ރާއްޖެ އާއި އިޓަލީ ޓޫރިސްޓުންތަކެއް-- ފޮޓޯ: މިހާރު
08 މެއި 2020 - 10:13
ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުން އެންމެ ފުރަތަމަ އަންނާނެ ކަމަށް ބެލެވެނީ އިޓަލީގެ ޓޫރިސްޓުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީން ބުނީ، މިހާރު އަޅާފައިވާ ދަތުރުފަތުރު ކުރުމުގެ ހުރަސްތަކަށް ލުޔެއް ގެނެސް، ރާއްޖެ ހުޅުވާލުމުން ވީ އެންމެ އަވަހަކަށް އިޓަލީން ޓޫރިސްޓުން އައުމުގެ ޝައުގުވެރިކަން ހުރިކަމަށް އިޓަލީގެ ޓްރެވެލް އެޖެންޓުން ބުނެފައިވާ ކަމަށެވެ. މިގޮތަށް ބުނެފައިވަނީ އިޓަލީގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް އެޖެންޓް، އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަންގެ ފަރާތުން ބޭއްވި ހާއްސަ އޮންލައިން ސެމިނާ (ވެބިނާ) ގެ ތެރެއިންނެވެ.
އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަނުން އަންނަނީ އިޓަލީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ކުންފުނީގެ ހިދުމަތްތައް ދެމުންނެވެ. އެގޮތުން 1999 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ އިޓަލީ ޓޫރިސްޓުން ހާއްސަކޮށްގެން ޗުއްޓީ ޕެކޭޖުތައް ވިއްކަމުންނެވެ.
މި ހާއްސަ ސެމިނާގައި 100 އަށް ވުރެ ގިނަ ޓްރެވެލް އޭޖެންޓުން ބައިވެރިވެފައިވެ އެވެ. އެގޮތުން ރާއްޖެއާ ގުޅޭ އެންމެ ފަހު އަޕްޑޭޓްތައް އެމްއެމްޕީއާރްސީން ވަނީ ސެމިނާގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ. އަދި މިހާލަތުގައި ވެސް އިޓަލީން ރާއްޖެ އަށް އޮތް ޝައުގުވެރިކަން އެއްވެސް ވަރަކަށް ނުގެއްލޭ ކަމަށް ސެމިނާގައި ބައިވެރިވި އިޓަލީގެ ޓްރެވެލް އޭޖެންޖުން ބުނެފައިވެ އެވެ.
އިޓަލީއަކީ ޔޫރަފްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ލިސްޓުގައި އިޓަލީ ހިމެނޭ އިރު، ރާއްޖެ އިން އެންމެ ފުރަތަމަ ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައި އެއް ގައުމަކީ ވެސް އިޓަލީ އެވެ. ކޮވިޑް-19 ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓިފައިވާ އިރު އެމްއެމްޕީއާރްސީން އަންނަނީ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
09 May 2020
އަހަރެމެން ކިތަންމެ ބޭނުންވިއަސް އަދި ކެއްތެރިކަން ބޭނުންވޭ. ފައިސާ ބޭނުންވެގެން ފައިސާ ވެރިންގެ ބަހުގައި ބޯޑަރ ބަންދުނުކޮށް މާލެތެރެ ބަންދުކުރީ. ޢޭރުވެސް އެނގޭ މިބަލި އަންނާނީ ބޭރުންކަން އެކަމަކު ކުރިންކުރަންވި ކަންކަން ފަހުންކުރުމުގެ ހިތިރަހަ މިހާރު މި ތަހައްމަލުކުރަނީ.
އައްމަޑޭސ
08 May 2020
މިތާ ފެންނަ ބައެއް ކޮމެންޓުތަކުން ހީވަނީ އަދިވެސް ބައެއް މީހުންގެ ޖީބައް ބޮޑު އަސަރެއް ނުކުރާހެން. އަދި ކަންތައްތައް ފެންނަގޮތުން މިވައިރަސް މިދުނިޔޭގަ އަދި ވަރައް ދުވަހު އުޅޭނެ އަދި މިގައުމުގަ ވެސް އުޅޭނެ ޖެހޭނީ އެއާއެކު އުޅޭވޭނެގޮތެއް ވިސްނަން. މިހާރުގެ ހާލަތު ދިގުދެމިގެންދާނަމަ ބޭރު މަސައްކަތުމީހުން ކާނެބޯނެ އެއްޗެއް ނުލިބިގެން ސަލާންޖަހަން ޖެހުނުގޮތައް ދިވެހިންނައްވެސް އުޅެންޖެހިދާނެ.
