އައިޖީއެމްއެޗުގެ ލެބޯރެޓަރީގައި ކޮވިޑް-19 އަށް ޓެސްޓު ކުރަނީ.
10 މެއި 2020 - 04:05
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތް ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު ކަމަަށް ސަރުކާރުން ބުނާ ބުނުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ފެތުރޭ މި ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމުތައް ވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ދިމާވެގެން މި އުޅެނީ އެހާ ވެސް ބޮޑު ކަމެއް ކަމަށެވެ. ރާއްޖޭން ކޮށްފައިވާ ގިނަ މަސައްކަތްތަކެއްގެ ތަފްސީލް އެއާ އެކު އޭނާ ދެއްވި އެވެ.
އެންމެ ރަނގަޅަށް ހުރި ކަންތައްތަކުގެ ގޮތުގައި މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުގެ އަދަދާއި ކޮވިޑަށް މީހުން ޓެސްޓު ކުރެވޭ އަދަދެވެ.
"ރާއްޖޭގައި މިހާރު ސަތޭކައެއްހާ ވެންޓިލޭޓާސް އެބަހުރި. އަދި އިތުރު ވެންޓިލޭޓާސް ހޯދުމަށްޓަކައި މާޗް މަހުގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ އެގްރިމަންޓެއް މިހުރީ ހަދާފައި،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ވެސް އުޅެނީ އެ ގައުމުތަކަށް ބޭނުންވާ އަދަދަށް ވެންޓިލޭޓަރުތައް ނުލިބިގެން ކަމަށެވެ. އިޓަލީ ފަދަ ގައުމުތަކުން މިސާލު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ބޭނުންވާ އަދަދަށް ވެންޓިލޭޓަރު ނެތިގެން، ވެންޓިލޭޓަރަށް ލާފައި ތިބި އުމުރުން ދުވަސްވީ މީހުން އެ އިން ނަަގައި އެ އަށް ވުރެ ޒުވާން މީހުން ނުވަތަ ބަލިން އަވަހަށް ސަލާމަތް ވާނެހެން ހީވާ މީހުން ވެންޓިލޭޓަރަށް ލާ ހިސާބަށް ދިޔަ ކަމަށެވެ.
"އެއީ ދުނިޔެ އަސްލު އޮތް ހާލަތަކީ. މި ކަމުގެ ވާހަކަ ދައްކާ އިރުގައި އަޅުގަނޑުމެން ދަންނަން ޖެހޭ ބަލިފައި މަތީގައި ކަން ހަމަ އެންމެން ވެސް މި ތިބީ. އެހާ ބޮޑު ކަމެއް ދިމާވެގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.
މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެއާ ގާތްކުރާ އަދަދަށް ވެސް ސާކްގެ ގައުމުތަކުން ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެވެ އެވެ. އޭޝިއާ އަށް ބަލާއިރު ވެސް އެ ބަލީގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖް ކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެސްޓު ކުރެވޭ ނިސްބަތަށް ބެލިޔަސް ދުނިޔޭގެ ފެންވަރުގައި ބަލާ ނަމަ 25 ޕަސެންޓުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
މި ކަމުގެ ވާހަކަ ދައްކާ އިރުގައި އަޅުގަނޑުމެން ދަންނަން ޖެހޭ ބަލިފައި މަތީގައި ކަން ހަމަ އެންމެން ވެސް މި ތިބީ. އެހާ ބޮޑު ކަމެއް ދިމާވެގެން މި އުޅެނީ،" މަބްރޫކް
"މިވެނި ގައުމެއްގައި ކުރީ ތިން ޓެސްޓޭ އަނެއް ގައުމުގައި ކުރީ 10 ޓެސްޓޭ. ދިހަ ޓެސްޓު ކުރި ގައުމު ކިހާ ގަދަހޭ، އެހެން ބުނާއިރު ބަލަންޖެހޭ 10 ޓެސްޓު ހެދި ގައުމުގައި ތިބީ ކިތައް ހާސް މީހުންތޯ، ތިން ޓެސްޓު ހެދި ގައުމުގައި ތިބީ ކިތައް މީހުންތޯ؟ ދިހަ މީހުން ތިބި ގައުމެއްގައި ތިން ޓެސްޓު ހެދުމާއި 1،000 މީހުން ތިބި ގައުމެއްގައި 10 ޓެސްޓު ހެދުމާ އަޅުވައި ކިޔާއިރު އަސްލު ތިން ޓެސްޓު ހެދި ގައުމުގައި އާބާދީގެ ބޮޑު ބައެއް އެ އޮތީ ޓެސްޓު ކުރެވިފައި،" މަބްރޫކް ވިދާޅުވި އެވެ.
