12 މެއި 2020 - 01:44
ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު "ނިއު ނޯމަލް" ގައި އަމަލުކުރަންޖެހޭ އުސޫލުތައް މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު ވިސްނާފައި އޮތީ ފޭސްތަކަކަށް ބަހާލައިގެން ނިއު ނޯމަލް ނުވަތަ އާންމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް އެކުލަވާލުމުގެ މަސައްކަތްކުރަން ކަމަށެވެ.
"އަޅުގަނޑުމެންނަށް އައިޑެންޓިފައި އެބަ ކުރެވޭ ސްޓްރެޓީޖިކް އޭރިއާސްތަކަކީ ކޮބައިކަން، މިވަގުތު އެ މަސައްކަތްކުރެވެމުންދަނީ. އެއިން ކޮންމެ އޭރިއާއަކަށް ނަގަން ޖެހޭ އެކްޝަންތައް ވަކިވަކިން ކޮންމެ ޓީމަކުން ވެސް މަސައްކަތްކުރަމުން އެބަދޭ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެކި އޭރިއާތަކަށް ބަހާލައިގެން ލިޔެކިޔުމުން ޑްރާފްޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށެވެ. އަދި އެކުލަވާލެވުނު އެންމެ އަވަހަކަށް އާންމުންނަށް ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ނޫސް ކޮންފަރެންސްގައި ވިދާޅުވީ މި ހާލަތުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ އެސްއޯޕީ އާއި އާންމުންނަށާއި ވަކިވަކި މުއައްސަސާތަކަށް ދޭން ޖެހޭނެ އިރުޝާދުތަކެއް ލިޔެކިޔުމުން ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އަދި އެ އެސްއޯޕީތައް ތައްޔާރުވެ އާންމުކުރާއިރު ދެން ނިއު ނޯމަލްގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މި ހާލަތުގައި ދެން ކޮވިޑް-19އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. އަދި ލޮކްޑައުން އަށް ފަހު ދެން ކުރީގެ އާންމު ދިރިއުޅުމަށް އެނބުރި ނުދެވޭނެ ކަމަށާއި ދެން ދިރިއުޅުން ބައްޓަންކުރަން ޖެހޭނީ އާ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއީ ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގަޔަށް ގަޔަށް އަރާ ބައްޔަކަށް ވެފައި އެ ބައްޔަށް ފަރުވާއެއް އަދި ވެކްސިނެއް ވެސް ހޯދިފައި ނުވާތީ އެވެ.
މިފަދަ އާ ނޯމަލްއަކަށް ދިރިއުޅުން ބައްޓަންކޮށް މި އަހަރުގެ އޮކްޓޯބަރާ ހިސާބުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލެވޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ. އަދި އަދި ނިއު ނޯމަލްގެ މިންގަނޑު މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަހުރިސާން
12 May 2020
ނިއުނޯމަލްގައި ކުރަންޖެހޭނެ އެންމެ މުހިއްމުކަމަކަށް ވާންޖެހޭނީ ގަވައިދު މުގުރަމުންދާ މީހުންނަށް އަދަބު ދިނުން. ކުރީގެނޯމަލްހެން ނަސޭހަތްދިނުން އޮވެގެން ނުވާނެ. އެހެންނޫނީ ތިޔަށްކިޔަންޖެހޭނީ ބާނޯމަލް.
އިސްމާއިލް ވަހީދު އައި ޖީ އެމް
12 May 2020
ކޮބާތަ ނިއު ނޯމަލް އަކީ؟ މަބްރޫކުބޭ
މަމީމަ
12 May 2020
ނިއު ނޯމަލް ގަ އެއްވެސް ހާލެއްގަ މިސްކިތައް ދެވޭގޮތަށް ހަދައިގެން ނުވާނެ އޮޅިގެންވެސް އިނގޭ. މަސްދޯނި ފަހަރުގަ 30 މީހުން އެއްފަހަރާ މަހައް ދިޔަސް މިސްކިތައް 30 މީހުން ވަދެވިގެން ނުވާނެ އެއްވެސް ގޮތަކަށް. ނިއު ނޯމަލް ވަރަށް ތަފާތު ވާނެ.
