އައިޖިއެމްއެޗުން ބަޔަކު ޚިދުމަތް ހޯދަނީ: --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 މެއި 2020 - 01:04
އައިޖީއެމްއެޗުގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި މަސައްކަތް ކުރާ ނަރުހެއްގެ ނަތީޖާ ކުރިން ޕޮޒިޓިވްވިޔަސް ފަހުގެ ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިން އަށް ފަހު، ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓުކުރި އެންއައިސީޔޫގެ ނަރުސް މީހާގެ ނަތީޖާ މިހާރު ނެގެޓިވް ކަމަށެވެ.
މިއަދުގެ މެންދު ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑރ. އަލީ ނަޒީމް ވިދާޅުވީ، އެ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އެކަމަކު، އެ މީހުން އެ ބައްޔަށް ހުށަހެޅުނީ އައިޖީއެމްއެޗުގެ އެތެރޭގައި ނުވަތަ ބަޔަކަށް ފަރުވާ ދިނުމުގެ ތެރެއިން ނޫން ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ހިނގީ ހޮސްޕިޓަލްގެ ބޭރުން ކަމަށް ވަނީ އެނގިވަޑައިގެންފަ އެވެ.
މި ކަމާ ގުޅިގެން އައިޖީއެމްއެޗުގެ 16 ނަރުހަކު ތިބީ އައިސޮލޭޝަންގަ އެވެ.
އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ތުއްތުކުއްޖަކު ބާއްވައިގެން ތިބި އާއިލާއަކުން "މިހާރު" އަށް ކުރިން ބުނި ގޮތުގައި، އެންއައިސީޔޫ އިން އިއްޔެ ދޫކޮށްލަން ތިބި ކުދިން ވެސް ދޫނުކުރީ، އެ ކުދިން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭތީ އެވެ. ނަމަވެސް ނަރުސްގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން، އެ ކުދިންގެ ޓެސްޓާ މެދު ވަކި ގޮތެއް ނިންމި ކަމެއް އަދިއެއް ނޭނގެ އެވެ.
މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ދަށުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ މީހަކު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނެ އެވެ. އެގޮތުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން ދާދި ފަަހުން ވަނީ ޓްރީޓޮޕަށް ބަދަލު ކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް 785 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތް މަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާކޮށި ހުސޭނު
10 May 2020
ސަރުކާރު ހިންގާނެ ފައިސާނެތިގެން ކޮވިޑް އޭ ކިޔައިގެން މީހުން ކަރަންޓީނު ކުރަނީ އާދައިގެ. ރޯއެއްޖެހިފަހުއްޓަސް ބޭރުގައުމުތަކުން ސަލާން ޖަހައިގެން ފައިސާ ހޯދަންވެގެން ރާއްޖޭގަ ކޮވިޑް ޖެހިފައޭ ކިޔައިގެން އުޅޭމީހުންގެ. %53 މީހުންނަކީ އެއްވެސް އަލާމާތެއް ނުފެންނަމީހުން މީޖަރީމާއެއް ސަރުކާރުން ހިންގާ
