް މިޤައުމު ހަމަޔަކަށް އަޅުވައިދޭށޭ. އެހެންނޫންނަމަ ޓެކްސްތަކާ އެއްޗެހި ބޮޑުކޮށް ދުއްތުރާކުރާނަމޭ. ކުޑަކޮށް ޓްރަމްޕްވެލައިގެން މިކަންކުރެވޭނީ. އެއޮތީ ނަފްޓާ އުވާލާ އޭނަބޭނުންގޮތަށް ކަންކޮށްފަ. އިބޫއަށްކެރޭނެތަ؟

The name is already taken The name is available. Register?

ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)

08 May 2020

ކުރިން އޮތް ހާލަތަށް ރުޖޫއަވުމަކީ ގޯހެއް. ދެން ރާއްޖޭގެ އިގުތިސާދީ ހާލަތު ބައްޓަންވާންޖެހޭނީ މުޅިން އާގޮތަކަށް. ރިސޯޓުތައް ދައުލަތަށް ނެގުމަށްފަހު ރިސޯޓުތަކުގެ ހިއްސާ ރައްޔިތުންނަށް ވިއްކަންޖެހޭނެ. ރިސޯޓުތަކުގެ މަސައްކަތްތެރިންނަށްވެސް ރިސޯޓުގެ ހިއްސާ ލިބެންޖެހޭނެ. މިނިމަމް ވޭޖަކާއި ލިވިން ވޭޖެއް އޮންނަންޖެހޭނެ. ދަނޑުވެރިންނަށް ކޯޕަރޭޓިވް ހެދުމުގެ ފުރުސަތު ތަނަވަސްކޮށްދޭންޖެހޭނެ. މާލެ ނޫން ރަށްތައް ތަރައްގީކުރުމުގެ ވިސްނުން އޮންނަންޖެހޭނެ.

The name is already taken The name is available. Register?

މުދިމު ކަތީބު

07 May 2020

ކަނތައްތައް ގޯހުން ގޯހަށް ދާކަން އިހްސާވިކަން ރަނގަޅު

The name is already taken The name is available. Register?

މަކީޓާ

07 May 2020

ޑޮކްޓަރުން ބުނާހާގޮތަކަށް ހުރިހާކަމެއް ކޮއްގެން ދުވަހަކުވެސް ގައުމުގެ އިގްތިސާދު ސަލާމަތެެއް ނުކުރެވޭނެ. އިގްތިސާދު ސަލާމަތްކުރަން ބޭނުމިއްޔާ ވިޔަފާރިވެރިންގެ ލަފަޔާ މަޝްވަރާވެސް ބޭނުންކުރަންޖެހޭނެ. އަބަދު ލޮކްޑައުންގަ ގައުމް ބާއްވައިގެން ކޮވިޑުން އަރައިގަނެވުނަސް، އިގްތިސާދު ފުނޑުނީމަ ދިމާވާ އިޖްތިމާއީ މައްސަލަތައް މާ ގިނަވާނެ.

The name is already taken The name is available. Register?

ގްރީން ބެރޭ

07 May 2020

ރައީސް އިބޫ އެވެ. ތިޔަ ޓާސްކް ފޯސް ލީޑް ކުރަން އާރިފް ހިލްމީ އާއި މުހައްމަދު ޖަލީލު ދެ ބޭފުޅުން ލައްވަވައި އެބޭފުޅުންގެ އިރުސާދު ގެ ދަށުން މީހުން ލައްވަވައި ކުރި އައް ގެންދަވަ ބައްލަވާށެވެ. ޢާދޭހެވެ މިކުރަނީ

The name is already taken The name is available. Register?

އާންމުމީހާ

07 May 2020

އެމިރޭޓްސްއާއެކު ރާއްޖޭގެ އެއަރލައިނެއް ހަދަން 2000 ވަނައަހަރު އޮކްޓޯބަރމަހު މަޝްވަރާ ކުރެވެމުންދިޔަ ދުވަސްވަރު އެކަން ހުއްޓުވީ ފިނޭންސް މިނިސްޓްރީން 19 ޕޮއިންޓް އެކުލެވޭ ފެކްސްއެއް ރާއްޖޭގެ މަޝްވަރާޓީމުގެ އިސްފަރާތްތަކަށް ނޭގި، އެމިރޭޓްސްއަށް ފޮނުވައިގެން. މަޝްވަރާ ޓީމުގެ ލީޑަރ އެ ފެކްސް ސިފަކުރީ ނުބައި ނިޔަތެއްގައި ގަސްދުގައި އަމިއްލަ އެދުމެއްގައި ދިން ކެއްސެއްގެ ގޮތުގައި.

