މާފުށީ ޖަލުން ކޮވިޑް-19 އަށް ޓެސްޓްކުރަން ސާމްޕަލް ނަގަން ހެލްތު އޮފިޝަލުން ތައްޔާރުވަނީ.
10 މެއި 2020 - 17:17
އަފްއާލް ވިދާޅުވީ، ޕޮޒިޓިވްވީ ހުޅުމާލޭގެ އެކަމަޑޭޝަން ބްލޮކްގައި އުޅޭ 47 ބިދޭސީންގެ ތެރެއިން 12 މީހެއް ކަމަށް. އެ މީހުންގެ ޕޮޒިޓިވްވިކަން އެނގުނީ އެ އެކޮމަޑޭޝަން ބްލޮކްގައި އުޅޭ ފަސް މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ރެންޑަމްކޮށް 10 މީހަކު އެ ބައްޔށް ޓެސްޓު ކުރުމުން ކަމަށް އަފްއާލް ވިދާޅުވި. އޭޑީކޭ ހޮސްޕިޓަލުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝްގެ މީހުން. އަފްއާލް ވިދާޅުވި ގޮތުގައި، މި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލުން ބޭރުން ކަމަށް ބެލެވޭ.
އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ދެންމެ ވިދާޅުވީ، އެއީ މުޅިން ވެސް ސަޕޯޓް ސްޓާފުން ކަމަށާއި އެންމެންނަކީ ބިދޭސީ މުވައްޒަފުން ކަމަށް.
ޑރ. އަފްޒަލް: ފޯލްސް ޕޮޒިޓިވް މި ވަނީ ދެ ގޮތަކަށް. އެއީ ސާމްޕަލް ނެގުމުގެ ތެރޭގައި ކަމެއް ވުން ނުވަތަ ލެބޯޓްރީގައި އޮޅުމެއް އެރުން. އެކަހަލަ ކަންކަން ހިނގާނެ. ސުވާލަކީ އައްޑޫ މީހާގެ ދެވަނަ ނަތީޖާ ނެގެޓިވްކަން ކިހާ ޔަގީންތޯ. އަޅުގަނޑުމެންނަށް ހަމަ ވަރަށް ޔަގީން.
މަބްރޫކް: ވެންޓިލޭޓަރު ހޯދުމަކީ އުނދަގޫ ކަމަކަށް ވެފައި ގެނެވެން އޮތީ ވެސް ވަރަށް އުނދަގޫ ކަމަކަށް ވާތީ އަޅުގަނޑުމެން ޑަބްލިޔުއެޗްއޯގެ އެހީ އަކަށް އެދުނީ. ފަހަރެއްގައި ވެސް އެއީ ޑަބްލިޔުއެޗްއޯ އިން ދޭ އެއްޗެއް ނޫން. އެ ވެންޓިލޭޓަރުތައް ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ގެންނަން ވާނީ އެޑްވާންސް ވެސް ދީފައި. އޭގެ ތެރެއިން 18 މެއިގައި 10 ވެންޓިލޭޓަރު، 25 މެއި އަދި އަންނަ މަހުގެ ތެރޭގައި ބާކީ އަންނާނެ ކަމަށް ވަނީ އަންގައިފައި.
ޑރ. އަފްޒަލް: މިއަދު ވެސް އެކަކު ވަނީ ރިކަވާ ވެފައި. އެއީ ކޭސް 86. މީގެ އިތުރުން އެކަކު ވަނީ ޑީއެޗް 11 އިން ދޫކޮށްލައިފައި. މިހާރު އެތާނގައި ތިބީ ތިން މީހުން.
މަބްރޫކް: ބިދޭސީން ތޮއްޖެހިގެން އުޅޭ އިތުރު ފަސް ތަނެއް މިހާރު ވަނީ ފެނިފައި. އެހެންވެ ޖުމްލަ 33 ތަނެއް މިހާރު މޮނީޓާކޮށް ބަލަނީ. މީގެ ތެރެއިން 30 ތަނަކުން ވަނީ ސާމްޕަލް ނެގިފައި. އަދި ބާކީ ތިން ތަނުން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އެބަ ކުރެވޭ.