އެހެންވީމާ
10 May 2020
ޕޮޒިޓިވްވީ މީހުންގެ ތެރެއިން އެއްވެސް އަލާމާތެއް ނެތި ތިބި މީހުން އަލުން ޓެސްޓްކޮށްފިނަމަ ނެގެޓިވްވެދާނެބާ؟
ހައިޑްރޮކްލޮރޮކްސިޓްރަމްޕީން
10 May 2020
މީޑިއާ ބްރީފިންގ ގަ ހާމަނުކޮށް ޓީވީ ލައިވް ސެގްމެންޓް ނިމުނީމާ ދެގޮތަށް ނަތީޖާއައިވާހަކަ މިބުނަނީ ކީއްވެ؟ އަނެއްކާ އަޅުގަނޑުގެ ސުވާލަކީ ބައްޔަށް ފޮޒިޓިވްވެގެން އައިސޮލޭޓް ކޮށްފައިތިބިމީހުންވެސް އެއީ ދެފަހަރު ޕޮޒިޓިވްވީމާ އެކަހެރިކޮށްފައިވާ ބައެއްތޯ. އެހެންކަމުގައި ނުވަނީނަމަ، އެއްބަޔަކު ދެފަހަރު ޓެސްޓްކުރަން ނިންމަނީ ކޮން އުސޫލަކުންތޯ ނުވަތަ ކީއްވެތޯ؟
ޟާސް
10 May 2020
އަބަދުވެސް ވާނުވާގައި އޮންނަ ނިޒާމެއް ރާއްޖޭގެ ސިއްޙީ ނިޒާމަކީ. އިތުރަށް ފަލީޙަތްވޭ. ފައްސި ނައްސި ނައްސި ފައްސި. ކުއްލިޔަކަށް ރާއްޖޭގެ ދެވަނަޔަށް އެންމެ ބޮޑު އާބާދީ ފުރަ ބަންފު ކޮއްފައި މިބުނަނީ ނައްސިއޭ. ދެން މަބްރޫކަށް މިނިސްޓަރުކަން ދީ. އެއިރުން އަނގައިން ބޮޑަތި ސާޖަރީތަށްވެސް ކުރާނީ
ކޮކީ
10 May 2020
ފައްސި، ނައްސި، އައްސި، ގޮއްސި.
ގާކޮށި ނަޖުމަ
10 May 2020
މީމިރާއްޖެ އައް އެކަނިދިމާވެގެންއުޅޭކަމެއްބާ ކޮންބައެއްތޯ ތެލެނޮފޮޅެނީ
މަޖޫރީން
10 May 2020
އަބަދުވެސް ހުރިހާމޮޅެއް މާލެއަށް. ގާސިމްބެ އެއަރޕޯރޓްތައް އިންޓަރނޭޝަނަލް ކުރާހޮތަށް ރާއްޖެތެރޭ ހޮސްޕިޓާތައްވެސް ހުންނަނީ ހަމައެކަނި ނަންބޯޑް.
ހަސަދު
10 May 2020
މިހާރު ތިޔަ ވިދާޅުވާ 790 ކޭހޭ ދޭތެރޭ ވެސް އިތުބާރެއް ނެތް. އެޗް.ޕީ.އޭ ގެ ކަމަކީ ދެއިރު ދެދަޅަ އަށް ޕުރެސް ބާއްވާ ފޮނި ކެޑުން. ވާކަމެއް ނެތް.
ޙަލިމަ
10 May 2020
11000 މީހުން ޓެސްޓް ކުރީމަ މިގޮތަށް މިއައީ އެންމެ 3 ނަތީޖާ، އެހެން ގައުމުތަކުގަ މިއަށްވުރެ ގިނަ މިގޮތައް އަންނަ ނަތީޖާ
ދަތްނެތްކުއްޖާ
10 May 2020
ޙަޤީގަތުގައި ތި ޓެސްޓް ކިޓު ތަކަކީ ފޭކު އެއްޗިއްސައްވުން ވަރަށް ގާތް. ދުނިޔޭގެ ބައެއް ޤައުމުތަކުން ތިކަހަލަ ކިޓު ތަކެއް ބަލައިނުގަތް ވާހަކަ އަޑުއެހީމު.
ކޮކީ
10 May 2020
އިންޑިއާއިން އެމެރިކާ އައް ފޭކު ކިޓުތަކެއް ސަޕްލައިކުރި. އެންމެފަހު އެކިޓުތަށް އަނބުރާ ފޮނުވާލީ. މަށަށް ހީވަނީ އިންޑިއާއިން އެކިޓުތަށް ބަހަނީހެން.
ގާކޮށި ހުސޭނުނު
10 May 2020
ދޮގާމަކަރުން މިސަރުކާރުން ހުރިހާކަމެއް ސަރުކާރު ހިންގާނެލާރި ނެތިގެން ބޭރުގައުމުތަކަށް ސަލާންޖަހަން ކުރާކަމެއް މީ ޓެސްޓްކުރާ ކޮންމެމީހަކީ ޕްޒިޓިވް ވާމީހެއް