"މި ގޮތަށް ބަލައިގެން ޑަބްލިއުއެޗްއޯ އިން ވެސް މަސައްކަތް ކުރަމުން ދަނީ."
މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ވުރެ ފަހަތުގައި، މަދުން ސާމާނު ހުރި ގައުމުތަކަށް އެ ތަކެތި އަވަހަށް ފޯރުކޮށްދޭން އިސްކަންދޭނެ އެވެ. އެއީ ރާއްޖެ އަށް ގޮންޖެހުމެއް ކަމަށް ވިޔަސް ރެއާއި ދުވާލު މަސައްކަތް ކުރަނީ އެ ސާމާނު ރާއްޖެ އަށް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
10 May 2020
ދެން އެންމެން އަތްޖަހާ
ދިވެހި ބިން
10 May 2020
"އަދި"! ހާލަތު އަދި ރަނގަޅު، ފަހުންވާނެ ގޮތެއް ނޭންގެނީ! އެކަމަކު މިދަނީ ގޯހާ ދުމާއަށް! ސަރުކާރުން މިކަމަށް ތައްޔާރު ނުވުމުގެ ސަބަބުން! ޓެސްޓުކުރެވޭ އެންމެ މެޝިނެއް މުޅިރާއްޖޭގަ! މިވަރުން އިނގޭ ތައްޔާރުވެފަވާ މިންވަރު! ހިތާމައިގެ ކޮޅެއްވެސްނެތް
ޥަތަނަބެ
10 May 2020
ކިހާރަންގަޅު ވާހަކައެއް ގިނަމީހުން ޓެސްޓް ނުކުރެވޭކަން އެއީ ބަދުނަސީބް އެހެން ނޫންނަމަ ދުނިޔެ ހައިރާން ކޮއްލާނެ ! އެހާވަރުވެފަ އޮތް ތަނެއްމީ!!
ސަމްސިއްޔާ
14 May 2020
ޕޮޒިޓިވް މީހުން ގިނައިން ނުފެންނާނި ޓެސްޓް ނުކުރެވޭތީ. ހުރިހާ ޑޮކްޓަރުންވެސް އެކަމަށް އިއްތިފާގުވޭ. ދެން މަބުރޫކު މޮޅުވާހަކައެއް ދެއްކާކަށް؟؟ އެއްގޮތަކަށްވެސް ޓެސްޓް ނުކޮށްބަލަ. އެރުން ނިސްބަތުންނެއްނޫން ހުރިހާގޮތަކުންވެސް ރާއްޖެ އޮނާނީ ކުރީގައި.