މަބްރޫކް: ޑަބްލިޔުއެޗްއޯ އިން ދޭ 5000 ޓެސްޓް ކިޓް މާދަމާ ލިބޭނެ. މެޑްޓެކުން މިއަދު 18 ވެންޓިލޭޓަރު ވަނީ ގެނެސްފައި.
ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.
ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 45 މީހަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 835 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މިއަދުގެ ހަވީރު 5:00 އާ ހަމައަށް ބަންގްލަދޭޝްގެ 22 މީހަކާއި 20 ދިވެއްސަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން އެ ބައްޔަކަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިއަދު މިވަނީ 800 ހުރަސްކޮށްފަ އެވެ.
ރާއްޖެ އިން މިހާތަނަށް މި ބަލިން ރަނގަޅުވީ 28 މީހެކެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 460 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ މިއަދުގެ ހަވީރާ ހަމައަށް 279 އެކެވެ. މީގެ އިތުރުން ރާއްޖޭގައި އުޅޭ އިންޑިއާގެ 63 މީހަކަށް ވެސް އެ ބަލި ވަނީ ޖެހިފަ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝް ފިޔަވައި ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ.
މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން ކޮވިޑް-19 ގެ މީހަކު ފެނުނު ފަހުން، މާލެ އިން އެކަނި ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި ހަތަރު މީހުންގެ ތެރެއިން މިހާތަނަށް ވަނީ ދެ މީހަކު ރަނގަޅުވެފަ އެވެ. އެއީ އޭނާގެ ދެ އަހަރުގެ ދަރިފުޅާއި ޑައިރެކްޓް ކޮންޓެކްޓްވި އެހެން އަންހެނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިހާނ
11 May 2020
ބަންގާޅީން ފޮނުވާލާ ވާހަކަ ދައްކަން ސަރުކާރުގެ އަޑުވަނީ ކުރަކި ވެފަ ސަރުކާރު ފެއިލްވަނީ މިކަމުގެ ސަބަބުން ބަންގާޅީންލާން ވަގުތީ ގޮތުން ދޯހޮޅިކޮށް ތަންތަން ހެދުމަށް ކުރަނީ ބޭކާރު ޚަރަދު
އިޔެ1
10 May 2020
މަށަކީ މާދަންނަ މީހެއްނޫން. އެކަމަކު ހީވާގޮތުން ސާރޖިކަލް މާސްކު ބޭނުންކޮށްގެން މިކަމުގެ ތެރޭގައި އުޅޭ މީހުން ޕޮސިޓިވް ވުމުގެ ފުރުސަތު ބޮޑު. ހާލަތާއި ބައްދަލު ޕީޕީއީ ބޭނުންކުރޭ. ކުލަލާމީހާ ބޭނުން ކުރާ މާސްކު ތިޔަށްވުރެ ރައްކާތެރި ވާނެ.