ސަމަރުބުލޫ
12 May 2020
ކަލޭ ހާސްނުވޭ. މިސްކިތަށް ދެވޭނެ. ހުކުރުވެސް ކުރާނެ. އެކަކަމު ނަމާދުން ފައިބައިގެން މިސްކިތުން ނުކުންނަން ވީމަ ކުރީގަ ހަދާހެން އެންމެން ބޮޑިވެގެން އެކަކަށް ވުރެ ކުރިން އަނެކަކު ނުކުންނަން ކެއް ނުލަވައިގެން ނޫޅޭތި. މަޑު މަޑުން ގައިދުރުކޮށް ތިބެގެން ތަހުޒީބު ކޮށް އުޅުން ބެހެއްޓީމަ ރަގަޅުވާނެ.
ކެރެމްބޯޑް
12 May 2020
މީ ކޮންކަހަލަ ކޮމެންޓެއްބާ؟ ނަމާދުކުރެވޭނެ ގޭގައިވެސް. ވަކިވަކިންވެސް. މަހަށްނުގޮސް ކައިގެން އުޅެވޭތަ؟ އެންމެ މީހަކު ދެމީހަކު ދޯންޏެއްގަައި މަހަށްދެވޭތަ؟
ބަރާބަރު
12 May 2020
އެއްވެސް އުސޫލަކަށް ތަބާ ނުވާ ބަޔަކު އުޅޭ ގައުމެއްގަ "ނިއު ނޯމަލް" އުސޫލް ހެދިޔަސް ތަބާވާނެ ބަޔަކު ވާނެބާ؟ ގައި ދުރު ކުރާށޭ ގޭގަ ތިބޭށޭ އަންގާފަ އޮށްވާ ޕާޓީބާއްވާ މަސްތަތުރު ގޮސް ހުރިހާ ކަމެއްކޮށް ގެން މިއޮތީ ވައިރަސް ފެތުރިފަ. އަދިވެސް ބޭރަށްދަނީ. މާސްކެއްވެސް ނާޅާ. ދުވަހަކު ޓްރެފިކް ގަވާއިދަކަށް ނުބަލާ. މަގުމަތީ ހިގާ މީހުންނަކަށް ނުބަލާ ބާރު ބާރަށް ވެހިކަލް ދުއްވަނީ. މަގު ހުރަސް ކުރަންވެސް ބިރުގަނޭ. މިވަރު ތަނެއްގަ ކޮން ނިއު ނޯމަލްއެއް؟
އަހުމަދުބެ
12 May 2020
މު ވައިރަސް އަކީ ވ ފަސޭހައިން.ފެތުރޭ އެއްޗެކެވެ. ބޯޑަރުވެސް ބަންދު.ކުރި ލެއް ލަސް ވީ އެވެ. އިނގިރޭސި ވިލާތުން.މީހުންތައް ގެނަ އީ އެވެ. ކަންތައް ގޯސް ވީމަ ރައްޔިތުންގެ ބޮލަށެވެ. ފުލުހުންނަށް އަދި ވެސް މާލެ ތެރެ ރަނގަޅަށް ނުބެލެހެއްޓެ އެވެ.
ފަތުހުﷲ
12 May 2020
މަރުކޮވި ޖެހިގެން ކޮންމެ ސުންކެއްނަގައިގެން އިމްތިހާނު ކުރެވޭނެގޮތެއް ، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ވަގުތު އޮއްވަ ޤާއިމްކުރުން މުހިއްމު ، އާންމު ހާލަތަކަށް ނުކުތުމުގެ ކުރިން ދަރަހައްދީ ގޮތެއްގައި އިމްތިހާން ކުރެވެން ވާނެ ކަމަށްފެނޭ.
ދެލޯ
12 May 2020
މަބްރަޫކު ހާދަ ތުނިކޮށް ބޯ ކޮށާފައި ތިހުރީ މި ލޮކްޑައުންގައި. މަވެސް މި އުޅެނީ ބޯ ދިގުވެގެން އުނދަގޫވާ ވަރުން. ސެލޫންތައް ބަންދު. ބޯ ކޮށާތަންތަން ބަންދު. ދެން ކިހިނެއް މަބްރޫކު ބޯ ކޮށީ؟
ދެން
12 May 2020
އެކަހަލަ ބޮޑެތި ބޭފުޅުންގެ ގެއަށް ގޮސް ކޮށައިދޭނެ މީހުން އުޅޭ.