ލާރި މެޝިން
10 May 2020
ރާއްޖޭގެ ބޮލަކަށް ޖެހޭ ެެެެެެެެެެެެެެެެެެެެެެެެެެެެެެެއާމްދަނީ ނިސްބަތުން އުޅެނީ މި އޭޝިއާގަވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްމެ ކުރީގަ. ެެެެ އެކަމު ކަމެއް ވާއިރަށް މުޅިންވެސް މި ޖެހެނީ އެހެން ގައުމުތަކުން ސަލާން ޖަަހާ ރައްޔިތު މީހާގެ މުސާރަ ކަންޑަން.ލާރިއަށް ވާނުވާ އެއް ނޭނގޭ
ފަރަހަނާޒް ފައިސަލް
10 May 2020
އާބާދީގެ ނިސްބަތުން މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ރާއްޖޭގައި. މާރިޔާ ބުނާހެން އަނގަ އޮތިއްޔާ ކާޅެއް ނުކާނެ
ކުނިއަނގަ
10 May 2020
ތީ ކަލޭ ކިހިނެތް ޖެހި ހިސާބެއް؟
އަލީގ
10 May 2020
ތީ ރަނގަޅު ހިސާބެއްނޫން ކުޑަކޮއްނަމަވެސް ހޯދާ ބަލައިލައިފިނަމަ ސާފުވާނެ. އެކަމަކު ތިހެން ވުމަކީ އެހާގޯސްވެސް ގޮތެއްނޫން މިރޯގާޖެހިގެން މަރުވާ ނިސްބަތް އާބާދީގެ ނިސްބަތުން އެންމެ ދައް ގައުމަކީ ރާއްޖެ ކަމައްވެއްޖެނަމަ. އޭރުން އާބާދީގެ ވަރައްބޮޑު ބައެއް ތިބޭނީ އިމިއުންވެފަ އެކަމަކު ރޯގާގެ ސަބަބުން ނުރައްކާ ހާލަތައް ނިސްބަތުން މަދުބަޔަކު ގޮސްގެން. އޭރުން މިރޯގާއާއެކު އުޅެން މަގުފަހިވާނެ. މިއަހަރު ނިމެންދެން އެހެން ގޮތެއްވެސް ނެތް.
ސްޓިލް
10 May 2020
ކޮވިޑް ފެތުރެން ހުއްޓުވުމަށް ކުރެވުނު އެންމެ ރަގަޅު މަސައްކަތަކީ ލޮކްޑައުންކުރުން. ޓްރޭސިންގެ ތެރެއިން މީހުން ވެއްޓިފައިވާކަން ދައްކަނީ ނުގުޅޭ ކްލަސްޓަރސްތަކާ އިންޑިވިޑުއަލް ކޭސްތައް ގިނަކަމުން. ބަލި ފެއްޓުނު ހިސާބު ދެނެނުގަނެވޭއިރު ފެތުރެން ފެށިއިރެއް އަދިވެސް ނޭނގޭ. ބަލިކޮންޓްރޯލް ކުރެވުމަށްވުރެ އުފާވެރި ކަމަކީ މާބޮޑު ފަރުވާއެއް ދިނުމއްނެތި ޕޮޒިޓިވްވީ މީހުންގެ ހާލު ރަގަޅު ކަމުން. ފޯލްސް ޕޮޒިޓިވްސްވީ ގޮތަށް ކިތައް ފޯލްސްނެގެޓިވް އުޅޭނެބާ؟
ކޮވިޑް ތައްޔާރު
10 May 2020
ވެންޓިލޭޓަރޭ ކިޔާނެ ކަމެއް ނެތް. އަދިވެސް ތިމާމެން މޮޅުކަމަށް ބުނާއިރު ހަގީގަތް ވިސްނާ. ވިއެޓުނާމް މާ ނިކަމެތި .މާ ފަގީރު . މުޅި ދުނިޔެއަށް މިސާލު ދެއްކި . އެންމ 260ހާ ކޭސް . އެންމެ މީހަކުވެސް މަރު ނުވޭ. ދެން ބަލާ ބޫޓަން . މާ ފަގީރު . މާ ނިކަމެތި . އެކަމު ވަގުތުން ލޮކް ކޮށްފި މުޅި ގައުމު. ދެން ބަލާ ލަންކާ. 20 މިލިޔަން އާބާދީ. އެންމެ 500+ ކޭސް . މިތާ 4 ލައްކަ 700+ . ދެން ތިކިޔާ އެއްޗެއް ކިޔާބަލަ
ކުނިއަނގަ
10 May 2020
މަދުން ކޭސް ފެނުމަކީ އެއީ ބަލި ނެތެކޭ ނޫން. ޓެސްޓު ކުރުން ގިނަވީމަ ރާއްޖޭގަ ގިނައީހެން ހީވަނީ. ނިއުޒީލެންޑުގަވެސް ބަލި ނެތްކަމަށް އިއުލާންކޮށްފަ އަނެއްކާ އެ ފެނުނީ އާ ކޭސް.