އަލީއިމްރާނ
08 May 2020
އެއްބަޔެކޭ މުސްކުޅިން ބުނާހަރުބަހެއް އޮންނާނޭ ތީއެއްގަލުން ފެހިކާ ރާބުޅަލޭ ކޮބާތޯ ތަފާތަކީ ރައްޔިތަކައް ވީފައިދާއެއްނެތް ފާޑު ފާޑުގެ ނަންނަމުގައި ޕީއާރސީ ހަދާފައި ބައިކުދިންނައް ވަޒީފާ ދިނުންނޫންކަމެއްނެތެއްނޫންތޯ ދެން އަޑައް ބާރުލާފަ ބުނާނެ މީޑިމޮކްރަސީއޭ ޑިމޮކްރަސީގަ އޮންނާނީ ޕާޓީއޭ ދެންކީއްވެގެންތޯ ވޯޓްހޯދަންވީމަ ރައްޔަތުމީހާ ފެނިކެއްކި ބޮލީގެ ސަރަފު ޑިމޮކްރަސީ މަކަރާހީލައް ހުޅނގުގެ ލާދީނީފިކުރެއްމީ ޑިމޮކްރަސީޔަކީ ރައްޔިތުން އަޅުވެތިކުރުން
ޒުވާނާ.
08 May 2020
ރިސޯޓު މުވައްޒަފުން ފެލައިގެން ކައިބޮއެފަ ހާލުގަ ޖެހުންދުވަހު ޕެންޝަން ފަންޑުން %50 ހަމަޖައްސަން ނުކެރުނު ނުބައި ސަރުކާރެއް
ޒުވާނާގެ ކާފަ
08 May 2020
ދަރިފުޅާ، އެެއްޗެއް ނޫގުނަސް ވާހަކަ ދެއްކޭތޯ ބަލާތި. އެނގޭތަ ކާފަމެންނަށް ސަރުކާރުން ފައިސާ ދެނީ ކާފަމެން ރައްކާކުރި ފައިސާއަކުން ނޫންކަން. ޕެންޝަން ފަންޑަކީ ބޭންކް އެކައުންޓް ހެން ބޭނުންކުރާ އެއްޗެއް ނޫންކަން ކާފަމެން މިހެން ނުކިޔަވާ ތިއްބަސް އެނގެއޭ!!
ސަނިމީ12
08 May 2020
ޕެންސަން ކިޔާތީ ނޭންގެނީ ކަންނޭންގެ. ދިވެހި ބަހެއް އެބަހަދަންޖެހޭ. މުސްކުޅިވީމަ ދޭ ފައިސާ ކިޔަމާ. މުސްކުޅިިންނަ ދޭ ފައިސާ ނުދެއޭ ބުނާފަހަރު. ޢޭރުންތީ މުސް ކުޅިއެއްތޯ އަހާލެވޭނެއެއްނުން. އޭރުން ސާފުވާނެ މިކިޔެނީ ކޯޗެއްކަން.
ސުލައިމާން
08 May 2020
ހަމަ ޔަގީނުން ވެސް އެމީހުން ނައިހެއް އަހަރުމެންނަކަށް އެއްޗެއް ނުލިބޭނެ. ޓޫރިސްޓުންނަށް ވަކި ޓާމިނަލް އެއް ދީގެން ނަމަވެސް އެކަން ކުރަން ޖެހޭ.
ޑިޒައިނު
08 May 2020
ނުބައި. ބޯޑަރު ހުޅުވާލީމަ އެންމެ ފުރަތަމަވެސް އަންނާނީ ބަންގާޅަ ޓުވަރިސްޓެއް.