ކިނާން
12 May 2020
މަބުރޫކު އެކަންޏެއްނޫން ބޯކޮށަނީ. މަ ވެސް މަގޭ ދަރިންވެސް، މި ގޭ އެހެން ފިރިހެނުންވެސް ބޯ ކޮށައިގެން މި ތިބީ. ވާނެއެއްޗެއް ވާން ދޫކޮށްލައިގެން ތިބީކީ ނޫން. ދެލޯ ފުޅާ އަތުން ފައިން ކަމެއް ކުރަން ނޭގުނީމަ ތިކަހަލަ ބޭޒާރެއް ވެވޭނީ. ބަންގާޅު ކުދިންލައްވާ ނޫނީ ކަމެއް ކުރާކަށް ނެގޭ ވިއްޔާ.
ފޫހި
12 May 2020
ބުނަން ވާހަކައެއް އަހަރެމެން ގެ ތެރޭގައި ހެދިފައިވާ އުސޫލާ ގަވާއިދާ ގާނޫނު ތައް ގިނަވާނެ ދުނިޔޭގެ ހުރިހާގައުމަކަށްވުރެ. ޢެ ތަންފީޒުކުރެވޭތަ. ދެން މިގައުމުގައި އުޅޭނެ ތިޔަ އުސޫލުވެސް އިސްތިސްނާވާނެ ދެ ތިންކައްކަ މީހުން. އެއީ ހުރިހާ ގާނޫނެއް އިސްތިސްނާ ބޭފުޅުންކޮޅެއް. ޢެ ބޭފުޅުންގެ ބަހުން ފުރަތަމަ ތިޔަ އުސޫލު ލިޔެ އާއްމުކުރޭ. ޢެބޭފުޅުންނަކީ އެއްވެސް ލިޔެކިޔުމެއް ބޭނުންނުވާ ބޭފުޅުންކޮޅެއް. ސޭވް މޯލްޑިވްސް
ޙަމް1
12 May 2020
އެހެން ގައުމުތައް ނިއުނޯރމަލް އައް ދަނީ ހާހުން ލައްކައިން ޓެސްޓް ހެދޭތީ. މިތާ އަދި މިއުޅެނީ ދުވާލަކު 300 ޓެސްޓު ވެސް ނުހެދި.
ހުސްނުވާ
12 May 2020
ޓެސްޓްނުހެދުނަސް ނިއުނޯމަލްގަ އުޅެގެން ސަލާމަތްތެރިކަން އޮންނަނަމަ އެގޮތަށް އުޅެން ކޮން މައްސަލައެއް އޮތީ؟ މިހާތަނަށް ކޮވިޑުން އަންގައިދިން ފިލާވަޅުތައް ބައިވަރު. ދުނިޔޭގައި ޕްރެކްޓިސްކުރަމުން އައި ފަނާކުރަނިވި އާދަތަކުން ދުރުހެލިވެވޭނީ ކޮވިޑްކަހަލަ ބިރެއް އޮވެގެން. އިންސާނުން ހަދާ ގަވައިދުތަކާ ގާނޫނުތަކަށް ބޯނުލަނބާ މީހުންވެސް އަމިއްލަ ފުރާނައާ ޖެހުނީމަ ކަންކަން ބަދަލުކޮށް ރަގަޅަށް ކުރުން އެއީ ތަބީއަތު.
ފައިސަލް1
12 May 2020
ބަލިޖެހުނު މީހުންގެ ނިސްބަތައް ބަލާއިރު މިއީކޮން ގައުމެއްކަން މިހާރު ސާފުވާނެ.މިއީ ދިވެހިރާއްޖެ ނަމަ މިތާގައިގިނައިން މިބަލި ޖެހޭނީވެސް ދިވެހިންނަން. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަލިޖެހުނު މީހުންގެ 90%އަކީ އެގައުމަކަން ނިސްބަތްވާ މީހުން އެކަމަކު މިރާއްޖޭގައި މިހެންތޯ މިވަނީ. ވިސްނާފިކުރުކޮށްލާ.ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ދިވެހިންނަން ރައްކާތެރި ކަމެއްނެތް. ބިންހިއްކާ ގެއަޅާ ހުރިހާކަމެއް ކޮށްމިދެނީ ދިވެހިންގެ ލާރިން ބަންގާޅީންނަން.
ހަސަދު
12 May 2020
ތިޔަ ނިއުނޯމަލްގާ ކިހާވަރަކުންދާނެބާ!!!. އަމިއްލަ މަސައްކަތް ކުރާ ވައްކަމާ ދެކޮޅު އެއްވެސް މީހަކަށް ފުރުޞަތެއް އޮންނާނެބާ!!!. ދަރިންގެ ކިޔެވުން ނުކިޔަވާ ގުރޭޑް ބަދަލުކުރުން ނޫން ގޮތެއް އަބަ އޮތްބާ!!!