ހައްލެއްހޯދާ
10 May 2020
ލޭބާވިލެޖަށް ބިދޭސީންގެންދިޔައީމާ އެތަނނުގެކުލި ގަވާއިދުން ލާރިސަރުކާރަށް ލިބޭނެކަން ޔަގީންކުރާބީކިހިނެތް؟ ކުލިނުލިބޭއިރަށް އެމީހުންއެތަނުންނެރެ މަގުމަށްޗަށް ދޫކުރެވޭނެތަ އެމީހުންގައުމަށް ފޮނުވަން މިނިސްޓަރ ޢުޒުރުދަށްކާއިރު؟ބިދޭސީން ގުޅީފަޅަށްބަދަލުކުރީމަ މާލޭންހުސްވާޖާގަޔަށް އާބަޔަކު ބަންގްލަދޭޝްއިން ގަވާއިދާޚިލާފަށްއައިސް އެހުސްތަންތަންފުރާލާނެ. މާލެސަރަހައްދުގައި ދިވެހިންނަށްގެދޮރުއަޅައިނުދެވި ބިދޭސީންވަޒަންވެރިކުރުންއެއީ ކޮންކަހަލަކަމެށްތޯ
ހަސަދު
10 May 2020
ފޯލްސް ޕޮޒިޓިވް ތިޔަ ވިދާޅުވި ދެކަންތަކުގައިވެސް ވަނީ އިހުމާލް. މިހާރު ތިޔަ ބަލި ހުރިކަމަށް ވިދާޅުވާ އަދަދު ޔަގީން ތޯ. ތިޔަ ޕޮޒިޓިވް ކަމަސް ވިދާޅުވާ 800 ކޭސްގެ ތެރެ އިން ފޯލްސް ޕޮޒިޓިވް ދައްކާފަ ހުރީ ކިހާވަރަކަށްތޯ. ބައްލަވާ ފެއިލް، ފެއިލް. އެކަން ގަބޫލު ކުރައްވާ.
ާްއަލީ
10 May 2020
ޕޮސިޓިވް ވެފައިވާ 30 ބަންގްލަދޭޝް މީހުން ފިލައިން މުޖުތަމައު ތެރޭގައި އުޅޭ ކަން ސިއްރު ކުރަނީ ތޯ؟
ވިސްނަވާ
10 May 2020
ސީރިއަސްކޮށް މިބުނަނީ ރާއްޖެއިން ރަށެއް 50 އަހަރަށް ދީގެންނަމަވެސް ދުވާލަކު ޓެސްޓް ކުރެވޭ ކެޕޭސިޓީ ތިންހާހަށް އަރުވާލަދީބަލަ. އޭރުން ހަފްތާއެއްތެރޭ މިކަން ދެތިން ދުވަހުން ނިންމާލެވިދާނެ.
ހަސަނު
10 May 2020
ދުރާލާ ކަންކަން ރޭވެމުން ދިޔައިމަ މިހާރު ކަންކަން އެވަނީ... ޥެންޓިލޭޓަރު ވެސް އަންނާނެ އަދި އިތުރު ވަރަށް ގިނަ ޓެސްޓު ކިޓުތައްވެސް އިރާދަ ކުރެއްވިއްޔާ އަންނާނެ މާ ލަސްތަކެއް ނުވެ...
ރީތި މޫސަ
10 May 2020
އަލްހަ މްދުލިﷲ ޝުކުރު
ފޫހި
10 May 2020
ޒުވާނުން ރާއްޖެ ސަލާމަތް ކުރަން ނުކުންނަންވީ ވަގުތު ޖެހިއްޖެ. ބިދޭސީން މަދުކުރުމުގެ ގައުމީ ކެމްޕޭނެއް ފަށަންވެއްޖެ.މިއީ ސީރިޔަސް މައްސަލައެއް. ގައުމުގެ މަދު ވަސީލަތްކޮޅު ރޮލާ ކާލަނީ ބިދޭސީން. ދިވެހިން ނިކަމެތިކަމުގަ. ބިދޭސީން ގެންނަން ޖެހޭނީ މެގަ ޕްރޮޖެކްޓްތަކަށް. ޢެމަސައްކަތެއް ނިމުމުން ފޮނުވާލަންޖެހޭނެ. މިސާލަކަށް ބްރިޖް އެޅިމީހުން ފަދައިން. މިތަނަށް އައިސް ވަލުން ކާށިހޮވަން އުޅެވިގެންނުވާނެ.
ޑީސީ
10 May 2020
މިއީ އިހުޒަމާނުގަ ރައްނަމާރީ އަރާގޮތަށް މީހުންނަށް ބިރު ދައްކަނީކަމަށް ފެންނަނީ...