The name is already taken The name is available. Register?

ޢަޖްވަދު

07 May 2020

ތި ފެކްސް ދެން ހާމަ ކޮއްލަންވީނު؟ ސޮއެ ކުރި މީހެެްވެސް ހުންނާނެތާ

The name is already taken The name is available. Register?

ކްރޯޑް

07 May 2020

އިލްމީ މީހުނާ ތަޖްރިބާ ހުރި މީހުންގެ ބޭނުމެއް ނުވާނެ , އެހެންނޫނަސް އަހުން ހިތަށްއަރަނީ ޓާސްކްފޯސްއެއް އުފެއްދީމަ މިބަލިމަޑުކަމުން އަރައި ގަނެވޭނެ ބާވައޭ މިކަމުން އަރައި ގަތުމަށް އެމީހުނަށް ކުރެވޭނީ ކޮންކަމެއް ބާވައޭ އާއްމު ރައްޔިތުން ޚާއްސަކޮށް ބަންގާޅުމީހުން ގައިދުރު ކަމެއް ނުބަހައްޓާ އަދި ބަލީގެ އަލާމާތް ފެނުނަސް އަޅާނުލާ ތިބުމުގެ ސަބަބުން މިހާ ހިސާބަށް ދާން މިފޖެހުނީ ދެންވެސް ރައްޔިތުން އެޗްޕީއޭ އިން އަންގާގޮތަށް އަމަލް ކުރުމުން ހީވަނީ ބަލި ފެތުރުން ކުޑަކުރެވޭނެހެން މަމެންގެ ކަންތައް ހުންނަގޮތަކީ މިހާރުވެސް އެއުޅެނީ ކަރަންޓީނު ކޮށްފަ ތިބި ތަނަކުން ބަޔަކު ފިލައިގެން , އެކުރެވުނީ ދެން މާމޮޅުކަމެއް ހެން ހީވާ ކަހަލަ

The name is already taken The name is available. Register?

ކައިޓް

07 May 2020

ކޮންމެ ބަޔެއްގެ ވެރިޔަކަށް ހުނަރުވެރި ބޭފުޅެއް ( ރައްޔިތުން ބަލައިގަންނަ) ލުން ކިހިނެއްތޯ؟ ވަޒީރުން ލުމުން ވާނީ ކެބިނެޓަކަށް. ޢިގިރޭސި ވިލާތް ބައްލަވާ! ޕޮޒިޓިވް ކޮށް ނެންގެވުން އެދެން.

The name is already taken The name is available. Register?

ހދގ

07 May 2020

ރަށްޔިތުން ބިކަވެ ނިމިއްޖެ. މި ސަރުކާރު ބޮޑު ތަނުން ފެއިލް

The name is already taken The name is available. Register?

ފަހަތުންދުވާސޮރު

07 May 2020

ކޮބާ ކޮންތާކު މިޖެހުނީ! އޭރުގަވެސް މިހާރުވެސް މަމެން ދެއްކި އަދިވެސް ދައްކަމުން ދާ ވާހަކަ އަކީ ރާއްޖޭގެ ރަށެއް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރާނަމަ އެފަދަ ބައެއްގެ މައްޗަށް ޤައމުގެ ރައްޔިތުންނަށް ސީދާ ފައިދާވާނެ ގޮތަކަށް ކޮންމެވެސް ކަމެއް އެވެރިންގެ މައްޗަށް ކުރަން ލާޒިމް ވާނެ ގޮތަކަށް ދަޢުލަތުން ކަންކަން ބައްޓަން ކޮއްފައި ބެހެއްޓުމަކީ ބުއްދިވެރި ކަމެކޭ ބުނަމުން ގޮވަމުން ދިޔައިން. އެހެންނަމަ މިއަދު ރައްޔިތުން މިހާލަތަކަށް ނުވެއްޓުނީސް.

The name is already taken The name is available. Register?

ފަލާޙް

07 May 2020

ރާއްޖެ އިނގިރޭސިންގެ އަތްދޮށުގައި އޮތްގޮތަށް ބޭއްވިނަމަ މާ ރަނގަޅުވީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454