ޙަބީބު
08 May 2020
ބޯޑަރު ހުޅުވައިގެން އަންނަ ފަތުރުވެރިންނައް ހިދު މަތްދީފަ ދައުލަތައް އާ މްދަނީ ވައްދަނީ ސަރުކާރު މުވައްޒަފުންތަ ނޫނީ ފުލުހުންތަ ނޫނީ ނަރުހުންތަ ނޫން އެއީ މިގައު މުގެ އެން މެ އަގުބޮޑު ރައުސް މާލު ކަ މައްވާ ރިސޯޓު މުވައްޒަފުން ވީ މާ ސަރުކާރުން އެން މެ އިސްކަ މެއް ދޭންޖެހޭނީ އެ މީހުންގެ ރައްކާތެރިކަ މައް އެނޫން ގޮތަކައް ބޯޑަރު ހުޅުވިޔަސް އެފުރުސަތެއް ސަރުކާރަކައް ނުދޭނަން އިހުތިޖާޖުކުރާނަން
ހުސެން
08 May 2020
ގިނަރިޒޯޓްތަކަކީ ބޭރުގެ ކުންފުނިތަކުން ހިންގާތަންތަން، މުއައްޒަފުން ލުމާ މުސާރަ ކަނޑައެޅުން އަދި އޮންނަނީ ސަރުކާރުގެ ބާރެއްފޯރާ ގޮތަކަށްނޫން، ލިބޭހާޑޮލަރު މިރާއްޖޭގެ ބޭންކަކަށް ލާކަށްވެސްނުޖެހޭ ކޭސްކޮށް ދަބަހަށް އަޅައިގެން ރާއްޖޭންބޭރަށް ގެންދަނީ، މީންއެއްވެސް ކަމެއް ރަނގަޅުގޮތެއްގައި ރެގިއުލޭޓްކުރެވޭނެ ނިޒާމެއް އަދި މިރާއްޖޭގަނެތް، ސިޔާސީބޮންދުން އަބަދުވެސް އުޅޭނީ އިންތިހާބެއްބޯމަތިވެގެން އެމީހުނަކަށް އެހެންކަމެއް ކުރެވޭވަރެއްނުވޭ
ހައިދަރު
08 May 2020
ޓުއަރިސްޓްން ގެންނަންވީ ވަގުތެއްނޫން މީކީ. މިބަލި މަޑުކަ މުން ސަލާ މަތްވޭތޯ ބަލަންވީ. ރިސޯޓް ބޯއީން ރިސޯޓް ތަކުގައި ބަންދުކޮށްގެން ބަލި ފެތުރިފައިވާ ގައު މުތަކުންނާއި އެގޮތް މިގޮތަށް ޓުއަރިސްޓްނާއި އެކިފާޑު މީހުން އެތެރެ ކުރަން ބޯޑަރު ބަންދުނުކޮށް ޖެހި ސަކަރާތުން އެން މެފަހުން ގައު މަށް ބަލި ފެތުރި ނުރާކާވެ އެތައް ގެއްލު މަކާއު ވޭނާއި ކުރި މަތިލާން ރައްޔިރުންނަށް މިޖެހުނީ. ރައްތިރުންނަށްވުރެ މުއްސަނދިންގެ މަސްލަހަތު އިސްކުރެވިގެން ނުވާނެ.
ކޮމެންޓޭ1
08 May 2020
ބޯޑަރު ބަންދު ނުކޮށް އޮފީސްތަކާއި ސްކޫލު ތަކާއި ބަނދުކޮށް މިސްކިތު ނަމާދު ކުރުން ހުއްޓާލައި ވީ ފައިދާއެއް ނެތް. އަނެއްކާ އަނެއްގޯސް ހަނދަން ތައްޔާރުވަނީ. އަވަސް އަރުވާލައިގެން ޓުއަރިސްޓުން ގެނެވޭޓޯ ބަލަނީ
ބޮޑުމީހާ
08 May 2020
ބޯޑަރ ނުހުޅުވިގެން ދޯ މިއުޅެނީ؟ މާލޭގަ ހާލުގަޖެހިފަ ތިބި ދިވެހި އެތައް ރައްޔިތުން ރަށަށް ނުދެވިގެން އުޅޭއިރު އަދިވެސް އިޓަލީން މީހުން ގެންނަ ވާހަކަ ތިދައްކަނީ