16 މެއި 2020 - 00:39
މާލޭ އިބްރާހިމީ މިސްކިތުގެ އިމާމު، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އިމާމު ޕޮޒިޓިވްވިކަން އެނގުނީ މަގުމަތިން އެކި މީހުންގެ ސާމްޕަލް ރެންޑަމްކޮށް ނެގިއިރު އޭނާގެ ސާމްޕަލް ވެސް ނަގައި ޓެސްޓްކުރުމުންނެވެ.
ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވިކަން އެޗްޕީއޭން ގުޅައި އިމާމަށް އެންގިއިރު އޭނާ ހުރީ އަސަރު ނަމާދު ބަންގި ގޮވަން މިސްކިތުގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް، "މިހާރު" އަށް ވިދާޅުވީ ޕޮޒިޓިވްވިކަން އެންގި ހިސާބުން ފެށިގެން އެއްވެސް ތަނަކަށް ނުގޮސް އިމާމު ހުރީ މިސްކިތުގައި މަޑުކޮށްގެން ކަމަށެވެ. އަދި އޭނާ ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އަފްރާހް ވިދާޅުވި އެވެ.
އިމާމް ޕޮޒިޓިވްވުމާ ގުޅިގެން އެ މިސްކިތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އަފްރާހް ވިދާޅުވި އެވެ.
ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގައި ވަނީ މެދުކަނޑާލައިފަ އެވެ. މިސްކިތުގެ ޖަމާއަތުގައި ނަމާދުނުކުރިޔަސް ހުރިހާ މިސްކިތެއްގައި ވެސް ވަގުތަށް ބަންގި ގޮވަ އެވެ. ބަންގި އަށް ފަހު، ގޭގައި ނަމާދު ކުރުމަށް ދިވެހި ބަހުން ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އަދި އެ ބަލި ޖެހުނު ހަތަރު މީހަކު މަރުވެފައި ވާއިރު 49 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
16 May 2020
އެއްމެހާ އަހުންނާ އުހުތުން މިކަން މިއޮތީ މެދުވެރިވެފައި ދެންމިކަމުން މިންޖުވޭތޯ ﷲ ހަޒުރަތަށް ދުއާކުރުން އޮތީ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ގޭގައިވެސް ނަމާދުކޮށް އެކަލާންގެ ރުއްސެވުމާއި ފުއްސެވުމަށް އެދެންވީ ގިނަގިނައިން ދުއާކުރަންވީ...
ބައްޅަބޭ
16 May 2020
ސާމްޕަލު ނަގާކުދިން ވެސް ޗެކު ކޮއްލަން ވީނު މިހާރު މިހަދާޓެސްޓު ތަކުން ހީވަނީ ބަލި މީހުން މަދު ވެގެން އުޅެނީ ހެން
ބޯގަޅި
16 May 2020
ތިޔަ ރޭންޑަ މް ސާ މްޕަލްތަކުން ޕޮސިޓިވްވާ ގިނަ މީހުންއެއީ ފޯލްސް ޕޮސިޓިވް، ދެވަނަ ޓެސްޓެއް ކުރު މެއްނެތި އަދަދު ގިނަކޮއްލަނީ ލަފާކުރެވޭގޮތުން ސިޔާސީ ފައިދާއަކައް.
ނުބުނަން
16 May 2020
އެޗްޕީއޭއިން ބުނަން ބޭނުންނުވަނީތޯ ނުވަތަ ނޭނގެނީތޯ ނުވަތަ ގަބޫލުކުރަން ބޭނުންނުވަނީތޯ މިހާރު މިބަލިވަނީ އެއްކޮށް ފެތުރިފައިކަމަށް؟ އެންމެންނަށް ޖެހިފައި ހުރި ކަމަށް ބަލައިގެން އުޅުން އޮތް ހަމައެކަނި ގޮތަކީ. އަލާމާތް ނެތް ޕޮޒިޓިވް އެންމެން ކިހިނެތް ހޯދާނީ އެންމެން އެއްފަހަރާ ޓެސްޓްކުރުމުގެ ގާބިލްކަން ނެތްނަމަ؟
ސަރީފު
16 May 2020
މިހާރު ގިނަ ބަޔަކަށް ހީވެފައި އޮތްނަނީ މިސްކިތުގައޭ ހަމަ އެކަނި ނަމާދު ކުރަން ޖެހޭނީ ...މިހާރުން އާޓިކަލް އެއް ލިޔެދީބަލަ މިފަދަ ވަގުތު ތަކުގައި ގޭގައި ނަމާދު ކުރުމަކުން ލިބޭނެ ގެއްލުމެއް ނެތްކަން.
ގާކޮށި ހުސޭނުނު
16 May 2020
ބަލި ފެތުރޭގޮތް ނޭންގޭތީ ބަލި ކޮންޓްރޯލް ނުކުރެވެނީ ސައިންސްވެރިނަށްވެސް ބަލި ފެތުރޭގޮތެއް ނޭންގެ ގޮތްހުރީ ހުސްވެފަ ކޮވިޑް ކީލިޖަހައިގެން އުޅުންއޮތީ
ބައިރޯ
16 May 2020
މިބަލި މިއޮތީ ކިތައްމެ ރަންގަޅަށްވެސް ފެތުރިފަ
އާޕިސް
16 May 2020
ރަގަޅު ގޮތަކީ މުދިމެއް މިހެންލިއުން. ޖަމާތުގަ ނަމާދުނުކުރާއިރު އިމާމަކު ނުހުންނާނެ. އާމުހާލަތުގަ ޖަމާތުގަނަމާދުކުރާއިރު މުދިންބެ ބަންގިގވާލާފައި އެހެންފަރުދަކައްވެސް އިމާމުވެ ނަމާދުކޮއްލަން ދީފާނެ . އިމާމަކީ އިސްވެ ނަމާދުކުރާ މީހާ.
ބަންގި78
16 May 2020
މިސްކިތުގަ ކަރަންޓީން ކުރަން ވީނުން. ޢޭރުން ބަންގި ގޮވޭނެ އެންނު.
ހަސަނު
16 May 2020
ފިހާރަ ތަކުގާ ޑިލިވަރީ ކުރަން އުޅޭ މީހުނާ، މިނޫންވެސް އާންމުކޮށް ބޭރަށް ނުކުމެ އުޅޭ އެންމެން ޓެސްޓު ކުރާން އެބަޖެހޭ ވަރަށް އަވަހަށް....