ކޮވިޑް ފުރީ
10 May 2020
އައި.ޖީ.އެމް.އެޗް އަކީ ކޮވިޑް ފްރީތަނެއް. މީގެ މާނައަކީ އައި ޖީ އެމް އެޗްގައި ކޮވިޑް މީހަކު ނުހުންނާނޭ. ކޮވިޑެއް ހަމަ ފެންނައިރަށް ބޭރު ކުރާނޭ. މާލޭގައި އުޅޭ މީހަކު ނޭވާ ހުއްޓުމުން ގެންދާނީ ކޮންތާކަށްކަން ސާފުކޮށް ބަޔާން ވާންޖެހޭ. އޯޑިއޯން ކައިރީގައި ވެއްޓިފައި އޮތް ބަގުލަދޭސް މީހާ އައި ޖީ އެމް އެޗަށް ނުގެން ދިޔައީ ކީއްވެ؟ ކޭކޭ އިން ފިޓު ޖެހުނު ބަންގުލަދޭސް މީހާ ފުރަތަމަވެސް އައި ޖީ އެމް އެޗަށް ނުގެންދިޔައީ ކީއްވެ؟ ގައިމު ވަރަށް ކައިރިވާނެ ؟
ޢަނީ
10 May 2020
72 ވެންޓިލޭޓަރު މިނިސްޓަރު އަމީރު ގުޅުންހުރި ކުންފުންޔެއް މެދުވެރިކޮށް ގަނައިވާހަކައާ މެދު މަބުރޫކު ކީކޭތޯ ބުނަނީ؟ފައިނޭންސްއިން އެ 72 ވެންޓިލޭޓަރަށް 2 މިލިއަން ޖަމާކުރީ ދުބާއީގެ ފޭކު ކުންފުންޔަކަށް ކަން ޓިވިޓާގައި ސާބިތުކުރިއިރުވެސް ސަރުކާރުގެ ބަހެއްނެތް؟އަދި މިއަގަކީ ވެންޓިލޭޓަރުގެ ބާޒާރުގެ އަގުތަކާއި ނުބައްދަލުއަގެއްކަންވެސް ސާބިތުވޭ!
ވާހަކަ
10 May 2020
ހޮޅި ވާހަކަ ނުދައްކާށެވެ. ފުލޫ ކުލިނިކުތަކުން ކިތައް ފަހަރު ޓެސްޓު ހެދިންތަ؟ އަދަދު ބުނެބަލަ؟ ރެންޑޮމް ކޮށް ނަގަނީއޭ ބުނެފައި އޮއްވައެއް ނޫންތަ ކޮމިއުނިޓީ ސްޕްރެޑް އޮތްކަން އެގުނީވެސް. ކިތައް މީހުންނަށް އެނގެނީ އައި.ޖީ.އެމް.އެޗަކީ ކޮވިޑް ފުރީތަނެއްކަން؟ ދިވެހިންނަށް ކީއްވެތަ ބުނެނުދިނީ؟ ވެންޓިލޭޓަރޭ ބުނެގެން ވާހަކަ ދައްކާއިރު ތިބޭފުޅުންނެއް ނޫންތަ ވިދާޅުވީ އެންމެ ވާސްޓު ކޭސްއަށްވެސް ރެޑީއޭ. އެން 95 މާސްކު ލިބުނީ ކިތައް ޑޮކްޓަރުންނަށްތަ؟ ބުނެދީބަ